ރާއްޖެއަށް އަންނަ އަހަރު އެއް މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކޮށް ސީއެންއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ މައުސޫމް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިންތިހާއަށް ހީނަރުވެ، އިޤްތިސާދަށް ބޮޑެތި ގެއްލުން ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން އަންނަ އަހަރު، އިޤްތިސާދީ މި އަޑިގަނޑުން އަރައިގަނެ ގެއްލުން ފޫބެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އުންމީދަކީ އެއީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށްޓަކައި ރާއްޖެއަކީ ރައްކާތެރި ތަނެއްކަން ފަތުރުވެރިންނަށް ވިސްނައިދޭން ޖެހޭނެ ކަމަށެވެ. މިގޮތުން ދާދިފަހުން ރާއްޖެއަށް ލިބުނު "ސޭފް ޓޫރިޒަމް ސްޓޭމްޕް" އަކީ މިކަމަށް ލިބުނު އިތުރު އެހީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށް ހީނަރުކަން އައިސްފައި އޮންނަ އޮތުމާއެކު މިހާތަނަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ހަތަރުލައްކަ ފަތުރުވެރިން ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ފަތުރުވެރިކަން އިތުރަށް ހުޅުވާލެވި، މި އަދަދު އިތުރުވެގެން ދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިވަގުތުވެސް ރާއްޖޭގައި ފަތުރުވެރިންނަށް 22000 އެނދު ހުޅުވާލެވިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ މައުސޫމް އިތުރަށް ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ހޮޓެލް ގެސްޓްހައުސްތައް ހުޅުވާލެވުމުން އެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. އަދި ބޭނުންފުޅުވަނީ އެ އެނދުތައް ފުރާލެވެންދެން ފަތުރުވެރިން ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރު އެއްމިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފާފައި ވާއިރު، މިނިސްޓަރ މައުސޫމް ވިދާޅުވީ 2021 ވަނަ އަހަރު ފެށިގެން އަންނައިރު ފަތުރުވެރިކަމުގައި މަހަކަށްވުރެ މަހެއް ރަނގަޅުވަމުން ދާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އެހެންކަމުން އަހަރު ނިމެންވާއިރަށް އެއް މިލިއަން ފަތުރުވެރިން ގެނައުމުގެ އުންމީދު ބޮޑުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހު އަލުން ފަތުރުވެރިކަމަށް ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެފަހުން މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 12000 އެއްހައި ފަތުރުވެރިންނެވެ. ބޯޑަރު ހުޅުވާލި ދުވަސްކޮޅު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވިނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި މި އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސޭކްސްތާން

  ކަރާ ފަޅާ މީހާވެސް ތިޔަހެން މިލިޔަނުން އެސްޓިމޭޓް ކުރި. ބުނަން ސަަރުކާރު ޚަރާބުވެފައި އޮތުމުން ތިޔަދެކޭ ހުވަފެން ހަގީގަތަކަށް ނުވާނެ. ﷲ ރިޒްގު ތަނަވަސްވުން ބިނާވެފައި އޮންނަނީ އެބައެއްގެ ތެރޭގައި ދީނީ ކަންކަން ރަނގަޅުވުން. ﷲއަށް ބިރުވެރިވެ އެކަލާނގެ މަދަދަށް އެދިގެން އީމާންކަން ވަރުގަދަވެގެން.! މީހުންނަށް އަނިޔާވެރިވެ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާންމުވެ ޝަރީއަތްތައް ހިތުހުރި ގޮތަކަށް މޮޑެެ ދީނަށް ފުރައްސާރަކުރާ ބަޔަކަށް ހިތް އެދޭ ހުރިހާ ކަމެއް ފުރިހަމަ ނުވާނެ. ހެޔޮ ނަތީޖާއެއް ނުލިބޭނެ. މިހުރިހާ ކަމަކަށް ލާދީނީ ކޯލިޝަން ސަރުކާރުން ވަނީ އަރައިގެންފައި. އެހެންވެ ތިކަމުގައިވެސް އެދެވޭ ނަތީޖާއެއް ނުނިކުންނޭނެ. އޭގެ މިސާލަކި ނޭވާ ހޮޅިއަށް އެޅިިގެން އަބަދުވެސް ސަލާން ޖަހަން ޖެހުން.

 2. އިއްސޭ

  މިއަދުޓުއެރިޒަމްބޮއިކަޓްކުރަންގޮވާބަޔަކު
  ނެ ތް އެކަމަކު ޓުއެރިޒަމްމިވަނީ ބޮއިކަ
  ޓްވެފަ ﷲގެކުޅަދުންވަން ތަކަމާދޭ ތެރޭ
  އެބަތ ތިބިބާ؟

 3. މާރިޔާ

  ތިއޮތީގެނެވިފާ ނުވާނެތިކަމެއް

 4. އަބްދޫ

  އަންން އަހަތު ވެސް މީހުނަށް އާދެވޭނީ ސެޕްޓެމްބަރުމަސް ހާތާނގަ މިލިއނެއް ގެ މީހުނަށް ނާދެވޭނެ.