ގިރިފުށި ޓްރެއިނިންގް ސެންޓަރުގައި ބަޑި ޖެހުމަށް ބޭނުންކުރާ "ރޭންޖް" މަތާމާރުކޮށް އަލުން ބޭނުންކުރަން ފެށުމަށް ރޭވިފައިވާ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ.

ގިރިފުށި ޓްރެއިނިންގް ސެންޓަރުގައި ބަޑި ޖެހުމަށް ބޭނުންކުރާ "ރޭންޖް" ބޭނުން ކުރުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ތަމްރީނު ހެދުމަށް ސިފައިން ބަޑި ޖަހަމުން ދަނިކޮށް، ސަފާރީ އެއްގައި ހުރި 41 އަހަރުގެ ޖަރުމަނު ފަތުރުވެރިއެއްގެ ގަޔަށް ވަޒަނެއް އެރުމާއި ގުޅިގެންނެވެ.

https://twitter.com/MNDF_Official/status/1307254291678126080

އެހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ، އެ ވަޒަނަކީ ތަނެއްގައި ޖެހި، ބާރު ކެނޑިފައިވާ ވަޒަނެއް ކަމަށާއި، އެ ވަޒަން ދިޔައީ އެ މީހާގެ ފުއްކިބައިގެ ހަންގަނޑު މަތިން ކޭއްތިލާފައި ކަމަށެވެ.

އޭގެ ފަހުން އެމްއެންޑީއެފް އިން ވަނީ ސަލާމަތީ ފިޔަވަޅުތަކެއް އަޅައި ސަލާމަތީ މިންގަނޑުތައް އިތުރަށް ގާއިމުކޮށް މަރާމާތު ކުރުމަށް ރޭންޖު ބަންދު ކޮށްފައެވެ.

ރޭންޖުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާއިރު، އަލުން ހުޅުވައި ބޭނުން ކުރެވޭނެ ވަކި ތާރީހެއް އެމްއެންޑީއެފް އިން ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްޅަބޭ ޖޫނިއަރ

    އިންޑިޔާ ސިފައިންނަށް ދޫކޮށްލަނީތަ؟