ސިފައިން ތަޅައި އަނިޔާކޮށް މަރާލި އީވާން ނަސީމާއި އަދި އިޙްތިޖާޖުކުރުމުން ބަޑިޖަހައި މަރާލި އެންމެހައި ޤައިދީންގެ މައްސަލަ ތަހުގީގުކޮށް ރައްޔިތުންނަށް އެ މައުލޫމާތު ސާފްވާން ޖެހޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިގޮތަށް ބުނެފައި ވަނީ، މ.އޭޝިއާ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މާފުށީ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިގެން ތަޅައި އަނިޔާކޮށް މަރާލިތާ 17 އަހަރު ފުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެމްޑީޕީން ބުނީ، އަނިޔާވެރި އެއްވެސް ޢަމަލަކާ ނުލައި، އުމުރުން އެންމެ 16 އަހަރުގައި ޖަލަށްލައި ހައްޔަރުކުރެވުނު ޒުވާން އީވާން ނަސީމު، އޭގެ 3 އަހަރު ފަހުން މާފުށީ ޖަލުގައި ސިފައިން އެނާގެ ގައިގާ ތަޅައި ލާއިންސާނީ އަނިޔާކުރުމަށްފަހު މަރާލި ފަހުން އާއިލާއަށް ސިއްރުން އޭނާގެ ހަށިގަނޑު ވަޅުލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެ ޖަރީމާއާ ދެކޮޅަށް ޖެހިގެން އައިދުވަހު ޖަލުގައި އިޙްތިޖާޖުކުރި އެތަކެއް އިތުރު ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލި ކަމަށްވެސް އެ ބަޔާނުގައި ބެއެވެ.

"މި ޖަރީމާއަކީ ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެދޫކޮށްފައިވާކަމުގައި އޭރު ވެސް ތުންތުންމަތިން ދެކެވެމުން ދިއަ ވާހަކަތަކުގެ ޙަޤީޤަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ޤަބޫލުކުރެވޭމިންވަރަށް ތިލަވެގެންދިއަ ޖަރީމާއެއް". އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ، އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިއަކަމަށެވެ.

އަދި ރައީސް މައުމޫނުގެ ސަރުކާރުގެ މި އަނިޔާވެރި ޖަރީމާއަށްފަހު ވެސް، ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ޙަޤީޤަތް ހޯދިފައިނުވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

"މިގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ޤާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަޙްޤީޤެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ޙަޤީޤަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަން ފާހަގަކުރަން". އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ވެރިން

    އިންޑިޔާ ސިފައިނޭ ކިޔާއިގެން ރައްޔިތުން ވާހަކަ ދައްކާތީ ރައްޔިތުންގެ ފޯކަސް އެހެން ދިމާލަކަށް އަނބު ރާލަން ކު ރާ ކަމެއްހެން ހާދަ ހީވެޔޭ.
    މައްސަލަ ކިތައްމެ ވަ ރަކަށް ބެލިޔަސް ހެޔޮ އިންޑިޔަ ސިފައިން އައުޓް މިގައުމުން ފާއިބާ

    41
    3
  2. ޢަދަނަ

    ޢެކަން ސާފުނުކޮށް ހެނޑިފަ ތި ތިބެނީ ކިހިނެއްވެފާތަ

    31
    1
  3. ތެދުވެރިޔާ

    އެއްވެސް ހައްގެ ނެތި ރަހީނުކޮށްގެން ގިރިފުއްޓަށް ގެންދިޔަ ގާޒީގެ މައްސަލަ އަލުން ބަލަން ވީނުން، ހުކުމަށް ފިލައިގެން އުޅުނު މީހުންގެ މައްސަލަ ބަލަން ވީނުން، ކަލޭމެން ނޭދޭނެ ރާއްްޖޭގަ އަމަން އަމާން ކަން ގާއިމްވާން، ކަލޭމެން ބޭނުންވަނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ރާއްޖޭގަ ހަމަނުޖެހުން އުފައްދަން، ކީއްކުރާނި އެއީ ކަލޭމެންގެ ކުށެއް ނޫން، ކަލޭމެންނަށް ދަސްކޮށްދީފައި ހުރީ އެކަން އެކަނި ކުރަން އެހެންވީމަ ވާނީވެސް އެހެން،

    35
  4. އައްޑޫ މީހާ

    އަހަރުމެން ދަންނަ ހަގީގަތެއް ކެނެރީގޭ މާފަތް އެދުރު ކަލޭގެއާއި އޭނާއަށް ތާއީދުކުރާ ބަޔަކު ފިޔަވައި ދެން މިގައުމުގައި އިތުރު ބަޔަކު އުޅެން ފުރުސަތެއް ނުދޭނެ އަބަދުވެސް މައުމޫނާއި އޭނަގެ އާއިލާއަކީ ސިއްކަ އަދި ކެނެރީގެ އާއިލާއިން ނުލާހިކު ހަސަދަވެރިވާ ބައެއް މައުމޫނަށް މިހާރު ސައިޒް އޮޅިގެން އެވަރު ނޭގުނަސް ނޮވެމްބަރ 3 ގެ ހަނދާންތައް އާކޮށްލުމުންވެސް ފުދޭނެ އޑޕ ވެރިކަމެއްގައި މައުމޫނާއި މުޅި އާއިލާ ޖަލަށްލުމަކީ އަބަދުވެސް އެމީހުން ދެކެމުންއައި ހުވަފެނެއް ކެނެރީގޭ މާފަތް އެދުރު 2008 ގައި ރައީސްކަމާއި ހަވާލުވެ ފަނޑިޔާރުންނާއި ގާޒީން ރަހީނުކޮށް ގެއްލުވާލައި ކުޅެން އުޅުނީ އެކުޅިގަނޑު ނަމަވެސް އެފަހަރު ކާމިޔާބު ނުވެ އަތައް ގޮވީ އެކަމަކު މިފަހަރު މުޅި ޖުޑިޝަރީ މުށުތެރެއަށް ލުމަކީ އެޓާރގެޓަށް ދާން ކުރިކަމެއް ޔާމީން އެއޮތީ ސާވިތުނުވާ މައްސަލައެއްގައި ޖަލަށް ލާފަ ދެން މައުމޫނު އެއަށްފަހު މައުމޫނުގެ ދެފިރިހެން ދަރިންނާއި ދެއަންހެން ދަރިން އެމިހުންގެ ގެދޮރާއި ހުރިހާ މުދަލެއްވެސް ދައުލަތައް ނެގުނީމަ ބާޢީންނަށް އެމިހުން މުޅި އުމުރުދުވަހު ކުރި މަސައްކަތުގެ ފޮނި މީރުކަން ލިބޭނީ އޑޕ އަށް ސަޕޯޓްކުރާ މީހުންގެ އެދުމަކީވެސް އެއީ އެމީހުންނަށް ހަމަ ނެވާލެވޭނީ އެކަންކުރީމަ ދެން އެމީހުން ބޭނުންވާ ބަރުލަމާނީ ނިޒާމް މިގައުމަށް ގެނެސް މައުމޫނުގެ އާއިލީ ކޮޅުންވެސް މީހަކަށް ވެރިކަމާއި ހަމައަށް ނާދެވެނެހެން ހަދައި ރަސްކަމަކަށް މިގައުމު ގެންދަން ކުރާ ދަތުރުގެ ދެވަނަ ހަރުފަތައް އަރާކަމުގެ ހެއްކެއް

    28
    1
  5. މަރޭ

    އެމްޑީޕީއަށް ކުރިންވެސް މިހާރުވެސް ވެރިކަންހޯދަދެނީ އިންޑިޔާ އަޑީގައި އޮވެގެން. އެމީހުން ވެރިވެގަންނައެއްވެސްތަނެއްތަރައްގީއެއްނުވާނެ. މިސާލަކަށް ކަސްމީރު އަދީ މަލިކު އެތަން އެމީހުންގެ އަތުގައި އޮންނަތާކިތައްމެދުވަހެއް އެެއިންއެއްގައުމެއްގައިވެސް އިންޑިޔާއިން ކޮށްދިންކަމަކީކޮބާ އެތަންތަނުގެ ފައިދާނަގައި ދީންފަސާދަކުރުންނޫން. މިގައުމުވެސް ތަރަށްގީވެފައޮތީމައި އަތުލަންއެމަސައްކަތްކުރަނީ

    19
  6. ދިވެހިން

    ރާއްޖޭގެ އެކި ކަންކޮޅު ތަކުގައިވާ ދައުލަތުގެ ހަރުމުދަލާއި
    ރައްޔިތުންގެ މުދަލުގައި ރޯކޮށް ގަސްތުގައި އަންދާލިމައްސަލަ
    ތަހްގީގުކޮށް، ދައުލަތަސާއި ރައްޔިތުންނަށް ދިންގެއްލުމުގެ
    އަގުހޯދައި ދިނުމަށް ސަރުކާރަށް ގޮވާލަމެވެ އަމިއްލަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި މި ޖަރީމާހިންގި ޓެރަރިސްޓް
    ހިފާ ހައްޔަރުކޮށް އިސްސާފު ގާއިމުކުރުމަށް ސަރުކާރަށް
    ގޮވާލަމެވެ.

    20
  7. ވެރިން

    ކަލޯގެެ ވެރިކަމުގަ ކަމިޝަނެއްހަދާފަ ޝޭހް ހުސެން ރަޝީދު އިސްްމީހަކަށް ލާއިގެން ބޮޑެތި އަދަދުން މަހު މުސާރަ ދީގެން މިހާރުގެ ސުޕްރިމް ކޯޓު ހުރިތާގެ މައުމޫނު ދައުރުގެ ކޮއްފަ ހުރިކަން ތައްތައް ބަލަންށޭ ކިޔާފަ ތައްޔިތުން ލޮލުގަ އަނދުން އަޅުވާފަ ކޮން ސަކަރާތެއްބާ ޖެހީ.

    24
  8. ދިދަ ދަނޑި

    އެމް.ޑީ.ޕީ އިން ކުރާ ހުރިހާ ވައްކަމަކާ ހާވާ ހުރިހާ ހަޑިއެއްގެ ހަޤީޤަތް ހާމަކުރަންވީނު..

    30
  9. ޒުހުދާ

    ސިފައިންގެ ވަޒީފާގައި ކުރީގަ އުޅެފައިވާ ފުސްފަރު އަދި އަޝްވާން އަށް މީގެ އަސްލު ހަޤީގަތް އިނގޭނެ.

    މިމީހުން މަޖުލިހައްގެނެސް ސުވާލުކޮށްލުން މުހިއްމު

    5
    7
  10. ތާކިހާ

    ތިޔަ ދައްކަވަނީ 7 ފެބުއަރީގެ ވާހަކަ ކަން ރައްޔިތުންނަށް އެނގޭ . އެއްޗެކޭ މީއްޗެކޭ ކިޔައިގެން ތިޔަ އުޅެނީ ބޮޑު ޑްރާމާއެއްކުޅެން. # ހެއެހެއ

    23
    2
  11. ޓްރަންޕް

    ކުއްވެރިން ނިކުމެ ބަޑި ގުދަން ފަޅާލާ ރޭވިފައިވާ ގޮތަށް ރިސޯޓެއް ގައި ރަހީނު އަމަލެއް ހިނގަން ފުރުސަތު ދިނުމެއް ނޯންނާނެ. އޯޑަރެއް އޮތަސް ނެތަށް އެވަރުވީމާ ބަޑިވެސް ޖަހަންވީ

    25
    2
  12. ޢަދުރޭ

    ދިވެހިން . .. ތިބީ .. ކަށްވަޅަށް .. ބޯ ..ބާނައިގެން .. އީވާން .. ނަސީމް ...ހޯދާ.. ވަރަށް..ވުރެ.. މާ ..ޙާލުގައި.. ތި .. ހާސަރުތައް ..ދެމުން ..ހުއްޓާފައި .. ޔާމީން ..ސަރުކާރުން..ރައްޔިތުންނަށް ..އަޅައިދީފަ ހުރި...ފްލެޓްތައް..ހަވާލްކުރޭ... މިހާރު.. ވެރިކަމަށް.. 3 ..އަހަރުވީ

    26
  13. ދަރަނި ދަންތުރަ

    އެމް ޑި ޕީ ގެ ހިއްވަރެއް ހުރިއްޔާ 3 ނޮވެމްބަރ 1988 ގައި 19 ދިވެހިން ސަހީދުކޮށްލި މައްސަލަ ބަލާބަލަ ކެރޭނެބާ ...

    22
  14. ޯބޯޖަލީލު

    އަމިއްލަޔަށް އިސްތިއުފާދީފައި މުޅިގައުމުގައި ހުޅުޖެހި މައްސަލަވެސް ބަލާލަބަލަ ބުރާންތިތަކާ

    20
  15. ކެނެރީ

    މިހާރު މި ރާއްޖޭގަ އުޅެނީ މޮޔައިންނެއްނޫން އޭއްޗެކޭ މީއްޗެކޭ ކިޔާގެން ތި ރޭވުމަކީ އިންޑިޔާ ސިފައިމްނޭ ކިޔާގެން މީހުން ދައްކާ ވާހަކާގެ މިސްރާބު ބަދަލުކުރުން ތި އެބްޑީޕީއިބް ދައްކާ ވާހަކަ އަހާމީ ސިހުރު ބޮޑިބަންކާގެން ތިބި މީހުން ވަރަމް ސާފު އިންޑިޔާ އައުޓު

    15
  16. ޢިންސާފު

    ޙަގީގަތުގަ ތިހެން ކޮންނަނަމަ ނާސިރު ދަ އުރުގަ ނުހަ އްގުން އަނިޔާލިބުނު މީހުންނަށް އިންސާފާ އި އޭގެ ބަދަލު ހޯދަ އިދޭން ޖެހޭނެ. ޢެހެންނަމަވެސް މަރުވެގޮ އްސަ ތިބި ސިޔާސީވެރިންނަކީ މިސަރުކާރުގެ އޮޕޮޒިޝަން އަށް ނުވާނެތީ އެވާހަކަތަ އް ނުދަ އްކަނީ. ްްްްްްްްްްްް

  17. ސއއ

    8 ފެބް ގަ ހުޅުޖެހި މައްސަލަ ބަލާބަ

    19
  18. އަބްދޫ

    ޖަލުގަ ބަޑިޖަހާފަ ވަނީ ރަނގަޅަށް.އހާލަތުގަ އަމަލު ކުރަންޖެހޭގޮތް ކީރިތި ގުރްއާނުގެ މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުންއެގެން އެބައޮތް

  19. އަބްދޫ

    2012 ފެބްރުއަރީ 8 ކިވެސް މާއިދާސޫރަތުގެ 33 ވަނަ އާޔަތުގަ އޮތް ހުކުމްފުޅު ތަންފީޒު ކުރަންޖެހޭ ދުވަހެއް.އެއާޔަތުގެ ހުކުމްފުޅު ތަންފީޒު ނުކުރުމުގެ ނަތީޖާ މިއަދު މިފެންނަނީ

  20. Anonymous

    ބުނަން އެދުވަހު ޖަލިގައި ބަޑިޖެހީ ބަތަލުންތަކެއް. މައުމޫނު ފިތިފަހުރިލެއް ބޮޑުކަމުން ހެދުނު ނެހެދޭނޭގި އެމީހުނަށް އަދަބު ދިނީ. އޭގެދަބަބުން އެކަންތަށް ގަނޑު ތެރެއިން މިއުޅޭ ނަށީދުވެސް ރޮދިކެނޑުނީ. އެމީހުން ބަޑިގުދަނާދިމާލަށް ދިޔައީމަ ބަޑިޖެހީ. އެމީހުން އަތުގައި އެދުވަހު ބަޑިތަށް ޖެހުނުނަމަ މިގައުމެއް މިހެންން ނޯންނާނެ. ބަޑިޖެހި ސިފައިން ޖަލަށް ލައިގެން އެ ތެޅުވުމުގެ ބަދަލު އެމީހުނަށް ދޭންޖެހޭނެ. ބޮޑެތި ކުއްވެރިން ތަކެއް އަތަށް ބަޑިގުދަން ނުދީ ސަލާމަތް ކުރި ފަހުލަވާނުން އެއީ

  21. ނަސީދު

    މިހާރު ވެރިކަމުގައި ތިދިބީ އެމްޑީޕީ ދެން މައްސަލަ ބަލަންވީނުން ކީއްވެގެން ނުބަލާ ތިލަސްކުރަނީ ،

  22. ޓަޕިއޯކާ

    ރާއްޖޭގައި ބޮޑުހުޅު ޖެހި އަންނި މާނުރަށްކާތެރި އޭނާއަކީ ޓެރަރިސްޓެއް ހައްޔަރުކުރުމަށް ދިވެހި އެންމެހާ ގައުމަށް އިހުލާސްތެރި ފުލުހުންނަށް ގޮވާލަން އަދި މިފުރުސަތުގައި ފާހަފަކޮށްލަން އިންޑިއާ އައުޓު ފުރޮމް މޯލްޑިވުސް.

  23. ސޮމެޮނެ

    ދެން އަތް ޖަހަންވީނު؟

  24. ނިޝާން

    ވައްކަމުގެ ވާހަކަ އަދި އިންޑިއާގެ އަޅުވެތި ކަމުގެ ވާހަކައިގެ އަޑު ގަދވަތީވެ ރާގު ބަދަލުކޮށް ލުމަށް ޖެހި ޖަމަލު ފޮޑިޔެއްތީ. އެއްވެސް އިންސާފެން ހޯދައި ދިން ބަޔެއްނޫން! ހޯދައި ދެވޭނެ ބަޔެއްވެސް ނޫން! ކުރަންވެސް އެގޭނެހައި ކަމަކީ..
    1- މީހުންގެ އިއްޒަތަށާ އަބުރަަށް އަރައިގަތުން
    2- އިންޑިޔާއިން ޖަހާހާ ބެރަކަށް ނެށުން
    3- ރޯމާދުވާލު ވައްކަންކުރުން
    4- އިންތިހާއަށް ދޮގުހަދައި އޮޅުލުން
    5- ތައުލީމީ ނިޒާމު ގަޑުބަޑުކޮށް ޅަދަރީން ދީނާ ދުރުކުރެވޭނެ މަގުތައް މަންހަޖު ތެރެއަށް ވެއްދުން
    6- ވެރިކަމަށް އަރާކޮންމެ ފަހަރަކު ރައްޔިތުން ފެލައި ޑޮލަރުގެ އަގު މަތިކުރުން
    7- ނުފުއްދޭ ވަޢުދުވުމާއި ބޯހިޔާވަހިކަމޭ ކިޔާގެން ރައްޔިތުން ގުބޯހެއްދުން
    8- މީހުން ހިފާ ނުހަންގުން ޖަލަށްލުން އަދި ހައިޖެކު ކުރުން
    9- އިންސާފޭ މިނިވަންކަމޭ ކިޔައިގެން ރައްޔިތުންނަށް އޯޅުވާލުން
    10- އެހެން ވެރިކަމުގަ ކޮށްފަ ހުންނަކަން ކަމުން ފޮނިބުއިމާއި ތަންތަނުގެ ނަން ބޯޑު ދެއިރު ދެ ދަޅައަށް ބަދަލު ކުރުން.
    11- ލާދީނީ ފިކުރުގެ އަޅު އަރުވާ އަދި އެއްޖިންސުން ގުޅުން ހިންގުމަށް ވަކާލާތު ކުރާ މީހުންގެ ދިފާއުގައި ބަސްބުނެ ހިތްވަރު ދިނުން
    12- އިސްލާމުން ނަކީ ޓެރަރިސްޓުން(ނިރުބަވެރިން)ނަށް ހަދައި އެމޭރުމުން ބޭރުގެ ޕޯޑިއަމް ތަކުގައި ވާހަކަ ދެއްކުން
    13- ދީނީ ޖަމާއަތް ތަކަކީ ޓެރަރިސްޓުން ގޮތުގައި ލޭބަލްކޮށް އަޑު ކަނޑުވާލަން މަސައްކަތްކުރުން
    14- ވޯޓު އޮޅުވާލުމާއި ވޯޓުން ވައްކަންކުރުން.

  25. ސިދާތާ

    އެކަން ކުރީ މައުމޫނުގެ ސީދާ އޯޑަރަށް! އޭނަޔަށް ފިޔަވަޅުއަޅަންޖެހޭ!

  26. މެކް

    އެކަމުގެ އަޑިގައި ހުރީ އަންނި، އަންނި ވެރިކަމުގެ ދަހިވެތިކަމުގައި އެސޮރުމެންނަން ވަސްވާސްދީގެން ކުރުވިކަމެއް

  27. އަލިބެ 2

    ޖަލުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ ޖަލުގެ ސެކިއުރިޓީއަށް ނުރައްކާވާ ވަރަށް ޖަލުގެ ޙާލަތު ވައްޓާލި އޭރުގެ ސިޔާސީ ވެރިން ވެސް ހިފާ ހައްޔަރުކޮށް ހަދަން ޖެހޭ ދޯ