އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފުރަތަމަ ފަހަރަށް ނިއުރޯ ސާޖަރީއެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

އޭޑީކޭ އިން ބުނެފައިވަނީ މި އޮޕަރޭޝަން ކޮށްފައިވަނީ އެ ހޮސްޕިޓަލްގެ އެހީތެރިކަމާއި އެކީގައި ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަން ކުރުމަށް އޭޑީކޭގެ ޓީމެއް ވަނީ އައްޑޫ އަށް ގޮސްފައެވެ.

އޭޑީކޭއިން ބުނީ، އޭއީއެޗްގައި ރޭ 11:45 ގައި ނިއުރޯ ސާޖަރީއެއް ކޮށްފައިވަނީ އުމުރުން 62 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭޑިކޭ އިން ބުނިގޮތުގައި، އެ މީހާގެ ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭއީއެޗްގެ މެޑިކަލް ޓީމުން އޭޑީކޭގެ ނިއުރޯ ސާޖަރީ ޓީމުގެ އެހީއަށް އިއްޔެ ހަވީރުގެ ވަގުތެއްގައި އެދުނެވެ.

އެ ހޮސްޕިޓަލްގެ ޓީމް އައްޑޫއަށް ދިޔައީ އެމީހާގެ ބަލި ހާލަތު ހުރިގޮތުން މާލެ ގެނެވެން ނެތިގެންނެވެ. ސިއްހީ ސާމާނާއި އެކީ އައްޑޫ އަށް ދިޔަ އޭޑީކޭގެ ޓީމުގައި ހިމެނެނީ ޑރ.އަލީ ނިޔާފް އާއި ޝަމޫނާ އަލީ ގެ އިތުރުން ޑރ.އަދީލް ޝަރީފް އެވެ.

އޮޕަރޭޝަނަށްފަހު އެމީހާގެ ހާލަތު ރަނގަޅުވުމުން މިއަދުގެ ފަތިހުގެ ވަގުތެއްގައި އެމީހާ އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައިވާ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަނި

    އަޑޫ ރައިތުން އަދިވެސްވިސްނާފިކު ރުކޮށްބަލާ ތިހޮސްޕިޓަލް ހެދީވެސް ޔާމިނު ގެ ސަ ރުކާ ރުގާ ދެންވެސް އަޑޫގާހުޅުޖެހި މީހުނާ ނުނެކޭބުނެބަލާށެވެ

    29
    4
    • ފިކުރީ

      ޗެކްމާކް އަހްމަދު ރަޝީދު އެބުނަނީ މިހޮސްޕިޓަލް އެޅީ މިސަރުކާރުންނޭ. އައްޑޫމީހުން އަދި ތިއުޅެނީ އޮޅިގެން. އައްޑޫގެ ހޮސްޕިޓަލާއި އެއާޕޯޓާއި ދެންވެސް އުމްރާނީގެ ހުރިހާ ކަމެއް ކުރީ އަދި ކުރަމުން މިދަނީ މިސަރުކާރުން. މިހުރިހާ ކަމެއް ރާވައި ހިންގައި ބަލަހައްޓަމުން ގެންދަނީ ޗެކްމާކް އަހްމަދު ރަޝީދުގެ ގޯތިތެރޭގައި އެހުންނަ ކުރީގެ ރައީސް ނަޝީދުގެ އޮފީހުން. އައްޑޫ ރައްޔިތުންނަށް މިކަން އެނގެން އެބަޖެހޭ.
      ބީތާވެފައި ތިބޭބަޔަކު ތިބޭތަނެތިއައްޑޫއަކީ.

      3
      1
    • ފުރާތު

      އް ސުކުން ދިވެހިބަހުގަ އޮންނަކަން އެނގިލައްވާތޯ؟

  2. ގޫބައްޑާ

    ހަހަހަ ތީ ދެން މާ ބޮޅު ކަމެއް