ސެޕްޓެމްބަރު 19، 2003 ގައި ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކެއްގައި ބަޑި ޖަހައިގެން ގައިދީންތަކެއް މަރާލި އިރު، ގައިދީންނާ ދެކޮޅަށް ލީތަލް ހަތިޔާ ބޭނުން ކުރުމަށް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަމުރު ކުރައްވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭރު ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ އޮފިސަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް މުހައްމަދު ދީދީ މި ގޮތަށް ވިދާޅުވެފައިވަނީ، އެ ދުވަހު ޖަލުގައި ބަޑި ޖެހީ ޗީފް އިން ކޮމާންޑަރުގެ އަމުރުފުޅަށް ކަމަށް ތުހުމަތު ކުރައްވައި މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އޭރުގެ ޗީފް އޮފް ކޮމާންޑްއަކީ ރައީސް މައުމޫންއެވެ.

އިބްރާހިމް މުހައްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ މެންބަރަކަށް ހުންނަވާ އެނގިވަޑައިނުގަންނަވާ ކަންކަމުގައި މީހުންނަށް އިލްޒާމް އަޅުވައިގެން ނުވާނެ ކަމަށެވެ.

"އޭރު ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ އޮފިސަރަކަށް، ކަން ދިމާވި ގޮތުން ހުރީ އަޅުގަނޑު، ރައީސް މައުމޫން އެއްވެސް އަމުރުފުޅެއް ނުކުރައްވާ، ގައިދީންނާ ދެކޮޅަށް ލީތަލް ހަތިޔާރު ބޭނުން ކުރުމަކަށް." އިބްރާހިމް މުހައްމަދު ދީދީ ލިޔުއްވާފައިވެއެވެ.

އީވާން ނަސީމްގެ މަރުގެ ހާދިސާއާއި ޖަލުގައި ބަޑި ޖަހައިގެން ގައިދީންތަކެއް މަރާލި ހާދިސާގެ ވާހަކައިގެ އަޑު އަލުން ގަދަވެގެން މި އުޅެނީ، އެ ހާދިސާއަށް އިއްޔެ އަށް 17 އަހަރުވުމާ ގުޅިގެން އެ މައްސަލަ އަލުން ތަހުގީގުކޮށް ރައްޔިތުންނަށް އޭގެ ހަގީގަތް ސާފުވާން ޖެހޭ ކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ނެރުމުންނެވެ.

އީވާން ނަސީމްގެ މަރުގެ ހަނދާނުގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޓުވީޓު ކުރައްވައި ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވީ ޒަމާންވީ ވާދަވެރިޔާ، މައުމޫންއަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ތާރީހަކީ ރައީސް މައުމޫންގެ "އަނިޔާވެރިކަން" އިންތިހާއަށް "ހައްދުން ނައްޓައިގެން" ގޮސް ރާއްޖެ ބަދަލު ކުރަން ދިވެހިން ނުކުތް ދުވަސް ކަމަށެވެ.

އީވާން ނަސީމްގެ މަރުގެ މައްސަލަ އާއި ޖަލުގައި ގައިދީންތަކަކަށް ބަޑި ޖަހައިގެން މަރާލި މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް ވެސް ރައީސް މައުމޫން އެކުލަވާލެއްވިއެވެ. އެ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް 12 މީހެއްގެ މައްޗަށް ދައުވާ ވެސް ކުރިއެވެ. އޭގެ ތެރެއިން އަށް މީހެއްގެ މައްޗަށް ކުށް ސާބިތުވެ މަރުގެ ހުކުމް ވެސް އިއްވެވިއެވެ.

އެކަމަކު ވެސް އީވާން ނަސީމްގެ މަރަށް އިންސާފު ނުލިބޭ ކަމަށް ވިދާޅުވެ 2008 ގެ ރިޔާސީ އިންތިހާބުގައި ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އެކަމަކު އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމުގައި ހުންނެވި ތިން އަހަރެއްހާ ދުވަހު އެ ކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނު މަންޒަރެއް ނުފެނުނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ރަށުމީހަ

    ހަމަ ހިނި އަންނަނީ. ތިތަނަން ދިޔައީމަ މާބޮޑަށް އިނގެނީދޯ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    5
    15
  2. ސަން

    ޑީޑީ އަށް ނޭންގުމަކީ އަމުރު ނުކުރައްވާ ކަމުގެ ހެއްކެއް ނޫން. ޖަލުގައި ހުރި ކޮމާންޑަަރަށް ފޯނުކޮށްފައި ވެސް މައުމޫނަށް އެކަން ކުރަން އެންގިދާނެ. ކޮންމެހެން ރަސްމީ ޗެނަލަކުން އެކަން ދާކަށް ނުޖެހޭ. ލިއުމުން އޮންނާކަށް ނުޖެހޭ. ޑީޑީ އަށް ނޭންގި އެކަން ހިނގައިދާނެ 1000 ގޮތް އެބައޮތް.

    6
    45
    • މަރޭ

      އެކަންކުރަން އަމުރުކުރީ އަންނި. ފޯނުން ގުޅާފައި ބުނީ.
      ބޯހަލާކު.

  3. ބެއްޔާ

    ވެރިކަންބޭނުންވީމަ ނޫނީ ސިޔާސީ ގޮތުން ބޮޑުކަމެއް ބޭނުންވާ ކޮންމެ ފަހަރަކު މަރުވެފައިވާ މީހުންގެ ނަން ބޭޏުންކޮށްގެން ނާޖާއިޒު ފައިދާ ނަޝީދު ހޯަދަނީ. ކީއްވެ މިހާރު މަރުވެފައިވާ މީހުންގެ މައްސަލަ ނުބަލަނީ. ގައިމު ތިހިރީ ނަމުން ބޮޑުވަޒިރުގެ މަގާމުގަ. މަޖްލިސްގެ ރައީސް. ކީއްވެ ނުކުރެވިގެން ތިއުޅެނީ . ނުލިބޭ ބާރެއް މިގައުމަނެތް.

    41
    • ނޫސްކިޔާމީހާ

      މަރުވެފައިވާ މީހުންނަށް ދުއްތުރާނުކޮށް ބަލަ މިކަލޭގެ ޔަށް ބުނަން އޮތީމަރުވެފައިވާ މީހުންގެ ނަފްސު ތަކަށް އުދަގޫނުކުރާށެ . އެމީހުންގެ ވާހަކަ ދައްކާ މުޖުތަޢުގެ ހަމަ ޖެހުންނަގާނުލާ އިގިރޭސި ވިލާތައް ރައްކާވާށޭ

  4. ސަންފައްތަ

    އެމްޑީޕީން ދެކޭގޮތުގައި މިޤައުމުގެ ރައްޔިތުން ބޭނުންވަނީ މާޒީގައިހުރި މައްސަލަތައް ބެލުން. އެހެންވިއްޔާ އެކަންކުރޭ. އަމީންދީދީ އަވަހާރަވި މައްސަލަވެސް ބަލަންވީ. އިބްރާހީމް ނާސިރުގެ ވެރިކަން ބަދަލުވިގޮތްވެސް ބަލަންވީ. ކާށިބޯޓު ގެއްލުނު މައްސަލަވެސް ބަލަންވީ. ތިރިނާކޮޅު ފަރަށްއެރި މައްސަލަވެސް ބަލަންވީ. ކެރަފާ ބަޣާވާތްތައްވެސް ބަލަންވީ.

    38
  5. މަރޭ

    މައުމޫނު 30 އަހަރު މިގައުމު ކޮންޓު ރޯލު ކޮށް ބޭރުގެ ބާރަކަށް އަތް ގަދަ ނުކުރެވޭނެހެން އަހަރުމެނަށްމިގައުމު ގެނެސް ދިން ކަންއެއީ ކޮށްދިން އެންމެ ބޮޑުކަންތަށް. އެކަންމިހާރު އެބައިހުސާސު ކުރެވޭ. އޭގެންވެސް އިނގެނީ މައުމޫނު އަމިއްލަ އެދުން ކުރިޔަށް ނުނެރޭކަން. މިދިޔަ 20އަހަރު ވެރިކަމުގެ ދަހި ވެތިކަމުގަ ކެއްމަދު މީހުން ކިޔާފަ ހުރި ހުތުރު ބަސް ތަކަށް ރައްދުވެސް ނުދެއް ވުން އެއީ މައުމޫނުގެ އިލްމު ވެރިކަމުގެ މުއްސަދިކަން. ކަންކަމާ ހަވާލު ކޮށްފަ ތިބިމިހުން ކުރާ ހުރިހާގޯސް ކަމެއް މައުމޫނުގެ ބޮލުގަ އަޅުވާފަދައިން ކުރިރަނގަޅު ކަމެއް ވިޔަސް ބޮލުގަ އަޅުވަންޖެހޭ. 30އަހަރުގެ މުއްދަތުގަ ކޮށްފަ އޮތް ކަންކަން މަދެއްނުން ގިނަ. ގައުމުގަ އޮށް އިންދައިގެން ގަސް ފަޅުވައިގެން ކަންކަން ކުރީ. އަހަރުމެންގެ މައިންބަފައިންނަށް ލިޔަން ކިޔަން ދަސްކޮށްދިނީމައުމޫނު. މިހާރު މިއުޅޭނީ ފަޅާފަ ހުރި ގަސްގަހުން މޭވާކަޑަން ވެސް ނޭގިގެން. އަނިޔާއޭކިޔައިގެން ފައިދާނަގައިގެން އެއައްވުރެ ރަގަޅު ކަމެއް ނުކުރެވޭ ނަމަ އެއަށް ކިޔާނީ ފެއިލް ވުން. 20 އަހަރު މިދިޔައީ އަނިޔާ އޭ ހައްގޭ ކިޔަ ކިޔާ ތިއްބާ.

    37
    1
  6. ޔާމިން

    މާރީތީވީސް ނޮވެންބަރު3ވާހަކަދެއްކުން ތިމަންގެއާއިލާމީހުން ދިވެހިންގެ 19 މީހުންޝަހީދުކުރިވާހަ ދެއްކުން. ގަންޖާބޯ

    38
    2
  7. Anonymous

    ފާޑަކަށް އަނގަ އެއްފަރާތަކަށް އަރުވައިގެން ބޮޑާވެ ކިބުރުވެރިވެގެން އުޅޭނެކަމެއްނެތް،ތިއަކީ އެއްވެސް އޮއްޓަރެއް ހުރި މީހެއްނޫން، ރީނދޫ ޕާޓީއަށް މަރުދޭނީ އޮއްޓަރެއްނެތް އެ ބާވަތުގެ ފިކުރަށް ލޯބިކުރާމީހުން އެކަނި، ތީވެސް އޭގެ މީހެއް

    16
    2
  8. ހުސެން5

    ވަރަށް ސާފުކޮށް ބުނެލަދީ ބަލަ، 7 ފެބުރުއަރީ ގައި އަންނިގެ ބޮލުގައި ބަޑި ޖެއްސިތޯ ނުވަތަ ނޫންތޯ؟ އޭރުގެ މާލޭ އޭރިޔާ ކޮމާންޑަރު ވީމަ އަހާލީ.

    19
    4
  9. ސަލީމްބެ

    އަހަރެން ޙައިރާންވަނީ ރައީސް މައުމޫނަށް އަންނިއާ އެމް.ޑީ.ޕީ މީހުންގެ ގޮތް ނޭނގުނީމައެވެ. ފެށުނީއްސުރެވެސް ކެނެރީގޭ އަންނި އަކީ މައުމޫނަށް ވަރަށް ޙަސަދަވެރި މީހެކެވެ. ވާދަވެރިއެކޭ އަހަރެން ނުބުނާނަމެވެ. އެހެނީ ކެނެރީގޭ ނަޝީދަކީ ރައީސް މައުމޫނާ އަޅާކިޔާވަރަށްވުރެ ޢިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި ހާންދާނީ ގޮތުންނާއި ޝަޚުސީ ގޮތުންވެސް ދަށުދަރަޖައިގެ މީހެކެވެ. އަދި އެއަށްވުރެވެސް ދީނަށް ފުރައްސާރަ ކުރާތީ ކެނެރީ ނަޝީދުގެ އަގު ދިވެހިންގެ ކުރިމަތީވަނީ ވަރަށް ވެއްޓިފައެވެ. ރައީސް މައުމޫން ޔާމީނާ އެއްގަލަށް ނޭރިޔަސް ތިޔަ ކެނެރީގެ އަންނިޔާ އެއްގަލަށް އަރާނެކަމެއް ނެތެވެ. އަންނިއަކީ ޤައުމެއް ކީއްކުރަންތޯއެވެ. ކުޑަކުދިންގެ ހިންގާ ފުޓްބޯޅަޓީމެއްގެވެސް ވެރިކަންކުރަން އެކަށީގެންވާ މީހެއްނޫނެވެ. އެކަމަކު އަހަރެން ޙައިރާންވަނީ ބޮޑެތިސިންގާ ކިޔަވައިގެންތިބި ބައެއް ޝޭޚުންނާ އިލްމީ ބޭފުޅުން އެ ވިޔާނުދާ އަންނީގެ ފަހަތުގައި އުޅޭތީއެވެ.

    30
  10. ނަައީމް

    ކަލޭމެން އެކަކުތިބުނަނީ އަމުރުކުރިއޭ އަނެކަކު ތި ބުނަނީ ނުކުރޭ އަޅެފަހެ ވަގުތު ގިނަވެ ކުރާނެކަމެއްނެތިގެން އޫޅޭ ބައިގަނޑެއްހެން ތިޔައުޅެނީ

    14
  11. މމ

    ކުރިން ކޮށްފަހުރި ކަންކަން ބަލަން ވަކި ސަރުކާރެއް ހޮވަން އެބަޖެހޭ، އޭރުން އެމީހުންނަށް އޮންނާނީ ހަމަ އެކަނި އެކަންތައް، އޭރުން ތަރައްޤީ ކުރުމަށް ހަވާލުވާ ސަރުކާރަށް އޮންނާނީ ތަރައްޤީ ކުރުން، މިހާރު މި އޮތްގޮތުން ކުރީގެ ކަންކަން ފުރޮޅާފަ ކުރީ މީހުން ޖަލަށްލާފަ އަހަރެމެންނަށް އެއްވެސް ކަމެއް ކޮށް ނުދެވި ހުއްޓާ އަނެއްކާ މި އަންނަނީ ވޯޓް ހޯދަން

  12. ބައްޕަ

    ބަޑި ޖެހުން އެއީ އެހެން ކަމެއް ، އީވާން ނަސީމް މަރާލީ އެހެން ކަމެއް ސަލާމަތީ ކަންތަށް ބލަހަށްޓާ މީހުންނަށް އެނގޭނީ ބަޑި ޖަހަން ވީމަ.
    ދީދީ މެން ނަށް އެނގޭނެ އެއްޗެއް ނެތް ރީދޫ ހުންޖެހިފަ ހުރި މީހެއް ވީމަ

  13. އަލިބެ

    އީވާން ނަސީމު މަރުވި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އިންޑިއާ އިން. ޖަލު ތަކުގައި ހަތިޔާރު ބެހެއްޓީ 3 ނޮވެމްބަރުގައި ރާއްޖެ އައި އިންޑިޔާ ސިފައިން ދިވެހި ސިފައިން ނަން ދިން ތަމްރީނެއްގެ ގޮތުގައި؟ ޖަލުގައި ބަޑި ގުދަން ނުބެހެއްޓި ނަމަ ބަޑި ނުޖެހުނީސް.

    4
    2
  14. މުހުސިނު

    ޟިހާރު އެބަރަގަޅުވޭ މަޖިލީހުގެ ރައީސަކީ ބޯހަމަޖެހޭމީހެއްނޫން އޭނަދައްކާފާނެ ކޮންމެފަދަ ވާހަކައެއްވެސް ބަތްކާންއިގެފަ ބުނެފާނެ ތިމަންނަ ސައި ބޮނީއޭ އެކަހަލަ މީހެއްގެ ވާހަކަ ގަބޫލު ކުރާނީވެސް މޮޔައިން މިސަލަކަށް އާޒިމް ހަސަން ލިތީފުމެނެކަހަލަ މޮޔައިން

  15. ސީލާވަތީ

    ސޮނި ބުއްޅަބޭ ގެ ސޯޓުބޭލެނީ

  16. އަހުމަދު

    އިބްރާހިމް މުހައްމަދު ދީދީ އަކީ އައިސިސް މީހެކޭ ގޮވަން ފަށާނެ ނަށީދެ ދެން

  17. ޝާން

    މައުމޫނު އަމުރު ނުކުރާނަމަ މައުމޫނު ކީއްވެ ބުނީ އެހެންގޮތެއް ނެތިގެން ބަޑިޖެހީ؟ ޖައްވަށް ފަޒާ އަށް ވަޔަށް ބަޑިޖެހުމަށްފަހު އެހެނ ގޮތެއް ނެތިގެން އެންމެ ފަހުނ މަޖުބޫރުވީ ގަޔަށް އުންޑަ އަރާ ގޮތަށް ބަޑިޖަހަން ކަަމަށް މައުމޫނު ބުނި. ދެން ކިހިނެއް ޑީޑީ އަށް އިގެނީ މައުމޫނު ނާންގާކަން. ޑީޑީ އަކީ އޮފިސަރަކަށް ވިޔަސް މައުމޫނު އަންގާނީ ޑީދީ އަކަށް ނޫން.

  18. ސާމިޔާ

    ތަނެއްދޮރެއް އުޑެއްބުޑެއް ނޭގުނަސް މަޖިލީހުގެމެންބަރަކަށްވެވުނީމަ ހީވާކަހަލަ އުޑުންވަހީވެސްއަންނަނީހެން .. ފުކެއްބޮޑުވަރުދޯ ؟

  19. ފާއިޒް

    ސިޔާސީ ވިސްނުމުގަ ތަންތަނުގަ ތިބޭ ދެބޯ ބުރާންތިން މަޖިލީހައް ހޮވީމަ ތަނެއް ދޮރެއް ނޭންގޭނެ...