ސެޕްޓެމްބަރު 19، 2003 ގައި ޖަލުގައި އަނިޔާކޮށްގެން އީވާން ނަސީމް މަރާލި ހާދިސާ އާއި ޖަލުގައި ބަޑި ޖަހައިގެން ގައިދީންތަކެއް މަރާލި ހާދިސާގެ ހަނދާން އާ ކުރަމުން ދަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ "ޒާތީ" ވެގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

އަހުމަދު ހަލީމް މިހެން ވިދާޅުވެ ޓްވީޓެއް ކުރެއްވީ އެ ހާދިސާއަށް އިއްޔެ 17 އަހަރު ފުރި ބައެއް ބޭފުޅުން އެ މަރުގެ ހަނދާން އާ ކުރައްވައި އަދި ރައީސް މައުމޫންއަށް ވެސް ފާޑު ކިޔަމުން ދަނިކޮށެވެ. އެގޮތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް މައުމޫންއަށް ފާޑުވިދާޅުވެ، އީވާންގެ މަރުގެ ހާނދާން އާ ކުރައްވައި ޓްވީޓެއް ކުރައްވާފައިވެއެވެ.

ނަޝީދުގެ ވެސް ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ، މެންބަރު ހަލީމް ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވަނީ "ސެޕްޓެމްބަރު 19، އީވާން ނަސީމްއާއި އަދިވެސް އެތައް ބަޔަކު މަރާލުމުގެ ހާދިސާގެ މި ހަނދާން އާ ކުރަނީ ރައީސް މައުމޫންއާ ޒާތީވެގެނެއް ނޫން، މި ކަންކަން ތަކުރާރު ނުކުރުމަށް،" ކަމަށެވެ.

އީވާން ނަސީމްގެ މަރުގެ މައްސަލަ އާއި ޖަލުގައި ގައިދީންތަކަކަށް ބަޑި ޖަހައިގެން މަރާލި މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް ވެސް ރައީސް މައުމޫން އެކުލަވާލެއްވިއެވެ. އެ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް 12 މީހެއްގެ މައްޗަށް ދައުވާ ވެސް ކުރެވުނެވެ. އޭގެ ތެރެއިން އަށް މީހެއްގެ މައްޗަށް ކުށް ސާބިތުވެ މަރުގެ ހުކުމް ވެސް އިއްވެވިއެވެ.

އެކަމަކު ވެސް އީވާން ނަސީމްގެ މަރަށް އިންސާފު ނުލިބޭ ކަމަށް ވިދާޅުވެ 2008 ގެ ރިޔާސީ އިންތިހާބުގައި ނަޝީދު ވަރަށް ވާހަކަފުޅު ދެއްކެވިއެވެ. އެކަމަކު އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމުގައި ހުންނެވި ތިން އަހަރެއްހާ ދުވަހު އެ ކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނު މަންޒަރެއް ވެސް ނުފެނުނެވެ. އަދި 2012 ގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވީއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ފާއިޒު

    ކޮންމެ މެންބަރަކު ވަކިވަކިން ޓްވީޓް ކޮށްކޮށްފައި ހުރިހާ ނޫސްތަކަށް އަރުވަން ތި ވާހަކައަށްވުރެ މާ ރަނގަޅު ނޮވެމްބަރު 3ގެ ޙާދިސާގައި މަރުވި މީހުންގެ ވާހަކަތައް. އަދި އެއީ ވެރިކަމުގެ ދަހިވެތިކަން އޮތް ބަޔަކު ކުރި އަމަލެއްކަމަށް ކޮންމެ މެންބަރަކުވެސް އެއްބަސްވެ ވާހަކަ ތައް ދައްކަންވީ.

    15
  2. ެެެއ

    ގައިދީންނަށް ބަޑި ޖަހަން ރައީސް މައުމޫން އަމުރެއް ނުކުރައްވާ: އިބްރާހިމް ދީދީ

    12
  3. ބެއްޔާ

    ހަމަޒާތީވެގެން ކުރާނެ، ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭތީ ސަމާލުކަން އަނބުރާލަން. މިތިބަ ބިކަވަނީ ޑޮލަރެއްނެތް ފައިސާއެއްނެތް މަހަކު 250 ޑޮލަރަށްވާވަރަށް ވިޔަފާރި ހުއްދައީ. ލަދުގަންނަލެއް ބޮޑުކަމުން މައުމޫނޭ ޔާމީނޭ ތިކިޔަނީ . އިސްތިއުފާދީފަ ގެއަށް ދޭބަލަ.

    17
  4. ކޮރަލް

    ޔާމީން ގެއަށް ޔާމީން އާ ބައްދަލު ކުރަން ދަންވަރު ވަދެފަ ވަނީ ކީއްކުރަންތޯ އާއި ރިސޯޓް ހަދަން ރަށް ލިބުނު ގޮތެއް ސާފު ކޮށް ދީ ބަލާށެވެ.

    12
  5. ސަންފައްތަ

    ދެން ކޮންކަމެއް ވެގެންތަ؟ އެއްވެސް ކަމެއް ކޮށްދެވޭނެ ބައެއްތަތީ؟ ވެރިކަމަށް އައިސް ތިތިބީ ބައެއްގެ މަރުތަކުގެ ހަޤީޤަތް ހޯދަދޭނެކަމަށް ވަޢުދުވެގެން. ކުރެވުނު ކަމެއް ބުނެބަލަ. ކޮބާތަ ރިޟުވާނު މައްސަލާގެ ޙަޤީގަތް؟ ކޮބާތަ ޔާމީން ރަޝީދުގެ މައްސަލާގެ ޙަޤީޤަތް؟ ކޮބައިތަ ޑރ. އަފްރާޝީމް ޢަލީގެ މައްސަލާގެ ޙަޤީޤަތް؟ އެއްކަމެއްވެސް ނުހޯދުނު. އަދިވެސް ތިއުޅެނީ އިތުު މަރުތައް ލިސްޓަށް ލެވޭތޯ. ދަރުބޮނޑު ނުއުފުލުނަސް ބޮނޑިޔަށް ދަރު އިތުރުކުރެވޭތޯ ބަލާ. އޭރުން ފަޟީޙަތްވާލެއް ބޮޑުވާނެ.

    10
  6. ނަައީމް

    އިތުރު އަގަނުތަޅާ ކަލޭމެން ބާރު ތިހުރީ ހުރިހާދިމާލަކުން މައްސަތައް ބަލާ ނިއްމާލަބަލަ ހިތާވާގޮތަކަށް ފަހުން އައުގުރާނަ ނުގޮވާނެ ގޮތަކަށް ކަލޭމެން

  7. ހުސޭނުބޭ

    އެހެންވިއްޔާ ފާދިއްޕޮޅުގައި އެންމެ ފެރީ ދަތުރެއްވެސް ނުކޮށްދީ މި ސަރުކާރުގައި ބައިތުލްމާލުން ކަލޭގެ ކުންފުނި 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަނޑުއަޅާލީ ކޯންޗެއް ހިތަށްއަރައިގެން!

    12
  8. ޙަސަން

    ތިޔަ އީވާން ނަސީމުގެ ކަންކަން ހުރިގޮތަށްވެސް ވިސްނާލަންޖެހެއެވެ.

    12
  9. ޙަސަނު

    2008 ކުން 2012 އައް އެމްޑީޕީވެރިކަންކުރިއިރު ކޫއްވެގެންތޯ އެމައްސަލަ ނުބެލީ މިހާރުކުއްލިޔަކައް މިވާހަކަމިފެށީ އިންޑުޔާސުފައިން ފޭބުމައް ރައްޔިތުންގޮވަންފެށީމަ ފޯކަސްއަންބުރާލުމައް ނަމވެސް ރައްޔުތުން މިހާރު މާހޭލުންތެރި.

    11
  10. ޓިނު ވަގު

    ޒާތީ ނުވެ ތިޔަ ބައިގަނޑަށް އެއްވެސް ކަމެއް ނުކުރެވޭނެ.. ހަސަދަ އާއި ފިތުނައިން މުޅި ޤައުމު ޚަރާބުކޮށްފި...

    15
  11. Anonymous

    ދެން ކޯޗެއް ވެގެންނޯ.
    މީއަހަރެމެން ބުނި ވާހަކަ. މައްމޫން ރައީސް ތިޔަހަރީ ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުން ނެތިފައި. ކޮބާ ހީވޭ .ހަތްހުތު ކަށްކާފަ ރާހުތަށް ލިޔަސް އަންނިވާނީ އަންނިއަށް. އެމްޑީޕީ ވަނީ އެމްޑީޕީއަށް. މާރަނގަޅު ބަޔަކަށް ހީވެގެން ވެރިކަން ހޯދަދިނީމަ ތާހިރު ވެއްޖެ ނޫންތޯ.

    15
    • ސަންފައްތަ

      ޔާމީނަށްވުރެ އަދި ރަނގަޅު. ހައްޔަރެއް ނުކުރޭވިއްޔަ.

  12. ނަވާރަ

    ސެޕްޓެމްބާރ 19، އެޖެންޑާ 19، ކޮވިޑް 19، މި 19 އަކާ ހާދަހާ ގިނަ ބޮޑެތި ކަންތައްތަކާ މި ގުޅެނީ ކީއްވެބާ.

    ނަރަކަ ބަލަހައްޓަވަނީ ވެސް 19 މަލާއިކަތުން

    Al-Muddaththir 74:30

    عَلَيْهَا تِسْعَةَ عَشَرَ

  13. ރައްޔިތުން

    ރައީސް ނަޝީދު ވިޔަސް އަދި އެހެން މީހަކުވިޔަސް މަރޭ އަދި ގެއްލުނޭ ކިޔާ ދައްކާ ވާހަކަތަކުން ކުރާ ކަމެއް އެބައޮތްތަ

  14. ފުރާތު

    ޕާޓީމަތީން މީހުން ފޫހިވެ ފިކުރާއި ދުރުވާތަންފެނުމުން އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ ތި ޕާޓީގެ އަހަރީ ދުވަސް ކަމުގައި ހަދާ ތިމަޖިލީހުގަ ބަހުސްކުރިޔަސް ތިޔަ ފިކުރަކީ ދިވެހިންނަށް މުސީބާތަކަށްވެއްޖެ. މައުމޫނަކީ ރަން ތިރީސް އަހަރުގެ ބާނީ. މިލަގަ ޔަހޫދީއަކަށް ވެގެން މުސްލިމް ހުދުފޮށާބޭރުން އޮޅައިގެން ހިޔަޅެއްހެން ނިކުމެ ގޫސް ލިއަސް ނުލިބޭނެ. މިގައުމު 0 ކުން 50 ގެންގޮސް ހަވާލުކުރީމަ، މިތަނުގެ ތަރައްގީގެ ސްޕީޑްމީޓަރަށް 10 އިންސައްތައިގެ ކުރިއެރުމެއް ނުގެނެވި، ދިވެހިން ދިވެހިންނަށް ހަތުރުވެރި ކުރުވައިފި. މިއީ ކަލެމެންނަށް ކުރެވުނު ކަމަކީ.

  15. ކެނެރީ

    ތި ހުރިހާ ކަމަކީވެސް އިންޑިޔާ އަޅުވެތި ކުރާވާހަކަ ދިވެހީން ދައްކާތީ ވާހަކާގެ މަޢުލޫޢު ބަދަލުކޮން ދިވެހީން ނަކީ ބުއްދި ނެއްބަޔެއް ބައެއްކަށް ދެއްކުން

  16. އަބްދު ބޭ

    ބަލަ ތިޔެއްވުރެ މާރަގަޅެއްނު މިގައުމުގައޮއްކަމައްބުނާ 98 އާގްބޯޓް ދުއްވި ކުންފުނީ އމްއސްއލްގެ އާގްބޯޓް ތަކާ އެއަރމޯލްޑިވްސް ގެ މަދިންދާ ބޯޓްތަކާއި މިފްކޯ މަސްފެކްޓުރީގެ ވާހަކަތައް ދެއްކިއްޔާ ކޮބާތޯ ބަލން ބުނިގެއްލުވާލި މީހުންނާއި މަރާލިމީހުންނާއި ހެއްވާލި މީނުބްގެ ވާހަކަޔާ ބެލިމަސްއަލަތައް