ސެޕްޓެމްބަރު 19، 2003 ގައި ޖަލުގައި އަނިޔާވެރި ގޮތަކަށް އިވާން ނަސީމް މަރާލުމާއި ބަޑިޖަހައިގެން ގަދީންތަކެއް މަރާލިއިރު ޖަލުގައި ބަޑި ޖެހުމަށް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަމުރު ނުކުރައްވާ ކަމަށް އޭރު ސިފައިންގެ އޮފިސަރެއްގެ ގޮތުގައި ހުންނެވި، މިހާރު އެމްޑީޕީގައި އުޅުއްވާ ބްރިގޭޑިއާ (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވުމުން އޭނާއަށް ރައީސް މައުމޫން ޝުކުރު އަދާ ކުރައްވައިފިއެވެ.

މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ކަން ވެސް ކުރިން ކުރެއްވި، އިބްރާހިމް މުހައްމަދު ދީދީ މި ގޮތަށް ވިދާޅުވެފައިވަނީ، އެ ދުވަހު ޖަލުގައި ބަޑި ޖެހީ ޗީފް އިން ކޮމާންޑަރުގެ އަމުރުފުޅަށް ކަމަށް ތުހުމަތު ކުރައްވައި މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އޭރުގެ ޗީފް އޮފް ކޮމާންޑްއަކީ ރައީސް މައުމޫންއެވެ.

ރައީސް މައުމޫން ދިފާއުކުރައްވައި އޭރު ކަންކަން ހިނގައިދިޔަ ގޮތް ތަފުސީލް ކޮށްދެއްވައި އިބްރާހިމް މުހައްމަދު ދީދީ އިތުރު ޓްވީޓްތަކެއް ވެސް ކުރެއްވިއެވެ. އެއިން ޓްވީޓެއްގައި ރީޓްވީޓް ކުރައްވައި ރައީސް މައުމޫން ލިޔުއްވާފައިވަނީ "ހަގީގަތް ހާމަ ކުރެއްވީތީ ޝުކުރު ދަންނަވަން،" ކަމަށެވެ.

އީވާން ނަސީމްގެ މަރުގެ ހާދިސާއާއި ޖަލުގައި ބަޑި ޖަހައިގެން ގައިދީންތަކެއް މަރާލި ހާދިސާގެ ވާހަކައިގެ އަޑު އަލުން ގަދަވެގެން މި އުޅެނީ، އެ ހާދިސާއަށް އިއްޔެ އަށް 17 އަހަރުވުމާ ގުޅިގެން އެ މައްސަލަ އަލުން ތަހުގީގުކޮށް ރައްޔިތުންނަށް އޭގެ ހަގީގަތް ސާފުވާން ޖެހޭ ކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ނެރުމުންނެވެ.

އީވާން ނަސީމްގެ މަރުގެ ހަނދާނުގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޓުވީޓު ކުރެއްވިއެވެ. އެޓްވީޓްގައި ޒަމާންވީ ވާދަވެރިވެރިޔާ، ރައީސް މައުމޫންއަށް ފާޑުވިދާޅުވެފައި ވެސް ވެއެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ތާރީހަކީ ރައީސް މައުމޫންގެ "އަނިޔާވެރިކަން" އިންތިހާއަށް "ހައްދުން ނައްޓައިގެން" ދިޔަ ދުވަސް ކަމަށެވެ.

އީވާން ނަސީމްގެ މަރުގެ މައްސަލަ އާއި ޖަލުގައި ގައިދީންތަކަކަށް ބަޑި ޖަހައިގެން މަރާލި މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް ވެސް ރައީސް މައުމޫން އެކުލަވާލެއްވިއެވެ. އެ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް 12 މީހެއްގެ މައްޗަށް ދައުވާ ވެސް ކުރިއެވެ. އޭގެ ތެރެއިން އަށް މީހެއްގެ މައްޗަށް ކުށް ސާބިތުވެ މަރުގެ ހުކުމް ވެސް އިއްވެވިއެވެ.

އީވާން ނަސީމްގެ މަރަށް އިންސާފު ނުލިބޭ ކަމަށް ވިދާޅުވެ 2008 ގެ ރިޔާސީ އިންތިހާބުގައި ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އެކަމަކު އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމުގައި ހުންނެވި ތިން އަހަރެއްހާ ދުވަހު އިންސާފު ހޯދައިދޭން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނު މަންޒަރެއް ނުފެނުނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރރ

    މިހާރު އަންނިއަކަށް ކަމަކުނުދާނެ އިބްރާހިމްދީދީއެއް

    42
    2
  2. ޢަހުމަދު ނައީމް

    ޢެދުވަހު، ޖަލުގައި ހިގި ހާަދިސާަގެ ތަޙުްގީގް ވަނީ ސިފައިންގެއިންނާ، ޕޮލިހިހުންނާ އަދި މިނިވަން ކޮމެޓީއަކުން، ބަލާ ތަޙްޤީޤު ކުރައްވާ، އަދި ޝަރީއަތުން ޙުކުމް ކޮށް، ޙުކުމާ އެއްގޮތަށް، އެފަރާތްތަކަށް، އަދަބު ދެވި، ލިބި، ނިމިފައި؛
    ނަޝީދު އަކީ، ތާކުން ތާކު ނުޖެހޭ، ހަޤީޤަތާ ޚިލާފު ވާހަކަ އަބަދުވެސް ދައްކާ މީހެއް! ދޮގޫވެރިއެއް!

    56
    2
  3. އާދަނު

    ހިނިއަންނަނީ! މީނަޔަށް ރައްދުކޮށް ގާއުކާމީހުނާދިމާއަށް އެއްޗެކޭބުނަން ނުކެރިފަ މީނަ ދިފާޢުކުރި މީހާޔަށް ޝުކުރުކުރޭ! މިކަމުންވެސް އެބަ އެގޭ ނަގޫގޮށްޖެހިފަ ހުރިވަރު!

    25
    13
    • ޢަދުރޭ

      އެއީ ނަގޫ ގޮށްޖެހުމެއް ނޫން. ރާމާ މަކުނަށް އައްތަޙިއްޔާތު ދަސްކޮށްދޭން މައުމޫން ބޭނުން ނުވަނީ

      10
  4. ރައްޔިތުން

    އަންނީގެ ވެރިކަމުގައި ހިގި އެންމެހާ ކާރިސާ ތަކަކީ އަންނީ ބުނެގެން ހިންގި ކާރިސާތަކެއްތޯ- ތި އަންނި ހިތުން ސިޔާސީ މަންތިގަކަށް ތިޔަފަދަ ވާހަކަތައް ތި ދައްކަނީ، އަންނީ އަށްވުރެ މާ ވިސްނޭ މީހުން މިރާއްޖޭގައި އެބައުޅޭ. އަންނީ އެއް މައުމޫނެއް އަދި ޔާމީނެއް އިބޫއެއް ނޫން މުހިންމީ އަކީ މި ގައުމު އެއަށްވުރެ މުހިންމު. ބޭކާރު ވާހަކަތަކުން މީހުންގެ ނަން ޚަރާބު ކުރުން ހުއްޓާލަން އަންނީ އަށް ގޮވާލަން.

    12
  5. ފުރިޝިޔާނާ މިލްކް

    އެހިސާބަށް ޖަލުގެ ޙާލަތު ދިޔައީ އެއްދުވަހަކު ދެދުވަހަކުނެއް ނޫން، ޖަލުގައި އޭރު އަނިޔާކުރާ ވާހަކައާއި، އެކިމައްސަލަ ތަހުޤީޤު ކުރުމުގައި މޭޒުމަތީ ބަރާއި ގޮނޑިފަދަ ތަކެތި ހެކިދޭ ވާހަކަ އަކީ އޭރު ވަރަށް ބޮޑަށް ދެކެވިދިޔަ ވާހަކަތަކެއް، އެ ނޭއްގާނީ ހުއްޓުވަން ސަރުކާރު އެޅި ފިޔަވަޅެއްގެ އެއްވެސް އަޑެއްނީވި ހުއްޓާ ކުއްލިއަކަށް ޖަލުގައި މިހާދިސާ ހިގައިދިޔައީ، މިކަމުގައި ތިތިބަ މީސްމީހުގެ ޒިންމާއެއް ހަމަނެތީބާ؟؟؟ އިނގިލި ދިއްކުރެވެން އޮތީމަ އިނގިލި ދިއްކުރަނީ

    29
    4
  6. ސީލާވަތީ

    އެކަމު ދެންވެސް އަންނި މެންންށް ވެ ރިކަން ލިބޭ ތޯ މަ ރުފަލި ޖަހާތި. ޙެވެންނު ކޮންމެ ފު ރައްސާ ރަޔެއް ކު ރިޔަސް. ބައިތުލް މާލު ދާވާލައިގެން އިގި ރޭސި ވިލާތަށް ކަޑާލާނެ ދުވަސް ކޮޅަކުން. ބޭ ފުޅާހުންނަން ޖެހޭނީ ރާއްޖޭގަ

    8
    1
  7. ގޮޅާބެ

    ދެރަދުންގެ ބޮޑުޖޯކު މިހާރު ހުންނާނެ އަނގަ ތަންމިނަށް ހުޅުވި އާވާރާވެފަ.

  8. ޝާން

    މައުމޫނު އަމުރު ނުކުރާނަމަ މައުމޫނު ކީއްވެ ބުނީ އެހެންގޮތެއް ނެތިގެން ބަޑިޖެހީ؟ ޖައްވަށް ފަޒާ އަށް ވަޔަށް ބަޑިޖެހުމަށްފަހު އެހެނ ގޮތެއް ނެތިގެން އެންމެ ފަހުނ މަޖުބޫރުވީ ގަޔަށް އުންޑަ އަރާ ގޮތަށް ބަޑިޖަހަން ކަަމަށް މައުމޫނު ބުނި. ދެން ކިހިނެއް ޑީޑީ އަށް އިގެނީ މައުމޫނު ނާންގާކަން. ޑީޑީ އަކީ އޮފިސަރަކަށް ވިޔަސް މައުމޫނު އަންގާނީ ޑީދީ އަކަށް ނޫން.

    12
    7
  9. ހަލީމާފުޅ

    މިގައުމުހަލާކް ކުރީ ދިގު 30 އަހަރާއި ކުރު 3އަހަރުގެވެރިން ެކަކުގެ މައްސަލަ ނުބެލީ ހަމަ އެރޮގުން ކަންތައް ކުރަން އެކަން އެބައނގޭނޫންތޯ ޓީއެމްއާރ އާއި ޖީއެމްއާރގެ މަސްއަލަތަކުން މަނޑޭލާގެ ތޮފި އަޅައިގެން ވެރިކަމައް އާދެވުނީމާ ބަދަލްވީ އަންސަންސޫކީއައް މީރިޔަލްޓީއަކީ ހައްގުދު އޮއމީހާ އެއް ގުދު އޮއމީހާޔައް ގުދޯ ގުދޯ ގޮވާހެން

  10. ހިތަދޫ މީހާ

    ތާކުންތާކު ނުޖެހޭ މީހުން ލާރި ބަހައިގެން މަޖުލިސް އަށް އައިސް މަޝްހޫރުކަން ހޯދަން ވެގެން މިއުޅެނީ... ފޭދޫ މީހާ އުޅެނީ ބުއްޅަބެގެ ތާއީދު ހޯދަން.. މީނާއަށް ނޭނގެ ބުއްޅަބެޔަށް މިހާރު މީހުން ތާއީދު ނުކުރާކަމެއް.

  11. ޒަބީބު

    ޒަމާންވީ ބައު ރިހާކުރު އައު ފުޅީގައި ވިއްކައިގެން އެއިން ނާޖާއިޒް ފައިދާ ނެގުމަކީ އަންނިގެ ޚަސީލަތް. މާނައަކީ - ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަ އެކި ގޮތްގޮތަށް އަމބުރައިގެން ފިތުނަ އުފައްދައި ބައިބައިކޮށްގެން މަކަރާޖަހައިގެން ކެއުމަކީ އަންނިގެ ފަލްސަފާ.

  12. ސީލާވަތީ

    އާއްމު ގޮތެއްގަ މައިތިރި ކުރަން ބަޑި ޖަހާނީ ކަކުލަށް. ޢަސްލު ބަޑިޖެހި މީހަ ކު ބަޑިޖެހީ ސިޔާސީ ބޭނުމެއްގަ ހެން ހީވަނީ

  13. އިބްރިހިމް ބެއްޔާ

    ޝާން، ޑީ ޑީ އަކީ ކޮމިއުނިކޭޝަން ދާއިރާގެ އެއްމެއިސް އޮފިސަރ އަދި މިފަދަ ހާދިސާ،ކާރިސާ ތަކުގައި އިސް ދައުރެއް އަދާކުރައްވާ ޤާބިލް ބޭފުޅެއް، ސިފައިން ހަތިޔާރު ބޭނުންކުރުމުގެ ޤަވާއިދާ އެއްގޮތައް އެދުވަހުވެސް ޢަމަލުކޮށް ކަންތައް ގެންގޮސްފައިވަނީ ،

  14. ނަޖްވާ

    ދެން ކާކު ބާ އެންގީ ބަޑި ޖަހަން؟ ޗީފް އޮފް ޑިފެންސް ފޯސް އަށް ޖެހޭނީ ކޮމާންޑަރ އޮފް ޑިފެންސް ފޯސް ގެ ހުއްދަ ނަގައިގެން ކަމަށް ބެލެވެނީ ބަޑި ޖެހޭނީ!