ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ކޮރަޕްޝަންގެ އެކި ތުހުމަތުކޮށް، 27 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އޭސީސީގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ އަހުމަދު ސައީދަށް ތުހުމަތުކޮށް މައްސަލަތަކެއް ހުށަހެޅީ އަމިއްލަ ފަރާތަކުން ކަމަށެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލަތައް ވަކިވަކިން ދިރާސާ ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެއްވެސް މައްސަލައެއް ތަހުގީގު ކުރަން ކޮމިޝަނުން ނިންމާނީ ދިރާސާ ކުރުމުގެ މަރުހަލާ ނިމުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ޕްރޮކިއުމަންޓް ޕްރޮސީޖާއާ ހިލާފަށް ތެޔޮ ގަތުމާ ގުޅޭ މައްސަލަތަކަކާއި މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިން މައްސަލަތަކެއް ހިމެނެއެވެ.

ސައީދަށް ތުހުމަތުކޮށް އޭސީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅޭ ގޮތުން އޭނާ އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

އެކަމަކު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެކި މުނާސަބަތުތަކުގައި ކޮރަޕްޝަނާ ދެކޮޅަށް ވާހަކަ ދައްކަވާފައިވެއެވެ. ކުރިން ފެނަކަ ތެރޭ ހުރި ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ ކަންކަން ވެސް ހާމަކުރައްވައި ވާހަކަ ދައްކަވާފައިވެއެވެ.

އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސަރުކާރު ހިއްސާ ކުންފުނިތަކުގެ ކޮމިޓީގައި ފެނަކަ މެދުވެރިކޮށް މަޖިލީހުގެ ކުރީގެ މެންބަރުންތަކެއް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ވެސް ވިދާޅުވެފައެވެ. ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ ކުންފުންޏަކަށާއި ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ މަސްހަލަތު އޮންނަ ކުންފުންޏަކުން ފެނަކައަށް އަގޮބޮޑުކޮށް ތެޔޮ ވިއްކާފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ތުހުމަތުތައް އަދުރޭގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ދޮގު ކުރައްވައެވެ.

ނަމަވެސް ފެނަކަ މެދުވެރިކޮށް އޭރު ހިންގި ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ 55 މައްސަލައެއް އޭސީސީން ތަހުގީގު ކުރަން ފެށިއެވެ. މިއީ މި ސަރުކާރުގައި ފެނަކަ މެދުވެރިކޮށް ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރަޗީދު

    ތިމާ ހިންހަމަ ނުޖެހޭ ގޮތަށް ކަމެއް ހިނގާ ކޮންމެ ވަގުތަކީ އަދި ކޮންމެ ކަމަކީ ކޮރަޕްޝަން ކަމަށްވާނަމަ މި ޤައުމުގެ ކޮންމެ ދޭދޭ ދެފަރުދެއްގެ ދެމެދު ހިނގާނީ ކޮރަޕްޝަނެވެ. ހާމަކަން ބޮޑުގޮތަކަށް އިޚްލާޞްތެރި ޚިދުމަތެއް ރައްޔިތުންނަށް ކޮށްދެއްވާ، ފެނަކައިގެ ކުރީގެ ވެރިން ހިތަށްވެސް ނާރާ ކަންކަން ކޮށް ރައްޔިތުންގެ އިތުބާރު ފެނަކައަށް ލިބެންފެށުމުން ހިތްބިރުގަނެ ތުރުތުރު އަޅާ ވާގިދޫވާން ފެށުމުން ކޮންމެސް އެއްޗެކޭ ކިޔާ ރައްޔިތުންނަށް އޮޅުވާލަން އުޅެނީއެވެ. ކުރިން ވަޒީފާގެ ނުފޫޒު ބޭނުންކޮށް ބޭނުން މުވައްޒަފުންނަށް ވަޒީފާ ދިނުމާ ވަޒީފާ ވަކިކުރުމުގެ ބުރަ އުފުލަން ޖެހިފައިވަނީ މިހާރު. ތިމާ ބޭނުންވާ މީހާއަށް ވަޒީފާ ނުލިބިއްޖެނަމަ ނުފޫޒު ބޭނުން ކުރުން . ތިމާ ރުހޭ މީހާ އަށް ވަޒީފާ ލިބިއްޖެނަމަ ސަޢީދަކީ އަލިފެއް. މީ ތި ވިދާޅުވާ ކޮރަޕްޝަނަކީ.

    2
    13
  2. ގުރަހާ

    ލޮކުޑައުން ތެރޭގައިވެސް ފެނަކައިން ކަރަންޓު ބިލުންވަނީ އާދަޔާހިލާފަށް ޗާޖުކޮށްފަ ހާއްސަކޮށް ރަށްރަށުގެ ކަރަންޓުބިލްތަށް ސަރުކާރުން ސަބުސިޑީ ދިންއިރުވެސް ހުރީ ސަބުސިޑީ އާއި އެއްކޮށް އަގުބޮޑުކޮށްފަ ރަށްޔަތުން ފެލުންނޫންގޮތަކަށް ސަރުކާރުން އެއްކަމެއްވެސް ނުކުރޭ ވަރަށް ދެރަ.

    18
    2
  3. އަބްދު ބޭ

    މީ މިގައުމުގެ ސަގާ ފަތެއްތޯ ކަރަޕްޝަނާ ވައްކަމާ ފަސާދަ ކީއްތޯ ކުރާނީ ތިޔަތާގެ ފެށުންވއސް ވަނީ ޖަރީމާއެއްގެ ތެރޭން ރަްޔިތުންގެ އިންޖީގެތަކެއް ބޯލްޕޮއިންޓް ދޯރިއެއް ނެއްގަލަމެއް ޖީބައް ޖަހައިގެން ޔުޓިލީސްގެ ނަމުގައި ބަދަލް ދޭނަމޭ ކިޔާފައި ނުއަގުގަ ފޭރިގަތީ ޕާޓީކުދިންނައް ވަޒީފާ ދޭށާއި ޕާޓީ ހިންގަން ރުފިޔާ ހޯދަން އެންމެ ބޮޑުބޭނުމަކީ ރައްޔިތުން އަޅުވެތިކޮއް ވޯޓް ނުދީފާނެތީ ކަރަންޓްކަނޑަލަން ބުނީމަ ވޯޓް ދޭނެނޫންތޯ ފެންނަނީ އެމަންޒަރު ފަޅެއް ކަނޑެއް ގިރިއެއް އަކިރިރިއެއް ނުބަލާ އެމީހަކާ އެމީހެއްކައިހުސް ނުވީތާކައް ގައުމައް ރުފިޔާ އެއް ވަންނަ ތަނެއް އޮތިއްޔާ ބޭރުގައުމެއްގެ އަތްދަށައް އަމިއްލަ ޖީބައް ފައިސާވަންނަ ކަހަލަ ސިސްޓަމަކައް މީވާ ގައުމެއް ސަހަރޯ

    11
  4. ގުޑު ސިޓިޒެން

    27 އޭ މަދުވާނެ ...

  5. ނަޝީދު

    މި ބޮޑު ވަގު ކަލޭގެ ބޭރުކުރޭ .. އަބަދު ޑީސަލް ކޮންސަމްޕްޝަން ނުފޮނުވާގެން އުޅެނީ މިކަލޭގެ މި ބޮޑު ވައްކަން ކޮށް ކަމުން ރެކެން ވެގެން....

    13
  6. ތަކުރު

    ގއ.ވިލިގިލިއަށް ދެ ސުޓޭޝަން މޭނޭޖަރުން ބަހައްޓައިގެން އުޅެނީ ކޮން ޤަވާއިދަކުންތަ އެމްޑީ ސައީދު؟އައިއެސްއޯ ސްޓޭންޑަޑުގެ ގެ ދަށުން ދޯ ވިލިގިލިގައި ދެ ސްޓޭޝަން މެނޭޖަރުން ބައިތިއްބަނީ؟؟؟؟ އަކުރެއް ބަކުރެއް ނޭންގޭ ދެ ވަޑީންނަށް މެނޭޖަރުކަން ދިނީމަ އެއޮތީ ވަރަށް ތާހިރުވެފައި. ވިލިގިލި މުޅި އިންޖީނުގެ ފުޑިއްޖެ

  7. އަހްމަދު

    ދިރާސާގެބައި 2023 ގެފަހުކޮޅު ނިމޭނެކަމަށް ބަލަމާހިގާ

  8. ނަައީމް

    ކޮބާ އެބަ ހުއްޓުވޭ ބަލަ ތިޔަތިބީ އަގައިންނާއި ފައިންމަނާކޮށްގެން މަޖިލީހުގެ ގޮޑިހޫނުކުރަން

  9. ގަމާރު

    ފ. މަގޫދޫ ފެނާނަރުދަމާއަށް މިއަދު މީހުންނެގީވެސް އުޞޫލާޚިލާފަށް މެރިޓްއަށް ބެލުމެއްނެތި ޕާޓީ ކުދިންނަށް.

  10. އަމީޒް / ގދ ގައްދޫ

    އަހަރެން ފެނަކައިގައި މަސައްކަތް ކުރިއިރު، އަހަރެން ޑޮލަރު ވަގަންނެގިޔޭ ކިޔާފައި މި ސައިދު އަހަރެން އަތުން 6 ހާސްރުފިޔާ ހޯދި.
    މީނާ އަކީ ވަގެއް.ބޮޑު ވަގެއް.
    މިދުނިޔޭގައި މީނަ ކުރާ ވައްކަމެއް ސާބިތުނުވިޔަސް، ގިޔާމަތް ދުވަހުގައި މީނާކޮށްގައިވާ ވައްކަން ފަޅާއަރާނެ.
    އަހަރެން ދުވަހަކުވެސް މީނާ އަކަށް މާފެއް ނުކުރާނަށް.

  11. މުހައްމަދު ފާއިޒް

    ފެނަކަ ނ.މަނަދު ބުރާންޗުގައި އެބަހުރި އެއްވެސް މަސައްކަތެއް ނުކޮށް ރަށުތެރޭ ކޮންޓްރެކްޓް މަސައްކަތް ކުރާ މުވައްޒަފެއް.
    3 މަސްދުވަސް ރިހެބްގަ އުޅުނުއިރުވެސް ބަރާބަރަށް ވަޒީފާއަށް ހާޒިރުވި ކަމަށް ލިޔެކިޔުމުން ދައްކަ.
    އޭސީސީއަށް މި މައްސަލަ ވައްދާނެ މީހަކު ނެތްތަ؟

  12. ތަކުރުފަނު

    އައިއެސްއޯ ގެ ދަށުން ތަ ގއ.ވިލިނގިލި އިންޖިނުގެ އަށް ދެ ސްޓޭށަން މެނޭޖަރުން ލާފައި އެތިބީ؟ އެ ވަރިހަމަދޯ އުޑެއް ބުޑެއް ނޭގުނަސް.؟ މުޅި އިންޖިނުގެ ހަލަކުވެއްޖެ ތި ދެ ވަޑީންނާއި ހެދި. ވަޑީންނަން އިގޭނީ ވަޓާން ކުރަން.

  13. ސަރީ

    އެމްޑީ ބުނި ސިޔާސީ ގޮތުން ވަޒީފާ އަކުން ނުކަނޑާނަމޭ!!އެކަމް ކިހެނެއް މިވަނީ އިންތި ހާބެއް ގައިވާ އިރަށް!!ކަލޭ ބަލިކަށި ވާދުވަހު ނުފޫޒުން ވަޒީފާއިން ކެނޑި ދައުވާ އަހަރެމެން ކަލޭގެ މައްޗަށް ކުރާނަން!!އަބަދު ތިބާރާ ނުފޫޒުގަ ނުހުރެވޭނެ!!

  14. ދޯދި

    ތީ ކާޕެޓުގެ މައްސަލަ ވެއްދި ގުރޫޕު، ތިކަހަލަ މައްސަލަ ވެއްދިޔަސް ކުރީސަރުކާރުގެ ތިފަދަ ކަންކަމެއް ނުފޮރުވޭނެ