ކީރިތި މާތް ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރި އެމްޑީއެން މައްސަލައާއި އޭގެ ފަހުން އެމްޑީއެންގެ ރިޕޯޓަށް ތާޢީދުކޮށް އަދި ޒިނޭ ހުއްދަކުރުމާއި އެނޫންވެސް އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފު އެތައް ކަމެއް ހިމަނައިގެން ރިޕޯޓުތައް ނެރެފައިވާ އުތެމަ ޖަމިއްޔާގެ މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގޮސްފައިވާ ހިސާބެއް ސާފުކޮށްކުރަން 26 މަދަނީ ޖަމިއްޔާ އަކުން މިއަދު ފުލުހުންގެ ކިބައިން އެދިއްޖެއެވެ.
26 މަދަނީ ޖަމިއްޔާ ބައިވެރިވާ "ރައްޔިތުންގެ އިއްތިހާދުން" ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސްކޮށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ އެމްޑީއެން އާއި އުތެމަ ޖަމިއްޔާގެ ފައުންޑަރުންނާއި މެދު ފިޔަވަޅު އެޅުމަށް އެދި މިމަހުގެ 5 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް އާއި އެއިއްތިހާދުން ބައްދަލު ކުރުމުން، ފުލުހުންގެ ތަޙްޤީޤް މިހާރު ގޮސްފައިވާ ހިސާބު ސާފުކުރުމަށްޓަކައި ފުލުހުންނަށް ލިޔުމަކުން ހުށައަޅުއްވައިގެން ހޯދުމަށް ފަހު، ފުލުހުންގެ ފަރާތުން ލިބޭ ޖަވާބާއި ލިޔެކިއުންތަކާ އެކު އަލުން މައްސަލަ ޕީޖީއަށް ހުށައެޅުމަށް ޕީޖީ ލަފާ ދެއްވާފައިވާ ކަމަށެވެ.
ރައްޔިތުންގެ އިއްތިޙާދުގައި ހިމެނޭ 26 ޖަމްޢިއްޔާއިން އެދެނީ މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ފަށާފައިވާ އެމްޑީއެން އާއި އުތެމަގެ މައްސަލަ ތަޙްޤީޤު މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ އާއި އަދި ސުވާލު ކުރެވުނީ ކޮންކޮން ބޭފުޅުންނާއިތޯ އާއި މިހާތަނަށް ކުރިއަށް ގޮސްފައިވާ ތަޙްޤީޤީ ތަފްޞީލުތައް ލިޔުމަކުން އަންގަވައި ދެއްވުމަށް ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ހިމަނައިގެން އެމްޑީއެން އިން ރިޕޯޓެއް ނެރުމުން އެޖަމިއްޔާ ވަނީ އުވާލާފައެވެ. ނަމަވެސް ރިޕޯޓް ނެރުމުގައި ބައިވެރިވި އެއްވެސް މީހަކު އަދި މިހާތަނަށް ތަޙްޤީޤަށް ހާޒިރުކުރިކަން އެނގިފައެއް ނުވެއެވެ. އެމްޑީއެންގެ ރިޕޯޓާއި ދާދި އެއްކަހަލަ ރިޕޯޓެއް ނެރުނު އުތެމަ ޖަމިއްޔާ އާއި މެދު އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ތިޔައީ ކަނޑުގައި އަޅާލާ ރޮގެއް ވާނެކަމެއް ނޯންނާނޭ މިހުރިހާ ދުވަހު ތިޔަ ވިދާޅުވާ ޖަމިއްޔާ ތައް ކޮބާތޯ ކުއްލިޔަކައް އުފަންވި ޖަމިއްޔާ ތަކެއްތޯ ކަމުގަ މުއާލާ ކެނޑި މިކަމުގަޝާމިލްްވާ އެންމެން ކަހަލަ ގޮތަކައް ފިލާ ފިލުވާނިމުނީމަ މުސްކުޅިންބުނޭ 3 ހަތްދުވަސް ވަންދެނޭ ކަމެއްގެ ވާހަކަ ދެކެވޭނީ
ކޮބާ ކާޕެޓް ނެގި މީހާގެ މައްސަލަ އެމައްސަލަވެސް ވީ ހިސާބެއް ޔައްޔަތުންނަން އިގެއްޖެހޭ
ކޮބާ ކާޕެޓް ނެގި މީހާގެ މައްސަލަ އެމައްސަލަވެސް ވީ ހިސާބެއް ރައްޔަތުންނަން އިގެއްޖެހޭ
ދެން! އަދިވެސް ޚަބަރެއްނެތް؟
ފުލުހުންނަކަށް ތިކަން ބުބެދޭކަށްނޭގޭނެ.ނަސީދު ހައްޔަރުކޮށް މިހާރު ސޯސަލްމީޑިޔާގަ ހުރި ނަސީދާ ބެހޭ ލާދީނީ ކަންކަން ތަހުގީގު ކޮށް އިސްލާމްދީނުގައިވާ ހައްދު ގާއިމް ކުރޭ މުލީޢާގެއިން ފެނުނު ބަގުރާ ކޭސް ތަކުގެ މައްސަލަޔާ ރިޒްވާނާ އަފްރާސީމް މައްސަލަ ނަސީދު ހަެްޔަރުކޮށްގެން ތަހުގީގުކުރޭ.މިވަބާއިން ދިވެހިގައުމު ސަލާމަތްވާނީ އޭރުން.