ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ، އްޖެއަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމާއި ތަމްރީނުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނާއި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ނަސީމް ވަނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް ތަމްރީނުކުރުމަށް އިސްކަންދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ރަށްރަށުގައި ތިބެގެން ތަމްރީނުތަކާއި ކޯސްތަކުގައި ބައިވެރިވެވޭނެ ގޮތަށް ކަމާއިގުޅޭ ވުޒާރާތަކާއި، ޤައުމީ ޔުނިވަރސިޓީއާއި، އަދި އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްކޮށް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ފައިސަލް ނަސީމު ވަނީ ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާ ފަދަ މަތީ ފަންތީގެ މަޤާމުތަކުގައި ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް މަދުކަމުގައި ފާހަގަކުރެވޭ ދާއިރާތަކުން އިތުރު ދިވެހިން ތަމްރީނުކުރުމަށް ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވިދާޅުވީ، އެ ބޭފުޅުންގެ ވުޒާރާތަކާއި ގުޅޭ ދާއިރާތަކުން މީހުން ތަމްރީނުކުރުމުގައި ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އަދި، ތަމްރީނުވެފައިވާ މީހުން ނުލިބޭ ކަމަށާއި، އެކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަމާ

    ލައްބަ... އެހެންވެގެން ދޯ 21 މާއްދާ ފާސް ތިކުރީ.. ގުއި އަނގަ ނުތަޅާ

    26
    1
  2. ޢިކުރާމު

    އެހެންވެދޯ ޒުވާން ވިޔަފާރި ވެރިޔާ ރަށުގަ ކުޑަފިހާރައެއް ހުޅުވީމަ ކަރުގަހިފާ ދަތިއަޅުވާ ވައްޓާލާފަ ވަކިމީޓަރެއް ބަހައްޓައިގެން ފެނަ ކައިން ފެލަނީ ވަ ކިމުއްދަތަ ކައް

  3. މިތުރު

    ތީހަމަ ބުނެލާ ބަހެއް. ޢަމަލަކުން ތިކަމެއް ނުފެނޭ. އެސްއެމްއީ ލޯނު މިހާރުނުދޭ. މިދަނޑިވަޅުގަވެސް ރައްޓެހިނަނށް ދައުލަތް ތިބަހާލަނީ.

    23
    1
  4. ނަައީމް

    ކަލޭވެސް މޮޔަގޮވަންފެށީ ދޯ ޔާމީން ހުރިހާޒުވާނުން ނަގާ ކޮޅައްޖެހީމާ ކަލޭމެން އައިސް ތިޔަދިން ލަނޑު ދުވަހަކު ހިތުންނުފިލާނެ ކަން ހަދާންކުރާތި އަދި ނުވީތާކަށް ތިޔަހެން ދޮގުހަދާ މަލާމަތް ކުރާނެކަމެއްނެތް ދެންސަލާމް މިހާރު ކަލޭމެންގެ ވެރިކަމެއްގާ ދެނެއް ވަޒީފާއަކަށް މަށެއްނުދާނަން

    21
  5. ނަައީމް

    ކަލޭވެސް މޮޔަގޮވަންފެށީ ދޯ ޔާމީން ހުރިހާޒުވާނުން ނަގާ ކޮޅައްޖެހީމާ ކަލޭމެން އައިސް ތިޔަދިން ލަނޑު ދުވަހަކު ހިތުންނުފިލާނެ ކަން ހަދާންކުރާތި އަދި ނުވީތާކަށް ތިޔަހެން ދޮގުހަދާ މަލާމަތް ކުރާނެކަމެއްނެތް ދެންސަލާމް މިހާރު ކަލޭމެންގެ ވެރިކަމެއްގާ ދެނެއް ވަޒީފާއަކަށް މަށެއްނުދާނަން ކިތައްޒުވާނުން ވަޒީފާއިން ވަކިކޮއްފިންތޯ ބަލާބަލަ

    15
  6. ެަަެހެހެ

    އަސްލުތަ؟

    9
    2
  7. ވިސްނާލުމަށް އެދެމޭ

    ޒުވާނުން ފުދުންތެ ރިކަން އިތު ރުވެ ޒުވާނުން މިސަ ރުކާ ރުންވަނީ ނައިޓަށް ގެއަށްފޮނުވާފަ....މަނިކުފާނު ވަޒީފާއަދާކު ރި ރިސޯޓުން ވަޒީފާގެއްލި ކިތައް ޒުވާނުން ފުދުންތެ ރިވެ ގެއަށް ފޮނުވާލައިފިތޯ ބަލައިފިންތަ..ވާހަކައިން މުއްސަދިވަންޏާ މިހާ ރު މިތިބީ މުއްސަދިވެފަ...

    28
  8. ޙޯރޭ

    ކޮން ވާހަކައެއްދައްކާއް؟ މިހާރުވެސް ސަރުކާރު ކުންފުނިތަކުގަ ސަރުތުހަމަނުވާ ވެރިން ލައިގެން ނިކަމެތި މުވައްޒަފުންނަށް ހަދަނީ ހިތުހުރިގޮތެއް. ތަފާތުކުރުން އެހާބޮޑު... ކުންފުންޏެއްގެ އެމްޑީކަންލިބިއްޖެޔާ ހިތައްއަރަނީ ތިމަންނަމީ ގައުމުގެވެސް ވެރިމީހާއޭ... މަގާމުގެ ކުރިއެރުންވެސް ދެނީ އެމީހަކު މީހަކަށް. ޜަނގަޅަށް ޑިއުޓީއަށް އައިސް ރަނގަޅަށް މަސައްކަތްކުރާ ނިކަމެތިކުއްޖާ ހުންނާނީ ނިކަމެތިކަންމަތީ އަބަދު... މިކަންކަން ރަނގަޅެއް ނުކުރެވުނު މިސަރުކާރަކަށްވެސް... މަފޫހިވެއްޖެ މުޅިން އެމްޑީޕީދެކެ މިހާރު... ހުރިހާއެންމެން ޕާޓީއަށް ތާއީދު ކުރަނީ އަމިއްލަ އެދުން އޮވެގެނެއް ނޫން... ކަންކަން ރަނގަޅުވާނެކަމަށް... މަގޭހުރިހާ ކުދިންނާ މަށާ އާއިލާގެ 23 މެންބަރުންގެ ތާއިދު މިހާރު އެމްޑީޕީއަށް ނެއްކަމަށް ދަންނަވާލަން...

  9. އަހުނަރ

    ހަގީގަތާއި ހިލާފް ދޮގުވާހަކަ ނުފަތުރާ. ޒުވަނުންގެ ބޯ ދެން ނުކެވޭނެ. ބަޓަރުޖހާގެން ޕާން ކާ ދެން

  10. ސަޓޯ

    މިސަރުކާރުން އިސްކަން ނުދޭ ކަމެއް އެބައޮތްތަ... އެހެން ދީން ފެޔުރުމާ ކޮވިޑު ފަންޑު ކާލުމާއި ގައުމު އިންޑިއާއަށް ތި ވިއްކަނީ ވިއްޔަ

  11. އަލީއިމްރާން

    އެކަން އެބަ އނގޭ ބެންކް އިން ކާޑް ލިމިޓް ކޮއްލީމަވެސް އަނެއްކޮޅުން ގެސްޓުން މިޔަރުގެ އަނގަބަލާށޭ އަންނަނީ ކިޔާފައި މިޔަރު ބޭނުން މަނާކުރީވެސް ޒުވާންމަސްވެރިންނައް މިޔަރގެ މަސްވެރިކަންކޮއގެން ލިބޭ އާމްދަނީ އިތުރުކުރަން މިޔަރުގިނަވެގެން ޒުވޡނުންކޮޅުބާނާ މަހުގެ ބޯއެކަނި ލިބެނީ ގިނަފަހަރައް އެހެންވީމަ ވަރައް ފުދުންތެރިވާނެނޫންތޯ ފުލެޓްކުލިދައކާފައި ތިޔަ ވިދާޅުވާ ޒުވާނާ ހުންނަން ޖެހެނީ ބަޑައް ކިހާވަރަކައްތޯ އިސްކަންދެއްވަނީ

  12. އަޖައިބް

    ރަނގަޅަށް ވަޒީފާގަ ތިބިމީހުން ވެސް ކަނޑާ މުޅި މިރާއްޖެ ދިވެހިންނަށް އުނދަގޫތަނަކަށް މިވެރިކަމުގަ ހަދައިފި. ވެރިކަންނިމޭއިރު ގައުމުގެ މިނިވަންކަމާ ދީނަށް ވާނެގޮތަކާ ދޭތެރޭވެސް ކަންބޮޑުވޭ.

  13. ނަސްރީނާ

    ޒުވާނުން ރަގަޅު ގޮތިގައި ބޭތިންބުމަށްޓަކާ ދޮ ތިޔަ ކޮޗިން ފެރީގެ ދަތުރުތަން ތިޔަފަށަނީ

  14. ތުރާކުނު

    އެހެއްވެ ދޯ ޒުވާނުންގެ ވަޒީފާއިް ވަކިކޮން ގެއަށް ތިޔަ ފޮނުވަނީ ލަދެއްވެސް ނުގަނޭ މި މީހުން އަގައަރުވާކަން

  15. ޒުވާނުން

    ޒުވާނުން ފުދުން ތެ ރި ބަޔަކައް ؟ވަޓް އަ ޖޯކް ދިވެހިން ނައް 60% ވަޒީފާ ދޭން ހުށަހެޅި ބިލު ވެސް ބޭ ރު ކޮއްލީ . މިނިމަމް ވޭޖް އެއް ނުދެވުނު. ދެން ކީކޭ ތި ކިޔަނީ ހައްހައްހާ . ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

  16. ލަބީބު

    އަތްމަތި އެންމެ ދަތިވީވަގުތު ބަލާފަ ސިގިރޭޓް ފޮއްޓަކުން 30 ރުފިޔާ ބޮޑުކޮށް ، އެނަޖީޑްރިންކް ދަޅަކުން 20 ރުފިޔާ ބޮޑުކޮށް ، ގޯތިތެރޭގައި ހުންނަ އުޅަދުގައިވެސް ސްޓިކާޖަހާ ޒުވާނުންތައް ބިކަކޮށް ވަޒީފާތަކުން ކަނޑާބުރުވީމާ ތިކަން ދެން ހަމަ ވަރަށް ސާފް!

  17. ރައްޔިތުން

    މަހުން ސޮސޭޖް ހަދާ ފެކްޓަރީ އެއް ހަދައިގެން މިހިދުން މިހިދަށް އެފެކްޓަރީ ރަންކޮށް ދިވެހިން ބާނާ މަހުގެ އަގު މަތިކުރަން ޖެހޭ މަސްވެރިކަމުގެ ސިނާއަޔަތަކީ އެންމެ ގިނަ ޒުވާނުން ޝާމިލުވާ ސިނާއަތު. "މަހަދީވް ސޮސެޖް" ތަޢާރްފްކޮށް ދުނިޔޭގެ ކޮންމެ ގައުމަކަށް ވިއްކޭ ރަހަމީރު ސޮސެޖަކަށް ހެދިދާނެ. އޭރުން ރާއްޖޭގެ އުފެއްްދުމުގެ ނިސްބަތަށް އިތުރުބޮޅެއް.

  18. ރައްޔިތުން

    މަހުން ސޮސޭޖް ހަދާ ފެކްޓަރީ އެއް ހަދައިގެން މިހިދުން މިހިދަށް އެފެކްޓަރީ ރަންކޮށް ދިވެހިން ބާނާ މަހުގެ އަގު މަތިކުރަން ޖެހޭ މަސްވެރިކަމުގެ ސިނާއަޔަތަކީ އެންމެގިނަ ޒުވާނުން ޝާމިލުވާ ސިނާއަތު. "މަހަދީވް ސޮސެޖް" ތަޢާރްފްކޮށް ދުނިޔޭގެ ކޮންމެ ގައުމަކަށް ވިއްކޭ ރަހަމީރު ސޮސެޖަކަށް ހެދިދާނެ. އޭރުން ރާއްޖޭގެ އުފެއްްދުމުގެ ނިސްބަތަށް އިތުރުބޮޅެއް.