ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް 5.7 މިލިއަން ރުފިޔާގެ ލޯނަކަށް އެދިވަޑައިގެންފިއެވެ.

އެނގިފައިވާ ގޮތުގައި މަހްލޫފް ލޯނެއް ނަންގަވަން ނިންމެވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ. އަދި ލޯނަށް ހުށަހަޅައިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާ އިރު، އަދި ލޯން ބޭންކުން އެޕްރޫވްކޮށްފައި ނުވާ ކަމަށްވެއެވެ.

މިނިސްޓަރު މަހްލޫފް "ވަގުތަށް" މިރޭ ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ލޯން ނަގަން ނިންމީ އޭނާ އާއި އަނބިކަނބަލުންނަޒްރާ ނަސީމް (ނަޒޫ) ގެ ނަމުގައި ކަމަށެވެ.

"ލޯނަކަށް މިހާރު އެދިފައި ވަނީ ބީއެމްއެލް މެދުވެރިކޮށް، އަޅުގަނޑާއި ނަޒޫގެ ނަމުގައި،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ލޯން ނަންގަވަން ނިންމެވީ، ހުޅުމާލެ އިން އެޕާޓްމަންޓެއް ގަތުމަށެވެ.

މަހްލޫފް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ތަނެއް ކުއްޔަށް ހިފައިގެންނެވެ.

އެމްޑީޕީގެ ސްލޮޓެއްގައި ޔޫތު މިނިސްޓަރުކަމުގެ މަގާމަށް ވަޑައިގެންނެވި މަހްލޫފް ވަނީ 2009 ވަނަ އަހަރުން ފެށިގެން، 2018 ވަނަ އަހަރާ ހަމައަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަން ކުރައްވައިފައެވެ. އަދި އަމިއްލަ ބައެއް ވިޔަފާރި ވެސް ހިންގެވިއެވެ. އޭނާ މެމްބަރު ކަމުން ވަކިވެވަޑައިގެންނެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ޔޫތު މިނިސްޓަރުގެ މަގާމަށް ވަޑައިގަތުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ހިންގި ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެން، އަދި ޖަލު ގޮޅީގައި އެތައް ދުވަހެއް ވަންދެން، އޮންނެވި މަހްލޫފަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ އެއް ބޭފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    ފައިސާ އަތުގައި ހުއްޓަކަސް ރައްޔިތުންގެ ލޮލުގައި އަދުން އަލުވާފައި ލޯނު ނެގީމަ ރައްޔިތުން މިހާރު ގުބޯ ހެއްދޭނެކަމަށްތަ ކަލޭ އާއި ކަލޭގެ އަބި ކަލޭގެ ހީކުރީ؟؟ އަތުގައި ކިތަންމެ ވަރަކަށް ވެސް ވަގު ފައިސާ ހުންނާނެ

    117
    10
    • އަހްމަދު

      ރަހުނަކާނުލައި ލޯނުދޫކުރާނަމަ އަހަރެންވެސް އެބަބޭނުންވޭ ދިހަވަރަކަށް މިލިއަން ރަނގަޅީ 2000 އަކަފޫޓުގެބިމެއްގައި 11ބުރީގެ ޢިމާރާތެއްކުރެވޭވަރުކޮށްދިނިއްޔާ

      14
  2. Anonymous

    ލިބޭނެ ތީ މާބޮޑުކަމެއް ނޫން އާދައިގެ ރައްޔިތަކަށް ލޯނެއް ބޭންކުން ލުއި ލޯނެއް ހޯދުމަކީވެސް ބޮޑު ނުހޮރޮއްޕާނަކަށް ވެފަ އޮންނަނީ. ހާއްސަކޮށް ހިތަދޫ ބޭންކް

    89
    4
    • ާއަޙްމަދު

      ރިބާ ލޯނު ނަގާ މީހުންނަށް އެންމެ ރަނގަޅައް އިނގޭނީ...

      28
  3. ރަބަރޭ

    ބުނެވޭ ގޮތުގާއި ބައެއް މީހުން ލޯނުނަގަނީ ޑޮލަރ ގަތް ކަމަށް ބުނާ ކަންތައް ގަނޑު ފޮރުވަން
    ބޮޑުވަރު

    46
    1
  4. ޓްރަމްޕަޓް

    ކޮ ރެއާ ދަތު ރު... އެފްއޭއެމް ބިލްޑިން...ބައްސާމް...މަންޑޭ... އިނާމް ފްލެޓެއް.. މަތިޖަހަން ލޯނެއް...؟

    39
    1
  5. ހގގ

    ތި ލޯނު ދައްކާނީ ޓެކްސް ފައިސާެިން. ލޯނު ނަގަނީ ރައްޔިތުން ލޮލުގަ އަނދުން އަޅުވަން

    41
    1
  6. ސަންތިމަރިޔަބު

    ﴿275﴾ الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

    رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.

    [ އަލް ބަޤަރާ ސޫރަތުގެ 275 ވަނަ އާޔަތް]

    40
  7. ސަޓޯ

    މިއީ ރޮކެޓެއް... ޑޮލަރު މަހުފޫލް އެއީ މާވަގެއް !!!

    38
    1
  8. ކޮކްތެރުޕ

    ބަލަ ތިޔަ ބޭފުޅާ ތީ މާލޭ ބޭފުޅެއްތޯ ރައްފުށުމީހުންނައް ހިލޭ ރައްރަށުން ބިންލިބޭ އިރު މިނިސްޓަރަކައް މާލޭން ހުޅުމާލޭން ފުލެޓް އެއް ބައްލަވައިގަންނަވަނަ ޖެހޭތޯ ކޮބާތޯ ގާނޫނުއަސާސީގައި އޮންނަ ހަމަހަމަކަން ނަސްލަކައް ރަށަކައް އާއިލާލަކައް ނިސްބައް ވީމަ ބިންކޮޅެއް ނުލިބޭން ރައްރަށުގަ ދެވެންޏާ މިރަށުންވެސް ލިބެންވާނެ ޙުދުތިމާމީހަގެ ހައްގެއް ހޯދަން މަސައް ކަތެއް ނުކުރާތާގައި ތިމާގެ އަނބިދަރިންގެ ހައްގުތައް ރައްކާ ތެރިކޮއްނުދެވޭ މީހަކައް ގައުމައް ރައްޔިތަކައް ކޮންހައްގެއްތޯ ހޯދާދެވޭނީ

  9. ސމީ

    ކޮން ނުފޫޒެއް ގަދައީ އެއްކަމެއްވެސް ވިދާޅުވެބައްލވާ..

    29
    3
  10. ފަރީދާ

    ކޮބާތަ ކުރިހާ ރީލޯޑުތަށް ހުސްވީތާ ހާދަ ހީވެއޭ މި ސޮރު އަނެއް ހައެތި ޖެއްސީހެއް

    35
    3
  11. ރީބޮކް

    ތީދެން ބޮޑު ޖޯކެއް. ހަމަ ސީދާ ގޭސް. ފައިސަލް ނަސީމުގެ ކޮއްކޮ އާ އިނދެގެން ހުރެ ލޯނު ނަގައިގެންތަ ފުލެޓު ލިބެނީ.. ހިހިހި ... ރީބޮކް

    38
    1
  12. އޮގަރު

    މީވެސް އެމްއެމްޕީއާ ރްސީގެ ފައިސާ ކައިގެން ހު ރި ބޮޑުވަގެއް ކޮންމެހެން ލޯނެއް ނުނެގިއެއް ކަމަކު ރަނގަޅު ވާނޭ ބަލަގަ ނައިބު ރައިސްގެ ކޮއްކޮއެއްނުން ތިގެންގުޅެނީ އަނިއްކާ އަދި ހުންނާނެ އެއްނުން ސައިޑް ކަޓް ޖައްސަން ގެންގުޅޭ ނައިބުވެސް އެހެންވީމަ ތިހި ރީ ހަމަ ހުދު ފޮތިކޮޅަކައްވެފަ.

  13. މަންޑޭ

    3 މިލިއަނަށް 3 ކޮޓަރީގެ ބޮޑު އެޕާރޓުމަންޓް ހުޅުމާލޭ ގައި ހުއްޓާ ހާދަ ބޮޑު ލޯނެއް ތި ނަންގަވަނީ؟؟

  14. ނަައީމް

    މިހާރު އަތުގަފައިސާނެތްކަމަށް މަތިއަޅުވާނެ ކަމެއް ވައްކަމެއްކޮށްލީ ތިޔަލޯނު ހަމަޖެހުނަސް ނުޖެުނަސް ކަލޭ އަންހެނުންގެ އާއިލާގެ އެކައުންޓްތަކުގާ ކަލޭގެ ފައިސާ ދައުރުވަމުން ދާކަމީ އެންމެސް ދަންނަ ބޮޑު ހަގީގަތެއް ރައްޔިތުން ނިކަމެތިވެ ބަނޑަށް ޖެހުނު ވަގުތުގަވެސް ކަލޭ ނުހަނު އަގުބޮޑެތި ގަމީސްތަކާއި ގަހަނާތަށް ގަންނަމުންދިޔައީ ލާރި ގިނަވެ ދެންހަދާނެ ގޮތް ހުސްވެގެން މީހުންގެ އަތުގަހުރި ކަލޭގެ ފައިސާގެ އަދަދުވެސް އެބައުޅޭ 6މިލިއަނުން މަތީ އައްނީ މިކަންބަލާބަލަ އިބޫ މިކަމެއްނުބަލާނެ 000000ޓެލަރެންސް 00000000އިބޫ

  15. އަފީ

    އެމް.އެމް.ޕީއާރު.ސީ ގެ ފައިސާ އަތުގަ ހުރެ ލޯނަށް އެދި ލޯނު ނެގުމަށްފަހު މި ލޯނަށް ދައްކަންޖެހޭ ފައިސާ އެމް.އެމް.ޕީއާރު.ސީ އިން ލިބިފަހުރި ފައިސާއިން ލޯނު ދައްކަމުންދާ ނަމަ މީ މަނީ ލޯންޑަރ ކުރުންތޯ؟ ބަސްބުނާނީ ރައްޔިތުން.

  16. މާމީ

    މި ވަގުންނައް އެމް އެމް ޕީ އާރުސީ އިން ވަގައް ދަމާގަތް ލާރިތައް މާރު ކޮއްލަން ވެގެން ލޯނޭ އެއްޗެކޭ ކިއަނީ..

  17. ޣޯސް

    ދެމަފިރިންގެ މުސާރަ އެއްކޮށް 5 އަހަރު ތެރޭ ލިބޭނީ 7 މިލިއަންވަރު. ދެން ދެމަފިރިން ދިރިއުޅޭނެ ފައިސާއެއްނުހުންނާނެ.