ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ކޮރަޕްޝަންގެ އެކި ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް 27 މައްސަލައެއް ހުށަހަޅައިގެން އުޅެނީ ފެނަކަ ކުންފުނީގައި ކޮރަޕްޝަން ނެތުމުން އެ ކަމުގެ ހަސަދަވެރިކަމުގައި އުޅޭ ބަޔަކު ކަމަށް ސައީދު ވިދާޅުވެއްޖެއެވެ.

އޭސީސީއަށް ހުށަހެޅި މައްސަލަތައް އެ ކޮމިޝަނުން ދަނީ ވަކިވަކިން ދިރާސާ ކުރަމުންނެވެ. އެއިން އެއްވެސް މައްސަލައެއް ތަހުގީގު ކުރަން ކޮމިޝަނުން ނިންމާނީ ދިރާސާ ކުރުމުގެ މަރުހަލާ ނިމުމުން ކަމަށް އޭސީސީއިން ބުނެއެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ތެޔޮ ގަތް މައްސަލަތަކެއް ވެސްް ހިމެނެއެވެ.

"ރާއްޖެޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ފެނަކަ އެމްޑީ ސައީދު ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖްމަންޓް ލެވެލްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ފެނަކަ ކުންފުނީގެ އެތެރޭގެ ނިޒާމުތައް މިހާރު ބައްޓަންކޮށްފައި އޮންނާނީ މެނޭޖްމަންޓުން ފެށިގެން އާންމު މުވައްޒަފުންނަށް ވެސް އެފަދަ ފުރުސަތެއް ނުލިބޭނެ ގޮތަކަށް ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި، އޭސީސީއަށް އެ މައްސަލަ ހުށަހަޅައިގެން އުޅެނީ ވެސް ފެނަކައިން އެ ބަޔަކު ބޭނުންވާ ކަންކަން ނާޖާއިޒު ގޮތުގައި ހަމަޖައްސައިދީފައި ނެތުމުން އެ ކަމުގެ ހަސަދަވެރިކަމުގައެވެ. އެކަމަކު އެއީ ސީދާ ކޮން ބަޔެއް ކަމެއް ސައީދު ވިދާޅެއްނުވެއެވެ.

"ނުވަދިހަ ނުވަ އިންސައްތަ ޔަގީންކަން އެބަ އޮތް، އެއީ ބަޔަކު ރާވައިގެން ހިންގާ ކަމެއް، އެ ބަޔަކު އެ ކަމެއް ކުރަނީ އެ ބަޔަކު ބޭނުންވާ ނާޖާއިޒު ފައިދާތަކެއް ފެނަކައިން ނުލިބޭތީވެ، އެފަދަ ކަންކަން އަޅުގަނޑުގެ ބެލުމުގެ ދަށުގައި ނުވެސް ކޮށްދޭނަން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އޭސީސީއަށް މިފަދަ މައްސަލަތައް ހުށަހެޅުމަކީ އަބަދުވެސް ބާރުއަޅާ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ތަހުގީގު ކުރެވި، ފެނަކަ ކުންފުނީގައި އެފަދަ އަމަލެއް ނުހިންގާ ކަން އިތުރަށް ޔަގީންވެގެން ދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. މިނިވަންކަމާ އެކު މިހާރު ހުށަހެޅިފައިވާ މައްސަލަތައް ވެސް ތަހުގީގު ކުރަން އޭސީސީއަށް އެއްބާރުލުން ދެއްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"ފެނަކަ މެދުވެރިކޮށް، ކިރިޔާ ވެސް، ވައްކަމެއް، ކޮރަޕްޝަނެއް، ރިޝްވަތެއް، މުވައްޒަފެއްގެ ފަރާތުން ވިޔަސް، އެފަދަ ކަމެއް ކުރާ ކަމަށް ކިރިޔާ ވެސް ޝައްކެއް އުފެދޭނަމަ، އެ ކަމެއް ބެލުމަށް އެ އޮންނަ ދައުލަތުގެ މުއައްސަސާއަކަށް ހުށަހަޅައިގެން ކުރިއަށް ދިއުމަށް އަޅުގަނޑުމެން އެދެނީ ވެސް،" ސައީދު ވިދާޅުވިއެވެ.

އުސޫލުގެ ބޭރުން ތެޔޮ ގަންނަމުންދާ ކަމުގެ ތުހުމަތަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ ފެނަކައިން ޑީސަލް ގަންނަމުން ދަނީ ހަމައެކަނި އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ. ކާސްޓްރޯލް ގަންނަމުން ދަނީ އެމްޓީސީސީ މެދުވެރިކޮށް އަދި ބައެއް އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އެއިން އެއްވެސް ކުންފުންޏަކުން ބޮޑު އަގުގައި ތެޔޮ ގަނެ، ވަކި ކުންފުންޏަކަށް ތަފާތުގެ އަގެއްގައި ވިއްކާފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސިޔާސީ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ވެސް މިހާތަނަށް މުވައްޒަފަކު ވަކިކޮށްފައި ނުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އެހެން ގޮތަކުން ވިޔަސް އުސޫލުތަކުގެ ބޭރުން އެއްވެސް މުވައްޒަފަކަށް ވަޒީފާ ހަމަޖައްސާފައި އަދި ވަޒީފާއިން ވަކިކޮށްފައި ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވިޔަސް މުވައްޒަފެއްގެ ޝަކުވާއެއް އޮވެގެން ޓްރައިބިއުނަލްއަށް ގޮސްފިނަމަ އެ ކަމުގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ތުހުމަތުތައް ދިފާއުކޮށް ސައީދު ވާހަކަ ދެއްކެވިއިރު ދާދިފަހުން ފެނަކަ އިން ބޮޑު އަގުގައި ޕްރޮޖެކްޓެއް ހަވާލުކުރި ޚަބަރު މީޑިއާތަކުން ވެސް ގެނެސްދީފައި ވެއެވެ. އަދި ސިޔާސީ ވިސްނުމަށް ބަލާފައި ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނަކަ އިން އެތައް ސަތޭކަ މުވައްޒަފުންނެއް ވަނީ ވަޒީފާ އިން ވަކިކޮށްފައި ކަމަށް ވަޒީފާ ގެއްލުނު މުވައްޒަފުން ބުނެއެވެ.

ސައީދުގެ މައްޗަށް ވެސް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ފެނަކައިގެ މައުލޫމާތު އެނގޭ މީހުން ގެންދަނީ ތަކުރާރުކޮށް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. އަލި

  ހެހެހެހެ..ވައްކަން ކުރެވުނު ވަރު ގިނަވެގެން އެއިން ސަލާމަތް ނުވީމަ ދެން ކިޔާ ތިޔާހެން..... ހަހަހަހހަަހަހ

  24
 2. ނޫސްކިޔާމީހާ

  އެ ކަކ ކުވެސް ވައް ކަމެއް ނު ކުރާނެ ނުވެސްއެގޭނެ ވައް ކަން ކުރާކ ކަށް. ޢެންމެ މީހަ ކަށް ފިޔަވައި . ތިތަން އޮޑިޓް ކުރީމަވެސް ސަޢީދު ބުނާނެ އޮޑިޓް ނުބައި ކޮށޭ ކުރީ. ޢަހަރުމެން

  23
 3. ނަޝީދު

  ކަލޯ ދެން ބޮޑުވަރުތީ އަރިސް ބޭފުޅަކު 1.5 މިލިއަން ރުފިޔާގެ ޑީސަލް ކާލީމަ ހުރިހާ އުނދަގުލެއް ޖެހެނީ ރާއްޖެ ތެރޭ ބްރާންޗް ތަކުގެ މީހުންނައް...

  20
 4. Anonymous

  އެމްޑީ ސައިދު ބުނަދީފަނަންތަ ގއ.ވިލިގިލި އިންޖީނުގެއަށް ދެ ސްޓޭޝަން މެނޭޖަރުން ލައިގެން އުޅޭ ސަބަބު؟ އެއީ އެކިޔާ އެސްއޯ ސްޓެންޑަޑުތޯ؟ ދެ ވަޑިން މެނޭޖަރުންނަށް ލައިގެން ބޮޑި ބޮވިފައި އެތިބީ

  25
  • ބޮގޭ

   ގއ. ވިލިގިލި އިންޖިނުގެ އެބަހުރި އެއްވެސް މަސައްކަތެއް ނުކޮށް ސޮއި ކޮށް ގެން 13000ރ ގެންދާ ދެ ސުޓޭޝަން މެނޭޖަރުން. ނަމުގައި މަނެޖަރުން ކަމުން ވަޑީން. އުޑެއް ބުޑެއްް ނޭގޭ ރޮނުއެދުރުން.

 5. މުހައްމަދު ފާއިޒް

  ފެނަކަ ނ.މަނަދު ބުރާންޗުގައި އެބަހުރި އެއްވެސް މަސައްކަތެއް ނުކޮށް ރަށުތެރޭ ކޮންޓްރެކްޓް މަސައްކަތް ކުރާ މުވައްޒަފެއް.
  3 މަސްދުވަސް ރިހެބްގަ އުޅުނުއިރުވެސް ބަރާބަރަށް ވަޒީފާއަށް ހާޒިރުވި ކަމަށް ލިޔެކިޔުމުން ދައްކަ.
  އޭސީސީއަށް މި މައްސަލަ ވައްދާނެ މީހަކު ނެތްތަ؟

  22
 6. ޗ

  ސަޢީދު މަޤާމުގެ ނާޖާއިޒު ފައިދާ ނަގައިގެން މިރަށުގާވެސް ވަޒީފާދީފައިވާ މީހުން އިންޖީނުގޭގައި އެބަތިބި ލައިހޫރޭ ދެއެކްވިސްޓުން.

  20
 7. ޗ

  ސަޢީދު މަޤާމުގެ ނާޖާއިޒު ފައިދާ ނަގައިގެން މިރަށުގާވެސް ވަޒީފާދީފައިވާ މީހުން އިންޖީނުގޭގައި އެބަތިބި ލައިހޫރޭ ދެއެކްވިސްޓުން. ކަލެއަކީ ބޮޑުވަގެއް

  13
 8. ނަައީމް

  0000ވެފާ ތިބިވަރުން އިބޫ ފުރަތަމަ ވައުދު ނުފުއްދާ ރައްޔިތުންނަށް ދޮގުހެދުމުގެ ނަތީޖާ 1ދުވަހުން ރިލްވާނުގެ މައްސަލަ ނިންމުމައްވައުދުވީ މުޅި ދުނިޔޭގެ ކުރިމަތީގާ ނުފުއްދުނު އެކަމުގެ ހިތި މިއަދު ފިލުވާލަ ފިލުވާލަ 5އަހަރު ނިއްމާފަ ގެއައް ދެންނިކުމެބުނާނީ ކީކޭބޭ؟؟؟؟؟

  17
 9. ހުސޭނުބޭ

  އަދިކިރިޔާ މި އެނގުނީ ފެނަކަ މިކިޔަނީ ހުދުފޮތީގެ ތާނަކަށްކަން!

  17
 10. ޓިނު ވަގު

  ތިޔައީ ކޮރަޕްޝަނުން ފުރިފައިވާ ތަނެއް.. ރަނގަލަށް އޮޑިޓް ކޮށްލީމާ ކޭވަރު އެނގޭނީ ކޮންމެ ލިޓަރަކުން 1 ރުފިޔާ އެމް ޑީ އަށް .... ޕަކާސް

  19
 11. ލުބުނާ

  މައްސަލަބަލާ ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުކަމުން އަމިއްލައަށް ދުރަށްޖެހިލާށެވެ. ބަޔަކު ޝައްކުކޮށްފިނަމަ އެއީ ތަރައްގީފެނިފަ ހަސަދަވެރިވަނީކަމުގައި ނިންމަވާށެވެ. ހުރިހާބާރެއް މިއަދު ވަނީ ތިބޭފުޅުންގެ އަތުގައެވެ. މާބާރުގަދަ ފަރާތްތައްވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިމިގެންދިޔަ ގޮތާއިމެދު އެންމެފަހަރަކުނަމަވެސް ވިސްނާލާށެވެ.

 12. Anonymous

  ފެނަކަ ކޮރަޕްޝަން ލިމިޓެޑް އަށް ރީ ބުރޭންޑް ކުރުމަށް އަޅުގަނޑަށް ފެނޭ

 13. ބަސްކޮށާރު

  މިވެރިކަން އައިފަހުން ފެނަކަކޯޕަރޭޝަނަށް ކުރުކޮށް ކިޔަނީ "މަލްމަލް" އެވެ. ވައްކަންކޮށް ރައްޔިތުންގެ މާލިއްޔަތު ދަވާދުލުމަށް ކުރުކޮށްކިޔަނީ "ހިންގުންތެރި" އެވެ.

 14. ނާޝިޒް

  ރާއްޖެ ތެރޭ 500 މީހުންވެސް ހަމަނުވާ ކުދި ކުދި ބްރާންޗް ތަކައް 2 މެނޭޖަރުންނާއި 4 އިދާރީ މީހުން ލައިގެން އެމީހުން ކުރާނެ ކަމެއް ބުނެދީބަލަ .. އެކަމަކު ބުނާނެ ކުދި ރައްތަކުން ވަނީ ގެއްލުމޭ ބުރާންތިވެގެން ގިނަ ތަނައް ނުކަތާ ވަރައް މީހުން ވަޒީފާ އަށް ނެގީމަ ވާނީ ގެއްލުންކަން ކަލެއަށް އިނގޭތަ...

 15. ސަލްމާ

  އިތުރަން ކުރާނެ ވައްކަމެއް ނެތީތޯއްޗެއް

 16. ބޮގޭ

  އައިއެސްއޯ ގެ ދަށުން ތަ ގއ.ވިލިނގިލި އިންޖިނުގެ އަށް ދެ ސްޓޭށަން މެނޭޖަރުން ލާފައި އެތިބީ؟ އެ ވަރިހަމަދޯ އުޑެއް ބުޑެއް ނޭގުނަސް.؟ މުޅި އިންޖިނުގެ ހަލަކުވެއްޖެ ތި ދެ ވަޑީންނާއި ހެދި. ވަޑީންނަން އިގޭނީ ވަޓާން ކުރަން.