ކުރީގެ ރައީސް އަބްދުﷲ އެކައުންޓްތައް ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން އެކައުންޓްތައް ދޫކޮށްލި މަައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައި، އެ މައްސަލައިގައި ހުކުމަކާ ހަމައަށް ދިއުމަށް ތައްޔާރުވެއްޖެއެވެ.

ޔާމީންގެ ބޭންކް އެކައުންޓްތައް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފްރީޒް ކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ މާޗް މަހު ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލައިފައެވެ. އެހެންވެ، ދައުލަތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އަޑުއެހުންތައް އެއްކޮށް ނިމުނީ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކޮށްފައިވަނީ ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައެވެ. އެއައުމުރު ނެރެދިނުމަށް ފުލުހުން އެދިފައިވަނީ ރައީސް ޔާމީންގެ އެކައުންޓްގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ތުހުމަތުކޮށެވެ. އެކައުންޓްތައް ފްރީޒް ކުރި ފަހުން ރައީސް ޔާމީނާ ސުވާލުކުރުމަށް ފުލުހަށް ވެސް ވަނީ ހާޒިރުކޮށްފައެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ރިޔާސީ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައިވާތީ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ވާތީއެވެ.

ހައި ކޯޓުން ނިންމީ ޔާމީންގެ އެކައުންޓް ފްރީޒްކުރަން އަމުރު ނެރުނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ހ. ގައި ބަޔާންކުރާ އިޖްރައާތު ފުރިިހަމަ ނުކޮށް ކަމަށެވެ. އެއީ އެ މާއްދާގެ ދަށުން އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ނެރެވޭނީ އެކައުންޓް މޮނީޓާ ކުރުމުގެ އަމުރެއް ހޯދުމަށް ފަހު ކަމަށް ވެފައި، އެފަދަ އަމުރެއް ކުރިން ހޯދާފައި ނެތުމުންނެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ މައްސަލަ އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ހެޔޮނުވާނެ ތިބޭފުޅުންލާރިހުރިއެކައުންޓެއް ފްރީޒްކުރަންބޭނުންނަމަ. އުއްޗުގެއެކައުންޓްތަކާ އެގޭގަހުރި ސޭފްފްރީޒްކުރޭ އޭރުން އެސޭފްގަހުރިލާރިފެނިއްޖިއްޔާ ހަމީދުވަގުތުން މޮޔަވާނެ

  2. ފާއިޒް

    ސާބަހޭ ރައީސް ޔާމިން ތީ މިޤައުމު ފަޚުރު ވެރިވާ ދަރިއެއް 2023 މަނިކްފާނައް ޔަގީން އިންޝާﷲ..