ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތް ހައްލަކީ ބައިނަލްއަޤްވާމީ މައިދާނުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އދ. ގެ މެމްބަރު ގައުމަކަށް ރާއްޖެ ވިތާ 55 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ފޮނުވި މެސެޖުގައެވެ.

ރައީސް ވިދާޅުވީ، ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރެވޭނީ ޗާޓަރުގައިވާ ގޮތަށް އެއް ގައުމުން އަނެއް ގައުމަށް އިހްތިރާމާއެކު މުއާމަލާތުކޮށް ކުރިއަށް ދިޔުމުން ކަމަށެވެ. އަދި ޗާޓަރު އަށް އެއްބާރުލުން ދިނުމަށް ބޭރުގެ ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ފޮނުވި މެސެޖުގައި 26 ޖުލައި 1965 ވަނަ އަހަރު މިނިވަންކަން ލިބުމާއެކު، ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނޭ ކަމާމެދު ބޭރު ދުނިޔެއިން ޝައްކު ކުރަމުން ގެންދިޔަކަން ވަނީ ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، ރާއްޖެއިން ޔޫއެންގެ މެންބަރު ގައުމަކަށް ވުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ޔޫއެންގެ މެންބަރުކަން ސެކިއުރިޓީ ކައުންސިލުން ރާއްޖެއަށް ދިންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޔޫއެންގެ މެންބަރު ގައުމެއްގެ ގޮތުގައި 55 އަހަރު ފުރުމަކީ ރާއްޖެއަށް ލިބުނު އުފަލެއްކަމަށާއި ސެކިއުރިޓީ ކައުންސިލްގެ އެ ނިންމުން އަބަދުވެސް ރާއްޖެއިން ބަލައިގަންނާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ކުދި ގައުމުތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް ގައުމުކަމަށާއި އެގޮތުން، ބޭރުގެ އެހެން ގައުމުތަކާއި ގުޅިގެން މޫސުމީ ބަދަލުތަކާއި، ކޮވިޑް-19 ފަދަ މުހިންމު ކަންތައްތަކުގައި ރާއްޖެއިން މަސައްކަތް ކުރާކަން ރައީސް ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާދަން

    އަނެއްކާ ނުރޯތި..މަށަށްވެސް ރޮވެން ފަށާފާނެ.

  2. ރަބަރޭ

    4 ލައްކަ ހަމަނުވާ އާބާދީ އަށް މަނިކުފާނަށް ހައްލު ހޯދައި ނުދެއްވިގެން ތިއުޅުއްވަނީ މަނިކުފާނުގެ ސަރުކާރުން ބައިނަލް އަގުވާމީގުޅުން ތައްހީނަރުވީމަކަމަށް އިއުތިރާފެއް ދެއްތޯ؟ ދެން ކީރިތިފުޅުކުރަށްވާ
    އިންޑިޢާ އައުޓް

  3. Anonymous

    ކީރިތި ކިބޫ ކަރުނަ މި ލޮލޮން

  4. ރޯދަ މުބާރިކް

    ކީރިތި ކުރެއްވުން!

  5. މާމީ

    މިގައުމުގަ މިނިވަން ކަމެއް އެބަ އޮތްތަ؟؟؟؟؟؟

  6. ކޯރޯނާ

    މިކަލޭގެ ބުނަން މި އުޅެނީ އިޒްރޭލާ ގުޅުން ބަދަހިކުރަން އެބަޖެހެޔޭ.

  7. ސަލާމްބެ

    އާން ތީވަރަށް މޮޅުވާހަކައެއް.. ތިނޫނަސް މީހުންމިގައުމުގަ ވެރި ކަން ކޮށްފި. ބައިނަލްއަގުވާމީ މާދާނުގަ ގުޅުން ގާއިމްވެސް
    ކުރި އެ ކަމަ ކު ގައުމު އިސް ކޮށް ރައްޔިތުން ބަލައިގަންނަ ފަދަ
    މިސާލު ދައް ކާދިން. . އަވައްޓެރި ގައުމެއްގެ އުނގައް ވެއްޓިގަތީ ކީނޫން. އިސްތިފާދީ. !!