މާލެ ވެސްޓް ޕާކް ސަރަހަައްދަށް މިއަދު ހެނދުނު ސްނޯކްލިންގއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެެވެ.

އެމްއެންޑިއެފް އިން ވިދާޅުވީ، އޭނާ ވްސްޓް ޕާކް ސަރަހައްދަށް ސްނޯކްލިންގއަށް ގޮސްފައި ވަނީ މިއަދު ހެނދުނު 11:00 ޖެހި ހާއިރު ކަމަށެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު 16:36 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުން ދަނީ މ. ބޮއިލިންގ ފިޝް ޝައްފާން ރަޝީދު (24އ) އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތުގައި މިހާރު އެމްއެންޑިއެފްގެ މާލެ އޭރިއާގެ ކޯސްޓް ގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.