އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ އިތުރު ތިން ކެންޑިޑޭޓަކު އަނެއްކާވެސް ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން އިތުރު ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އެމްޑީޕީ އަށް ނިސްބަތްވާ ތިން ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ނިންމި ކެންޑިޑޭޓެކެވެ.

ނަން އަނބުރާ ގެންދިޔަ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ޅ. ނައިފަރު ކައުންސިލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓަކާއި ނ. މަނަދޫ ކައުންސިލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓަކާއި ހދ. ކުރިނބި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލި އެމްޑީޕީ ކެންޑިޑޭޓެވެ.

ނަން އަނބުރާ ގެންދިޔަ މިނިވަން ކެންޑިޑޭޓަކީ ބ. ފުޅަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުކަމުގެ މަގާމަށް އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މި ކެނޑިޑޭޓަށް ފޮނުވަން ޖެހޭ ރަސްމީ ލިޔުންތައް އެ ކެނޑިޑޭޓަށް ފޮނުވާނެ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ކެނޑިޑޭޓުން މިހާރު ވަނީ އެކި ސަބަބުތަކާއި ހުރެ ނަން އަނބުރާ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަނި

    އަޅުގަޑު ގޮވާލަށް އިންޑިޔާގެ އަ:ޅުވެތިކަމުން ދިވެހިރާޖެ ސސސސ؟ ސސަލާމަތްކުރަންބޭނުމިށްޔާ އެމްްޑީޕީ ކުރިމަތިލީއެންމެން ނަން އަބރާ ގެންދަން އަވަ ސްކުރޭ އަވަ ސް އަވަ ސް

    11
  2. Anonymous

    ސާބަހޭ ދަރިފުޅު މެންނޭ. ދީނާއި ޚިލާފް ރިޕޯޓްތައް ނެރެން ހިތްވަރުދޭ ބަޔަކަށް އަހަރެމެން ރައްޔިތުން ވާގިވެރިވެގެން ނުވާނެ. ހެއްލުމަކީ ގެއްލުމެއް. އާޚިރަތުގައި ސުވާލުވޭވޭނެ. ރ. ޔާމީންގޯސް ކޮށްފައި ރަނގަޅަށް ޙައްޤުތައް ހޯދަން އައިސަރުކާރު ތެޅިއަރުވާގޮތް ރައްޔިތުން ނަށް ވ. ސާފް. ޝުކުރިއްޔާ ނަންނެންގެ ވި ކެންޑިޑޭޓުން ނަށް. ތިޔައީ ދިވެހިލޭ ހިނގާ ދަރިން.

    12
  3. ހަނި

    އިންޑިޔީގެ އަޅުވެތިކަމުން ސަ؛ލާމަތްވާން ބޭނު މިތްޔާ އެމްޑީޕީގެ ހުރިހާ ކެޑިޑޭޓުން ނަންއަބުރާ ނަގާށެވެ

    14
  4. ބެއްޔާ

    މަމީ އެމްޑީޕީ މީހެއް އެކަމަކު މިފަހަރު މަގޭ އާއިލާ ގެ އެކަކުވެސް ވޯޓްލުމެއްނެތް! އިންތިހާބު ބޮއިކޮޓް ކުރާނީ! ކީއްކުރަން ހޮވާބައެއް! ބޮޑުމުސާރަޔާ ޖާހް ބޮޑުކުރަން ކޮންމެ މީހަކު އުޅެނީ!
    ސޮރީ ނޯވޯޓް!

  5. މުޅި ގައުމު

    އިސްލާމް ދީނައް ޓަކާ މެމް.ޑީ.ޕާ ގެ ހުރިހާާ މެމްބަރުން ނަން އަބުރާ ނެގުމައް އެދި އާދޭސްކުރަން.