ސްނޯކްލިންގއަށް ގޮސްގެން އުޅެނިކޮށް މިއަދު ގެއްލިގެން ހޯދަމުންދިޔަ ދިޔަ މ. ބޮއިލިންގ ފިޝް ޝައްފާން ރަޝީދު (24އ)ގެ މަރާއެކު އެތައް ބަޔަކަށް ލިބިގެން ދިޔައީ ހައިރާން ކަމެކެވެ. ނިޔާވި އެ ޒުވާނާގެ ކައިވެންޏަށް މިއަދަށް އަދި ވާނީ 16 ދުވަހެވެ. އޭނާ ކައިވެނިކޮށްފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

މިއަދު ހެނދުނު 11:00 ހާއިރު ވްސްޓް ޕާކް ސަރަހައްދަށް ސްނޯކްލިންގ ދިޔަ ޝައްފާނަކީ ޑައިވް ކުރަން މޮޅު މީހެކެވެ.

އޭނާ ހެނދުނު ސްނޯކްލިންގއަށް ގޮސްފައި ވަނީ އެކަންޏެވެ. މިއަދު ހެނދުނު އޭނާ ދިޔަ ނަމަވެސް، އޭނާ ގެއްލިގެން އުޅޭކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 16:36 ހާއިރު އެވެ.

"މާލެ ސިޓީ ވެސްޓް ޕާކް ސަރަހައްދަށް މިއަދު 11:00 ހާއިރު ސްނޯކްލިންގއަށް އެކަނި ދިޔަ މ. ބޮއިލިންގ ފިޝް 24 އަހަރުގެ ޝައްފާން ރަޝީދުގެ ހަބަރެއް ނުވެގެން އޭނާ ހޯދުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުގެ ޑްރައިވަރުން ދަނީ ހަރަކާތްތެރިވަމުން. މި ހާދިސާގެރިޕޯޓް ލިބިފައި ވަނީ މިއަދު 16:36 ހާއިރު". މިއަދު 17:14 ހާއިރު އެމްއެންޑީއެފްގެ މީޑިއާ ގްރޫޕްގައި އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ލިޔުއްވާފައި ވެއެވެ.

 

އެހެންކަމުން ޝައްފާން ގެއްލިގެން އުޅޭކަން އެމްއެންޑީއެފްއަށް އެނގިފައި މި ވަނީ އޭނާ ސްނޯކްލިންގްއަށް ދިޔަތާ ފަސް ވަރަކަށް ގަޑިއިރު ފަހުންނެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި މަސައްކަތް ކުރަމުންދިޔަ ޝައްފާން ގެއްލިގެން އެމްއެންޑިއެފްއަށް ރިޕޯޓްކުރިތާ ގަޑިއެއްހާ އިރުފަހުން އޭނާގެ ހަށިގަނޑު ކަނޑު އަޑިން ފެނިފައިވާކަަމަށް އެމްއެންޑީއެފްގެ އާޒިމް ވިދާޅުވިއެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ އާއްމު ޑައިވަރުންނަށެވެ.

އޭނާގެ ހަށިގަނޑު ގެންދިޔައީ އައިޖީއެމްއެޗްއަށެވެ.

މީގެ ކުރިންވެސް ރާއްޖޭގައި ކަނޑުމަތީގައި އެކި ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ނިލޯ

    ޢިޓްސް ނޮޓް ވަން މޭން ޖޮބް......ސޭފްޓީ ފަސްޓް

    93
    3
  2. ޢާތިފް

    އެމްއޭސީއެލްއަށް ބިދޭސީ ވެރިއަކު ލީ ފަހުން ތަނުގެ މީހުންކޮޅުމަރުވެ ހުސްވަނީ.ކީއްބާ މިވަނީ

    22
    110
  3. ވެޒް

    ކިހިނެއްބާ ދޯ މިވީ.. މޮޅު ޑައިވަރެއް ކިޔާދީބަލަ. . ސްނޯކަލިން އަށް ދާއިރު ވިސްނަންވީ ކަން ކަން

    85
    18
    • ސާރާ

      ޢޭނާ ނިޔައުވެގެން ގެނބުނީ ނޫން ކަމެއްވެ ސް ނޭނގެއެއްނު މަރުވާނެ ވަގުތަކީ އެނގޭ ކަމެއް ނޫންކަން މަމެން އެންމެނަށްވެ ސް އެނގޭނެ

      157
      3
    • ޢަލީ

      ކިތަންމެ މޮޅަސް ވަގުތު ޖެހުނީމަ ކުރާނެ ކަމެއްނެތް.
      اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
      މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن

      228
      3
  4. ޙަސަނުގެ ދަރި

    މަރުޙޫމްގެ ފުރާނައަށް ރަޙްމަތް ލައްވާ ސުވަރުގެ މިންވަރު ކުރައްވާށި
    ހައިރާންވާން ޖެހޭ ކަމެއްނޫން މަރުވާނެ ވަގުތަކީ އެނގޭ ވަގުތެއް ނޫން އަދި ކައިވެނި ކުރުމަކުން ނޫނީ ހު ސް ހަށިބަޔަށް ހުރުމަކުން މަރުގެ ވަގުތަކަށް ބަދަލެއް ނާންނާނެ ކޮންމެ ވަގުތަކުވެ ސް މަރުވެދާނެ ކަމަށް ބަލައިގެން އަމަލްތައް ބަހައްޓަންވީ

    313
    2
  5. ބައްޕަ

    މައްޔިތާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި އަދި ޢާއިލާ އަށް ކެތްތެރިކަން ދެއްވުން އެދެން.
    ހުރިހާއެއްޗެއްގެ މިލްކުވެރި ފަރާތަކީ ﷲ

    170
  6. ރޯދަ މުބާރިކް

    ވަގުތު ހަމަވުމުން މި ދަތުރު ނިމޭނެ! ޢެއްވެސް ޝައްކެތްނެތް! ޢެއީ ﷲ ގެ ހުކުމް އަދި މިންވަރުފުޅު! ބައެއްކަހަލަ ކަންތައް ކުރާއިރު އެކަނި ނުކުރުމަކީ ބުއްދިވެރިކަމެއް! މަރްހޫމަށް ހެޔޮ ރަހްމަތަށް އެދި ދުޢާ ކުރަން!

    137
    3
  7. އިބްރާހީމް

    އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. މާތް ﷲ މަހުހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއީމީ ނިޢުމަތް ލައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން!

    119
    3
  8. ދެރަ

    އިބްރަތެއް ދިރި ތިބީންނަށް ދުނިޔެއަކީ ވަގުތީ މަންޒިލެއް
    ވީއިރު ކޮންމެމީހަކުވެ ސް ދީން ދަ ސް ކުރަން ޖެހޭ ތިމާ މެންގެ އެންމެހައި ކަމެއް ދީނަށް ފެތެންޖެހޭ އަނބިދަރިން ވިޔަފާތި ކެއުން ބުއިން ހެދުންއެޅުން ޔަހޫދީންނާ ނަ ސޯރާއިންނާ ތަފާތުވާންޖެހޭ
    ކަންޑުވެ މަރުވާ މީހުންނީ ޝަހީދުން ކަމުގައިވޭ
    އިންޝާﷲ

    113
  9. މީ

    ކަނޑު އަޑީގަ ވިއަ ސް ، ފަރުބަދަ އެއްގެ މަތީގަ ވިއަ ސް ، ރޮކެޓް އެއްގަ ވިއަ ސް މަރު އައި ސް ބައްދަލް ކުރާނެ . ހައިރާން ވާންވީ ކަމެއް ނޫން.
    އާޢިލާ އަށް ކެތްތެރިކަން މިންވަރު ކުރައްވާށި.
    އާމީން.
    ފޮޓޯގަ އިން އުޙްތު މި ކަމުން ޢިބުރަތް ލިބިގަނެ ﷲގެ މަގަށް ރުޖޫޢަވުން ބުއްދިވެރި.
    ކޮއްމެ މަރަކީވެ ސް ދިރިތިބީންނަށް ޢިބްރަތެއް.

    104
    4
  10. ހުސޭނުބޭ

    މި ޚަބަރު ކިޔާފައި ވަރަށް ދެރަވެއްޖެ! މަރުހޫމްގެ ފާފަ ފުއްސަވާށީ! އާމީން

    40
  11. އަހްމަދު

    މަރަކީ މީހުންކުރާ ކައިވެންޏާއި، މަސައްކަތާއި ކުރާކަންތަކަށް ބަލާއެއްޗެއްނޫން. ދުނިޔޭގައި އުޅޭ އިރު ހެޔޮއަމަލު ގިނަކުރަންވީ. މަރުވި އިރު ކައިވެންނަށްވީ އިރު ބެލުމަށްވުރެ މަރުވުމުގެ ކުރިން އެންމެފަހުން ކުރީ ކޮންނަމާދެއްތޯ ވަގުތު ނޫހުން ބެލިނަމަ މާރަނގަޅު ވީސް. ފަހަރެއްގާ މިކޮމެންޓް ވަގުތު ނޫހަށް ހަޖަމު ނުވެދާނެ. އެހެންދިމާވެފާ އެބަހުރި.

    15
  12. މީރާއަލިފް

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن

    15
  13. މޫނު

    މަރަކީ އެކަކަށްވެސް އޭގެ ވަގުތު އެގިގެންވާ އެއްޗެއް ނޫން...ބުއްދުވެރިޔަކީ ތިބާ ދުނިޔެއައް ނޭވާލާ ކޮންމެ ފަތިހެއް ފަތިސްނަމާދުން ފަށާ މީހާ...އަބަދުވެސް މަރައް ތައްޔާރުވެ ތިބެންޖެހޭނެކަން ދަންނަން ޖެހޭނެ...މައްޔިތާ އައް ސުވަރުގެ މިންވަރު ކުރައްވާށި...އާއިލާއައް ކެތްތެރިކަން ދެއްވާށި...އާމީން...
    މި އާރޓިކަލް ގެ ބައެއް ކޮމެންޓު ތަކައް ޑިސްލައިކް ދިން ފަރާތް ތަކަށް ބުނެލަން ބޭނުން...ﷲ ގެ މިންވަރުފުޅާ އެކަލާންގެ ޔަދުގުދްރަތުގައި ވާކަންކަމައް ތިބާ ތިޔަ ދެކޮޅުހަދާކަން ދައްކާލަނީ އެކަލާންގެ އަޒާބައް ތިބާ ފަހެއް ބިރެއް ނުގަންނަނީ ހެއްޔެވެ..؟ މާތްﷲ ތިބާ އަށް ހެޔޮ ވިސްނުން ދެއްވާށި...އާމީން...

    13