އައްޑޫ ސިޓީގެ މަގުތައް ހެދުމަށް ބޭނުންވާ ތާރު، މާދަމާ ނޫން އަނެއްދުވަހު ދުބާއީން "އެ އަންނަނީ" ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އަހްމަދު ރަޝީދު މިގޮތަށް ވިދާޅުވެފައި ވަނީ، ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރިގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތައް ނުފެށިވާ މައްސަލަ އާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޕްރޮގްރާމުގައި މެމްބަރު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ކަންތައްތައް ކުރެވޭނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އައްޑޫގެ ތަރައްޤީގެ މަސައްކަތްތަކަށް އައީ "ކުޑަކުޑަ ޑިލޭއެއް" ކަމަށާއި، ވަރަށް އަވަހަށް މަގު ހެދުންފަދަ ބޮޑެތި މަޝްރޫޢުތައް އެސިޓީގައި ފެށިގެންދާނެ ކަމަށެވެ.

"އަޅުގަނޑަކަށް އިރާދަކުރެއްވީތީ ޝައްކެއް ނެތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން މިކަންތައްތައް ނުވާނެއެކޭ. އެހެން ނަމަވެސް..އެހެން ނަމަވެސް.. ކުޑަކުޑަ ޑިލޭއެއް ވެއްޖެ." މެމްބަރު އަހްމަދު ރަޝީދު ވިދާޅުވިއެވެ.

މެމްބަރު މިގޮތަށް ވިދާޅުވެފައި މިވަނީ، ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރުގައި އައްޑޫގައި ތަރައްޤީގެ އާ މަޝްރޫޢުތައް ނުފެށިވުމާއެކު ގިނަބައެއްގެ ނުރުހުންވުން ސަރުކާރަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އައްޑޫގައި މި ސަރުކާރުން ކުރިޔަށްގެންދާނެ ކަމަށް ވަޢުދުވެފައިވާ ބައެއް މަޝްރޫޢުތައްވެސް، ދައުރުގެ ބޮޑު ބައެއް ނިމިގެން ދިޔައިރު ނުފެށުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަރުކާރުގެ ޤާބިލްކަމަށް ތަޢުރީފު ކުރައްވަމުން މެމްބަރު އަހްމަދު ރަޝީދު އިތުރަށް ވިދާޅުވީ، ސަރުކާރުން އައްޑޫ ސިޓީގައި ހަދާ ހަތް ކިލޯމީޓަރުގެ މަގު ހެދުމަށް ބޭނުންވާ ސާމާނުތައްވެސް ވަރަށް އަވަހަށް އައްޑޫއަށް ގެންދާނެ ކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

"މާދަމާ އެދަނީ މަގުތަކަށް ތާރުއަޅަން، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އައްޑޫ ސިޓީގައި އަޅާ ހަތް ކިލޯމީޓަރުގެ މަގާއި، ރީސާފެސްކުރާ ހަތަރު ކިލޯމީޓަރު މަގާއި، މާދަމާ އެދަނީ ހުރިހާ އިކުއިޕްމެންޓްތައް. ތާރުއަޅާ މެޝިންތައް މާދަމާ އެ ދަނީ އައްޑޫއަށް. މާދަމާ ދުބާއީން ފުރައިގެން އެ އަންނަނީ ތާރާ މިއެއްޗެހިތައް، މާދަން ނޫން އަނެއް ދުވަހު އެ ވަންނަނީ،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އަހްމަދު ރަޝީދު ވިދާޅުވީ، ސަރުކާރުން އައްޑޫގައި ކުރިޔަށްގެންދާ މަސައްކަތްތައް "އެދަނީ ފެށެމުން" ކަމަށާއި ނަމަވެސް އެމަސައްކަތްތައް ކުރެވޭނީ "ފުރުސަތެއް" ލިބިގެން ކަމަށެވެ.

އައްޑޫ މަގުމަތައް ހަލާކުވެ، ބައެއް މަގުތައް ބޭނުން ނުކުރެވޭ ހާލަތުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެގެން ގޮސްފައެވެ. މިކަމާއި ގުޅިގެން އައްޑޫގެ ބޮޑެތި ބައެއް މަގުތަކުގައި ތާރު އަޅަން ފެށުމަށް ތައްޔާރުވާ ކަމަށް މީގެ އެތައް ދުވަހެއް ކުރިންވެސް ސަރުކާރުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަނި

    ކުލިއަކަށް އަގަފަ:ޅާގެންމީނާމިއުޅެނީ މޮޔަވާާހަކަ ދަށްކަަނީ މިނާގެ ބޯޗެކުކޮށްބަލާށެވެ ؛ ކަަލޭމެންނަ ށްއެގޭނީވަކަންކުރަން

    12
    1
  2. ފައިރޫޒު

    ސަރުކާރުން އައްޑޫގައި ކުރިޔަށްގެންދާ މަސައްކަތްތައް "އެދަނީ ފެށެމުން" ކަމަށާއި ނަމަވެސް އެމަސައްކަތްތައް ކުރެވޭނީ "ފުރުސަތެއް" ލިބިގެން ކަމަށް މެންބަރު ވިދާޅުވާއިރު ސުވާލަކީ ފުރުސަތެއް އަދިވެސް ނުލިބޭ ހެއްޔޭ؟ ތި ވިދާޅުވަ ފުރުޞަތަކީ އަދި އެއް ދައުރު ލިބުން ހޭ؟
    ތިމާމެން ބޭނުން ގޮތަކަށް ކަންކަން ނިންމަން ސްޕަރ މެޖޯރިޓީ އޮތް މަޖުލީހެއް ލިބި ތިންބާރު މުށަށް ލެވި، ތިމާމެން ކުރަން ބޭނުންކަމަކަށް ޚަރަދުކުރާނެ ފައިސާ ޖަމާކޮށްދޭ ގޮތަށް އިންޑިޔާގެ ގޮނޑި ކޮއްކޮއަކަށް ވުމުންވެސް ފުރުސަތެއް ނުލިބޭ ހެއްޔޭ؟

    11
  3. މަދިހާ

    އައްޑޫގެ މަގުތަކުގައި ކަލޭމެއް އަޅާދޭނީ ކާޕެޓް ތީ އެއްވެސް ކަމެއް ވާބައެއްނޫން ހުސް ބޮލުރޮދި ކެޑިފާ ތިބި ޖާހިލުން

  4. ޑައެލޯގް

    ޑުބާއީއަށްވުރެ ދުރުން ގެންނަން މަށަށް ފެންނަނީ އެމެރިކާ ރަގަޅުވާނެއެވެ. އޭރަށް ކަޓުގެ ގޮތުގައި ޖީބަށް ބޮޑުބައެއްލެވޭނީ ދެން އަތްޖަހާ ރީދޫކުދިން

    10
  5. ބެއްޔާ

    ޑިލޭއެއްނުވޭ ކުޑަކުޑަވެސް ޑިލޭއެއްނުވޭ. އެއީ ރޭވިފައިއޮތް ތާރީޚް އަދި ނުޖެހެނީ. އެތާރީޚް އިނގޭނީ އިނގޭބަޔަކަށް. ކެތްތެރިވެގެން އައްޑޫ ރައްޔިތުން ތިބެންވީ. މިހާރު އެޅިފަހުރި ތާރަވެސް އެޅިފަހުރީ މިދައުރުގަ އެއީ ޔާމީން ވެރިކަމުގަ. މިހާރު އަޅަންހަމަޖެހިފައިވާ ތާރަ އަންނަނީ އެއަރ ފްރައިޓްކޮށް ފަހަރެއްގަ ގެންނަ މަގުމަތީގަ ފްލައިޓުން ކަނޑަށް އެޅިދާނެ. އެހެންވެއްޖެއްޔާ އަނެއްކާ ކުޑަކުޑަ ޑިލޭއެއް ވެދާނެ.

  6. ޝޮޓްގަން

    އޮޅުމެއްތަ؟ އިންޑިޔާއަކުން ތިޔާ އެއްޗެއް ނުލިބުނީތީ ހައިރާންވެއްޖެ

  7. ގޫރާވަޅިޔާ

    އަހައްމަދާ! ތާރުގެންނަނީ އިނގިރޭސި ވިލާތުން ނޫންތަ؟

  8. އަލީ

    މަގުހަދަން އިންޑިއާއިން ކިތައް މީހުންތޯ އަންނަނީ އެކަން ކީއްވެތޯހާމަނުކުރީ؟

    • ޣިޒ

      ބަލަ ހުރިހާމަސައްކަތަކަށް ޗައިނާމީހުންތޯ ގެންނަންވީ.

  9. ބަރުމާ

    ތިއްތަންބެ ތައް ސަލާން ބެނި.

  10. ހުސޭނުބޭ

    އައްޑޫ މަގުތަކުގައި ޖަހން ބޭނުންވާ ސަންގުމަރުމަރު ހިލަ އިޓަލީން އެބަ އާދޭ!

  11. ބޭކާރު ކަމެއް

    މާލޭގެ މަގުތައް ރަގަޅަށް ނުހެދި އޮއްވާ މަދު ބަޔަކު އުޅޭ ތަނަކަށް ވުރެ ގިނަ ބަޔަކު އުޅޭ ތަނެއް ތަަރައްޤީ ކުރުން ބުއްދިވެރި.

  12. ދޮންދީނި.

    މަލްޓި މިލިއަން ޑޮލަރުގެ ޕްރޮޖެކެޓް އައްޑުއަށް ގެނެސް މަޝްރޫޢު ފަށާއިރު ދިވެހިރާއްޖޭގަ އޮތީ އައްޑު އަތޮޅު އެކަނިތޯ؟

    4
    2
  13. ޕިޓް ހޯލްސް

    މާލޭގެ މަގުތަކުގައި ހުސް އަޑިގުޑަން.

    4
    1
  14. ޣިޒ

    ބަލަ ހުރިހާމަސައްކަތަކަށް ޗައިނާމީހުންތޯ ގެންނަންވީ.

  15. ދޭ އަރ ސުވާޑިއަންސް ނޮޓް މޯލްޑިވިއަންސް

    ދިވެހި ސަރުކާރުގެ ފައިސާ އައްޑޫ ސުވާދީބަށް އިސްރާފު ނުކުރައްވާ.

    3
    1