ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީ ކަމަށާއި، އެ ޕާޓީ ދޫކޮށްލާފައި "ފައިބަން ޖެހޭނީ މޫދަށް" ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

މެމްބަރު އަހުމަދު ރަޝީދު މިގޮތަށް ވިދާޅުވެފައި ވަނީ ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޕްރޮގްރާމުގައި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިބްރާހީމްގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވިންތޯ ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ، އެމަނިކުފާނު ހުންނަވާނީ އެމްޑީޕީގައި ކަމަށާއި، ޕާޓީ ދޫކޮށްނުލައްވާނެ ކަމަށެވެ. އަދި އެ ޕާޓީ ދޫކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، އެމްޑީޕީ ދޫކޮށްލާފައި ފައިބަން ޖެހޭނީ މޫދަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

"އަޅުގަނޑު އެހެން ޕާޓީއަކަށްދާން އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވިސްނުމަކު ނެތް. އަޅުގަނޑު ރައްޔިތުންނަށް ދެންނެވިން އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެމި ހުންނާނަމޭ. ދެން މި ޕާޓީ ދޫކޮށްލާފަ، މިއީ މިރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް އެންމެ ބޮޑު ޕާޓީ.، މި ޕާޓީ ދޫކޮށްލާފައި ފައިބަން ޖެހޭނީ މޫދަށް ނޫންތޯ؟" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ، އެމްޑީޕީގައި މަސައްކަތް ކުރެއްވުމަށްފަހު ޕާޓީ ދޫކޮށްލާފައި ދިޔަ ބޭފުޅުންނަށް ވީގޮތް ފެންނަމުންދާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިބްރާހީމްގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވިންތޯ ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް މެމްބަރު އަހުމަދު ރަޝީދު ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު ހުންނަވާނީ އެމްޑީޕީގައި ކަމަށާއި ޕާޓިން ވަކިވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުއްވިކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.

"ކާކު ކޮން މައްސަލައެއްތޯ ހުށަހަޅައިގެން އުޅެނީ. އަޅުގަނޑަކަށް ތިކަމެއް ނޭނގެއޭ،" މެމްބަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ގަރަމްމަސާލަ

    އެހެންތާވާނީ ތަކުރާރުކޮށްވެސް ސުވާލުކުރުމުން ޖަވާބުދޭން ނޭންގެންޏާ ފުންމާލަންޖެހޭނީ މޫދަށްދީ އަފިރިންނަމަ ފުންމާލާނީ ވަޅަށް.

    63
  2. ކުޑަހުސޭނު

    ދަޅަކަށް ވަކިލާރިކޮޅެއް އަޅައިގެން ގޮސް ކުރިމަތީހުރެ ދަޅުހަލުވާލާ އިރައް ޕާޓީބަދަލުކުރާ މީހުން ތިޔައީ.

    55
    1
  3. ކޮރަ ކަލި އައްޔާ

    އެންމެ ގިނަ ގިނަ އިން މޫދުގައި އޮންނަނީ ތި މީގުންގެ ބުއްޅަ ބޭ

    52
  4. އަލީ

    މަހުވާ މީނަ ވާހަކަ ދަށްކާތަން ފެނުނަސް ހޮޑުލެވޭގޮތްވަނީ. މީނަޔައް ވޯޓުދިން މީހުނަށް ވަރަށް ވެދުން

    66
    2
  5. މާމީ

    ތާވަޅެެއް

  6. އަހުމަދު

    ސިކުނޑި ހަމަޖެހޭ މީހެއްތަ ތި އަހުމަދު ރަސީދަކީ؟ ފައްޔާޒު ގެ މައްސަލަ އާއި ބެހޭ ގޮތުން ބަހެއް ބުނަން ނުކެރި ބިރުން ތެޅެފޮޅުނީ. މި ސޮރުވެސް އަންނި ދެކެ ހާދަ ބިރެކޭ މިގަތީ.. ލަދުން މަރުވާ ވަރުވެދާނެ

    8
    1
  7. Anonymous

    މާތްﷲ އިރާދަކުރައްވައިފިނަފަ ކަނޑައް ފުންމާލަން ޖެހުމަކީ ގާތްކަމެއް، ކަލޭމެން ތިތިބީ ވާނުވާ ނޭނގޭހާލު ޢާފިލުވެފަ.

  8. އަލި

    މަމެންނަށް ހެޔޮ ތިޔާ އެތި ހަނދަށް ވަޑައިގަތަސް....... ރީނދޫ ފެން ތާންގީއަށް އެރިވަޑައިގެން ހަނދަށް ވަޑައިގަންނަވާ ދުވަސްވެސް ދުނިޔޭގަ ތިބި ބަޔަކު ދެކޭނެ.... ވ ސަލާމް

    2
    2
  9. ބީތާ

    ވަރަށްފުއްޕާފައެބައިނެއްނުން ހާދަކިބުރުވެރި ފޮނިގޮލައެންހެންހީވޭ

  10. ޖާފަތް

    ކިޔަވަިގެން ތިބިބައެއްނޫން ދެމްޖިހޭނީ މެންބަރު ކަންނެތްދުވަހަކުން ޖިހޭނީ ލަންޑާ ނަގަން މޫދައްފފުމެން

  11. ރަދީފް

    ޗެކް ރަޝީދު ކަލޭތި ކަނޑުކޮހެއް.

  12. ފައިރޫޒު

    އެމް ޑީ ޕީ ގައި ހުރެވޭނީ އަންނި ބުނާ ގޮތެއް ހަދައިގެން. އެހެން ނޫނީ ޖެހޭނީ ބޭރުވާން.
    އިބުރާ، ޑރ މުނައްވަރު، ރީކޯ، ޑރ ޑީޑީ، އަލްހާން ފަދަ އެމް ޑީ ޕީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭބޭފުޅުންނަށް ދިމާވިގޮތް އެއީ ތާރީޚީ ހެކި ތަކެއް.

  13. ސަލްމާ

    މޫދަކަށްނޫން ކޯރަންވެސް ފުއްމާލާނެ 1000ގެ ދެގަޑު ދައްކާލާއިރަން ރީ ހުސް ފައިސާއަށް ވިކި ތިބި ޖާހިލުން

  14. ބެއްޔާ

    ތިހެން އެތައްފަހަރަކު ބުނި މަހްލޫފްވެސް އެމްޑީޕީއަކަށް ނުދާނަމޯ ހޭނެތިފަ އޮއްވާ ގެންދިޔަޔަސް ހޭއެރީހަމަ ދާނަމޯ. ލާރިކޮޅެއް ފެންނައިރަށް އޮރިޔާންވާންވެސް ޖެހިލުންނުވާ ބައެއްތީ. އަންހެނުންވެސް ވިއްކާލާނެ ވަކިލާރިކޮޅަކަށްވެސް އެވަރުބައެއް.

  15. ނަޒީުރު

    މިއީ އަހަރެމެންގެވެސް ލޯބިވާގައުމު ދުނިޔެއަށް ފުރަތަމަނޭވާލެވުނީ މިގައުމުގައި މާތްﷲގެ
    ރަޙުމަތްފުޅުން މިގައުމުގެ ގިނަމުސްލިމުންފަދއިން އެނަސީބުލިބިފައިވޭ ވީމާ، ލާދީނީޚީޔާލު
    ގެންގުޅޭ ފަރާތްތަކުގެ ރުޙުންހޯދަން ތިހެންބުނިކަމުގައިވިއަސް ބިރެއްނުގަންނަން، ޖެހިލުމެއްވެސް
    ނުވޭ އެމްޑީޕީއަަކަށް ތާއީދެއްނުކުރަން ބޭނުންހާގޮތެއްނުހެދޭނެ ﷲ އިރާދަކުރެއްވިކަމެއްވާނީ ތިހެން
    ގަދަބަސްނުބުނޭ ހުރިހާކަމެއް ދެނެވޮޑިގަންނަވާ ފުއްދަވާފަރާތެއްވާކަން ހަނދުމަނައްތާނުލާ

  16. ކަމަނަ

    މެންބަރުންގެ ތެރެއިން އެންމެ ނާޤާބިލް މެންބަރ. ވާހަކަދައްކާއިރު ބަހުރުވައިގެ ދަރަޖަތަކެއް އޮންނަކަން ނޭގޭ މެންބަރު. ވޯޓްދެވުނީތީ ލަދުގަނޭ. ދެން ... ދެން ހަމަ ދުވަހަކުވެސް މަށެއް މީނައަކަށް ވޯޓެއް ނުދޭނަން.

  17. ނަވާޒް

    ހުރިހާބޭފުޅުން ރަަގަޅަށްވިސްނަވާ އެވިދާޅުވެލައްވާގޮތާ އިދިކޮޅަށްވުމަކީ ވަރަށްގާތްކަމެއް އެއީ
    މިގައުމަކީ މުސްލިމްގައުމެއް ނަމަވެސް އެކަންނައްތާލާ ލާދީނީޚިޔާލު އެޕާޓީގެ އިސްފަރާތްތައްގެންގުލޭތީ އެމްޑީޕީއާ ގުޅޭފަރާތްތައް މޫދަށްފައިބާންޖެހިދާނެ

  18. ކާޕެޓް ވަގު

    ހެދުނު ގޯސް ބޮޑުކަމުން.. ވަކިނުވާބް ލަދު ޙަޔާތް ކޮބާ...

  19. ކާފަ

    ތިޔައީ ދިމާކުރާ ޕާޓީ. ތިޕާޓީ މީހުން އެނބުރޭނީ މީހެއްގެ ވަށައިގެން.

  20. ދޮންދީނި

    އެންމެ ޑިމޮކްރެޓިކް ގޮތަކީ ކުރާ ސުވާލަށް ޖަވާބު ނުދިނުން.

    3
    1
  21. ޒަބީބު

    އަހުމަދު ރަޝީދް އަކީ އަމިއްލަ ޒާތުގައި އެއްވެސް އުރަތްޕެއް ޤާބިލުކަމެއް ހުރި މީހެއް ނޫން. އެހެނވީމާ އަހްމަދު އެމްޑީޕީ ދޫކޮށްލައިފި ނަމަ ހަމަ އެރެން ޖެހޭނީ މޫދަށް. މިސާލަކަށް ބުޅާކަންފަތް(މަޝްރޫމް) އަށް ހެދިފަލަވާން ބޭނުންވަނީ ކޮންމެވެސް ބާވަތެއްގެ ފީ ލަކުޑިގަނޑެއް. އެއިން ވަކިވެއްޖެ ނަމަ ބުޅާކަންފަތް މޯޅިވެ ކުނިވެ ނެތި ފަނާވެގެންދޭ. ސަބަބަކީ ފަސްގަނޑަށް ވެއްޓުނަސް އެއިގެ އަމިއްލަ ޒާތުގައި މޫލައި ހެދި ބޮޑުވުމުގެ ޤާބިލްކަން ނެތުން. ވިމާ އަހްމަދާއި ބުޅާ ކަންފަތާއި ހުރީ ވަކި ކޮން ތަފާތެއް! އަހްމަދަކީ ފީ ލަކުޑިގަނޑެއް ފަދައިން ފީވެ ނެތެމުންދާ އެމްޑީޕީގަ މިހާރު ތިބި އަމިއްލައަށް ގޮތް ނިއްމަން ނޭގޭ އަންނި ފައިގައި ދޫލައިގެން ނޫނީ ކުރިމަގު ނެތް ކަމަށް ދެކޭ މަދު ކަޗޯރުންގެ ތެރެއިން އެކެއް.

    6
    1
  22. ޢަޒްރާ

    ކަލޯ މިނޫން ދުވަހެއް ނެތިއްޔާ އެއްވެސް މީހަކު ދޫކޮށްގެންނުވަނެ މަރުވި ދުވަހކުން ކަލޮއާއެކު ތިބައިގނޑު ގެންދެވޭނެ ދޯ ކަލޯކުރި ހެޔޮޢަމަލެއް ނޫނީ އެދުވަކުން ނުގެންދެވޭނެ ކިތަންމެ ވަރަކަށް ޕާޓީދެކެ ލޯބިވިޔަސް ވާންވާނީ ޙައްގާ ބާތިލް އެނގޭވަރަށް

  23. ޢެދުރުބެ

    މި ކަހަލަ މީހުން ޕާޓީ ބަދަލުކޮށްލާނެ ރުފިޔާކޮޅެއް ދިނީމަ ޕިސް ޕިސް ކީކޭ ބުނާނީ ދަމާ ފަތިވަރުން ބޯހަލާކު

  24. ރަކިވެގެ

    މޫދު އެއީ މާދެރަތަނަކީތަ؟ އެއީ ތިޔަސިފަކުރާ ގޮތުން މާދެރަތަނެއްހެންވެސްހީވޭ . ބައެއްމީހުން މޫދުން ނަފާލިބި
    ބޮޑެތި މަހުޖަނުންނައްވެފަ ތިބިކަންނޭންގޭ ހާލުގަ މޫދޭކަނޑޭ ފަޅޭ ނުކިއްޔާ މާތާހިރުވާނެ .

  25. މުހައްމަދު ރަޝީދު

    މަވެސްމީ ތިމެދުދާއިރާގެ ޑާންސަރައް ވޯޓްދިންމީހެއް އެކަމަކުދެން ތިކަހަލަ ސިކުޑިހަމަނުޖެހޭ މީހަކައް ދުވަހަކުވެސް މަގޭއާއިލާމީހަކު ވެސްހީނުވޭ ދެން ވޯޓްދޭނެހެން ޓީވީއައްއެރިޔަސް މަގޭދަރިންކާރީބުނަން ޓީވީނުބަލާޝޭ ލަދޭގަންނާނީ ދޫވާނުވަނީސް ހުޓާލާ ތިވަރައްތިދޮގުތިހަދަނީ އަނެއްކާބަޔަކު މަންމަގެ ނޫސްބަޔާނެއް ނެރެފާނެ ބޯލައްބޭސްކުރޭ ނޫނީހިޖުރަކުރޭ މިގައުމުން.....

    3
    1
  26. އަލީމޫސާ

    މަށައްކު ! މީނަ ނުފައިބާނެ މޫދަކަށް. އެއްމެ ގިނައިން ލިބޭދިމާލަކަށް ފައިބާނީ.

  27. ބޮނޑަގޭ ދީދީ

    ތިކަހަލަ ޖާހިލުން ގެ ބަސްމަގު ހުންނާނީ ތިގޮތަށް..

    އަފިރިންނަށް ކުރިނަސް އެގެއި ތެކަން.. އަންނިޔަށް ލާހިދަރީންކަން ތީ..

    #އިންޑިޔާ އައުޓު.. އިންޑިޔާ އައްޑޫއިން ބެޭރުކުރޭ..!

  28. ޢަދުރޭ

    އަހަރުމެން ކުރިން އަޑުއަހަނީ ލޯބީގެ ވަޖިދުގައި މީހުން ގޮސް ކަނޑަށް އެރޭ ވާހަކަ . މިކަލޭގެ ސިޔާސީ ވަޖިދުގައި ގޮސް ކަނޑަށް އެރެންވެސް ތައްޔާރަށް މިހިރީ . ކަލޭގޮސް އެރެންވީނު؟