ހެކި ފޮރުވުމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަޔާން ނަގައިފި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫނާމެދު މިހާރު މިހިންގާ ހުރިހާ ކަމަކީ މައުމޫންގެ އާއިލާގެ ހިތްވަރު ދެރަކުރުމަށް ހިންގާ ކަންތައްތަކެއް ކަމަށެވެ.

ނަމަވެސް، މައުމޫން ހުންނެވީ ގަދަކޮށް ކަމަށާއި، ހިތްވަރަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި، ރައީސް މައުމޫން ހުންނެވީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައި ގަންނަވާ ގޮތަކަށް ނޫންކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.

" ހީކޮށްގެން ނުވާނެ ބިރުދެއްކިޔަސް ފަހަތަށް ޖެހޭނެ ކަމަށް. އެއީ ކުށް ހީއެއް. ފަހަތަކަށް ނުޖެހޭނަން. އެހެން އެކަކު ނެތަސް، މިގޮތުގައި ދެމިހުންނާނަން" ރައީސް މައުމޫން ވިދާޅުވި ކަމަށް ގާނޫނީ ވަކީލު ވިދާޅުވިއެވެ.

ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މިހާރު ހިނގާ ތަހުގީގަކީ ގާނޫނީ ހަމަތަކުގެމަތިން ހިންގާ ތަހްގީގެއް ކަމަށް ރައީސް މައުމޫނު ގަބޫލުފުޅު ނުކުރައްވާތީ، ގާނޫނީ އިމުގެ ބޭރުން ހިންގާ ތަހްގީގަކަށް އެއްވެސް އެއްބާރުލެއްވުމަށް ނުދެއްވާނެ ކަމަށް ރައީސް މައުމޫން ފުލުހުންނަށް ދެންނެވި ކަމަށެވެ.

"ގާނޫނީ އިމުގެ ތެރެއަށް ފުލުހުން ރުޖޫއަވެ ވަޑައިގަތުމުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް މައުމޫނު ފުލުހުންނަށް ދެންނެވި. ފުލުހުން ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވެވަޑައި ގަތުމުން ޖިނާއީ ކުށެއް ހިންގެވި ކަމަށް އެކަށީގެންވާ މައުލޫމާތާއި ހެއްކާއެކު އެފަދަ ތުހުމަތެއް ބިނާކުރެވޭ ކަމަށްވަންޏާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި" މައުމޫން ހަމީދު ވިދާޅުވިއެވެ.

މައުމޫން ގަބޫލުފުޅު ކުރައްވަނީ، މިހާރުވެސް ކަންކަން ހިނގަމުންދަނީ ގާނޫނުއަސާސީއާ ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކޮށް އޭގެ ދަށުން ކަމަށާއި، އެމަނިކުފާނު މިހާރުވެސް ހުންނެވީ ގާނޫނާ ޚިލާފް ބަންދެއްގައި ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭއްވެވުމުގެ ތުހުމަތުގައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާއަލީ

    ފަހަތައް ނުޖެހެން ބޭނުން ވާނަމަ ކުރިއަށް ޖެހިލާ

  2. ހަހަަހަ.

    ގަދަ.

  3. ޝޫޒަން

    ޢެހެން ނިކަމެތި ރއްޔިތުން ލާ ކަހަލަ ޖަލަކަށް ލާބަލަ، ހުންނަނީ ގަދަކޮށްތޯ ބަލާލަން، އެޕާޓްމެންޓެއްގަ ތިހެން ގަދހަކޮހ ހުރެވިދާނެ، 30 އަހަރުވަންދެން ޤާނޫނާ ޚިލާފު ކިތަށް ޖަރިިމާ ހިންގާފަ ހުރި މީހެއްތީ، އަދި ޤާނޫނޭ ކިޔާފަ އަނގަ ހުޅުވައޭ އެބަ، ބަލަ ޓީވީއަށް އަރާ ޖައްވަށް ،ފަޒަޔަށް، ހަވަޔަށް، ގަޔަށް ޖަހަން ބުނިކަމަށް އަމިއްލްއަށް އިޢުތިރާފު ވީއިރު، އަހަރެމެންގެ ދެލޮލަށް ފެނި ދެކަންފަތުން އަޑުއެހީމޭ.

  4. ޝޫޒަން

    ބަލަ ކުރިނބީ އަޙުމަދު އާދަމް އަށް ދެއްކި އަހުވަ ހަނދާނަށް ގެނެސްބަލަ، އަމިއްލައަށް ކައިރީގަ ހުރެގެން ސިފައިން ލައްވާ ކުރުވިކަންތައް ލޮލުން ދެކިފަ ހުރި މަންޒަރުމީ، އަދިވެސް ތިކިޔަނީ ޤާނޫނޭ، ކުށެއް ނުކުރަމޭ ބުނީމަ ތި ދައްކާ ވާހަކަ ޤަބޫލު ކުރާނީ ކިހިނެއް. ޢެ ފަކީރު ބުނި އެންމެ ބަހަކަށް ހައްޔަރުކޮށްފަ ދޫކޮށްލި އިރު ނުވެސް ހިނގޭ، އެހާލުގަ އޮވެ މަރުވެ ދހިޔައީ، ކަލޭ ކޮންމެ ދުވަހަކު އޭނާ މޫނުދެކެންގޮސް އޭނަަގެ ލޮލުން ކަލެއާ ދިމާލަށް ބަލަން މަޖުބޫރު ކުރުވާ ސިފައިން ލައްވާ އެމީހުން ގެންގުޅޭ އާލާތްތަކުގެ އެހީ ބޭނުންކޮށްގެން. މިދުވަސްތައް ކަލޭގެ ހަނދާނުގަ ވަރަށް ރަނގަޅަށް ހުންނާނެ. މިކަހަލަ ކިތައް މަރުގެ ޒިންމާ ކަލޭގެ ބޮލުގަ އޮތްކަން ނޭނގޭތަ، ކުށެއް ނުކުރަމޭ ބުނެ ތިޔަ އަނގަ އަރުވަނީ.