ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން ދިރިއުޅޭ އެޕާޓްމަންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެނގިފައިވާ ގޮތުގައި، ސަލްޓަން ޕާކް ކައިރީގައި ހުންނަ އެޕާޓްމަންޓްގައި އަލިފާނުގެ ހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ އެޕާޓްމަންޓްގައި ދިރިއުޅެމުން ދަނީ ކައިޒީން އާއި އޭނާގެ އާއިލާގެ މެމްބަރުންނެވެ.

އެކަމަކު، އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ފުރަތަމަ ރޯވެފައި ވަނީ ކައިޒީން ދިރިއުޅޭ އެޕާޓްމަންޓްގައި ހުރި ޕެނަލް ބޯޑެއްގައެވެ. އަދި އަލިފާން ގަނޑު ފެތުރި، ސިޓީން ރޫމްގެ ބައެއް އަނދާފައިވާ ކަން އެނގިފައިވެއެވެ.

ކައިޒީން ދިރިއުޅޭ އެޕާޓްމަންޓާއި އެ އިމާރާތުގައި ދިރިއުޅޭ އެންމެން މިހާރު ވަނީ އެ ތަނުން ނެރެފައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ ގަލޮޅު ގެއެއްގައި ހުރި ޕެނަލް ބޯޑެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު 8:30 ހާއިރު ކަމަށެވެ. އަދި ގާތްގަނޑަކަށް ފަސް މިނެޓެއް ހާއިރު، ތެރޭގައި އެ ގޭގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މޮޑެލުންގެ ތެރެއިން ކައިޒީން އަކީ މިހާރު ރާއްޖޭގައި ހުރި މީސް މީޑީއާގެ ޕްލެޓްފޯމްގައި އެންމެ ފޭން ބޭސް ބޮޑު ފަރާތެވެ. ކައިޒީންއަކީ ވަރަށް ގިނަ ބަޔަކު އިންސްޕިރޭޝަންގެ ގޮތުގައިވެސް ބަލާ މީހެއްކަމުން، އޭނާގެ އިންސްޓަގްރާމް ފޮލޯވާސް މަދެއް ނޫނެވެ.

ކައިޒީންއަކީ ރާއްޖޭގައި މަޝްހޫރު ބްރޭންޑްތަކާއި، ބައެއް ވިޔަފާރި ބްރޭންޑްތަކުގެ އެމްބެސެޑަރުކަންވެސް ކުރި އަދި ކުރަމުން އަންނަ މޮޑެލްކެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. ވިސްނާށޭ

  ދެންވެސް ހެއްދެވި ފަރާތަށް ބިރުވެތި ވަން ދަސްކުރަން ވީނު.. ދެން ފަހަރަކުން އަދި
  އަލިފާން ރޯވާން ގޭގަ ނޫން ކަމެއް ނޭނގެއެއްނު.. ތިފަދަ ދިރިއުޅުމެއްގައި އުޅެމުން ދަނިކޮށް މަރުވެއްޖިއްޔާ މިއަށް ވުރެން ހޫނު އަލިފާނުން އަރާނީ ކައިޒީން!!

  299
  21
 2. ހަސަން ފޭދޫ

  މަހީކުރީ ފުޑްސް ކަހަލަ އެއްޗެއް ކައްކާލަން އުޅެނިކޮށް ކަމަށް

  197
  13
  • ޠުއި

   ޙަހަހަހަހަ

   54
   3
 3. ހުދުމަަ

  ޣަދިވެސް ލާރި ޙޯދާ ގޮތް ރަނގަޅު ކުރޭ

  197
  16
 4. ކުއީން

  މާ ބޮޑަށް ހޮޓް ވީ ކަންނޭނގެ😌

  180
  12
 5. އޯ ކައި

  އޯ ކައި، ވަޓްއަ ޑިޒާސްޓަރ. އައި ހޯޕް ޔޫއާ ފައިން

  47
  9
 6. މިހާ

  އައުރަނިވާނުކޮށް ހުރެ އަލިފާނުން ސަލާމަތެއް ނުވެވޭނެ. އެދުވަހުން އެމް އެން ޑީ އެފް ކުދިންނަށް އަލިފާނގަޑު ނިވައެއްނުލެވޭނެ. ބިރުވެތިވެ ތައުބާވާން ލިބުން ފުރުޞަތުގެ ބޭނުންހިފާ

  175
  7
 7. ނުވިސްނޭ ރައްޔިތުމީހާ

  ހެދުން ލައިގެން އޮރިޔާމުން އުޅޭ މީހުނަށަ ތެދުމަގު ދައްކަވާށި. އަދި މިފަދަ ހާދިސާތަކުން އިބްރަތް ލިބިގަންނާނެކަމަށް އުއްމީދުކުރަން.

  181
  9
 8. ބުއްޅަބޭ

  މިކްސްޑް ފީލިންގް.
  ދެރަތަ ، އުފާތަ ވާންވީ ؟

  38
  15
 9. އަރީ

  ކޮބާތަ ދެން މައްސަލައަކީ؟ ހަމަ ރޯވެދާނެ ދޯ؟ ނަރަކަ މަތިން ހަދާންވީ.

  83
  8
 10. ސަމީމާ

  ވާއު ކޮމެންޓް ތައް ކިޔާލީމަ އަންތަރީސް ވެއްޖެ. ދިވެހިން ހަމަ ގޮތްކުޑައީ. އެހެން މީހުންނަށް ދީން ކިޔަވާދޭ އިރު ތިމާގެ އިންސާނިއްޔަތުކަން ކޮބާ ؟

  33
  138
  • ޑ

   ތެދެއް. ހާލުގަޖެހޭ ވަގުތެއްގަ އެހީތެރިވުން އޮތީ. ނަސޭހަތް ދިނުން އަދި ލިބިގަތުން އޯގާތެރި ކަމާއެކު ކުރަމާ..

   26
   2
  • އައްޔާ

   ކައިޒީންގެ ވާހަކަތަ ތި ބުނީ؟؟؟؟؟؟؟؟؟؟؟؟؟

   17
  • އުދަޕާލަ

   ދީނުގަ އަންގަވާފާ އޮންނަ ގޮތައް ނޫޅެ ދެން ކޮން އިންސާނިއްޔަތު ކަމެއްގެ ވާހަކައެއް ތިދައްކަނީ ލަދުވެތިވޭ.

   37
   5
  • ދިޔާނާ

   ބަލަ ނަސޭހަތެއް ލިބުނީމަ އޭގަ ހިފަންވީ، ދީނޭ ކިޔާގެން ފާޑު ކިޔަންވީއެއް ނޫން، ދިވެހިން ބުންޏަސް އެބުނަނީ ހަމަ ރަނގަޅު ވާހަކައެއް، މި ދުނިޔެމަތީ އެމީހަކު އުޅުނު ގޮތުގެ ފުރިހަމަ ޖަޒާ އެމީހަކަށް ލިބޭނެ ވާހަކަ އޮތީ ދިވެހި ފޮތަކުނޫން، ކީރިތި ގުރްޣާން ގަ!!! ބިރު ގަންނަން ޖެހޭ!!!

   40
   1
  • ޔަހްޔާ

   ވާއު ސަމީމާ ގެ ކޮމެންޓް ކިޔާލީމަ ހަމަ ކޮސްވެއްޖެ. ކައެ ތީ ދިވެއްސެއް ނޫންކަން އެގުނީ. ޢިންސާނިއްޔަތު ކަމުން ނެއް ނޫންތަ ދީނުގެ ކަންތައްތައް ކިޔާދޭނީ. މަގު ފުރެދުނީމަ އަޅާނުލާ ދޫކޮއްލާށޭ ދޯ ކައެ ތިބުނަނިީ އޭ!
   ފެމިނިސްޓެއް ގެ ހިޔާލު ކައި ގަ ތިހުރީ. ޢަވަހައް ދީނުގެ ކަން ކަން އޮޅުން ފިޅުވާ. ޢަދި ލަހެއް ނުވޭ. ޢޯކޭ.

   88
   6
   • ސަމީމާ

    ދެން އަލިފާން ރޯވެގެން މަރާލަން ދޫކޮށްލާށޭ ކައެމެން ތިކިޔަނީ. އެނޫންގޮތަކަށްވެސް ވިސްނައިދެވޭނެ ކަންނޭނގެ. ތިކަހަލަ މީހުންނާ ހެދި އިސްލާމްދީން ބަދުނާމުވަނީ ހަރުކަށި ފިކުރު ގެންގުޅޭ މީހުން. ނޭނގެ އަމިއްލައަށް ކިތައް ނަމާދު ކުރާ ކަމެއް

    4
    25
    • އަމާމާ

     ކަލެއައްއިނގޭތަ ކިތައްނަމާދުކަން ކުރަނީ އިންސާނިއްޔަތު އޮތީކޮން އެއްޗެއްގަކަން ބުނެބަލަ

     4
     1
  • ކަށިބުރި

   އެމީހުން ހިތުން އެމީހުންނަށް ސުވަރުގެ ދެވޭނެކަމުގެ ގެރެންޓީ އޮވޭ އެއީ އެވާގޮތަކީ. ދުނިޔޭގައި ކޮންމެ ގޮތަކަށް އުޅެފަވިޔަސް ފަހުވަގުތު ވާނެގޮތް އެނގޭނީ އެންމެ ފަރާތަކަށް. އިންސާނުން އެކަކު އަނެއްގެ ބޮލަށް އަރާއިރު ފަހުދުވަހު ހުރިހާ އެންމެން ވާނީ ހަމަ އެއްހާލެއްގައި ބާރެއްނެތި. އެދުވަހުން ގޮތް ނިންމެވުމުގެ ބާރުވެސް ވާނީ ހަމައެކަނި އެކަލާނގެ ހަސްރަތުގައި.

   12
   1
  • Anonymous

   އިންސާނިއްޔަތު ކަމަކީ ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރުން.

   24
   3
 11. ރައްޔިތުމީހާ

  ކާކު އޭނައަކީ އިންސްޕިރޭށަނަކަށް ބަލަނީ

  23
  3
 12. ސަމީރުބެ

  ޤިޔާމަތް ދުވަހުގެ ގަދަފަދަ ހޫނު އަލިފާނަށް ބިރު ނުގަންނަނަމަ މިއަދު ދުނިޔޭގެ އެއަށްވުރެ ހޫނު މަޑު އަލިފާނަށް ބިރުގަންނާނެކަމެއް ނެތެވެ. ދީނީ ޢިލްމުވެރިން އަހަރެމެންނަށް ފަހުމްވާނޭހެން ދީނުގައި ކަން އޮތްގޮތް އެ އަންގައިދެނީ އަހަރެމެންގެ ސަލާމަތަށެވެ. ކޮންމެ މީހަކުވެސް ޖަވާބުދާރީ ވާންޖެހޭނީ އަމިއްލައަށެވެ. އެހެންކަމުން ކައިޒީންވެސް ވިސްނާ ފިކުރުކޮށްލާށެވެ. ކައިޒީންގެ ކާފަ މާމެން ދުނިޔޭގައި އެބަތިބިހެއްޔެވެ؟ އެމީހުން ތިބިނަމަ އެމީހުންގެ ޕައްޕަ މަންމަމެންވީ ކޮންތާކުތޯ އަހާބަލާށެވެ. ކައްވަޅުގަނޫންހެއްޔެވެ! ވީއިރު ކައިޒީންވެސް ހަމަ އެކަށްވަޅަށް ދާނެކަމީ އެންމެ ނުދަންނަމީހާވެސް ދަންނަ ޙަޤީޤަތެވެ. އެއީ މުޅިން އެހެން ޢާލަމެކެވެ. އެހާ ހިސާބުން އެޢާލަމުގެ ކަންކަން ފެށުނީއެވެ. ފުރަތަމަ ކަށްވަޅުގެ ޢަޒާބެވެ. އެހެންކަމުން މިއަދު ދުނިޔޭން އަހަރެމެންނަށް ލިބިފައިމިވާ ކުޑަ ވަގުތުކޮޅު ނަގާލަން ހެޔޮވެދާނެހެއްޔެވެ! ނިކަން ރަގަޅަށް ވިސްނާލަމާހެވެ. އެމީހެއްގެ ޢަމަލާބެހޭގޮތުން އެހެން މީހަކާ ސުވާލެއް ނުކުރައްވާހުއްޓެވެ. އަދި ކައިޒީނަށްވެސް ތިޔަ މޮޑެލްކުރުމަކުން ވާނޭ މޮޅެއް ނޯންނާނެއެވެ. ނަކީރު މުންކިރުގެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދޭންޖެހޭނެއެވެ، ނިކަން ވިސްނާށެވެ. އަންހެނުންގެ އަޢުރައަކީ މޫނާ ދެއަތްތިލަ ނޫންހާ ތަނެކޭ ޢިލްމުވެރިން އިއްތިފާޤުވާއިރު އެކަން ދޮގުކުރެވޭނެހެއްޔެވެ. އެހެންކަމުން ރިވެތި އިސްލާމީ ހެދުން އަޅައި ތިބާގެ ޢަމަލުތައް ހެޔިކުރެވޭތޯ ބަލަށޭ މިބުނަނީ އހަރެންގެވެސް އަމިއްލަ ނަފުސަށް އެކަން ވިސްނައިދެނުންނެވެ. މާތްﷲ ކައިޒީނަށް ހެޔިމަގު މިންވަރު ކުރައްވާށީއެވެ.

  ލ

  24
 13. ފިރާ

  އާމީން. އިބްރަތެއް ކަމުގައި ވާނެތޯ؟

  13
  2
 14. މާޑު

  ކައިޒީން އެއީ ކާކުބާ؟ މުސްލިމުނަމެއްމުސްލިމުނަމެއްތަ؟ އިޓަލީ މީހެއްދޯ

  22
  2
 15. މިލާ

  ނަސީބެއް މީނަ ގައިގަ ރޯނުވިކަން..ވަރައް އުފާވޭ މީނަޔައް ގެއްލުމެއް ނުލިބުމުން

  11
  3
 16. ފުއާދު

  ތިކަލަ މީހުން އުލޭތަންތަން ވަރައްހޮޓުވާނެ އެހެން ވީމަ އަލިފާން ވެސް ހިފާނެ.

  17
  2
 17. ހުލޮ

  އައުރަ ނިވާ ނުކޮއް މީހުންނައް ގައިގެ ތަންތައް ދައްކައިގެން އުލޭ މީހުންގައިގަ މަހުސަރު ދުވަހުން ރޯވީމަވެސް ފެންޖަހައިގެން ނިވޭނެބާ

  24
  2
 18. މިލާ

  ބޭކާރު ހަބަރެއް ކުރީދުވަހު މިގޭގެ ކަރަންޓު އިސްތިރީގަވެސް ރޯވި ،ނުވޭ ހަބަރަކައް ،މީނަ ދޮންވެފަ މީހުން ދެއްކޭތީވެ މާ މުހިންމުވެގެން މިއުޅެނީ،،މިދެން ކޯޗެއް

  23
  1
 19. އޭ

  ހޮޓް ގާލްސް އުޅޭ ގެތަކުގައި ފަޔާރ ފައިޓަރުން ތިބެން ޖެހޭނެ.....

  15
  4
 20. ސަންގޯރު އަހުމަދު

  ކައި ކޮންމެ ގޮތަކައް އުޅުނަސް އަލިފާން ރޯވީމަ ދެރަވަން
  ކައި ވެސް އެކަމާ ވިސްނާނެ ތޯއްޗެއް ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށް

  11
 21. އަންނިބެ

  ކާއީ ކައީއަކީ ވަރަށް ރީތި ހަށިގަނޑެއް ލިބިފައިވާ ވަރަށް ލޯބި ކުއްޖެއް ބޭބެޔައް ފެނޭ މޫނު ބުރުގާ އަޅަން.

  24
  1
 22. ސަ

  ކައިޒީންގެ އަސްލު ނަން ދަންނަ މީހެއް ބުނެބަ.. މަ މިހާރު ހަނދާނެއް ނެތޭ. ޝ ފެށޭ ނަމެއް ހެން ހީވަނީ.. އަސްލު އޭނައަށް ކިޔަނީ ކައިޒީން އެއް ނޫނޯ.. އެއީ މީހުން ދީފަ އޮންނަ ނަމެއް ކައިލީ ޖެނަރ އާއި ވައްތަރު ވީމަ

  3
  1
  • ބަލަންޖެހޭތަ؟

   ހީވަނީ ނ އަކުން ނުވަތަ ޝ އަކުން ހެން. އޭނަގެ އަސްލު ނަމަކީ ވަރަށް މުސްކުޅި ނަމެއް😂 އޭނަ ކައިލީ އަކާ އެއްވެސް ވައްތަރެއް ނޫން.