ޗައިނާގެ ލޯނު ދެއްކުމަށް މި ދަނޑިވަޅުގައި ދިވެހި ސަރުކާރަށް ދަތިތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ކޮންމެ ހާލަތެއް މެދުވެރިވެގެން ވިޔަސް ލޯނު ނުދެއްކިގެން އޭގެ ބަދަލުގައި ދިވެހި ބިން ޗައިނާއަށް ދިނުމަށް ޝަރުތު ނުކުރާނެ ކަމަށް އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ޓްވީޓާ މެދުވެރިކޮށް ޗައިނާ ސަފީރު މިއަދު ދެއްވި މެސެޖެއްގައި ވިދާޅުވީ ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދިވެހި ސަރުކާރަށް ނުދެއްކިއްޖެ ނަމަ އޭގެ ބަދަލެއްގެ ގޮތުގައި ރާއްޖޭގެ ބިންތަކާއި ފަޅު ރަށްތައް ޗައިނާއަށް ދޭން ޝަރުތު ކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އެކި ވާހަކަ ފަތުރަމުންދާ ކަމަށެވެ. އެކަމަކު އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

"ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރެވިފައިވާ މުއަމާލާތްތަކަކީ ދެ ގައުމަށް ވެސް އޭގެ ފައިދާ ކުރާނެ ގޮތަށް ކުރެވިފައިވާ މުއަމަލާތެއް، އޭގައި އެއްވެސް ހާލަތެއްގައި ހަމައެކަނި ޗައިނާއަށް ފައިދާ ވާނެ ގޮތަށް އެއްވެސް ކަމެއް ނޯންނާނެ،" ޗައިނާ ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ލޯނުތަކަކީ "ދަރަނީގެ މަޅިއެއް" ކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ދައްކަވާ ވާހަކަތަކަށް މިއަދު ވެސް ސަފީރު ރައްދު ދެއްވިއެވެ.

އޭނާ ވިދާޅުވީ، އެއީ ހިޔާލީ ވާހަކަތަކެއް ކަމަށެވެ. އެއީ ސިޔާސީ ބޭނުމަކަށް ބައެއް ފަރާތްތަކުން "ކައްކައިގެން" އުޅޭ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

"ޗައިނާއިން އެއްވެސް ގައުމަކަށް ކަންކަން ޝަރުތެއް ނުކުރަން، ޗައިނާއިން އަބަދުވެސް ގައުމުތަކާ މެދު މުއާމަލާތް ހިންގަނީ ބައިނަލްއަގްވާމީ މުޖުތަމައުގެ އެންމެ ރަނގަޅު ޕްރެކްޓިސްއަށް،" ޗައިނާ ސަރީފު ވިދާޅުވިއެވެ.

ޗައިނާގެ ސަފީރު މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެތައް ޕްލެޓްފޯމްއެއްގައި ޗައިނާގެ ލޯނުތަކަކީ "ދަރަނީގެ މަޅިއެއް" ގޮތަށް ސިފަ ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޗައިނާއަށް ރާއްޖެއިން 3.1 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހޭ ކަމަށް ވެސް ވިދާޅުވެއެވެ.

އެކަމަކު ޗައިނާއަށް ރާއްޖެއަށް ދައްކަން ޖެހޭ ލޯނުގެ ޖުމުލަ އަދަދަކީ 1.1 ބިލިއަން ޑޮލަރެވެ. ޗައިނާ ސަފީރު ވެސް ވިދާޅުވަނީ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާ އަދަދަކީ މިނަށް ވުރެ މާ ބޮޑު އަދަދެއް ކަމަށެވެ.

ޗަައިނާގެ އެ ލޯނުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާ ގުޅުން ބަދަހިކޮށް ރާއްޖޭގައި ހިންގި މަޝްރޫއުތަކަށާއި ދިވެހި ސަރުކާރުގެ ގެރެންޓީ ދީގެން ބައެއް ކުންފުނިތަކަށް ނަގާފައިވާ ލޯނެވެ. ޗައިނާގެ ލޯނު އެހީގައި ސިނަމާލެ ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ފްލެޓްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ބުއްޅަބޭ

  މިގައުމުން ފައިބަން އެންގީމަ ނުފައިބާ ، ވިސާ ހަމަވެފައި ތިބި އިންޑިއާ ސިފައިންގެ ވާހަކަ ނުދައްކަނީ ކީއްވެ.
  އެއަާްވުރެ ބޮޑު ނުރައްކަލެއް އެބައޮތްތަ ؟

  48
  1
  • ހުސައިން

   ޖީ އެމް އާރަށް ދައްކަން ޖެހުނު ފައިސާތަކުގެ ވާހަކަ ނުދައްކާނީ ކީއްވެ؟

 2. މުރާދު

  ގައުމުހަލަބޮލިވެ ކަންތައްގޯސްވަނީ ކަމަކާގުޅިގެން އެކަންބޮޑުވާރަށްޔިތުންގެބަަޔަކުނިކުމެ އެކަން
  ހުއްޓާލުމަށް އަޑުއުފުލީމަތޯ މިފަދަފަރާތްތައްހުއްޓުވާ ހައްޔަރުކުރައްވަނީ މިހެންވެތޯ ނަމަވެސް
  މިފަދަކަންކަމުން ގިނަފަހަރު ގައުމަށާ،ރަށްޔިތުންނަށް ކުރާނީފައިދާ ހުއްޓުވާ، ހައްޔަރުކުން، ފިޔަވަޅު
  އެޅުން މާމުހިއްމުކަމުގައިދެކެނީ ޙަގީގަތެއްނެތް ވާހަކަދައްކާ ގައުމާ،ރަށްޔިތުން ނުތަނަވަސްކުރާ
  ފަރާތްތައް އެފާތެއްމި..............

 3. ކުއްޅަބެ19

  ނަސީދުކަހަލަ ސިޔާސީ ތަޖުރިބާނެތް މީހަކު ހާރިޖީ ގުޅުމައް ބުރޫއަރާފަދަ ވާހަކަ ދެއްކުމުން ދުނިޔޭގެ އެންމެ ބައިގިނަ ގައުމުގެ ސަފީރު މިފަދަ ކަންކަން ސަމާލު ކަމައް ގެނައުމުން ލަދުވެތިވޭ މިއީ ނަސީދުގެ ނުފޮރުއްޕާން

 4. ފިނދުމަސްގަނޑު

  ހޭކިހޭކިހެން އަތަށް ގޮވަނީ....އެމްޑިޕީ

  23
 5. ސަންފައްތަ

  ޤައުމަށް ހެޔޮއެދޭމީހަކު ތިފަދަ ދޮގު ވާހަކަތައް ދައްކައި ފިތުނަ އުފައްދަން ނޫޅޭނެ.

  9
  7
 6. މެކް

  ލޯނު ނުދެއްކެންޏާ ބިމާ ފަޅުރައްދޭންބުނީ އިންޑިއާއިން

 7. ނުރައްކަލޭ

  ލޯނު ނުދެއްކިގެން ރަށްތައް ނަގާ ވާހަކައިގެ އަސާސެއް ނެތް ކަމަށް ޗައިނާ ސަފީރު ވިދާޅުވާނަމަ މިއިން އެގިގެންދަނީ އެއީ ދެން ކެނެރީގެ ނަޝީދު ޗައިނާ އޭ ކިޔައިގެން އޮޅުވާލާ މަކަރާއި ހީލަތުގެ ދަށުން ޗައިނާ އާއި ދިވެހިރައްޔިތުންނާއި ޖައްސާލާ ހެދުމަށް ފަހު އިންޑިއާ އަތުން ކަޓް ޖައްސައިގެން އިންޑިއާ އިން ބޮޑެތި އިންޓަރެސްޓް ގައި ލޯން ނަގަމުން ދަނީ އެއީ ސީދާ އެއިން ކެނެރީގެ ނަޝީދަށް ނާޖާއިޒުގޮތުގައި ފައިދާ އެއް ލިބޭތީ ކަމަށް މަމެން ޝައްކު ކުރަމޭ މީނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ ކެނެރީގެ ނަޝީދަކީ އެއީ ގައުމުގެ އިގްތިސާދަށް ނުރައްކާތެރި ވާހަކަ ދައްކާމީހެކޭ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ ކުދިންނޭ ނުރައްކަލޭ ނުރައްކަލޭ...

  • ހުސައިން

   މަމެންނަށް އެކަން އެނގުނަސް ކީއްކުރާނީ.

 8. އިންޑިއާއައުޓް

  ޗައިނާ އިން ނަގާ ލޯން ނުދެއްކުނީމާ އެމެން ނާންނާނެއޭ ރާއްޖޭގެ ރަށްތައް އަތުލަން މިހާތަނަށް އެކަން ކޮށްފައި އޮތީވެސް އިންޑިއާ އިންނޭ ސަބަބަކީ ޖީއެމްއާރު އައުޓް ކޮށްލުމުން އެއިރުން އިންޑިއާ އިން ބަޖެޓް ސަޕޯރޓަށް ދިން 150 މިލިއަން ޑޮލަރު ދިހަ އަހަރު ދުވަހުން ދައްކަން ބުނެފައި ކުއްލި އަކަށް އެސްބީއައި އިން އެންގީ 3 މަސްތެރޭ އެފައިސާ ދައްކަން މީ އިންޑިއާ އިން ނަގާ ލޯންގެ އިތުބާރެއް ނެތް ކަމަކީ ޗައިނާ އިން ނަގާ ލޯން ތަކަކީ އެގޮތަށް ދެއިރު ދެދަޅަ އަށް ބަދަލުވާ ލޯން ތަކެއް ނޫނޭ އިންޑިއާ ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...