ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅި ދޫކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިއަށް އަރާވަޑައިގެންނެވި ކަމަށް ބެލެވިއްޖެއެވެ.

މަޖިލިހުގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައި ވަނީ، ނަޝީދު އިސްވެ ހުންނަވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ. އެމްޑީޕީގެ ބައެއް މެމްބަރުންނަށް ފައްޔާޒްގެ އިތުބާރު ނެތް އިރު، ދެން ތިއްބެވި މެމްބަރުންނަށް ފައްޔާޒަކީ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާ ކުރައްވާ ވަޒީރެކެވެ.

އެނގިފައިވާ ގޮތުގައި، ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވުމަށް ސޮއި ކުރެއްވީ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނެވެ. އަދި އޭގައި ސޮއި ނުކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންނެވެ.

މި މައްސަލަ މަޖިލިހަށް ވެއްދުމަށް 30 މެމްބަރުން ސޮއި ކުރައްވާފައިވާ އިރު، އޭގެ ތެރޭގައި އަނދުން ހުސެއިން ވެސް ހިމެނިވަޑައިގަންނަވައެވެ.

އެކަމަކު، އަނދުން ހުސެއިންގެ ރާގު ކުއްލި އަކަށް ރޭ ވަނީ ބަދަލުވެފައެވެ.

އަނދުން ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އަޅުގަނޑު އަބަދުވެސް މި ހުރީ ވީހާލެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއެކުގައި ވާން،" ކަމަށެވެ. އެ ޓުވީޓުގައި އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވައެވެ.

ރައީސް ނަޝީދާ މީގެކުރިން ގާތް ގުޅުމެއް ބޭއްވެވި އަނދުން ހުސެއިން ބައެއް މީހުން ބުނެފައި ވަނީ ރައީސް ނަޝީދު ހަލާކުކޮށްލުމުގައި އެންމެ އަރިހުގައި، މާ ގާތް، އިޚުލާސްތެރި މީހަކަށް ވެގެން އުޅުނަސް ހަގީގަތް އެނގޭ ކަމަށެވެ.

"ކުރާނީ އަނިޔާ، ކުރާނީ ޖެއްސުން، ދެނީ ލަނޑު. މުނާފިގުން ވާނީ މުނާފިގުންނަށް،" މޫމިން ހަލީލް ކިޔާ މީހަކު ލިޔެފައިވެއެވެ.

އޭގެ ކުރިން އަނދުން ހުސެއިން ކުރެއްވި ޓުވީޓެއްގައި ވަނީ އދ. އަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ހިތޯބަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މޯދީ

    ތި އަދުން ހުސޭނުއަކީ ވަރަން ނުލަފާ މީހެއް ކާންދޭ އަތުގައި ދަތްއަޅާ ޖާހިލެއް

    30
    1
  2. ސާލިހް

    އަނދުން ބޯކޮށް އަޅުވާ އަންނި ބްލެކްމެއިލްވާ ވަރުގެ އެެއްޗެހި އެެއްކުރެވުނީމާ ސޯލިހް ހަވާލުކުރި މިޝަން ނިމުނީ. އެއްޗެހި ބޭނުން ކޮށްފާނެ ކަމަށް ރާއްޖެ އިންޑިޔާ ލަޝްކަރު އޮތީ ގިޔަރަށް ލާފައޯ

    29
  3. ގލޅ

    އ ޙުސައިން މަރުހާބާ!

    8
    14
  4. ބީއެމްޑަބުލިިއު ބޭބެ

    އަނދުން ކަލޭގެ އަށް ވޯޓު ދިނުން ނިމުނީ

    3
    2
  5. ފަތަރަންޖީ

    ތިޔަގޮލާގާ ތިހިރީ ރަނގަޅަށްވެސް އަނދުން އަޅުވާފާ.

    12
    1
  6. ސަމްސިއްޔާ

    މަޖުލިހުގައި އަވަގުރާނަ ގޮވާމީހުންށް އަހަރުމެން އިހްތިރާމެއް ނުކުރަން.

  7. ރަދީފް

    2 ފުށް ކެހެރި އަނދުން ދަޅު.

  8. ކަތުރުފަނި

    ތިޔައީ މުނާފިގު ކަތުރުފަންޔެއް، ހުރި ކޮންމެ ތަނެއް އެތެރޭން ހަލާކު ކުރާނެ.

    4
    1
  9. ގެރި

    ކަލޯނޭ، އަނދުނާ އެއީ ނަޝީދު ފޮނުވި ފަންޏެއް، އަލްހާނުވެސް ބުރުމާ ކާރިޔަށްފޮނުވިގޮތަށް، އެ މިޝަން ނިމުނީމަ އަބުރާލާނެ! އިލެކްޝަންގެ ޝަރީފްއަށްވީގޮތް ބަލާބަލަ، ކުރިން އެއަށްވުރެ ނުބައި މީހެއްނެތް، އިންޑިޔާގެ ޖާސޫސުން ރިޝްވަތުދީ ވޯޓް އޮޅުވާލި ފަހުން އޭނަޔަކީ ބަތަލެއް! ތިއީ ހައްތާވެސް ގައްދާރުން!

  10. ފާސް54

    ޕާޓީ ބޯއީން ދުރެއް ނުވާނެ. ބީއެމްޑަބްލިއު ޑިކީ އަކީ ކުޑަމިންވަރެއް

  11. ހަބުުުު

    ރައީސް ނަޝީދުވެސް ހުންނެވީ ރައީސް ސޯލިހް
    އާ އެކުކޮބާތޯ މައްސަލައަކީ؟