ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން ކަރަންޓީންވެ ވަޑައިގެންފިއެވެ.

މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، އިނގިރޭސިވިލާތަށް ރައީސް ނަޝީދު ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު، މިއަދު ހެނދުނު މާލެ ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު ހުންނެވީ ކަރަންޓީނުގައެވެ.

ރައީސް ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ. އެ ގައުމަށް އެމަނިކުފާނު މި އަހަރުގެ ތެރޭގައި މީގެ ކުރިން ވަޑައިގެންފައިވެއެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތުން އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު އިނގިރޭސިވިލާތަކީ މިހާރު އެންމެ ހަލުވިކޮށް ކޮވިޑް-19 ފެތުރެމުންދާ އެއްގައުމެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހު އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވުމުން ބައެއް ސަރަހައްދުތައް މިހާރު ވަނީ ފުރަބަންދު ވެސް ކޮށްފައެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލިސް އޮތީ އެއް މަސް ދުވަހުގެ ޗުއްޓީއެއްގައެވެ. މިއަދު މާލެ ވަޑައިގެންނެވިއިރު، އަންނަ އޮކްޓޯބަރު މަހު މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާނެއެވެ.

އިނގިރޭސި ވިލާތުގައި ހުންނެވިއިރު ނަޝީދު ވަނީ އެމަނިކުފާނު ވެސް ހިމެނޭ ގޮތަށް އުފެއްދެވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ތީމެޓިކް އެމްބެސެޑަރުގެ މަގާމާ ހަވާލުވެވަޑައިގެން އެ މަސައްކަތް ވެސް ފަށްޓަވައިފައެވެ. އަދި އިންޓަ ޕެރެސްގެ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތަށް ދުނިޔޭގެ މަޖިލިސްތަކުން ކުރިމަތިލި ގޮތުގެ މައުޟޫއަށް ވާހަކަފުޅު ދައްކަވައިފައެވެ.

އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަހު ވެސް ރާއްޖޭގައި ހުންނަވާ ކުރައްވަމުން ގެންދެވި ސިޔާސީ މަސައްކަތްތައް ރައީސް ނަޝީދު ކުރިއަށް ގެންދެވިއެވެ. މި ގޮތުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މަގާމުން ދުރުކުރުމަށް އެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ގެންދަން އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވިއެވެ.

އަދި އެމްޑީޕީ އިން ސިލްސިލާކޮށް އާންމު ކުރާ "ހަބަރު ސިޓީ" މަޖައްލާއަށް މަޒުމޫނެއް ލިޔުއްވިއެވެ. އެ މަޒުމޫނުގައި ރައީސް ނަޝީދު ލިޔުއްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރަކާ ދެކޮޅަށް މަސައްކަތް ކުރައްވަނީ ރައީސް ކަން ބޭނުންފުޅުވާތީ ނޫން ކަމަށާއި ރާއްޖޭގެ ވެރިކަން ދެން ކުރެއްވުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައިވާއިރު ސިޔާސީ މަސްރަހުގައި ގިނަ ކަންކަން ދަނީ ހިނގަމުންނެވެ. ފައްޔާޒުގެ މައްސަލައިގެ އިތުރުން ކޮވިޑް-19 ގެ ހަރަދުތަކުގެ އޮޑިޓް ރިޕޯޓްތަކުން ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާއިރު ރާއްޖެއަށް އެންމެ ގިނަ ލޯނު އެހީ ދީފައިވާ ވާދަވެރި ދެ ގައުމު ކަމުގައިވާ އިންޑިއާއާއި ޗައިނާއަށް އޮންނަ ގުޅުމާ ގުޅޭ ގޮތުން ވާހަކަތައް ދަނީ ދެކެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ދުވަހަކުވެސް ތިޔަ މަނިކުފާނު ރާއްޖެ ވަޑައިނުގެން ހުންނެވިނަމަ ދިވެހި ރައްޔިތުން ނަށް މާރަނގަޅު ވީސް. ޑިމޮކްރެސީ އެކޭ ކިޔާ ޣައިރު މުސްލިމު ޤައުމުތައް ކުރާކަހާމެއް ކުރަން އުޅެގެން މިހާރު މިކުދި ޖަޒީރާ ރަށްރަށުގެ އެކުވެރިކަމާ އެއްބައިވަންތަ ކަން ގެއްލި ސިޔާސީ ފިކުރުން ލޯބި ވެރި ޢާއިލާތައް ބައި ބައި ވެނިމިއްޖެ. ނަޝީދު ގެ ޑިމޮކްރަސީން ދިވެހި އުއްމަތަށް ވީ އެއްވެސް ފައިދާއެއް ނެތްތާނގައި ދީނާއި ޚިލާފް ރިޕޯޓްތައް ނެރޭނެ ހިތްވަރު ދެވުނުކަހަލަ. ޔާﷲ މިޤައުމުގެ ދީނާއި މިނިވަންކަން ސަލާމަތް ކޮށްދެއްވާންދޭވެ. ކޮވިޑް ގެ ނުރައްކަލުން މިޤައުމާއި މުޅި ދުނިޔެވެސް ސަލާމަތް ކޮށްދެއްވާންދޭވެ އާމީން.

    5
    1
  2. ޓިނު ވަގު

    ތި ކަލޭގެ އަބަދުވެސް ބަހައްޓަންވީ ކަރަންޓީނުގައި...

    22
    1
  3. ބޭބެ

    އައީތަ! ޙާދަ ދެރަޔޭ.. އެކޮޅުގަ މަޑުކޮށްލިނަމަ ކިހާ ރަނގަޅު.

    17
    1
  4. ރައްޔިތުން

    ކިތައް ދުވަހު ހުރެވޭނެބާ..

    17
    1
  5. ޕަބުޖީ

    ކަރަންޓީނަށް މާފުއްޓަށް ގެންދޭ

    17
    1
  6. ޕަބުޖީ

    ކަރަންޓީނަށް މާފުއްޓަށް ގެންދޭ!

    17
    1
  7. 💩

    🏋️‍♂️🤸‍♂️🧘‍♂️🛀🛌🕴🏃‍♂️👨‍🌾👨‍🍳👨‍🔧👨‍🏭👨‍💼👨‍🔬👨‍💻👨‍🎤👨‍🎨👨‍✈️👨‍🚀👨‍🚒👮‍♂️🕵️‍♂️💂‍♂️👷‍♂️👳‍♂️👲🦸‍♂️🦹‍♂️🧙‍♂️🧚‍♂️🧛‍♂️🧟‍♂️🗣

    3
    1
  8. ބެއްޔާ

    މިހާރު ޑިކްޓޭޓަރެއްގެ ސިފަ ޖަހާ! ވަރަށް ޚުދުމުޙުތާރު މީހެއް!

    19
    1
  9. ސާމީ

    ޔޫކޭގަ މަޑުކުރިނަމަ ކިހާ ރަގަޅު

    6
    1
  10. މާމިގިލިފާތުމާ

    ގާސިމް އަށް ބޭނުން އިރަކު ރިސޯޓުން މާމިގިއްޔަށް އާދެވޭ ކޮންތާކުންބާ ހުއްދަދިނީ. ނިހާނު ވެސް އެފަދަ ދުވާލަކު ހަފަހަރު ސަންއައިލެންޑް ގަ މަޖާނަގާފަ މިރަށަށްއާދޭ.

  11. ލޫޓުވާ

    އެޗްޕީއޭއިން ކަރަންޓީނު ނުކުރާގޮތަށް ލިޔުމެއް ދޭންވީނުން. އެއިރުން އެކަން ކުރާކަށް ނުޖެހޭނެނުން.

  12. ޅައިލާ

    13 ަ އަހަރު ކަރަންޓީނު ކުރީމަ ބުރަކަށީގަ ރިއްސާކަމައްބުނެ ފިލައިގެން ގޮނޑިދުއްވަންދިނީ

    4
    1
  13. ކެނެރީ

    ކަރަންޓީން ގަ ބަހައްޓަންވީ ދޫނިދޫގަ

    6
    1
  14. ބޯގޯ

    ނުހުންނާނެ ކަރަންޓީނުގަ ދެރައީ މިފަހަރު އައު ޤަވާދެއް އެކުލަވާނުލެވުނުކަން ނަޝީދުއަންނަންދެން ކަރންޓީނުނުކުރާގޮތައް ހެދުނުނަމަ ހާދަރަޅުވީހޭ.