ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް މޫސުން ގޯސްވެ، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައު ވަނީ ހއ. އަތިޅުން ފެށިގެން އއ، އަތޮޅާއި ދެމެދު ހިމެނޭ ރަށްތަކަށެވެ.

އެ އޮފީހުން މިއަދު ހަވީރު ނެރުނު ސަމާލުގައި ބުނެފައި ވަނީ، މި ސަަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭކަށް ވައިގަދަވާނެ ކަަމަށެވެ.

އަދި މީގެ އިތުރުން، ކަނޑުތައްވެސް ގަދަވާނެ ކަަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 21:00 އަށެވެ.