މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) އާއި ވަޒީފާގެ ޑިއުޓީ ނިންމާފައި އަނބުރާ ރަށަށް ދިއުމުގެ ހައްގު ލިބިދިނުމުގެ އިސްލާހު ފަދަ ބޮޑެތި އިސްލާހުތައް ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ވަޒީފާގެ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުން ދިރާސާކޮށް، އެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ހުށަހެޅުއްވި އިސްލާހުތަކަކާއެކު 55 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރައްވާފައިވާ އެ ބިލް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

ނުވަ ސިނާއަތަކަށް މިނިމަމް ވޭޖް ކަނޑައެޅުން

ދެހާސް އެކާވީސް ވަނަ އަހަރު ނިމުމުގެ ކުރިން ނުވަ ސިނާއަތަކަށް މިނިމަމް ވޭޖް ކަނޑައެޅުން ލާޒިމުވާނެ ހެން ވަޒީފާގެ ގާނޫނުގައި ބަޔާން ކުރާ ގޮތަށް އިސްލާހު ގެނެސްފައިވެއެވެ.

އެ ނުވަ ސިނާއަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތާއި، ޓޫރިޒަމް ސިނާއަތާއި، ކޮންސްޓްރަކްޝަން ސިނާއަތާއި، ދަތުރުފަތުރުގެ ސިނާއަތާއި، ސިއްހީ ހިދުމަތުގެ ދާއިރާއި، ތައުލީމީ ހިދުމަތުގެ ދާއިރާއާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އާއި މެރިޓައިމް ޝިޕިންގެ ސިނާއަތަވެ.

މިނިމަމް ވޭޖަށް ވަކި އަދަދުތަކެއް ދޭން ބިލްގައި ލާޒިމު ކޮށްފައެއް ނުވެއެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު ދީފައި ވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. މިނިސްޓްރީގައި އެ ކަމަށް ލަފާ ދޭނެ ބޯޑެއް އެކުލަވާލަން ވެސް ބިލްގައިވެއެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރު ނެރެން ޖެހޭ މިނިމަމް ވޭޖްގެ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުގެ ކުރިން ވަޒީފާ ދޭ ފަރާތްތަކުން އަމަލު ކުރަން ވާނެ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މިނިސްޓަރަށް ލަފާ ދޭން އެކުލަވާލާ ބޯޑުގައި 11 މެންބަރުން ތިބެން ޖެހެއެވެ. ބޯޑުގެ ޗެއާޕާސަންގެ ގޮތުގައި އިންނަވަނީ، އިކޮނޮމިކް މިިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ. އަދި އެ ބޯޑުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފަރާތެއް ވެސް އިންނަވާނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތާއި ކޮންސްޓްރަކްޝަން ސިނާއަތާއި، އަންހެން ވިޔަފާރިވެރިންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ސިނާއަތް ތަމްސީލު ކުރާ ޖަމިއްޔާތަކުގެ ފަރާތުން ހުށަހަޅާ ހަތަރު މެމްބަރުން ހިމެނެން ޖެހެއެވެ. އަދި މަސައްކަތްރީންގެ ޖަމިއްޔާތަކުން ހުށަހަޅާ ފަސް މެންބަރަކު ހިމެނެއެވެ.

މިނިމަމް ވޭޖަށް ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މިނިސްޓަރު މުރާޖައާ ކުރައްވަން ޖެހޭނެއެވެ. އަދި މިނިމަމް ވޭޖްގެ އަދަދު ރިވިއު ކުރަން ބޯޑަށް ފެންނަނަމަ މިނިސްޓަރަށް ލަފާ ދެވޭނެއެވެ. އަދި ގައުމަށް ދިމާވާ މައްސަލައަކާ ގުޅިގެން ދެ އަހަރު ނުވަނީސް ވެސް މިނިސްޓަރަށް އެ އަދަދު ރިވިއު ކުރެވޭނެއެވެ.

ފަސް އަހަރު ފަހުން އިސް ވަޒީފާތަކުގެ 60 ޕަސެންޓް ދިވެހިންނަށް

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ބިލްގައިވާ ގޮތުން 50 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކާއި ތަންތަނުގެ ސީނިއާ މެނޭޖްމަންޓްގެ އެންމެ އިސްވެރިޔަކަށް ދިވެއްސަކު ހުންނަން ޖެހެއެވެ. އަދި ސީނިއާ މެނޭޖްމަންޓްގެ 60 ޕަސެންޓް ހާއްސަ ކުރަން ޖެހޭނީ ދިވެހިންނަށެވެ.

އެކަމަކު ގާނޫނުގެ އެ މާއްދާއަށް އަމަލު ކުރާނީ ގާނޫނު ތަސްދީގުކޮށް އަމަލު ކުރާތާ ފަސް އަހަރުގެ މުއްދަތެއް ހަމަމުންނެވެ. މިއަދު ގާނޫނު ތަސްދީގުކުރިއިރު، އެ މާއްދާއަސް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ފަސް އަހަރުގެ މުއްދަތެއް ހަމަވާ ތާރީހަށެވެ.

ޑިއުޓީ ނިންމާފައި ރަށަށް ދިއުމުގެ ހައްގު

ވަޒީފާގެ ގާނޫނަށް ގެނައި މި އިސްލާހުގައި ވަނީ ވަޒީފާ އަދާކޮށް ނިމި ވަޒީފާ އަދާ ކުރާ ތަނުން ދިއުމަށާއި އަނބުރާ ވަޒީފާއަށް އައުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެ ތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭނެ ކަމަށެވެ.

އުޅަނދެއް ބޭނުންވާނަމަ ވަޒީފާ ދީފައިވާ ފަރާތުން އެ ކަމެއް މުވައްޒަފަށް ހަމައްޖައްސައިދީ އެއްބާރުލުން ދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ. ވަޒީފާ ގަޑި ނިމުމުން ވަޒީފާ އަދާ ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ލިބިގެންވާ ކަމަށް އެ މާއްދާގައި ބުނެއެވެ.

އެކަމަކު، ވަޒީފާ އަދާ ކުރާ ތަނާއި ދުރު ރަށްރަށުގެ މީހުން އަމަލު ކުރާނެ ގޮތަކާއި ދަތުރުފަތުރު ކަންކަން ހަމަޖެއްސުމުގެ ބައި ތަފުސީލު ވެފައި ނެތުމުން ގިނަ ސުވާލުތަކެއް އުފެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދިރާސާ

    ދެން އަންނަ ވެރިކަމެއް އިނދަ ޖައްސާލުމަށްޓަކާ ދުރާލާ ރާވައިގެން ޖަހާމަޅިތަކެކެވެ ތިމަޅީގައި ތިމާ އަމިއްލައަށް
    ބެދޭތަންވެސް އައުން އެބައޮތެވެ.

    32
    2
  2. ގުބޯ ސަރުކާރު

    ވަރަށް ހެއްވާ
    މިނިމަމް ވޭޖަށް ވަކި އަދަދުތަކެއް ދޭން ބިލްގައި ލާޒިމު ކޮށްފައެއް ނުވެއެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގެ ބާރު ދީފައި ވަނީ އިކޮނޮމިކް މިނިސްޓަރަށެވެ.

    މިނިމަމް ވޭޖަށް ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މިނިސްޓަރު މުރާޖައާ ކުރައްވަން ޖެހޭނެއެވެ

    މިނިމަމް ވޭޖްގެ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުގެ ކުރިން ވަޒީފާ ދޭ ފަރާތްތަކުން އަމަލު ކުރަން ވާނެ ކަމަށެވެ

    މިވަރަށް ގޮބޯ ހެއްދޭނީ

    40
    4
  3. އާއްމު މީހާ

    "ސަލާމް ބުނުގެ މާއްދާއަށް އަމަލު ކުރެވޭނީ 5 އަހަރު ފަހުންނެވެ." މިހެން ނެތުމުން ވަރަށް ދެރަވޭ.

    31
    3
  4. ބޭކާރޭ

    ދުނިޔޭގެ ހަމަތައް ބުނާ ގޮތުން ކާރގޯ އިންޝުއަރ ކުރެވޭނީ އެ ކާރގޯ އުފުލާ އުޅަނދަކީ އެފަދަ ކާރގޯ އުފުލުމަށް ޓަކައި އިންޝުއަރ ކޮށްފައިވާ އުޅަނދަކަށް ވާނަމައޭ ފެނަކައިން ތިލަދުންމައްޗަށް ކޮޅު ވެއްޓިއެއްގައި އެތައް ސަތޭކަ މިލިއަން ރުފިޔާގެ މުދާ އެންމެ ކޮޅު ވެއްޓިއެއްގައި ގެންދިޔައިރު އެ ކޮޅު ވެއްޓިއަށް މުދާއަރުވާ ނިންމުމަށް ފަހު ހުރިހާ މުދަލުގެ ވެލިއު އާއި އުޅަނދުގެ ވެލިއު ބަލާ އިންޝުއަރ ކޮށްފައި ނެތޭ އުޅަނދު އިންޝުއަރ ނުކުރާނަމަ މުދާ އިންޝުއަރ ކުރުން އެއީ ބޭކާރު ކަމެކޭ ބޭކާރު ކަމެކޭ ބޭކާރު ކަމެކޭ...

    19
    2
  5. ނުރަައްކަލޭ

    ފެނަކައިގެ މުދަލަކީ އެއީ ރައްޔިތުންގެ މުދަލޭ އެމުދާ މާލޭން ނަގާ އުޅަނދަކަށްލާ ރާއްޖެތެރޭ ރަށްރަށަށް ފޮނުވަން އެލާ އުޅަނދު ވާން ޖެހޭނީ ވަރަށް ސްޓޭންޑަރޑް ހިފަހައްޓާ އަދި އޭގެ ކައްޕިން ނަކީ ޒިންމާދާރު އަދި ކޮލިޓީ މީހުންނަށް ވާން ޖެހޭނެއޭ އަދި ކޮޅުވެއްޓިއަކީ އެއީ އިންޝުއަރ ކޮށްފައިވާ އުޅަނދަކަށް ވާން ޖެހޭނެއޭ އުޅަނދަށް މުދާލާ މާލޭން ފުރުވާލިއިރު މުދާ އުފުލައިގެން ދާ ގޮތުގެ މެތަޑް ސްޓޭޓްމެންޓެއް ނެތޭ ފެނަކައިން އެޕްރޫވް ކޮށްފައި މުދަލަށް ގެއްލުން ލިބޭނެއޭ ލިބޭނެއޭ ލިބޭނެއޭ...

    11
    1
  6. Anonymous

    ހުންނަ މަކަރު ވެރިކަން ބަލާބަލަ. ކިބުލަކީ މަކަރު ވެރި އެއްޗެކޭ ބުނަނީ އެހެންވެ.
    ބުނީތީ ވައުދު ފުއްދާބައެއް ތީ. ހަމަ ނަނާ ހުވަފެން

    22
    2
  7. ޓާޓާ

    ކޮންމެ މާއްދާއަކަށް ވެސް ޢަމަލުކުރަން ފަށާނީ ފަސްއަހަރު ފަހުންކަމަށް އެބުނަނީ އޭރުން މިފަސްއަހަރުގެ ވަޢުދު ފުދުނީތޯ ކުޑަކުދިން ކާރީދައްކާ ކަހަލަވާހަކަ މީކޮންބައެއް ދިވެހިރައްޔިތުން ދެނެއް ނެހެއްދޭނެ

    24
  8. ޢަދުރޭ

    ..އެމްޑީޕީން ރައްޔިތުންނަށް މި ހަދަނީ ކުރީ ޒަމާނުގައި ރަން ޕްލެޓްކޮށްފައި ހުންނަ ރޯލް ގޯލް ފަށް ހިފައިގެން އައިސް ގޭގެއަށް ވަދެ ރަން ފަށޭ ކިއާފައި ވިއްކި މީހުން ހަދާހެން. ރައްޔިތުންނަށް ވަޢުދުތަކުގެ ސިފައިގާ ވިއްކިއެއްޗެއް ނޫން މި ލިބެނީކީ . ބޯ ހިޔާވަހިކަން، ޢަދުލު އިންސާފު . މިނިމަމް ވޭޖް . މީން އެއްކަމެއްވެސް ރައްޔިތުން އުއްމީދު ކުރިގޮތަކަށް ޙާޞިލެއް ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު\ނުވި. ރޯލް ގޯލް އާއި ރަނާ ހުރި ތަފާތު މިހާރު ރައްޔިތުންނަށް އެބަ އެނގޭ. އޮޅުވާނުލައްވާ، މިއަށް ކިއަންޖެހޭނީ ލިމިޓެޑް މިނިމަމް ވޭޖް . ސަބަބަކީ މިނިމަމް ވޭޖް އޭ ބުނެވޭ ބަހުގެ މުރާދަކީ މަސައްކަތެއް ކުރުވާފައި ކުޑަވެގެން އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ . ވަކި މަސައްކަތް ތަކެއް ކުރުވާފައި ދެވޭ އުންމެ ކުޑައުޖޫރަޔަށް މިނިމަމް ވޭޖް ކިއަންޔާ ކިއަންޖެހޭނީ ލިމިޓެޑް ނުވަތަ ވަކި މަސައްކަތްތަކަކަށް ކަނޑައެޅިފައިވާ މިނިމަމް ވޭޖް.

  9. ސަންގޯރު ހާޖީ

    ތިއޮތީ ސަތޭކަދުަހުގެ ވަޢުދު ފުދި އިތުރުވެސްވެފައެވެ. މިނިމަމްވޭޖް ދަށްވެގެން 10000 ރުފިޔާ އޮތުން އެއީ 100 ދުވަހުގެ ވަޢުދެކެވެ. ކޮންމެ ތަނެއްގެ ރިސޯޓެއްގެ މުވައްޒަފެއްވިޔަސް ( ހއ ރިސޯޓެ އްގައި އުޅޭ ސ ގެ މުވައްޒަފެއްނަމަވެސް) ކޮންެދުވހަކު ވަީފާ ނިންމާފަ ރަށަށް ދެވޭނެގޮތްހެދުން އެއީ 100 ދުވަހުގެ ވަޢުދެކެވެ. މިއޮތީ ރަގަޅަށް ވަޢުދުފުއްދާ މީހުންގެ ބޮލުގަ ތެތްގޯނި އަޅުވާފައެވެ. ދެއަތްތިލަ ފަޅައިގެންދާވަރަށް އަތްޖަހަންވީއެވެ.

  10. ޙަސަން

    އަބަދު ތިގޮތަށް ކިޔާލަކިޔާލައި ތިޭށެވެ. ދުވަހަކު އަމަލީ ގޮތުން ތިކަމެއް ނުފެނެއެވެ.

  11. ތާކިހާ

    ދިވެހިބަހުގައި އާ މިސާލުބަހެއް އުފަންވީ. " ދަމާ ރުއްސަން ފާސްކުރި ވަޢުދު ވޭޖުބިލް" އަމާބުނީތީ ފަރަށްދާހެން.