ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލު ހުށަހަޅުއްވާފައިވާ މައިގަނޑު މަޤްޞަދަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނު ތަންފީޛުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށާއި، އެ ޤާނޫނުގައި އިތުރަށް ކަނޑައަޅަންޖެހޭ އިޖުރާޢަތްތައް ކަނޑައެޅުއްވުމެވެ.

މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްކުރީ މަޖިލީހުގެ ޖަލްސާގައި 59 މެންބަރުންގެ އިއްތިފާގުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތަކަކީ:

 • މީހުން މެރުމުގެ ކުށް؛
 • އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛
 • ޓެރަރިޒަމްގެ ކުށް؛
 • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
 • މީހުން ޓްރެފިކްކުރުމުގެ ކުށް؛
 • މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
 • ވައްކަން، ޓެކުން، ހިޔާނަތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް؛
 • ކޮރަޕްޝަންގެ ކުށް؛
 • ގޭންގު ކުށް؛
 • މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުން؛
 • ދައުލަތުގެ އިސްތިގުލާލާއި މިނިވަންކަމަށް ގެއްލުންވާ އަމަލު ހިންގުން.

މި ބިލްގައި ވަނީ މުހިންމު އިޞްލާޙުތަކެއް ގެނެސް ޤާނޫނުގެ ބައެއް މާއްދާތަކަށް އަކުރުތައް އިތުރުކޮށްފައެވެ. އެގޮތުން "ޖިނާޢީ ބޮޑު ކުށެއް" ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރެއަށް ރޭޕްކުރުމުގެ ކުށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް؛ އަދި ޓެކްސް ނެގުމާއިބެހޭ އިދާރީ ޤާނޫނުގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން 500,000 (ފަސް ލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށްތައް އިތުރުކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ފައިރޫޒް

  މީގެ އެއްވެސް ކުށަކަށް ދީނުގައި އޮންނަ ގޮތަށް ހުކުމް ކުރާ ދުވަހެއް ނާދޭ. އެހެންވެ އެފަދަ ކުއްތައް ތަކުރާރު ވަނީވެސް

  11
  3
  • ކޮސްރޫޒު

   ދީނުގައި އޮންނަނީ ކޮން އަދަބެއް؟ އެއަދަބު ދިން ގައުމަކު އަލަކުން އެކަމެއް ނުހިނގާތަ؟

   1
   2
 2. ސާބިތު

  ކޮބާ ރޯޔަލް ރޭޕް ކުރި މީހުން މި އަލަން ތަސްދީޤު ކުރި ޤާނޫންގެ ދަށުން ރޯޔަލް ރޭޕް ކުރި މީހުނަން އެއްމެ ހަރުކަށި އަދަބު ދުނުމަށް ގޮވާލަން

 3. ޑައެލޯގް

  ތިގޮތަށް ސިގިރޭޓް ބުއިންމަނާ ޤާނޫނުވެސް ތަސްދީދުކުރި އެކަމު މަނާ ބޯޑުދަށުގައި މިނިސްޓަރު އަސްލަމް ބޯންއިންދާ މަދުށީމު މިއަހަރު. ދެން ތިވެސް ތަސްދީދުވެނިމުނީ ތަންފީޒުނުވާނީ. ކޮބާ ސަފާރީ ރޭޕްކޭސް ހޯރައިއްބެ

 4. ދިވެހިމީހާ

  ތިބުނިކަންތައް ހަމަ ކުރާވަރަށް ކުރާނެ. ބަލަންތިބޭތި