26 މީހުންނާއެކު ދަތުރު ކުރަމުންދިޔަ "ކައްޅި"ލޯންޗް ފަރަށް އަރައިފިއެވެ.

އެމްޓީސީސީގެ މި ލޯންޗް އަރާފައި ވަނީ ކ.ކޮށްދިއްޕަރު ކައިރީ އޮތް ފަރަކަށެެވެ. މި ލޯންޗް ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 18:48 ހާއިރު ކަަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ލޯންޗް ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ދަނީ މިހާރު ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، މިހާރު ލޯންޗުގައި ތިބި މީހުން ތިބީ އެތާ ކައިރީ އޮތް ތުނޑިއަކަށް އަރައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި އެ ލޯންޗް ފަރަށް އެރިއިރު އޭގައި ދެ އަންހެނުން ތިބި ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ...