މެޑިކަލް ސެޓްފިކެޓު ނެތި ދެން ސަލާމް ބުނެވޭނީ 15 ދުވަހަށް ކަމަށް ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ވަޒީފާގެ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ މިއަދު އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާައިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި އެ ބިލް މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ.

އެ އިސްލާހުގައި ސަލާމުގު ސެޓްފިކެޓު ނެތި ދެން ސަލާމް ބުނެވޭނީ 15 ދުވަހަށް ކަމަށް ކަނޑައަޅާފައި ވެއެވެ.

ވަޒީފާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން މެޑިކަލް ސެޓްފިކެޓް ފަދަ ޑޮކްޓަރުންގެ ލިޔެކިއުން ނެތި ސަލާމުގެ ޗުއްޓީ ނެގޭ ދިގު މުއްދަތަކީ އަހަރަކު 30 ދުވަހެވެ. ލިޔެކިއުން ނެތި ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތެއް ލާޒިމެއް ވެސް ނޫނެވެ.

މަޖިލީހުން ވަނީ އެ މުއްދަތު 15 ދުވަހަށް ކުޑަ ކުރާ ގޮތަށް ވަޒީފާގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. ބިލް ތަސްދީގުކޮށް ގާނޫނަކަށްވުމުން ދެން ސަލާމް ބުނެވޭނީ އަހަރަކު 15 ދުވަހަށެވެ. އަދި ވިދިވިދިގެން ދެ ދުވަހު ސަލާން ބުނާނަމަ ޑޮކްޓަރުގެ ލިޔުން ހޯދަން ޖެހޭ ގޮތަށް ހެދޭނެއެވެ.

އެންމެ ފުރަތަމަ މަޖިލީހަށް ބިލު ގެނައި އިރު ޑޮކްޓަރުގެ ލިޔެކިޔުން ނެތި އެންމެ ދުވަހަކު ވެސް ވަޒީފާއަށް ސަލާން ނުބުނެވޭ ގޮޮތަށް އޮތެވެ. އެކަމަކު އަމާޒުވި ފާޑުކިއުންތަކާ ގުޅިގެން 15 ދުވަހު ދެވޭ ގޮތަށް ބިލް ބަދަލު ކުރީއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މިތުރު

    ނިކަމެތި ދަށްމުސާރަލިބޭ މީހުންނަށް ކުޅިދައްކާލަނީތި. އެމްސީހޯދަން އަނެއްކާ އަނެއް ޚަރަދު. ވެރިން ނުނުކުތަސް ވާކަމެއްނެތް. 30 ދުވަހުވެސް އެމްސީ ހުށަހަޅާ ގޮތަށް ހަދާލިނަމަ މުވައްޒަފުންނަށް ތަންކޮޅެއްފަސޭހަވާނެ. މުވައްޒަފަށް ސަރުކާރުން ކޮށްދޭންޖެހޭ ކަމެއްނުކޮށްދޭ. މުސާރައިގެ ކުރިއެރުން ހައްގުވާ މަގާމުގެ ކުރިއެރުން ނުދީ ހިފަހައްޓާފަ. ފެއިލްސަރުކާރެއް.

    76
    3
  2. ނ

    ކޮބައިތަ އިބޫ އަށް ބައިއަތު ހިފި އިސްކަންދަރު ޓީޗަރުން
    ޥައުދު ފުޅު ފުއްދަމުން އެދަނީ

    73
    1
    • އިސްކަންދަރުޓީޗަރސް

      އަހަރެމެންގެ އެއްވެސް މައްސަލައެއް ނެތް، އަދިވެސް ތާއީދުކުރަނީ ރައީސް ސޯލިހަށް.. އޭރު ވެސް މިހާރުވެސް ތާއީދު ނުކޮށް ހުރިހާކަމެއް އެކޮޅުކޮޅުން ފެނިގެން އުޅެނީ ކަލޭމެންނަށް.. އަހަރެމެންނަކަށް އޮޅިގެންނެއް ނޫޅެން ޓޫރިސްޓުން ދޭ ޑޮލަރުކޮޅަށް އެކަނި އިޤްތިސޯދު ބިނާވެފަ އޮތްތަނެއްގަ ކޮވިޑް ފަދަ ވަބާއެއްގެ ސަބަބުން ޓޫރިޒަމްހުއްޓީ ޑޮލަރުގެ ޑިމާންޑްބޮޑު އިޤްތިސާދަށް ލޮޅުން އަރާނެކަން.. ކޮންމެ މީހަކު ހުރިނަމަވެސް އެކަންވާނި އެގޮތަށް.. ޤާނޫނަށް ގެނައި އިސްލާހުވެސް ރަނގަޅު ވަޒީފާއަށް ކެރަވަޅު ޖައްސާ ނުހައްޤު މުސާރަ ނަގާ މީހުން ހުއްޓުވަން އެބަޖެހޭ..

      1
      8
  3. ޓ

    ސިވިލް ސާރވަންޓުންދެ އެމްޑީޕީން އަބަދުވެސް ރުޅި އަރާ
    ޥޯޓް އިން ތިޔަކަން ދައްކާލަންވާނެ....ސިޔާސީ މަގާމުގައި އުޅޭ މީހުން ބޭނުންވަރަކަށް ސަލާން ބުނޭ

    68
    1
  4. ޝަފީން.

    މިއީ ކަމެއް ނުވާތާގަ ރައްޔިތުންނައް އަދިވެސަ ޖެއްސުން ކުރެވޭތޮ އުޅޭ ސަރުކާރެއް.. ކަލޭމެން ކަންކަމުގެ ދިރާސާ ރިޕޯޓުތަކާއި ހޯދުންތައް ނުކިޔަމުދޯ.. ކިތައް ހޯދުމުންތަ އެދައްކަނީ ވޯކް ރިލޭޓެޑް ސުޓުރެސްގެ ސަބަބުން ގެއްލޭ ޕުރޮޑަކްޓިވިޓީގެވާހަކައާއި މުއައްޒަފުންނައް ރެސްޓު ނުލުބޭވާހަަކަ..

    62
    2
  5. ކޮރަކަލި

    ފެންކޮޅެއްވެސްނުލާ އެދި ރުވާލީ މަގޭ 15 ދުވަސް

    44
    2
  6. Anonymous

    ތި ބަކަރި ކޮށީގެ ސަބަބުން ރައްޔިތުންނަށް ވަނީ އިތުރު ގެއްލުމަކާއި ތަކްލީފަކާއި ވޭނެ.

    47
    4
  7. މިއަދު

    ރައިސްސާލިހު ތިކުޅުއްވަނީ ރަޢިއްޔަތުންގެ ވޯޓާ އިންޝާﷲ 2023 ގައި ރީތިގޮތަށް ތިކުޅި ކުޅެލަދޭންމިތިބީ ތައްޔާރުގައި

    50
    3
  8. ޢަދުރޭ

    އެމްޑީޕީން ރައްޔިތުންނަށް މި ހަދަނީ ކުރީ ޒަމާނުގައި ރަން ޕްލެޓްކޮށްފައި ހުންނަ ރޯލް ގޯލް ފަށް ހިފައިގެން އައިސް ގޭގެއަށް ވަދެ ރަން ފަށޭ ކިއާފައި ވިއްކި މީހުން ހަދާހެން. ރައްޔިތުންނަށް ވަޢުދުތަކުގެ ސިފައިގާ ވިއްކި އެއްޗެއް ނޫން މި ލިބެނީކީ . ބޯ ހިޔާވަހިކަން، ޢަދުލު އިންސާފު . މިނިމަމް ވޭޖް . މީން އެއްކަމެއްވެސް ރައްޔިތުން އުއްމީދު ކުރިގޮތަކަށް ޙާޞިލެއް ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު\ނުވި. ރޯލް ގޯލް އާއި ރަނާ ހުރި ތަފާތު މިހާރު ރައްޔިތުންނަށް އެބަ އެނގޭ. އޮޅުވާނުލައްވާ

    22
    2
  9. Happy

    😞

    4
    7
  10. Happy

    މި ސަރުކާރުގެ ވަގުތު ހަމަޥީ ...15 ސަލާމް....2023 މަވާސަލާމް...😡

    29
    3
  11. ދެލޯ

    ގައިޟު ޗުއްޓީއޭ ބަނޑެކޭ ކިޔާފަ ދަތި ދޯ މިކުރީ

  12. Anonymous

    އަޅުގަނޑުމެނަށް ވ. ސާފް.
    މިޖައްސާ ގޭމްތައް. ބަލަ ސަލާމްބުނަނީ ކަމެއްނެތި ތޯ. ކޮބާތަ ވަޢްދު ފުނި. ތި ސަލާމް ތަކަށްވުރެ ވިހައިގެން ތިޔަދޭ ޗުއްޓީ ދީފައި ބަދަލު ގައި ދެމީހުންނަށް މުސާރަ އެބަދޭންޖެހޭ.
    ސަލާމް ބުނެފަޔާއި ނުބުނެ ނިދަން ތިބޭ މީހުން މަނިކުފާނަށް އެނގިވަޑައި ނުގަންނަވަނީ. ނޫނީ އެނގިވަޑައި ގަންނަވާ ކަމަށްވެސް ނަހައްދަވަނީ. މަނިކުފާނުގެ އުޑެއްބުޑެއް ނޭނގޭ ހަމައިގާ ތިބެންނުޖެހޭ ކުދިންކޮޅު ތިޔަހުރިހާ ސަކަރާތެއް ޖަހަނީ. ސޮއިކުރަން ފޮތް ހިފައިގެން ދިއައީމަ ތަންމަތީގައި އޮވެފައި ސޮއިކުރަނީ ކިތައް ރަށުގެ ކިތައް ކައުންސިލަރުންތޯ. މަޤާމުދީފައި ޕާޓޭންނަށް. ކިޔަވައިގެން ތިބިމީހުން މިސަރުކާރަށް ކަމަކުނުދޭ

  13. އާދަމުގެދަރި

    އެޖެންޑާ 19 ގެ ދަށުން އައި 19 ވައުދުގެ ތެރެއިން 15 ވައުދު ފުއްދައިފި. ދެން އޮތީ ބާކީ 4 ވައުދު.

  14. މޯދީ

    މި ޤަވައިދުގެ ދަށުން ވަކަރު ކުދީން ހިމެނޭތޯ މީ އޮޅުން ިލުވާލަން ބޭނުންވާ ސުވާލަކީ

  15. ހަނީފް

    މުސްކުޅި އެލަވަންސޭ ކިޔާފަ ބޮޑެތި މަހުޖަނުންނަށް 5000ރ އެވެ. އެކަމަކު ސަރުކާރުގައި 25 30 އަހަރު އުޅޭ އެޑްމިން އޮފިސަރުންނަށް އެންމެ 6000ރ ގެއަށް ގެންދަން ނުލިބެއެވެ. ބޭކާރު ޚަރަދުތައް ކުރަމުންދާއިރު މިދެންނެވި މުވައްޒަފުން އަނބިދަރިން ގޮވައިގެން އުޅެންޖެހޭނެކަން ދަންނަ ސަރުކާރެއް ނާދެއެވެ. އަނބިދަރިން ގޮވައިގެން ދިރިއުޅޭނޭ ކޮޓަރިގަނޑެއް ނޭޅި އިދާރީ މުވައްޒަފު މީހާގެ މުސްކުޅިވެ ގައިބާރު ދެރަވެގެން ދެއެވެ. މުޅި އުމުރުން އެއްވެފައިހުރި ޕެންޝަން ފައިސާކޮޅުން ބައެއްވެސް އެންމެ ދަތިވާ ދުވަހު ލިބޭގޮތެއް ނުވެއެވެ. އެކަމަށްވެސް ސަރުކާރާ މެންބަރުން ހަދަނީ ދެކޮޅެވެ. ދަތިބޮޑުވެގެން ރަށްޓެހިންނާ ދަންނަމީހުންއަތުން ދަރަންޏަށް ފައިސާނަގައި އެ ނުދެއްކިގެން އުޅޭއިރުވެސް ޕެންޝަން ފަނޑުގައި އަމިއްލަ 400000 (ހަތަރުލައްކަ ރުފިޔާ) ޖަމާވެފައި އެބަހުއްޓެވެ. އެކަމަކު މީހާ މިޖެހެނީ މުވައްޒަފަށްވުރެ މަދުން ފައިސާހުރި މީހާއަށް ދަރާވިކިގެން އުޅޭށެވެ. ނަރުހުންނަށް ޑިގުރީއެއް ނެތަސް ބައެއް ފަހަރަށް 17000 ރ ޖެހޭކަމަށް ވެއެވެ. އިދާރީ އެޑްމިިން މީހަކަށް ﷲިގުރީ އޮތަސް ގެއަށް ގެންދަން ލިބެނީ 6000 ރ އެވެ. ޓީޗަރަކަށްވެސް އެހާކަށްވަރަށް ލިބެއެވެ. އެކަމަކު އެއްވެސް ބޮޑަކަށް އެމީހުންނަށް ދަތިނުވެ އުޅެވޭތީ މި އާދައިގެ މުވައްޒަފުންނާ ދޭތެރޭ ވިސްނާލެވޭތަނެއް ނާދެއެވެ. ޔާމިނުވެސް 5 އަހަރު ނިމުނު އިރު އިދާރީ މުވައްޒަފަކަށް ބޮޑުކޮށްލަ ދިނީ އެންމެ 700ރ އެވެ. މިހާތަނަށް އެންމެ ރަގަލަށް މުސާރައިގެ ހަމހަމަކަން ގެންގުޅުއްވީ ރައިސް މައުމޫނެވެ. އެއީ ސެޓްފިކެޓަށާއި ދިގުމުއްދަތަށާއި ޕެންޝަނަށް ވާ ބައިވެސް ލިބި އިތުރު ގަޑީގެ ފައިސާވެސް އޭރުގެ ނިސްބަތުން ދަތިކަމެއްނެތި ލިބޭތީއެވެ. މިހާރު ލިބޭ އެތިކޮޅު ކުޑަވެ ސަލާމުންވެސް ބައެއް އަތުލީއެވެ.

  16. އަސްމާ

    ކޯބާ ވަކަރުގޭ ކުދިން އިސްތިސްނާ ވޭތަ ހުރިހާ ދެރައެއް ސިވިލް ސާރވަންޓުމްނަށް

  17. ރަކިވެގެ

    ތިޔަކުރާ ޖެއްސުމުގެ ބަދަލު ފިސާރިހިތިކޮށް 2023ގަ ފެނިގެންދާނެ. ބޮޑުމުސާރަ ދީފަ ރައްޔިތުން ތިޔަ މެމްބަރުން
    ތިޔަގޮޑިތަކައް ހޮވާދިނީ ނިކަމެތި ރައްޔިތުންނައް ތިކަހަލ ބަލާ ޖައްސާކަށްނޫން ކަން އަންގާދޭނެދުވަސް އޮތީދުރަކުނޫންް
    ވައުދުތައް ކޯދުލާއޮހޭތަން ދިވެހިރައްޔިތުންނައް އަދި ވަކިން ހާއްސަކޮށް އެމްޑީޕީ ވެރިކަމައް ވޯޓުދިން ރައްޔިތުންނައް ނުފެނޭތޯ؟ ވައްކަމާ ދެކޮޅައް ތެދުވެ ދުއްވާގަންލެއް ބާރުކަމުން ރޯމާދުވާލު ފާޅުގަވެސް އޮޅިއޮޅިފަވެސް ކުރެވެނީވައްކަން. ހައްގުވާ މިންވަރުވާރޭވެހޭހެން ރައްޔިތުން ބޮލައްފައިބަނީ. .

  18. ކަމަނަ

    ތިވިދާޅުވާ ޤާނޫނުގައި ނެއްތޯ އިތުރުގަޑީގައި މަސައްކަތްކުރުވާ މުވައްޒަފުންނަށް އިތުރުގަޑީގެ އެލަވަންސް ދޭންޖެހޭ ގޮތުގެ ވާހަކައެއް.

  19. ފިނދުމަސްގަނޑު

    ފިއްތާ ސަރުކާރު ސިވިލް ސާރވިސްމުވައްޒަފުންގެ ހައްގުތަކަށް ތިއަރައިގަންނަނީ