މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓް ދިން މީހުންގެ ލިސްޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ލިސްޓަކީ ކަމުގެ ހަޤީގަތް އޮޅުވާލުމަށްޓަކައި ބަޔަކު ތައްޔާރުކޮށްގެން އުޅޭ ލިސްޓެއްކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، އެ ލިސްޓަކީ ކަނޑައެޅިގެން ހަދާފައި އޮތް، ޓޯޓަލް ފެބްރިކޭޓެޑް ލިސްޓެއް ކަމަށެވެ.
" ލީކުވީކަމަށްބުނެ ދައުރުކުރަމުންދަނީ، ބަޔަކު އަމިއްލައަށް ހަދައިގެން ސަރުކާރު ބަދުނާމު ކުރުމަށްޓަކައި، އަމިއްލައަށް ހަދައިގެން ގެންގުޅޭ ލިސްޓެއް" ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓް ދިން މީހުންގެ ލިސްޓެއް ލީކުވެފައި ނުވާ ކަމަށާއި، ލީކުވީކަމަށް ބުނެ ފަތުރަމުންދާ ލިސްޓަކީ، ހައުސިންގ މިނިސްޓްރީގެ އެއްވެސް ތާކު، އެއްވެސް ސިފައެއްގައި އަދި އެއްވެސް މިންވަރަކުން އޮތް ލިސްޓެއް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މިނިސްޓްރީގެ ތެރެއިން އާންމުވި ލިސްޓެއް ކަމަށްބުނެ ލިސްޓެއް އާންމުކުރި ފަރާތްތަކުން އެބުނާ ކަހަލަ ޣައިރު ޒިންމާދާރު ގޮތަކަށް، މީހުންނަށް އޮޅުވާލައިގެން މީހުންގެ ހައްޤުތަކަށް މި ސަރުކާރުން އަރައި ނުގަންނާނެ ކަމަށެވެ.
ބަޣާވާތްކޮށްގެން ވެރިކަން ވައްޓާލެވޭ ގޮތް ނުވެ ގޮތް ހުސްވުމުން ސަރުކާރުގެ ގެދޮރުވެރި ކަމުގެ މަޝްރޫއާ ބެހޭ ގޮތުން، އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަ ފަތުރަމުންދާ ކަމަށް މީގެ ކުރިން މިނިސްޓަރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ވިދާޅުވެފައިވެއެވެ.
ފްލެޓް ލިބުނު މީހުންގެ ލިސްޓު ކަމަށްބުނެ ދައުރުކުރަމުންދިޔަ ލިސްޓުގައި ފްލެޓް ލިބުނު މީހުންގެ ނަމާއި އައިޑީ ކާޑު ނަމްބަރާއި ލިބުނު ޕޮއިންޓްގެ އަދަދުވެސް ހިމަނާފައިވާއިރު، އެ ލިސްޓުގައިވާގޮތުން މާކްސް ލިބުނު ގޮތަށް ބަލައި ޝަރުތު ހަމަ ނުވާ 261 މީހަކަށްފްލެޓް ދީފައިވެއެވެ.
މިކަހަލަ ވިޔާނުދާ ކަންތައް ކުރީމަ ކަޑަ އީ. އެހެން ކަންކަން ޕާފެކްޓް
100 ޕޮއިންޓަށްވުރެ މަތިން ލިބުނީ ނުކުޅުދެންތެރިކަން ހުންނަ ބޭފުޅުންނަށްވާނީ މިކެޓަގަރީއަށް ދޫކުރެއްވިކަމަށް އެއިރު ވިދާޅުވީ 161 ފުލެޓް އަދި 580 އަށްވުރެ ގިނަ ނުކުޅުދުންތެރިކަން ހުރި ބޭފުޅުން ހުށަހެޅިކަމަށްވާނަމަ ކިހިނެއް އެހުރިހާ މީހުންބަށް 704 ފުލެޓް އަޅެފަހެ ދޭނީ.
.ބަޣާވާތް ކޮށްގެން ވެރިކަމެއް ވަށްޓާލައި ވެރިކަމަށް އައިބަޔަކުވެސް .ގޮވަމުން ގެންދާނީ ހަމަ ގުދޯ ގުދޯ. ޥެރިކަން ވަށްޓާލި ބަޣާވާތް ކާމިޔާބު ކުރީ ޔާމީނުކަން އެންމެން ދަނޭ
އެހެންވިއްޔާ އެދުވަހު ޤާސިމް އިނީ ސަލަވާތް ފާތިހާފުޅު ކިޔަވަންތަ؟
ދޮގުފުޅު ނުހައްދަވާށެވެ. ލީކުވި ލިސްޓަކީ އަސްލުލިސްޓެވެ. އެލިސްޓުގަ މ.އެއްމުލިމާގޭ ޖުނައިނާ އެއްގެ ވާހަކައެއް އެބައޮތެއްނޫންތޯއެވެ. އެގޮއްޔައަކީ މަގޭ ދަންނަ ކުއްޖެކެވެ. އެގޮއްޔަ މެރީކުރީވެސް ފުލެޓް ލިބުނުކަން އެންގިފަހުން ދާދި އިހަކައްދުވަހުއެވެ. އެގޮއްޔައަށް ސަރުތު ހަމަވިގޮތެއް މުއިއްޒު ނިކަން ބުނެދީބަލާށެވެ.
ތިމާގެ ނުކުޅެދޭ ދަރިން އެބަތިއްބޯކިޔާ ޕްއިންޓް އިތުރުކުރިމީހުންވެސް ތިބިމިފަދަމީހުނަށް 100 90 ގެ މަތިން ލިބިފާހުރި ގޭގެއަށް ގޮސްބެލިއިރު އެއީ ދޮގު ފޭކް ލިއުން މީހުނަށް ފްލެޓްދިނީ ގޭގެ އަށްގޮސް އުޅޭހާލަތު ބެލުމަށްފަހު
ހުސް ދޮގު
އެއީ ހަމަ ފޭކު ލިސްޓެއް