މޮބައިލް ފޯން އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކުޅެމުން އަންނަ "ޕީޕީ ޕޮކާ" ގޭމަކީ ޖުވާ ކަމަށާއި އެ ކުޅިވަރު ކުޅުމަކީ ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒް ބުނެފިއެވެ.

އަލީ ރަމީޒް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ޕޮކަ ގޭމް ކުޅުމަކީ ހަރާމް ކަމެއް ކަމަށް ބުނެފައެވެ. އަދި އެ ގޭމް ކުޅެގެން ލިބޭ ފައިސާ ވާނީ ހަރާމް ފައިސާއަކަށް ކަމަށް އޭނާ ލިޔެފައިވެއެވެ. އަލީ ރަމީޒްގެ ޕޯސްޓުގައި ޖަމްއިއްޔަތުއް ސަލަފުން ދެކޭ ގޮތް ވެސް ހިމަނާފައިވެއެވެ.

މި ގޭމަކީ ފޯން އެޕްލިކޭޝަން މެދުވެރިކޮށް ކުޅޭ ޕޮކާ ގޭމެކެވެ. ޖުވާ ޓޭބަލް ހިންގާ މީހާ އަށް ފައިސާ ޓްރާންސްފާ ކުރުމުން އެ ފައިސާ އަށް ވާވަރަށް ޗިޕް ލައިދެއެވެ. މިފަދަ ގޭމްތައް ކުޅުމުގެ ހުކުމަކީ ކޮބައިތޯ ސުވާލު ކުރުމުން ސަލަފުން ވެސް ވަނީ އެއީ ޖުވާ ކަމަށް ބުނެފައެވެ.

ސަލަފުން ބުނީ ޕޮކާ ގޭމް ކުޅުމަކީ އިސްލާމް ދީން ނަހީ ކުރައްވާފައިވާ ކަމެއް ކަމަށެވެ. މިފަދަ ގޭމްތައް ކުޅުން ހަރާމް ވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ޖުވާއާ ބެހޭ ގޮތުން މާތް ﷲ ގެ ވަހީ ބަސްފުޅު ވެސް ސަލަފުން ހަނދާންކޮށް ދިނެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾ إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّـهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ ﴿٩١﴾ [سورة المائدة]

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރަލާއި ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ކާމިޔާބު ލިބުމަށްޓަކައެވެ. (90) ޝައިތާނާ އެދޭކަން ކަށަވަރީ، ރަލާއި ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި އަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަން ހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!) (91)"

މިފަދަ ކުޅިވަރުތަކުގެ ތެރޭގައި އިހުޒަމާނުގައްޔާއި މިޒަމާނުގައި އެތައް ކަމެއް ހިމެނިގެންދެއެވެ. އިހުޒަމާނުގައި ޖުވާގެ ގޮތުގައި ކުޅެ އުޅުނު ކުޅިވަރުތަކުގެ ތެރޭގައި ޑައިސްގެ ކުޅިވަރުތަކާއި ރާޒުވާއާ އަދި ހިލައިންނާ އެނޫން އާލާތްތައް ބޭނުންކޮށްގެން ކުޅުނު ކުޅިވަރުތައް ހިމެނެއެވެ.

މިޒަމާނުގައިވެސް އެފަދަ ކުޅިވަރުތައް ފައިސާއަށް ކުޅެއުޅެއެވެ. އަދި އޭގެ އިތުރަށްވެސް މި ޒަމާނުގައި ޢާންމުވެފައިވާ ކުޅިވަރުތަކުގެ ތެރޭގައި: ވާދަޖަހައިގެން ކުރާ ކަންތައްތަކުގައި ބެޓް ކުރުމާއި ޖުވާކުޅޭ ތަންތަނުގައްޔާއި އެނޫން ތަންތަނުގައި އެކި ނަންނަމުގައި ކުޅޭ ކުޅިވަރުތައް ހިމެނެއެވެ.

އޭގެ ތެރޭގައި "ރޫލެޓް"، "ބްލެކް ޖެކް" އަދި "ޕޮކާ" ފަދަ މިނޫނަސް އެތައް ނަންނަމުގައި ކުޅޭ ކުޅިވަރުތަކެއްވެއެވެ. މިޒަމާނުގައި މިފަދަ ވަރަށް ގިނަ ގޭމުތައް އޮންލައިންކޮށްވެސް ކުޅެއެވެ. އަދި އޮންލައިންކޮށް، ފައިސާ ދައްކައިގެން އެޕްލިކޭޝަންތައް މެދުވެރިކޮށް މިފަދަ ގޭމުތައް މީސްތަކުން ކުޅެ އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. މޯދީ

    ދީނީ ފަތުވާދީ ދީނުގެ ޙުކުމްތައް ބުނެދޭން ޢަލީ ރަމީޒު އެއީ ކޮންފެންވަރެއްގެ ދީނީ ޢިލްމުވެރިއެއްތޯ؟

    32
    126
    • ޝިޔާމް

      ދީނީ ފަތުވާ ދޭކަށް ވަކި ފެންވަރަކަށްދާކަށް ނުޖެހޭ. ނަބިއްޔާ ސައްލަﷲ ޢަލައހި ވަސައްލަމް ހަދީޘްކުރައްވާފައިވަނީ ތިމަންކަލޭގެފާނުގެ ކިބައިން އެންމެ ހަދީޘެއްގެ މިންވަރު އިނގޭމީހާވެސް މީސްތަކުންނަށް އެބަޔާންކޮއްދޭށޭ.

      127
      12
    • ހާދު

      ތިކަހަލަ އިލްމުވެރިން ގިނަވީމާ، އަގީދާ ބަލިމީހުން ކަސިޔާރުވަނީ. އަލީ ރަމީޒަކަސް، ކާސިމަކަސް، ފާތިހަކަސް، އެބުނިއެއްޗެއް ބުއްދި ބޭނުންކޮށްގެން ދީނާއި ޤުރުއާނުގެ އަލީގައި، އެކުޅިވަރުގެ އަސްލާއިމެދު ވިސްނައިފިނަމަ ހެޔޮ ނުބައި އިންގޭނެ. ނޭގޭކަމުގައި ވާނަމަ އެންމެ ހިންއެދޭ އިލްމުވެރިއެއްކައިރީން އަހާބަލަ. ނޫނީ ދެންތިބިމީހުންގެ ހިތުތެރޭ ވަހުމު ނުއުފައްދާ ކަލޭ ކަލޭގެމަގުން ކުރިއަށް ދޭބަލަ.

      53
      22
      • ހަމަ ބުނެލީ

        ކަލޭ ތި ކުރި ކޮމެންޓުން ކިތައް މީހުން މަގުފުރެދޭނެބާ؟ އޭރުން ކަލެއަށް ހާދަ ފާފަވެރި ވާނޭ ހާދު..
        އަލީ ރަމީޒްވެސް އެހެން މީހުންވެސް ހެޔޮ ނަސޭހަތެއް ދެނީ އެމީހުން ސުވަރުގެއަށް ދާން މަސައްކަތް ކުރާއިރު އެހެން މީހުންވެސް ގޮވައިގެން ދާން.

        37
        3
    • ސަމްސާދފ

      މިއީ ވަރަށް ގިނައިން ހުކުރު ހުތުބާގައިވެސް ގެނެސްދެވިފައިވާ މައުލޫއެއް. ދެން މިވަރު ވާހަކައެއް ދައްކަން ކޮށްމެހެން ޝޭހަކަށް ވާކަށް ނުޖެހޭ. އެއޮތީ ސަލަފުން ދެކޭގޮތްވެސް ގެނެސްދީފައި.
      ގަބޫލުކުރަން ބޭނުން ނުވާމީހާއާށް ވަރަށް ގިނަ ސުވާލު ކުރެވިދާނެ. ބަޓް ދަ ރިައަލިޓީ އިޒް އިޓްޒ ހަރާމް.

      87
      7
    • ޢެއޮތީނޫންތޯ ބުނެފަ!

      އެއޮތީނޯންތޯ ބުނެފަ، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭ!

      11
    • ލަދުކުޑޭ

      އެއީ ލަވަކީކީނުން ޝޭހަކަށްވެފައި ހުރި ބޭފުޅެއް!

      4
      29
      • ސަނާ

        ލަދުކުޑޭ، ކަލޭ ކުޑައިރު ވައްކަންވެސް ކުރާނެ. މިހާރު ފަހަރެއްގަ ނުކޮށްވެސް ހުރެދާނެ ހަމަވިސްނުން ލިބުނީމާ.! އެހެންވީމަ މީހުންގެ މާޒީ ނުކިޔާ

        6
        2
  2. ދުންތަރި

    މަޝްހޫރު ލަވަކިޔުންތެިޔާ ޢަލީ ރަމީޒަކީ ދީނީ ކަންކަމުގަ ފަތުވާ ދެވޭ ފެންވަރުގެ ދީނީ ފިޤުޙީ ޢިލްމުވެރިއެއްތަ؟

    21
    71
    • ސުވާލު

      ކަލެއަށް ތިގޮތަށް ސުވާލު ކުރެވެންޏާ، އަލީ ރަމީޒަށް ދީނީ ފިގުހީ ފަތުވާ ނުދެވޭނެ ސަބަބެއް ކޮބާ؟

      82
      10
    • އަލީ

      ކަން އޮއިގޮތް ބުނެވޭނެ އެކަން އެގޭ މީހަކަށް. ސަލަފުން އެއޮތީ ބުނެފަ އެއީ ޖުވާއޭ.

      25
      4
    • ނޯޔާ

      ޔޫ ހާދަ އަސާސީ އޭ ދޯ

      13
      1
  3. ހޯސް

    ވަރަށް ބޮޑަށް ޝުކުރިއްޔާ އިސްތިހާރުކޮށް ދެއްވީތީ.

    28
    13
  4. އަލީ

    އަލީ ރަމީޒު ބުނީ ރަގަޅު ވާހަކައެއް އެކަމަކު އަލީ ރަމީޒަކީ ދީނީ އިލްމުވެރިއެއް ނޫން.

    48
    9
  5. ތުއްޓޭ

    އަލީ ރަމީޒުގެ މިވާހަކަ އަށް 200% ތާއީދެވެ. ޕޮކާ ގޭމް އަކީ ޝައިތާނީ ނެޓްވާރކުން ޖުވާކުޅުމަށް ޒުވާނ ޖީލު އަހުލުވެރިކުރުމަށް ނެރެފައިވާ އެއްޗެއް ކަމާއިމެދު ޝައްކެއްވެސް ނެތް.

    އަދި ބުނެލަން ބޭނުން އަޅުގަނޑަކީ އަލީ ރަމީޒަށް ވަރަށް އިހްތިރާމް ކުރާ އެހެނަސް އަލީ ރަމީޒު ތުރުކުރައްވާ ފަޓާނީ ހެދުމަށް އިންތިހާ އަށް ނަފްރަތު ކުރާ މީހަކީމުއެވެ. އިސްލާމް ދީނަކީ ވަކި ހެދުމެއް ލީމައި އިސްލާމްކަން ގަދަވެފައި ވަކި ހެދުމެއް އެޅީމަ އިސްލާމް ކަން ކުޑަވާ ދީނެއް ނޫން. ތިޔަ ހެދުން އެޅީމައި އިންސާނާގެ ތާހިރުފާހިރުކަން ވެސް ވަޒަން ކުރާކަށް ނޭގޭ. ހީވަނީ ޕީޑޯފީލިއާގެ އަހުލުވެރިަކު ފެންނަހެން. އައްޔަ ކަހަލަ އަޚްލާގު ރަންގަޅު މީހަކު ލާން ތިޔަ ހެދުން ކަމަކު ނުދޭ!

    44
    14
    • ބުރޯ

      ވަޓް؟؟ އެއީ ދީނީ ވާން ލާ އެއްޗެއް ނޫނޭ ޑޫޑް.. ތި ޖާހިލުކަން ކަނޑުވާފަ އެއްޗެއް އެނގިގެން ކިޔާބެ. އެމީހަކު ލާނެ ހެދުމެއް އެނގޭނީ އެމީހަކަށް. ހަރާން އެއްޗެްް ނުލަންޏާ ކަލެއަށް ކީއް؟ ކަލޭ އަނެއްކަ ޕީޑޮފައިލެއްތަ؟

      16
      6
    • މަގޭ ޚިޔާލު

      ހަމަ އެގޮތަށް އެމެރިކާއާއި އިޒުރޭލުގެ ރައީސުން ކޯޓު ފަޓުލޫނުގައި ތިބީމާ ބަލާބެލުމަށް އެމީހުންނަކީ ޓެރަރިސްޓުންކަމަށް ނުވެދާނެއެވެ. އެކަމަކު މީހަކު ލާހެދުމަކުން އެމީހާގެ ހަގީގަތެއް ނޭނގޭނެއެވެ. އެހެންވެ ގުރުއާނުގައި މީސްތަކުންނަށް މާތްﷲ އަންގަވާފައިވަނީ ހީތަކާ ދުރުވެގަންނަން. އެއީ ބައެއް ހީތަކުގެ ސަބަބުން މީހާ ފާފަވެރި ވާނެތީއެވެ.

      12
      1
    • އާމިނާ

      ރީތިކަމަކީ މީހާގެ އަޚުލާގު ލާހެދުމަކުން އެކަނި ވާކަމެއް ނޫން

      7
      1
    • ރާވެރިބެ

      ތީ ކަލޭގެ ވިސްނުމަށް ފެންނަ ގޮތެވެ. އަދި ތިޔަހެން ފެންނަ އެތައް ބަޔަކުވެސް އުޅެދާނެ. މީހަކު އަޅާ ހެދުމަކުން ތިމާއަށް އެމިހާގައިގަ ވަކި ސިފައެއް އެކުލެވޭކަމަށް ފެނުމަކީ ތިމާގެ ވިސްނުމުގައި ހުރި އުނިކަމެއް.

      9
      1
  6. Anonymous

    ބުނާ މީހަކަށް ނުބަލާށޭ ބުނާއެއްޗަކަށް ބަލާށޭ ކިޔާއަޑެއް މޯދީ ނާންސަވަމުތޯ.
    ކިތައްމެ ދެރަ މީހަކުވެސް ރަނގަޅު ވާހަކައެއް ބުނެފިއްޔާ ކީއްވެތޯ ޤަބޫލު ނުކުރައްވީ.

    49
    2
  7. ކެނެޑީ

    ކަނބުލޮއަށް ލޯބިދިނީ ހިބައިންތާ ކަނބުލޮށް ހިތްކިޔުނީ ލޯބިންތާ

    5
    2
  8. Anonymous

    ޒިނޭ ކުރުމާއި ، ޖުވާކުޅުމާއި ، މީހުންމެރުމާއި ، ވައްކަންކުރުމާއި ، މަކަރާހީލަތް ހެދުމާއި ، ފޭރުމާއި . ދޮގުހެދުހެކި ދިނުމާއި ، ރޭޕްކުރުމާއި ގަޒްފުކުމާއި ، ޝަރީކް ކުރުމާއި ،

    މިހެންގޮސް އެންމެހާ ބޮޑު ފާފަތަކަކީ ބޮޑު އިލްމުވެރިޔަކަށް ނުވިޔަސް އިންސާނާގެ ބުއްދީގެ ދަލީލުން ދެނެގަނެ ވަކު ކުރަން އިންގޭނެ ކަންކަން.

    ޒަމާން ބަދަލުވެ ކުރިއަރާ ދިއުމުން ކަން އެކަމެއް ކުރާނެ ގޮތް ބަދަލުވުމުން އެކަމަކީ ހަލާލުކަމަކަށް ބަދަލެއް ނުވޭ.

    14
    1
  9. ޒުލްކިފްލި

    ޕީޕީޕޮކާ ކުޅުން ޙަރާްކަމަށް އޮތް ޙަދީޘް އެގޭތަ ޝިޔާމަށް؟ އެގެންޏާ ކޮމެންޓެއްގައި ލިޔެލާދީބަލަ! ރަސޫލާގެ ޙަދީޘްފުޅެއްގައި މިހެން އޮވޭ! " ތިމަންކަލޭފާނު ޙަދީޘްކުރެއްވިޔޭބުނެ ދޮގެއް އުފައްދައިފިމީހާ ދަންނާށެވެ، އެމީހާ ހަމަ ކަށަވަރުން ނަރަކައިން އޭނާ ހުންނާނެ ތަނެއް ހޯދައިފިއެވެ." ވީމާ ދީނުގެ ޢިލްމާ ޤުރުއާނުގެ މާނަޔާ ޙަދީޘް ރޯނުފިލައިހުރެ އަދި މިސްކިތެއްގެ މުދިމަކަށްހުއްޓަސް އެއީ ދީނުގެ ޙަރާމް ޙަލާލު ފަތުވާ ނެރެވޭނޭ މީހެއްނޫންކަން މަށަށް އެނގޭ!

    3
    10
  10. މޮޑަން

    ފޭސްބުކު ބޭނުންކުރުމަކީ ހަރާމް ކަމެއް ނޫންތަ

    4
    4
  11. އަޖައިބު

    ތިކަހަލަ ގޭމްތަކަކީ ޖުވާއާއި ގުޅުމެއް ހުރި އެއްޗެއް.އެކަމަކު ހުކުމެއް ކުރެވޭއިރު މިއަށްވުރެ ދީނީ ގޮތުން ތަސައްރަފު ފުދިފައިވާމީހުން އެއްޗެއް ބުނަންވާނީ.ސަލަފަކީ މިކަމަށް އެކަށީގެންވާ ބައެއްނޫން.
    ރާޒުވާވެސް މިކެޓަގަރީ އަށް ލެވިފައިވާކަމީ މިމީހުންގެ ތަންދޮރު ނޭންގޭ މިންވަރު.

    5
    2
  12. މޯދީ

    ޢަލީ ރަމީޒު ބުނީ ރަނގަޅުވާހަކައެއްކަމަށް ޤަބޫލުކުރަން. ނަމަވެސް ދީނަށް ގޮވާލުމާއި ދީނީ ފަތުވާދިނުންފަދަ ކަންކަން ރާއްޖޭގައި ކުރެވެނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ނަގައިގެން. އެހުއްދަ ދެނީ ވަކި ތަންތަނުން ވަކި ފެންވަރަކަށް ދީނީ ޢިލްމު ޙާޞިލް ކޮށްފައިތިބޭ މީހުންނަށް. އެހެންވެގެން މިއަހަނީ ޢަލީ ރަމީޒަކީ އެފަދަ ދީނީ ޢިލްމުވެރިޔެއްހޭ؟

    3
    5
  13. ޙަސަން

    ރަނގަޅު ވާހަކަ ބުނީމާ ޢަލީ ރަމީޒަކަސް އިލްޔާހަކަސް ވާނީ ރަގަޅުކަމުގައެވެ. ހުރިހާ އެންމެނަށްވެސް ދީނުގެ ކަންކަން މިހާރު އެކަށީގެންވާ ވަރަށް އެނގެއެވެ. މައްސަލައަކީ އެގޮތަށް ޢަމަލުކުރުމުގައި ފަހަތު ފަޔަށް ބުރަވުމެވެ. ރާއްޖޭގެ ދީނީ ޢިލްމު ވެރިންނަށް އަހަރެން ޤަދަރު ކުރަމެމެވެ.

    7
    2
  14. ގޭމް

    މީ ސިޔާސީ ގޭމެއް!!!

    2
    3
  15. ރައްޔިތުމީހާ

    ކުޅިވަރާއި ޖުވާ ވަކިވާންޖެހޭ. ކޮންމެ ކުޅިވަރަކީވެސް ޖުވާއަށް ބަދަލުކުރެވިދާނެ ކުޅިވަރެއް. އޭގެ ބައިވެރިން އެއަށް ފައިސާ ލުމަށްފަހު މޮޅުވާ މީހަކަށް ދޭނަމަ ޖުވާއަށް ނުވާނެ އެއްގޮތެއްވެސް ނޯންނާނެ. ހަމަ އެގޮތަށް ފައިސާ ބެހެއްޓުމަށްފު އެމީހަކަށް ލިބޭ އެއްޗަކީ ނަސީބާ ގުޅިފަވާ އެއްޗެއްނަމަ އެއީ ޖުވާ. މޮބައިލް ގޭމުތަކުގައި މި ސިފަ ޖައްސާފަ ހުރުމަކީ އާންމު ކަމެއް. އަދި އެފަދަ ކަމެއް އެކުލެވޭ ގޮތަށް އެއްވެސް ކުޅިވަރެއް ނުވަތަ ގޭމެއް ކުޅުމަކީ ހަރާމްކަމެއް.

    ސުވާލު އުފެދެނީ ރާޒުވާފަދަ ކުޅިވަރެއް އޭގައި ޖުވާ ނުހިމެނޭގޮތަށް ކުޅުން ހަރާމްވަނީ ކީއްވެތޯ؟ އެކަމުގެ ދަލީލަކީ ކޮބައިތޯ؟

  16. ސަމާލު

    މޯދީ އެވެ.... އަލީ ރަމީޒު އެއީ......އި ސްލާމްދީން ކުރިއަރުވަން މަ ސައްކަތް ކުރަމުން ެެެެެެެެެ އަންނަ ފަހުލަވާނެ....އޭނަ އެއޮތީ އިލުމުވެރިންގެ ރައުޔު ގެނެ ސްދީފަ...މި ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާގައމުގަ ފެންވަރު ހުރިމީހުންބާ ގައުމުގެ ކަންތަކުގަ ކުރީ ސަފުގަ އުޅެނީ

    8
    2
  17. ހުޅުވާލާ

    ައަލީ، ތީތި ކަޑައޭ!

    2
    8
  18. ައަލީ ރަމީޒް

    އަމިއްޔާއި، މަނޫޅެން ކުޅޭކަށް ގޭމެއް

    3
    5
  19. ހަޑަސްބުރި

    ސަލަފް ހިލެނީ ދޯ! އަނެއްކާ. އެހެން ކަމަކާ އުޅެބަލަ..

  20. ގަދަރު

    ގަދަރު ވެސް އަނދާދެ އެވެ.

    3
    2
  21. ރިސްފާ

    އަލީ ރަމީޒޫ! ހައުދަހާ ވާ ޙަރާމް ގިނަ ދުވަސް ކޮޅެކޭ،

    2
    1
  22. ތައު

    އެލީ ރަމީޒު ބުންޏަސް ތެދެއްވާނީ ތެދަކަށް! ދެން ތައުބާވަމާ ބަހީ!

    1
    2
  23. ށުވޭސ

    ކޮންމެ މީހަކު ބުންޏަސް ހަރާމްކަމެއް ހަލާލެއްކުކުރެވޭނެ. ދެން އަޅުގަނޑު މިބުނަނީ އިސްލާމުން ބަނގުރާ ބުޔުމަކީ ހަރާމްކަމެކޭ މިހިސާބުން އަޅުގަނޑު ޝެއިހަކަށް ވާންޖެހޭތޯ؟

    1
    1
  24. ބީ ތާނު

    ފަހު ޒަމާނުގައި އުޅޭނެ ކަމަށް ބެލެވޭ އުސްތާޒެއް!

    3
    1
  25. އަލީ އަލީ

    ދުނިޔޭގަ އުޅޭނެ ވަރަށް ހަރާން މަސައްކަތެއްކޮށްގެން ލާރި ހޯދާފަ ދެން ކޮންވާހަކައެއް ދައްކާކަށް!

    3
    2