ޕިކަޕެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައި ހަނދުވަރީ ހިނގުމުން ދުއްވާފައި ދިޔަ ޕިކަޕެއް ހުއްޓުވައި ބަލައި ފާސް ކުރިއިރު 10 ޕެކެޓު ބަނގުރާ އާއި، 72 ފުޅި ބަނގުރާ އަދި 192 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ ޕިކަޕު ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުން، އޭގައި ތިބި ބިދޭސީން ފިލަން މަސައްކަތްކޮށް ފުލުހުންނަށް ހަމަލާ ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ބަނގުލަދޭޝް ދެ ފިރިހެނުންނާއި 28 އަހަރު ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނ ރަސޯދު

    ބަނގްލަދޭޝް ބޭކަލުން އަވަހަށް ދޫކޮށްލާ! ދިވެހި އަންހެނުން ހިތްހުއްޓިދާނެ

    1
    1
  2. ނަސީމް

    މިކަން ހިގިވަގުތު ދުށިން ޕިކަޕުގަ ހުރި ބަންގުލާދެސް މީހާ ޕޮލިހުން ނައް ހަމަލާދީ އަދި ޑުރައިވަރު އެވަަގުތު ފިލި.

  3. މިލާ

    ޕޮލިހުންނައް މިޕިކަޕުތިބި މީހުން ވަރައް ހަމަދިން އެކަމު ޕޮލިހުން އެތަނުން ބަޔަކު ހައްޔަރު ކުރި ..ބަންގުލާދެސް މީހުން ވަރައް ފުއްޕާފަ ޕޮލިހުންގައިގަ ޖެހި