ބިޑް ކުރުމަކާއި ނުލާ މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދުގައި އޮންނަ މާއްދާ އުވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފިނޭންސް މިނިސްޓްރީއަށް އަންގައިފިއެވެ.

މާލިއްޔަތު ގާނޫނުގެ ދަށުން އެކުލަވާލާފައި އޮންނަން ޖެހޭ މާލިއްޔަތު ގަވާއިދު އެކުލަވާލަނީ ފިނޭންސް މިނިސްޓްރީ އިންނެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "ވަގުތަށް" ކަށަވަރު ކޮށްދެއްވި ގޮތުގައި މާލިއްޔަތު ގަވާއިދުގެ 10.27 މާއްދާ އޮންނަ ގޮތުގެ ސަބަބުން ކޮރަޕްޝަންގެ ހިރާސްގެ ފުރުސަތު ވަރަށް ބޮޑުކަން އެ ކޮމިޝަންގެ ތަހުގީގުތަކުން އަބަދުވެސް ފާހަގަ ކުރެވޭތީ އެ މާއްދާ އުވާލާން ފެންނަ ކަމަށް ނިންމައި ފިނޭންސް މިނިސްޓްރީއަށް މިހާރު ވަނީ އަންގާފައެވެ.

މާލިއްޔަތު ޤަވައިދުގެ 10.27 ގެ (ހ) ގައި މިހާރު ބުނެފައި އޮންނަނީ މާލިއްޔަތު ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ފަރާތުން ބިޑްކުރުމަކާ ނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރުވިދާނެއެވެ. މިގޮތުން، މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ، މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭގޮތަށް އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ މި މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް، މިނިސްޓަރަށް އެ މަޢުލޫމާތު ހުށަހަޅައި، މިނިސްޓަރުގެ ލަފާގެމަތިން ނޭޝަނަލް ޓެންޑަރ ބޯޑުން ހުއްދަ ހޯދައިގެންނެވެ.

އެމާއްދާގެ (ށ) ގައި އޮންނަނީ މާލިއްޔަތު ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޤައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫޢުތަކާއި އަދި ސަރުކާރުން ކަނޑައަޅާ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫޢެއް ހިންގިދާނެއެވެ. މިގޮތުން މަޝްރޫޢު ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫޢެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަން ވާނެ ކަމަށް ވެސް އެމާއްދާ ބުނެއެވެ.

މާލިއްޔަތު ގަވާއިދުގެ އެ މާއްދާގެެ ދަށުން ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ވެެސް ބިޑް ކުރުމެއް ނެތި ހަވާލުކޮށްފައިވެއެވެ. މިފަދަ މަޝްރޫއުތަކުގެ ފަހަތުގައި ކޮރަޕްޝަން ކަމަށް ބެލެވޭ މުއާމަލާތްތައް ހުރި ކަމަށް އަބަދުވެސް ބެލެވިފައި އޮވެއެވެ.

މި މާއްދާއާ މެދު އޭސީސީ އިން އަބަދުވެެސް ކަންބޮޑުވުން ފާޅުކޮށްފައި ވެސް ވެއެވެ. މިހާރު އޭސީސީގެ މެންބަރުން ކޮމިޝަނާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މާއްދާގެެ ދަށުުން ކުރެވިފައިވާ މަސައްކަތްތަތައް ދިރާސާކޮށް ކަރުދާހެއް ވެސް އެކުލަވާލާފައިވެއެވެ.

އެ ކަރުދާހުގައި ވެސް ކޮމިޝަން އިން އެ މާއްދާ އުވާލުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވެއެވެ. އެ މާއްދާގެެ ސަބަބުން ބީލަމުގެ ވާދަވެރިކަން ގެއްލި، ދެފުށްފެންނަ ހާމަކަން ބޮޑު އުސޫލުތަކާ ދުރުވެ ކޮރަޕްޝަންގެ ހިރާސް ވަރަށް ބޮޑަށް އޮންނަ ކަމަށް އޭސީސީ އިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަބް

    މާލީ ޒިންމާދާރު ވެރިޔާ އަށް ވެސް ބޮޑެތި ބާރުތަކާއި މައްސޫލިޔަތުތަކެއް މާލިއްޔަތު ޤަވައިދުގައި ދީފައިވޭ... މިއީ ވެސް ބަދަލުކުރަންޖެހޭ ބައެއް.

    12
    1
    • ސުވާލު

      ފުރަތަމަ ސުވާލަކީ ޤާނޫނާ ޤަވާއިދުތަކުގަ ހުންނަ މާއްދާތައް އުވާލުމުގެ ނުވަތަ އުވާލަން އެނގުމުގެ ބާރު އޭސީސީއަށް ލިބުނީ ކިހިނެއްތޯ؟؟ ކަރަޕްޝަން އޮތިއްޔާ އޮތްކަމަށް ނިންމާ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ނޫނީ ދައުވާކުރަން ފޮނުވީމަ އެ ނިމުނީ އޭސީސީގެ ދަޢުރު

  2. ފިނދުމަސްގަނޑު

    ކޮބައިތޯ ގެއްލުނު ލަރިކޮޅު އިބޫ

    9
    1
  3. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

  4. މޯޑީސާރ

    ހިނގަންބޭނުންވި ޖަރީމާ ހިނގާ ނިމުނީދޯ

  5. ހަސަނު

    މާ އަވަސް... ބޭނުންވާ ވަރަށް ވަައްކަން ނުކުރެވޭ އަދި.. ހެ ހެ ހެ

  6. ވަހުތާނު އަހުމަދު

    ޕާޓީކުދިންނަށް ވާވަރަށްނެގުނީމާތޯއްޗެ ،

  7. ވަގާވަގާވަގާ

    ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު ވެންޓިލޭޓަރު ވަގު ކޮވިޑް ވަގު ކޮވިޑް ވަގު ސަރުކާރު

  8. އަހުމަދު

    މިއަހަރު ފިނޭންސް އިން މާލީ ގަވާއިދަށް ގެނައި އެންމެ ގޯސް ބަދަލަކީ 5 މިލިއަން ރުފިޔާއަށް ވުރެ ދަށުގެ މަސައްކަތް އެންމެ ފަރާތަކުން ބިޑް ކުރިއަސް ދެވޭ ގޮތަށް ހެދުން
    ސަބަބަކަށް ބުނީ ރާއްޖޭގެ ރަށްތަކަކުގައި މަސައްކަތް ކޮއްދޭނެ މީހުން ނޫޅެއޯ ކަރަޕްޝަން ހިންގަން ހުޅުވި ދޮރެއް ބޭނުން ވާ މީހުންނާ މަސްރޫއު ތައް މިއަހަރަށް ދީ ނިމުމުން އުވާލާނެ އަނެއްކާ އަންނަ އަހަރު އެބަދަލު ގެންނާނެ ވައުދު ފުއްދޭނީ އަވަހަށް ކަންކަން ކޮށްގެންނޭ ބުނާނީ