ޖިންސީ ގޯނާގެ ތުހުމަތުތަކަކާއި ގުޅިގެން މަޤާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ، އަލީ ވަހީދުގެ މައްސަލައިގެ ތަހުޤީޤު ނިމި ދަޢުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައިގެ ތަހުޤީޤު ނިމި ދަޢުވާކުރަން ފޮނުވާފައިވާކަމަށެވެ.

"ޕީޖީގެ މަޝްވަރާއާއެކު މައްސަލައިގެ ތަހުގީގު ދަނީ ކުރަމުން". ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައްސަލައާ ގުޅޭ ގޮތުން އިތުރު އެއްޗެއް ފުލުހުން ވިދާޅެއް ނުވެ އެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ފެންމަތިވެ ފުލުހުން އެ މައްސަލަ ބަލައި ނިންމާފައިވާއިރު، އެ މައްސަލާގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައި ވެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އަލީ ވަހީދާއި ސުވާލުކޮށްފައެވެ، އޭނާ ދިރިއުޅުއްވާ ގެކޮޅުވެސް ބަލައި ފާސްކޮށްފައި ވެއެވެ.

އަލީ ވަހީދުގެ މައްސަލަ ފެންމަތިވެފައި ވަނީ، އޭނާ މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ދާދިފަހުން މިނިސްޓްރީގެ ބައެއް މުވައްޒަފުން ސީދާ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި ބައްދަލުކޮށް ޝަކުވާ ހުށަހެޅުމުންނެވެ. އެކަމާއި ގުޅިގެން ރައީސް ވަނީ އަލީ ވަހީދު މަޤާމުން އިސްތިއުފާ ދިނުމަށް އަންގަވާފައެވެ. ނަމަވެސް އަލީ ވަހީދު އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވުމުން ފަހުން ވަނީ މިނިސްޓަރ ކަމުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާމިގިލީ މީހާ

    މިހާރު ހުންނާނީ ޖޭމްސް ބޮންޑައް ވެވިފަ. ވަނދުކަރާ ފެޅިއްޖެ

    • އަލިބެއްޔާ

      ބޮޑާ ކިބުރުވެރި ކޮންމެ މީހެއްގެ ނިމުމަކީ މިކަހަލަ ކަމެއް.. ދިވެހިރާއްޖޭގައި އަލީވަހީދަކީ ކާކުކަން ނޭނގޭ ބުޅަލެއްވެސް މިހާރު ނެތް..

  2. ާބަގުން

    ފަހުވަގުތު ތިކަން ނިމިގެން ދާނީ ހެޔޮނިޔަތުގާ ކުރިކަމަކަށް ވުމުން ތިކަން ނިމިގެން ދާނީ އަލީވަހީދު ނުކުރާކަމަކަަށް މީ ހުސް ވަގުން ގެ ސަރުކާރު

    14
  3. މޮލަ

    ނަސީބެއް މިކަން ބަލާފަ ފޮނުވިކަން މީހެއްގެ އަންބެއް ޖެހުން ވަރިވާންވެސް ،މިކަންތައް ގަޑާ ހެދިގެން ބަސްޓުވެގެން

  4. ނަސްރީނާ

    ތީ ކަދައެޅިގެން އަލީ ވަޙީދު އަށް ލަޑެއް ދިނުމުގެ ގޮތުން ރޭވުމެއްގެ ތެރެއިން ހިގި ފިޑި ޢަމަލެއް ބޮޑަން ވައްތަރީ ގާސިމް ގެ ރޭވުމަކާ

    5
    4
  5. ބުއްޅަބޭ

    އައްޔައަކީ ގަނޑުވަރުގައި ކުރިން އުޅުއްވި ބޭފުޅަކަށްވީމަ އައްޔަގެ އަޑެއް ނީވޭ ވަރަށް، އަމުދުން މަޖިލިސް ރައީސްގެ ކުރީގެ “ފަންޏަކަށް” ވެގެން އުޅުނު ސޮރެއް!

  6. އަބްސީ

    ތިމައްސަލަ ނިމޭނެގޮތް ވަރަށް ސާފު، އަލީވަޙީދު ނޫން އެންމެން ކުއްވެރިވާނެ، މިނިސްޓްރީގެ ދަށްފަންތީގެ އެންމެން ތި ކުށްވެރިވީ

  7. ނަސްރީނާ

    ތީ ކަޑައެޅިގެން އަލީ ވަޙީދު އަށް ލަޑެއް ދިނުމުގެ ގޮތުން ރޭވުމެއްގެ ތެރެއިން ހިގި ފިޑި ޢަމަލެއް ބޮޑަން ވައްތަރީ ގާސިމް ގެ ރޭވުމަކާ