ދިވެހި ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަން އިން ހިންގަމުންދާ ހަރަކާތްތައް މުޅި ރާއްޖޭގައި ފަތުރާލަން ކޮންމެ ރަށެއްގައި ކޮމިޓީއެއް އެކުލަވާލުމުގައި ސަޕޯޓަރުންގެ ބައިވެރިވުމަށް އެ ކޯލިޝަންގެ ލީޑާޝިޕް އިން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް މުޅި ރާއްޖޭގައި ހިންގާ ގޮތަށް ފުޅާ ކުރަން ކޮންމެ ރަށެއްގައި ސްޓީއަރިން ކޮމިޓީއެއް އުފައްދައި އެ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމަށް ކޯލިޝަންގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވެއެވެ. އެ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލެވިފައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޯލިޝަންގެ އެތެރޭގެ އެ އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ޖަމާއަތެއްގެ އެތެރޭގައި ހިނގާ އެންމެ ބޮޑު ހަރަކާތަކަށް ހަދައި ސަރުކާރަށް ރަނގަޅު ރައްދެއް ދޭން ޕާޓީގެ އާންމު މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

"ޕީޕީއެމް ޕީއެންސީގެ ހުރިހާ އާންމު މެންބަރުންނަށް ގޮވާލަން އިންތިހާބު އޮންނަ ދުވަހު ނުކުމެވަޑައިގަންނަވާށޭ، އަޅުގަނޑުމެން މިއަދު އެބަ ޖެހޭ ގައުމީ ވިސްނުމެއްގައި މި ކުރާ މަސައްކަތުގައި ބައިވެރިވާން،" ޑރ. މުއިއްޒު ގޮވާލެއްވިއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮމިޓީއެއް އެކުލަވާލުމަށް ފަހު، އެ ކޮމިޓީތަކުގެ ލީޑާޝިޕްގެ ދަށުން މުޅި ރާއްޖޭގައި އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ އަޒުމުގައި މަސައްކަތް ކުރައްވަން އެދިވަޑައިގަތެވެ.

"16 އޮކްޓޯބަރަށް ފަހު މުޅި ރާއްޖޭގައި ހަރަކާތްތައް ވަރުގަދަކުރާނަން، އެ ކަމުގެ އިސް ސަފުގައި ތިބޭނީ ޕީޕީއެމް ޕީއެންސީގެ ލޮބުވެތި މެންބަރުން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ގައުމުގެ އާންމު މަސްހަލަތު ގެއްލި މިނިވަން ކަމަށް ނުރައްކާ ކުރަމުންދާ ކަމަށާއި ޕީޕީއެމްއާއި ޕީއެންސީ އިން ކުރަމުން ދަނީ އެ ހަލާތުން އަރައިގަތުމަށް ކުރަން ޖެހޭ ގައުމީ މަސައްކަތްތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިޝާރާތް ކުރެއްވި ކަމަކީ އިންޑިއާގެ ސަަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި "އަޑި ނޭނގޭ" މުއާމަލާތްތަކެއް ހިމެނޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ވާހަތަކަށެވެ.

"އިންޑިއާ އައުޓް" އާއި "އަޅުވެތިކަމާ ދެކޮޅު" ފަދަ ޝިއާރުތަކުގައި ބަޔަކު ހިންގަމުންދާ ހަރަކާތްތަކުގައި ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބައިވެރިވަމުންނެވެ. އިދިކޮޅުން ބުނާ ގޮތުގައި އެއީ އާންމު ރައްޔިތުންތަކެއް އިސްވެ ހިންގާ ހަރަކާތެއް ކަމަށެވެ.

"ގައުމުގެ ހުރިހާ ކަމެއް ވެސް ބޮއްސުން ލައިގެން މި ދަނީ، އިގްތިސާދެއް ނެތް، މިނިވަން ކަމެއް ނެތް، ގައުމުގެ ހުރިހާ ކަމެއް މި ދަނީ އެހެން ފަރާތްތަކުން ކޮންޓްރޯލް ކުރާ ހިސާބަށް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީގެ މި އިންތިހާބުގައި އެންމެ ގިނަ މެންބަރުން ކަނޑައަޅާފައި ވަނީ އައްޑޫ ސިޓީ ހިތަދޫގެ ކޮމިޓީއަށެވެ. މާލެ ސިޓީ ނެގުމަށް ފަހު ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ހިތަދޫގައި 21 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާނެއެވެ.

ހދ. ކުޅުދުއްފުށި ސިޓީ އިންނާއި ގދ. ތިނަދޫ އިން 14 މެންބަރުންގެ ކޮމިޓީއެކެވެ. ލ. ގަމުން 12 މެންބަރުންގެ ކޮމިޓީއެކެވެ. ނ. ކެނދިކުޅުދޫ އާއި ހދ. ނޮޅިވަަރަމް އިން 10 މެންބަރުންގެ ކޮމިޓީއެކެވެ.

ދެން ހުރި ރަށްރަށުގެ ތެރެއިން 3،000 އަށް ވުރެ ކުދި އާބާދީގެ ރަށްތަކުގައި އެކުލަވާލަނީ ހަތް މެންބަރުންގެ ކޮމިޓީއެކެވެ. 3،000 އަށް ވުރެ ބޮޑު އަބާދީގެ ރަށްތަކުގައި އެކުލަވާލަނީ ނުވަ މެންބަރުންގެ ކޮމިޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބިރު ކުޑޭ

    ކޮވިޑު އަށް ވުރެ ބާރަށް ފަތުރަންތަ ތި އުޅެނީ!

    10
    23
  2. އިބުރާހިމް

    ތިޔައީކޮންމެހެންކުރަންމަޖުބޫރުކަމެއް ގައައުމްދަވާލާފި މިއީކީމާފުކުރެވޭނެކަމެއްނޫން ގައުމްވިއްކާލާފި ޒުޒޭ ނަސީ އޮބޫ ސާހިދު މިކަންމިނިމެނީ އެނމެފުރަތަމަ ޖަވާބުދާރީމިމީހުންވާންޖެހޭނެ

    30
    7
  3. ފިނިފެންމާ

    ރައްޔިތުންގެ ބައިތުލްމާލަށް ވަންނަންޖެހޭ އެތައް މިލިޔަން ފައިސާއެއް ޔާމީނުގެ އަމިއްލަ އެކައުންޓަން ވަން މައްސަލަ ނުބެލި ލަސްވާތީ އެކަމާ ފުރަތަމަ އިހުތިޖާޖަށް ނުކުންނާނެވެ.

    2
    8
  4. އަލްޖިބްރާ

    އިދިކޮޅޭ ކިޔައިގެން ތިއުޅޭ ބައިގަޑު ކިތަންމެ ވަރަކަށް ތެޅުނަސް ބޭނުންވެގެން ތިއުޅޭ މަޤްސަދު ހާސިލެއް ނުވާނެ !

    13
    32
  5. ސިޑިބޭ

    އަވަހަށް ފައްޓަވާ! މިހާރުގެ ސަރުކާރު ގާނޫނީއިމުގެ ތެރެައިން ވެރިކަމުން ދުރުކުރުމަކީ އަންނަންއޮތރް ޖީލަށްޓަކައި ކޮންމެހެންވެސް ކުރަން ޖަހޭކަމެއް! ގައުމަށް ގައްދާރުވާ ފަރާތްތަކަށް މަރުގެ އދަބު ދިނުމަށް ގާނޫނު ފާސްކުރުމަށް ދަންނަވަން! ރައްޔިތުން ވޯޓްދީގެން ވެރިކަމަށް މީހުން އިސްކުރަނީ އެމީހުންގެ ދަތިތައް ހައްލުކުރުމަށް އެތަކެއް ވަޢުކޮށްގެން ވޯޓޫން ހޮވީމައި ވަޢުދުތަކާ ދިމާއިދިކޮޅަށް ރައްޔިތުންނަށް އެއްވެސް ޚިދުމަތެއް ނޮކޮށް ގައުމު ބޭރުގެ ފަރާތްތަކަށް ވިއްކާލަނަމަ މިފަދަ މީހުންނަށް ގާނޫނީ އިމުގެ ތެރެއިން އަދބު ދިނުމަކީ ގައުމުގެ މަސްލަހަތު!

    4
    1
  6. އުތުރުން

    ޕޕމ ޕނސ ކޯލިޝަނުން ކުރިއަށްގެންދަވާ، ސަރުކާރު
    ޒިއްމާދާރު ކުރުވުމުގެ ހަރަކާތްތަކަށް އެއްބާރުލުން ދޭނަމެވެ.

    7
    1
  7. މެކުނު

    މެކުނު ފުމުނަކަސް ގާހަކަޔަކަށް ނުފުމެވޭނެ
    ހެއްރައޮންނާނީ ހޮރުގަ

  8. ތާކިހާ

    ވެރިކަމަށް އާދެވުނީ މަ ތިޔަ ވިދާޅުވާކޮމެޓީ އޮންނާނީ ނަރުދަމާ ނަޖިސްފެންބޯން ކޮންމެ ރަށެއްގެ ޖަގަހައިގައިތެޅިތެޅި.
    ސިޔާސީ ޖާޑިން ހުރިހާ މޮޅެއް ދަމާގަންނާނީ ކުރީގެ ވެސް ބޮޑުންތައް. ހަރުމީހުންކޮޅު. ކަމުވޮށިގެންވާ ބޮޑުންކޮޅު. އެދުވަހު ހަނދާނެއްނުހުންނާނެ ތިޔަ ޤުރުބާނީ ވީ މީހުންނެއް. މީ މާޒީގެ ތަޖުރިބާ. ޝުކުރިއްޔާ މުއިއްޒު # ރައްޔިތުން މެންބަރުން # އޮޔާނުލައްވާތި # މިނިކުންނަނީ # ތިޔަ ޖިހާދަށް

  9. ކެޔޮޅު

    އަހަރުމެން މަސްވެރިންވެސް މިތިބީ އިދިކޮޅާއި އެކު މިފަހަރު މުޅިރާއްޖެއިން ބޮޑުބައެއް އިދިކޮޅާއި ގުޅޭނެ އިންޝާ ﷲ .

    9
    1
  10. ބަކުރު

    މިފަހަރު އިންޑިއާ ގައުމުން ބޭރުކުރަންޖެހޭނެ މަވެސްތާއީދު މިއަޑު އުފުލުމަކީ ގައުމީވާޖިބެއް.

    9
    1
  11. Happy

    ޢިދިކޮޅުގަ އުޅެނީ މުޅީންވެސް ވަގުން..🤭

    • Anonymous

      މިހާރު މިތިބަ ވަގުންނާ ހެދި ބޮޑު ނޮހޮރޮއްޕާނަކަށް ވެގެން މިއުޅެނީ.

  12. ސައީދު

    ކިތައްމަވަރަކަށް ތެޅުނަސް ދެނެއް މިޤައުމަކުނ ވައްކަން ކުރާކަށް ތިޔަ ވަގުނނާއި މިޤައުމެއް ހަވާލެއްނުކުރާނެ. ތެޅި ތެޅި ހުޅުބުދާނީ.
    ވަގުރތު މީހުންނަށް ކެރޭނެބާ މި ކޮމެންޓް ޖަހާލަން'

    1
    10
  13. ސަޓޯ

    އެމްޑީޕީގެ ގުންޑާ މެމްބަރުން އުޅުނު ގޮތައް މެނުވީ ތިކަމެއް ނުވާނެ އިނގޭ

  14. އިފަ

    މިހާރު އެ އުޅެނީ މުޅި ރާއްޖޭގާ ވައްކަން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައާއްމުކުރަން ދިވެހިންތިބޭނީ ދިވެހިންގެ ގޮތުގަ އިސްލާމް ދީނުގެ ފުރިހަމަ ހިމާޔަތުގާ

  15. ދަވާލި-19

    ވައް ކަން ކުރާމީހުނާއި ނު ކުރާމީހުނެއް ނޭގޭނެ ވާނުވަގައި ތިބޭމީހުނަ ކަށް!