މާލޭގައި ޕާކުކުރުމަށް ހާއްސަ ޖާގަތަކެއް ކަނޑައެޅުމާއި، އެ ކަމަށް ހާއްސަ އިމާރާތްތަކެއް ބިނާކުރުމާއި ގުޅޭގޮތުން ނައިބް ރައީސް ފައިސަލް ނަސީމު އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވަނީ، ޕާކުކުރުމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ޕާކުކުރެވޭނެ ޖާގަ އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން، މާލޭގައި ޕާކުކުރުމަށް ޚާއްޞަ ޖާގަތަކެއް ކަނޑައެޅުމާއި، އެ ކަމަށް ޚާއްޞަ ޢިމާރާތްތަކެއް ބިނާކުރުމާއި، ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ބަހުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދުގެ ބައްދަލުުމުގައި މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް މުދާ އަރުވާ ބޭލުމުގެ ކަންކަން ވަކި އިންތިޒާމެއްގެ ދަށުން ހަމަޖެއްސުމާއި، ކުނި ނެގުމުގެ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމާއި އަޙްމަދު ސަމީރުގެ އިތުރުން މާލެ ސިޓީގެ މޭޔަރާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް ބޭފުޅުން ބައިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ލޫޓުވާ

  ޕާކްކުރަނެ ތަން ނުދައްކާ ސްޓިކާ ނުޖަހާނަމޭ ބުނެ ވައުދުވެގެން އައިސް ސްޓިކާއާއި ޖުރިމަނާއިން 94 މިލިޔަން ރުފިޔާ ލިބުނީމަ ޕާކްކުރަނެ އިމާރާތް ހަދާނެ ހެޑްލައިން އެޅުމުން ވައުދު ފުއްދުނުކަމަށް ބަލަންޏާ ތިއޮތީ ރަނުންރަނަށް ވައުދު ފުއްދިފަ.

  6
  2
 2. އަހުމަދު

  ކޯޗަކަށް މިވީ ކުރީ ސަރުކާރުން ޕާކުކުރާ ސިސްޓަމްތައް ބަހައްޓަމުން ދަނީކޮށް މިވެރިން ވެރިކަމަށް އައިސް ހުރިހާތަކެތި ރޫޅާ ބާދަގަނޑަށް ކިރީ ބަލަ ޚަރަދު ކުޑައޭ އެގޮތް ތިޔަ އިމާރާތެއް މިސަރުކާރު ނިމޭއިރު ވެސް ނޭޅޭނެ ފައިސަލް ނަސީމްގެ ކަމަކީ އަބަދު މީހުންނާ ބައްދަލު ކޮށް ފޮނި ބައިސާ ކެނޑުން ދެން އިންޑީޔާ ލައްވާ ބާއިމާރާތެއް އަޅުވާ ކެރަފާ ނަސީމްމެން ގޭގައި އަޑި ޕާކުވެސް އަޑިނޭގެ ކަރަޕްޝަން ފައިސަލް ނަސީމް ގެންގޮސްގެން ކެރަފާ ނަސީމް އެތަން ދައްކާ މިސަރުކާރުގެ މިނިސްޓަރުން މީ ޑަރޯގާ އިންތޯ ކެރަފާ ނަސީމް ފާ ވެއްޖެ ތަނެއް ގައި ކަރަޕްޝަން ނެތި ނުދާނެ އަޑި ޕާކަށް މިހާރު 30 މިލިއަން ރުފިޔާ ޚަރަދު ކޮށްފި ނަސީމް ޖީބަށް 5 މިލިއަން މިއީ ހަގީގަތް

 3. ދަރި

  ކޮންމެ މީހަކު އައި ޕެޑް ހިފައިގެން ތިއްބަކަސް ނުވާނެ ކުރީ ސަރުކާރުން ހެދި ޕާކިން ސިސްޓަމްތައް ރޫޅާ ގޮނޑަށް އުކާލުމުގެ ހިތި ތިޔަ ފެންނަނީ

 4. ާައަހުމަދު

  މާލޭގަ ބާކީ ހުރި ބިންކޮޅަށް ކިހިނެއް ހަދަންބާ މިއުޅެނީ؟ އަޑުތަށް އިވޭ ގޮތުގަ ބުރޯ އަޑީގަ ހުރެގެން ބިންތަށް ވިއްކަން އުޅެނީއޭވެސް ކިޔާއަޑު އިވޭ އެއީ ތެދެއްބާ؟.