ދައުލަތުގެ މާލިއްޔަތާ ގުޅުން ހުރި މައްސަލަތަކުގައި ދައުވާ ރައްދުވާ ފަރާތާ އެކުގައިި އިއުތިރާފް އެއްބަސްވުމެއް ގާއިމް ކުރުމުގެ ބާރަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލިބިދޭ ބާރެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ، މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފްވިިި ކަމުގެ ދައުވާ އުފުލާފައިވާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު އިއުތިރާފް އެއްބަސްވުމެއް ގާއިމް ކުރަން ޕީޖީއަށް ހުށަހެޅުއްވުމާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ހިއްސާ ކުރައްވަމުންނެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފްގެ އެއްބަސްވުމަކީ ތަހުގީގް މަރުހަލާގައި ގާއިމް ކުރެވޭ އެއްބަސްވުންތަކެއް ކަމަށެވެ.

ދައުލަތުގެ މާލިއްޔަތާ ގުޅުން ހުރި ޖިނާއީބޮޑެތި މައްސަލަތަކުގައި އަދި އެ މައްސަލައެއް ސާބިތުވާ މިންވަރަކަށް ކާފީ ހެކި ހުރި ނަމަ، ނަސޭހަތް ދިނުމާއި އިއުތިރާފް އެއްބަސްވުން ހެދުމުގެ ބާރެއް ޕީޖީއަށް ލިބިގެން ނުވާ ކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ.

އާތިފްގެ މައްޗަށް މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުވި ކަމުގެ ދައުވާ ދައުލަތުން އުފުލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އެއީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތެއް ފާހަގަވުމުން ވެސް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެ ކަން ގެނެސްފައި ނުވާ ކަމަށް ބުނެ އުފުލި ދައުވާއެކެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ އާތިފްގެ އެންގުމަކަށް ކަމަށެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓަށް ބިނާކޮށް އާތިފްގެ މައްޗަށް ދައުލަތުން އުފުލާވާފައިވާ ދައުވާ ސާބިތުއްވެއްޖެނަމަ އެއް އަހަރާއި 10 އަހަރާ މެދުގެ ޖަލު ހުކުމެއްގެ އަދަބު އަންނާނެއެވެ. ނުވަތަ 10،000 ރ. އާއި 500،000 ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ފުރުސަތު އެބައޮތެވެ.

އާތިފް ހުންނެވި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ އެމްއެމްއޭގެ ދަށުން ހިންގާ މިނިވަން ޔުނިޓެކެވެ. އެ ޔުނިޓްގެ މަސްއޫލިއްޔަތަކީ ފައިސާގެ މުއާމަލާތައް މޮނީޓާ ކުރުމާއި، މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފަންޑުކުރުން ފަދަ ކަންކަން ހިނގާ ކަމަށް ޝައްކު ކުރެވޭ ނަމަ އެ ކަންކަން ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލު ކަމަށް ގެނައުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޚިޔާނާތް ތެރިޔާ

  ކަލޭ ތީ އަނގަ ހުޅުވަން ރަނގަޅު މީހެއް ނޫން. ކްރިމިނަލް ކޯޓް އާ ހަވާލު ވެގެން ޖެއްސި ޖަރީމާ ރައްޔިތުން ހަދާން ނުނެތޭ

  3
  37
  • ބްރޯގެބޭބޭ

   ތިލޯއަވަރު އަމާނާތްތެރިޔާއަށް ފެންނަނީ މިއަދު ސަރުކާރުގެ މަތިފަޑީގަ ތިބިއެންމެން އެއީ އަމާނާތްތެރިންގެގޮތުގަދޯ؟ އެހެންވެ އެން އާނެއް ތެރެއަށް ވަދެ އޮތް ފެހުރިއްސެއްހެންއަނގަ ތަންމީނައް ހުޅުވާގެން ޖެހުނުދިމާލަަކުން ދައުލަތުގެ ބޭތުލްމާލު ދަވަމުން އެދަނީވެސްދޯ؟ ޖަރީމާ ހިންގީހައިލަމް ކަން ނުވަތަ ޖަރީމާ ހިންގަނީ ކޮންބައެއްކަން ފާޅުވާނެ. އިންތިޒާރު ނުކުރިޔަސް އެދުވަސް އަންނާނެ.

 2. ބެއްޔާ

  ޤާނޫނާއި ޤަވާއިދަކަށް މިސަރުކާރުން ނުބަލާނެ. ހިތުހުރިގޮތަކަށް ކަންކުރާނީ.

  37
  1
 3. ސަންފާ ދިޔެ

  ކޮއްކޮ އަށް މިއަދު ތި ވާހަކަ ދައްކަން އެނގިއްޖެ ދޯ!

 4. އޮޅުވާލި ވޯޓު

  އިންސާފައް ލޯބިކުރާމީހަކު ވެއްޖެޔާ މިސަރުކާރުން ގުރުބާންކުރާނެކަން މިހާރުޔަގީންވެއްޖެ

  12
 5. ކައްޗޭ

  މީ ޤާނޫނާ ޤަވާއިދު މުގުރާ ސަރުކާރެއް މިސަރުކާރުން ކަމެއް ކުރަން ވެއްޖެއްޔާ ޤަވާއިދަކައްވާނީ އެމީހުންބޭނުންވާގޮތް

  10