ދައުލަތުގެ މާލިއްޔަތާ ގުޅުން ހުރި މައްސަލަތަކުގައި ދައުވާ ރައްދުވާ ފަރާތާ އެކުގައިި އިއުތިރާފް އެއްބަސްވުމެއް ގާއިމް ކުރުމުގެ ބާރަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލިބިދޭ ބާރެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ، މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފްވިިި ކަމުގެ ދައުވާ އުފުލާފައިވާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު އިއުތިރާފް އެއްބަސްވުމެއް ގާއިމް ކުރަން ޕީޖީއަށް ހުށަހެޅުއްވުމާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ހިއްސާ ކުރައްވަމުންނެވެ.
ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފްގެ އެއްބަސްވުމަކީ ތަހުގީގް މަރުހަލާގައި ގާއިމް ކުރެވޭ އެއްބަސްވުންތަކެއް ކަމަށެވެ.
ދައުލަތުގެ މާލިއްޔަތާ ގުޅުން ހުރި ޖިނާއީބޮޑެތި މައްސަލަތަކުގައި އަދި އެ މައްސަލައެއް ސާބިތުވާ މިންވަރަކަށް ކާފީ ހެކި ހުރި ނަމަ، ނަސޭހަތް ދިނުމާއި އިއުތިރާފް އެއްބަސްވުން ހެދުމުގެ ބާރެއް ޕީޖީއަށް ލިބިގެން ނުވާ ކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ.
ނަސޭހަތުގެ އެއްބަސްވުމާއި، އިޢުތިރާފުގެ އެއްބަސްވުމަކީ ތަޙްޤީޤު މަރުޙަލާގައި ހެދޭ އެއްޗެއް.
ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި، ޖިނާއީ ބޮޑެތި މައްސަލަތަކުގައި (ކާފީ ހެކި ހުރިނަމަ) ނަސޭހަތް ދީ، އިޢުތިރާފުގެ އެއްބަސްވުން ހެދުމުގެ ބާރެއް @PGO_MV އަށް ލިބިގެނެއް ނުވޭ. https://t.co/mzrFQfreyQ— Ahmed Hailam (@AhmedHailam) September 23, 2020
އާތިފްގެ މައްޗަށް މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުވި ކަމުގެ ދައުވާ ދައުލަތުން އުފުލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. އެއީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތެއް ފާހަގަވުމުން ވެސް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެ ކަން ގެނެސްފައި ނުވާ ކަމަށް ބުނެ އުފުލި ދައުވާއެކެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ އާތިފްގެ އެންގުމަކަށް ކަމަށެވެ.
އޭސީސީގެ ތަހުގީގު ރިޕޯޓަށް ބިނާކޮށް އާތިފްގެ މައްޗަށް ދައުލަތުން އުފުލާވާފައިވާ ދައުވާ ސާބިތުއްވެއްޖެނަމަ އެއް އަހަރާއި 10 އަހަރާ މެދުގެ ޖަލު ހުކުމެއްގެ އަދަބު އަންނާނެއެވެ. ނުވަތަ 10،000 ރ. އާއި 500،000 ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ފުރުސަތު އެބައޮތެވެ.
އާތިފް ހުންނެވި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ އެމްއެމްއޭގެ ދަށުން ހިންގާ މިނިވަން ޔުނިޓެކެވެ. އެ ޔުނިޓްގެ މަސްއޫލިއްޔަތަކީ ފައިސާގެ މުއާމަލާތައް މޮނީޓާ ކުރުމާއި، މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފަންޑުކުރުން ފަދަ ކަންކަން ހިނގާ ކަމަށް ޝައްކު ކުރެވޭ ނަމަ އެ ކަންކަން ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލު ކަމަށް ގެނައުމެވެ.
ކަލޭ ތީ އަނގަ ހުޅުވަން ރަނގަޅު މީހެއް ނޫން. ކްރިމިނަލް ކޯޓް އާ ހަވާލު ވެގެން ޖެއްސި ޖަރީމާ ރައްޔިތުން ހަދާން ނުނެތޭ
ތިލޯއަވަރު އަމާނާތްތެރިޔާއަށް ފެންނަނީ މިއަދު ސަރުކާރުގެ މަތިފަޑީގަ ތިބިއެންމެން އެއީ އަމާނާތްތެރިންގެގޮތުގަދޯ؟ އެހެންވެ އެން އާނެއް ތެރެއަށް ވަދެ އޮތް ފެހުރިއްސެއްހެންއަނގަ ތަންމީނައް ހުޅުވާގެން ޖެހުނުދިމާލަަކުން ދައުލަތުގެ ބޭތުލްމާލު ދަވަމުން އެދަނީވެސްދޯ؟ ޖަރީމާ ހިންގީހައިލަމް ކަން ނުވަތަ ޖަރީމާ ހިންގަނީ ކޮންބައެއްކަން ފާޅުވާނެ. އިންތިޒާރު ނުކުރިޔަސް އެދުވަސް އަންނާނެ.
ޤާނޫނާއި ޤަވާއިދަކަށް މިސަރުކާރުން ނުބަލާނެ. ހިތުހުރިގޮތަކަށް ކަންކުރާނީ.
ކޮއްކޮ އަށް މިއަދު ތި ވާހަކަ ދައްކަން އެނގިއްޖެ ދޯ!
އިންސާފައް ލޯބިކުރާމީހަކު ވެއްޖެޔާ މިސަރުކާރުން ގުރުބާންކުރާނެކަން މިހާރުޔަގީންވެއްޖެ
މީ ޤާނޫނާ ޤަވާއިދު މުގުރާ ސަރުކާރެއް މިސަރުކާރުން ކަމެއް ކުރަން ވެއްޖެއްޔާ ޤަވާއިދަކައްވާނީ އެމީހުންބޭނުންވާގޮތް