ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުންގެ ތަޙްޤީޤަށް މީހަކު ހާޒިރު ކުރުމަށް އޭނާ އަށް ޗިޓް ރައްދު ނުކުރެވުމުން އޭނާ ފުލުހަށް ހާޒިރުވާން އަންގައި ފުލުހުން އިއުލާނެއް ކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނުގައި ވިދާޅުވީ ތ.ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް އޭނާ ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ތ. ތިމަރަފުށި/އަސަރީގެ، ޙަސަން ނިޒާރު (59އ)

ހާޒިރުކުރެވޭ ހައިސިއްޔަތު : ކުޑަކުއްޖަކަށް ޖިންސީގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ތ. ތިމަރަފުށި ޕޮލިސް ޓޭޝަން، 2020 އޮކްޓޯބަރު 3 ވަނަ ދުވަހުގެ 10:00 އަށް

މީގެ ކުރިން ވެސް ފުލުހުން ވަނީ ބައެއް މައްސަލަތަކުގައި ޗިޓް ރައްދު ނުކުރެވުމުން ފުލުހުންގެ ތަޙްޤީޤަށް ހާޒިރުވުން އަންގައި އިއުލާން ކޮށްފައެވެ.