ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް "ނައިޓަށް" ރަށަށް ދެވޭ ގޮތް ހެދުމަށް ރެސިޑެންޝަލް ތަންތަން ހެދުމުގެ ވިސްނުން އެބަހުރި ކަމަށާއި އެއީ ދުރުރާސްތާ ޕްލޭނެއް ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީފާގެ ގާނޫނަށް ދާދި ފަހުން ގެނައި ބަދަލާ އެކު، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، ޑިއުޓީ ގަޑި ނިމުމުން އެނބުރި ރަށަށް ދިއުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. އެ މާއްދާގައި ވަނީ ވަޒީފާގެ ވަގުތު ނިމުމުން ވަޒީފާ އަދާކުރާ ތަން ދޫކޮށް އަނބުރާ ރަށަށް ދިއުމުގެ ހައްގު ރިސޯޓުތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ވެސް ލިބިގެންވާ ކަމަށެވެ.

އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށާއި ސަރުކާރަށް ފާޑު ކިޔުން އަމާޒުވިއެވެ.

"ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް "ނައިޓަށް" ދެވޭނެ ކަމަށް ސަރުކާރުން ބުނަނީ ދިރިއުޅޭ ތަނަކަށް ދިއުމުގެ ފުރުސަތު ފަހިކޮށްދޭން ވެގެން ކަމަށެވެ. އެ ފުރުސަތު ފަހިކޮށްދިނުމަށް މީހުން ދިރިއުޅޭ ރަށްތައް ކައިރީގައި ހުރި ރިސޯޓުތައް ތަރައްގީކޮށް އެ ރަށްރަށާއި ރިސޯޓުތަކާއި ގުޅުވާލުމުގެ މަސައްކަތް ކުރައްވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށާއި ކައިރި ރިސޯޓް ނެތް މީހުންނާއި ރިސޯޓާއި ކައިރި ރަށްރަށުގައި އުޅެން ބޭނުންވާ މީހުންނަށް ޚާއްސަކޮށް ރެސިޑެންޝަލް ތަންތަން އަތޮޅު ތެރޭގައި ގާއިމްކުރުމަށް ވިސްނަވާކަން މައުސޫމް ވިދާޅުވިއެވެ.

އެ ތަންތަން ކުއްޔަށާއި، މިލްކުކުރެވޭ ގޮތަށް ރިސޯޓް މުވައްޒަފުންނަށް ޚާއްސަކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދިރިއުޅުމެއް ފެށުމަށް ފަހު ބޭނުން ވާނީ ކުދިން ކައިރީ އުޅެން. އެކަން ވާނީ ރަށްތަކާއި ކައިރީގައި ރިސޯޓްތައް އެޅިގެން. ރިސޯޓްތަކުގައި އާއިލާއެއްކޮށް ދިރިއުޅުން އެއީ އޮޕްޝަނެއް ނޫން. ސަރުކާރުގެ މައިގަނޑު ޕޮލިސީއަކީ މީހުން ދިިއުޅޭ ރަށްރަށާ ކައިރިން ރިސޯޓްތައް ގާއިމްކުރުން،" ޓޫރިޒަމް މިނިސްޓްރީގައި ހުންނަވައި "ވަގުތު"ން ކުރި ސުވާލެއްގެ ޖަވާބުގައި މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް އެތައް އަހަރެއް ވަންދެން ހިދުމަތް ކުރެއްވި މައުސޫމް ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކާއި ރިސޯޓުތައް ގުޅުމަކީ ވަރަށް ބޮޑަށް ސަރުކާރުން ވިސްނާ ކަމެއް ކަމަށެވެ. ފަތުރުވެރިކަމުން އެ ސަރަހައްދަކަށް ފައިދާވެނެ ގޮތް ވީހާވެސް ބޮޑަށް މަގުފަހި ކުރަން ވިސްނަވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެގޮތުން ރަށްތަކުގައި ކުދި ހޮޓާތައް ގާއިމްކޮށް، ރާއްޖެއަށް ފަތުރުވެރިކަމާއި އެހެނިހެން ގޮތް ގޮތުން ވަންނަ ފައިސާ ރާއްޖެއިން ބޭރު ނުވާނެ ގޮތެއް ހޯދުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އަދި ރިސޯޓް މުވައްޒަފުންނަށް އާއިލާ އާއި އެކުގައި ދިރިއުޅެވޭނެ މަގުފަހިކުރުމަކީ، އުފާވެރިކަމާއި އެކު މަސައްކަތް ކުރުމަށް މުހިންމު ކަމެއްކަން މައުސޫމް ވަނީ ފާހަގަ ކުރައްވައިފައވެެ.

"ނައިޓަށް ރަށަށް ދެވުމަކީ ވަތަންތޯ؟ ރަށް ވަރަށް މުހިންމު ވާނެ. ސަރުކާރުގެ ސިޔާސަތަކީ ދިރިއުޅޭ ރަށާ ކައިރީގައި ރިސޯޓްތައް ބިނާކޮށްގެން ފުރުސަތު ދިނުން. އެކަމަކު އެ ފުރުސަތު ނޯންނަ ސަރަހައްދުތައް ހުންނާނެ. އެހެންވީމަ މި ޖެހެނީ ފެމިލީ ރަށުގަ ބަހައްޓައިފިއްޔާ ދުރުގައި އުޅޭނީ. ރަށް ދުރުގައި ހުރިއްޔާ ނައިޓަކަށް ނުދެވޭނެ. ބޭރު ދުނިޔޭގައިވެސް ވަޒީފާއަދާކުރާ ތަނަށް އާއިލާ ބަދަލުކުރަނީ، އެ ހާލަތުގައި،" މައުސޫމް ވިދާޅުވިއެވެ.

ވަޒީފާގެ ޑިއުޓީ ނިންމާފައި އަނބުރާ ރަށަށް ދިއުމުގެ ހައްގު ލިބިދިނުމުގެ އިސްލާހު ފަދަ ބޮޑެތި އިސްލާހުތަކާ އެކު ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.

ވަޒީފާގެ ގާނޫނަށް ގެނައި މި އިސްލާހުގައި ވަނީ ވަޒީފާ އަދާކޮށް ނިމި ވަޒީފާ އަދާ ކުރާ ތަނުން ދިއުމަށާއި އަނބުރާ ވަޒީފާއަށް އައުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެ ތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭނެ ކަމަށް ބުނެފައެވެ.

އުޅަނދެއް ބޭނުންވާނަމަ ވަޒީފާ ދީފައިވާ ފަރާތުން އެ ކަމެއް މުވައްޒަފަށް ހަމައްޖައްސައިދީ އެއްބާރުލުން ދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ. ވަޒީފާ ގަޑި ނިމުމުން ވަޒީފާ އަދާ ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ލިބިގެންވާ ކަމަށް އެ މާއްދާގައި ބުނެއެވެ.

ނަމަވެސް ވަޒީފާ އަދާ ކުރާ ތަނާއި ދުރު ރަށްރަށުގެ މީހުން އަމަލު ކުރާނެ ގޮތަކާއި ދަތުރުފަތުރު ކަންކަން ހަމަޖެއްސުމުގެ ބައި ތަފުސީލްކޮށްދީފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ހުސޭނުބޭ

  ތިއީ އަނބިދަރިން ކައިރިއަށް ދިއުންކަމުގައި ނުވާނެ! ތިކަންވެސް ތިއޮތީ މިހާރު ކަދުރު ރުކަށް އެރި މީހާގެ ނަދުރަށް ވެފައި! ދެން ކޮންމެ ރިސޯޓް މުއައްޒަފެއްވެސް ހަފުތާގައި ލިބޭ ލާރިކޮޅު ޚަރަދުކޮށްފައި ތިތާކު ތިބެންވީދޯ!

  44
  1
 2. ކަނަމަނަ

  މޮޔަސަރުކާރު

  41
  1
  • ޑޯޒް

   މޮޔައީ ކަލޭމެން... އައްނި ބޯ ހުރީ

   6
   12
 3. ޟމ

  އޯކޭ ކޮންމެ ދުވަހަކު ރަށަށް ދިޔަސް އެކަމަކު ހެނދުނު ޑިއުޓީ އަށް އައުން އެއީ އޭނަގެ ކަމެއް، ނާދެވިއްޖެއްޔާ މުސާރައެއް ނުލިބޭނެ😂

  12
 4. ސަނައްޓޭ

  ލޮލް. ދެން އަނބިދަރިން އާއިލާ ކައިރިން ވަކިކޮށް ގެނެސް ރިސޯޓާ ކައިރީ އޮންނަ ރަށުގައި ގެންގުޅެންވީ. ކަމެއް ކުރަން ނޭނގޭތާ ހަމަޖެހޭ ވާހަކައެއްވެސް ދައްކަނީއެއްނޫނޭ

  15
  1
 5. ގުނބޯ

  ބުރޯ ތިޔައީ ވާނެކަމެއް ނޫން ތިޔައީ ކަންދެއްކުމެއް ރިސޯޓުބޯއިން ނައިޓަށް ރަށަށް ފޮނުވުމުގެ ބިލް ފާސްކުރިޔަސް ކަލޭމެންގެ ގެޒެޓުގައި ޝާއިއު ކުރިޔަސް ރިސޯޓުބޯއިން ރަށަށް ނައިޓަށް ހަމަދާންޖެހޭނީ ކުރިއެކޭ އެއްގޮތަށް އަމިއްލަޔަށް ޕޭ ކޮށްގެން ކަލޭމެންގެ ސަރުކާރުގައި އެގާބިލުކަމެއް ނެތް.

  14
  1
 6. ސަރުކާރުގެ ޑޯލް

  މަ ހީކުރީ މީނަ ކޮސްނުގޮވާނެކަމަށް.
  ޢެކަމް ވަކިވަރެއްގެ ވަކި މީހަކުނެއް މި ސަރުކާރުގަ.

  15
  1
 7. މުހައްމަދު އަންޖުމް

  ކިހާދެރަކަމެއް ތިމާމެނަށް ކޮށްދެވޭނެ ވަރުގެ ކަމެއްގެ ވާހަކަ ދެއްކިއްޔާ ތިޔަބުރާގައި ދޮގުތަކެއް ހަދާކަށް ގައިމު ނުޖެހޭނެ ހަމަޔަގީނުންވެސް ކުރެވޭނެ ފަސޭހަކަމެއް ވައްކަން ކުރުން އެކަން ކޮށްބަލަ ހިތްފުރެންދެން ކޮންމެހެން ބަޔަކަށް ހެވެއް އެދިގެނެއްނޫން ތިޔައުޅެނީކީ ލިބޭވަރުމަދުވެގެން ތިޔަނަމުގަ ބައެއްއަޅައިގެން ކައްވާލަން ތިޔައުޅެނީ

  12
 8. ކީއްކުރާނީ

  މައުސޫމާ ކިޔަވައިގެން ހުރެފަ ކޮސް ވާހަކަ ނުދައްކާ ރަގަޅު ގޮތުގައި އުޅެވޭތޯ ބަލާ!

  12
  1
 9. ރިސޯޓްމީހާ

  އަހަރުމެން ހީކުރީ ރާއްޖޭގެ ޓުއަރިޒަމަށް ފަރިތަ ބޭފުޅަކު މިނިސްޓަރުކަމަށް ހަމަޖެހުނީމައި ތަންކޮޅެއް ހަމަޖެހޭ ވާހަކައެއްދައްކާނެކަމަށް. މިނިސްޓަރޫ އިންޓަނެޓާއި ބެހޭ މިނިސްޓަރުވެސް މަގާމާއި ހަވާލުވިދުވަހުން ފެށިގެން މިއަދާއި ހަމަޔަށްވެސް އެއުޅުއްވަނީ ވަރަށް ބުރަކޮށް އިންޓަނެޓް އަގުހެޔޮކުރަން، މިހާރު ކިޔަނީ ދެން އަންނަ އަހަރޭ، ދެން އަންނަ އަހަރު ނިމުނީމައި ބުނާނޭ ދެން އަންނަ އަހަރޭ، އެހިސާބުން ދައުރު ނިމުނީ. ވަﷲ އައުލަމް.
  އެހެންވީމައި ތިހާ ދުރަށް ނުވިސްނައި މިވަގުތަށް ހައްލުކޮށްދެވެން ހުރިކަންތަކާއި ކުރިމަތިލާބަލަ، މިއަދުގެ ހާލަތުގައި ރިސޯޓްތަކުގެ މުވައްޒިފުން މިތިބީ ރިސޯޓްތަކުގައި ތާށިވެފައި، އެޗްޕީއޭއަކުން މިހެދި ގަވާއިދަކުން، އެޗްޕީއޭ ބުނަނީ ރިސޯޓެއްގައި ކޮވިޑް ޕޮޒިޓިވް ކޭސްއެއް ނެތަސް އެރިސޯޓަކުން މުވައްޒިފަކު ރަށަށް ގޮސްފިއްޔާމު 15 ހޯމް ކަރަންޓީންވާންޖެހޭކަމަށް، އެ15 ދުވަހުން އެގެއިން މީހަކަށް ބޭރަށް ނިކުމެވޭކަށްނެތް. މިއީ ކޮންކަހަލަ ހަމައެއްތޯ؟ މިހާރު ގިނަ ރިސޯޓްތަކުން މުވައްޒިފުމީހާއަށް މިދެނީ %50 މުސާރަ މާނައަކީ 15 ދުވަހު މަސައްކަތްކޮށްފައި އަނެއްފަނަރަ ދުވަހު ރަށަށްދާންވީ. އެކަމަކު އެޗްޕީއޭގެ ގަވާއިދާއި ހެދީ އެފަނަރަ ދުވަހު ރަށަކަށްވެސް ދެވޭކަށްނެތް. ދެން ކޮވިޑް ޕޮޒިޓިވް ކޭސްއެއް އޮތް ރިސޯޓެއްނަމަ އެންމެ ރަނގަޅުދޯ.
  ދެން އަނެއްކަމަކީ ހަމަ މިގަވާއިދާއިހެދި ޕޮޒިޓިވް ކޭސްއެއް ނެތް ރިސޯޓްތަކުގައި ވެސް މިއުޅެނީ ހުކުރު ނުކުރެވިގެން، ސަބަބަކީ ސަބަބަކީ އިމާމްވެ ހުކުރުކުރެވެނީ އެކަމަށް ހުއްދަދީފައިވާ ބަޔަކަށް، ގިނަ ރިސޯޓްތަކަށް ހުކުރު އިމާމް މިގެންނަނީ ކައިރީ އޮންނަ މީހުން ދިރިއުޅޭ ރަށަކުން، އެޗްޕީއޭއިންހެދި ގަވާއިދާއި ގުޅިގެން ރަށްރަށުގެ ކައުންސިލްތަކުން މިބުނަނީ ހުކުރު އިމާމް ރިސޯޓަށް ދިއުމަކަށް ހުރަހެއްނެތޭ އެކަމަކު އެއިމާމް ރިސޯޓުން އެނބުރި ރަށަށް އައިސްފިއްޔާމު 15ދުވަސް ކަރަންޓީންވާން އެބަޖެހޭ. މިކަމާއި ހެދި ހުކުރުނަމާދު ނުކުރެވި ތިބޭތާ އެތަކެއް ދުވަހެއްވެއްޖެ، މިނިސްޓަރު މިކަމަށްވެސް ހައްލެއް ހޯދައިދީބަލަ.
  ދެން ޓުއަރިޒަމް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރާއި ދެމީހުން މިކަމުގައި އަޅާނުލައި ހަނު ތިބެންޔާމު ތިބެންވީ، ގިޔާމަތްދުވަހުން މާތްﷲގެ ދަރުބާރުގައި އަހުރެމެން މިދުވަހު ހުކުރުނުކުރީ ކީއްވެތޯ ސުވާލުކުރީމައި ދެންނެވޭނީ މައިމޫނާގެ ގަވާއިދަށް ދެމިނިސްޓަރުން ބީރުކަންފަތެއްދީގެން ތިބުމުގެ ސަބަބުންނޭ. އެދުވަހުން ކަލޭމެން ޖަވާބުދޭންތިބޭތި.

 10. ލޫޓުވާ

  އަނގައެއް އޮތީމަ އުރައްޕެއްނެތް ވާހަކައެއް ދައްކާލީ. ކުޅޭކުޅޭ ވާހަކައެއް. އެއްވެސް ޕްލޭނެއް ނެތް ހޮޅިހެއްލުންތީ. ތަރައްްޤީނުކުރާ ބަޖެޓުގައިހުރި ލާރިކޮޅު ހުސްކުރާ ބަޔަކަށް ކޮންކަމެއް ކުރެވޭނީ. މަގާމް ދިފާއުކުރެވިދާނެ. ނަޝީދު އަނގައިން ނުކުންނަ ހޮޅި ވާހަކަ ހަޤީޤަތަކަށް ހެދުމަށް ދައުލަތުގެ ރައްޔިތުންގެ ފައިސާ އިސްރާފުކުރުމަކީ ގަބޫލުކުރެވޭ ކަމެއްނޫން.

 11. ބޭބެ

  ބޭބެމެން ޅ.ކަނުހުރާ ގައި ވޯކް ކުރީ ވެއިޓަރ އެއްގެ ގޮތުގަ.ބޭބެ އަކީ އެއަތޮޅު ރަށެއްގެ މީހެއް.ރިސޯޓުގެ ފަރާތުން ހަފްތާއަކު އެއްދުވަހު އޮފަށް ރަށަށް ފޮނުވަދޭ.ޅ އަތޮޅު މީހުން ރަށަށް ދާން ދޯނީގަ ފުރާނީ އާއްމުކޮށް ރޭގަނޑު 8 ޖަހާއިރު.އޮފަށް ދެވެނީވެސް މީހުން ހަމަޔަށް ޑިއުޓީގަ ތިބޭނަމަ.މިސާލަކަށް މެއިން ރެސްޓޯރަންޓްގަ ވޯކް ކުރާނަމަ އެތާނގަ އުޅޭ އެހެން މީހަކު ޗުއްޓީގަ ގޮސް ވެއްޖެނަމަ އޭނަ އަންނަންދެން ދެން ތިބޭ އެހެން ވެއިޓަރުން ބައެއް ފަހަރު ތިބެން ޖެހޭ އޮފަށް ނުދެވި.8 ޖަހާއިރު އޮންނަ ސްޓާފް ފެރީން އޮފަށް ރަށަށްދާ ވެއިޓަރަށް ފެރީއަށް ދެވޭނީ ރެސްޓޯރަންޓް މައިތިރި ވެލީމަ ގިނަ ފަހަރު 7:50 ހާއިރު.ތެޅެމުން ފޮޅެމުން ދާން ޖެހޭނީ.ދެން ކިހިނެއްތޯ ނައިޓަށް ރަށަށް އަންނާނީ.ރެސްޓޯރަންޓް އުޅޭ ވެއިޓަރަށް ނައިޓަށް ރަށަށް އާދެވޭނީ ހަމަ މިހާރުވެސް ނައިޓަށް އަންނަހެން.އަނބިދަރިން ނިދީމަ.އަނެއްކާ ފަތިހު 4 ޖަހާއިރު ރަށުން ރިސޯޓަށް ދާން ފުރަން ޖެހޭނެ.ލުއްސާލައިގެން ފުރަން ދިއުން އޮންނާނީ.