ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އޮޑިޓެއްކޮށްފި ކަމަށް ވާނަމަ ބޭނުންފުޅުވަނީ "ޑިސްޓިންގްޝަން" އެއްކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ.މައުސޫމް "ވަގުތަށް" ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވީ އޭނާ ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ ހަރުދަނާކުރުމުގައި ކުރެވެން ހުރި މަސަައްކަތްތަކެއް ކޮށްދެއްވުން ކަމަށެވެ.

އަދި އެ މަސައްކަތް ކުރައްވާނީ ޤާނޫނާއި ޤާވާއިދުތަކާއި އެއްގޮތަށް ކަމަށާ، ކޮރަޕްޝަނާއި ޚިޔާނާތް އެ ވުޒާރާގެ ތެރޭގައި ހިނގިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ. އަދި މުސްތަގްބަލުގައި ފަތުުރުވެރިކަމުގެ ވުޒާރާއަކީ ނަމޫނާ ވުޒާރާއަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މާޒީގައި ހިނގާފައި ހުރިކަންކަން ތަހުގީގުކުރުމާ މިކަންކަން އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއިން އެބަ ހުރި. ޚަރަދު ކުރުމާއި މެދު ރިޕޯޓްތައް ނެެރެނީ ރައްޔިތުންނަށް ހާމަކުރަން. އެކަމަކު އެ ރިޕޯޓްގައި އަޅުގަނޑު ބޭނުން ޑިސްޓިންގްޝަން ހޯދަން. ރަނގަޅަށް ފާސްވާން." ޑރ.މައުސޫމް ވިދާޅުވިއެވެ.

ޑރ.މައުސޫމް ވިދާޅުވީ ކޮރަޕްޝަނާއި ޚިޔާނާތާއި ދެކޮޅަށް މިހާރުވެސް ހަދާފައި ވަނީ ވަރަށް ރަނގަޅު ޤާނޫނުތައް ކަމަށެވެ. އެހެންކަމުން ރަނގަޅު މަސައްކަތްތަކެއް ކުރަން ބޭނުންވަނީ އިޚުލާސްތެރިކަން ކަމަށާ، އޭނާ މަސައްކަތްކުރައްވާނީ އިޚުލާސްތެރިކަމާއި އެކުގައި ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

"މުސްތަގްބަލް އަދަށް ބަދަލުވީމަ، އެއަށް އެއްޗެއް ބުނަން އެނގޭނީ. މިނިސްޓްރީގެ މަސައްކަތްތައް އެތެރޭން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން. ޤާނޫނުތަކާއި ގަވާއިދުތައް ހުރީ ވަރަށް ރަނގަޅަށް. ތަންފީޒު ނުކުރެވޭތީ ނޫނީ އެ އޮންނަ ގޮތަށް ނުގެންދާތީ މައްސަލައަކީ. ޖިނާއީ ދައުވާވެސް ކުރަން ޖެހިފައި އެބަހުރި. މި ނިޒާމް އެކުލަވާލަން ޖެހެނީ ކިތަންމެ ގޯސް މީހަކުވެސް މަޤާމާ ހަވާލުވެދާނެ ކަމަށް ވިސްނައިގެން." އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓުގައި ނެތް އެތައް ކަމަކަށް އެ މިނިސްޓްރީން ހަރަދު ކޮށްފައިވާ ކަމަށް ކޮވިޑް ހަރަދުތަކާ ގުޅޭ ގޮތުން އެކުލަވާލި، ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން 26 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ހަރަދުތަކުގެ 99 ޕަސެންޓު ހަރަދުތަކަކީ އެ މިނިސްޓްރީގެ މެންޑޭޓުގައި ނުވެސް ހިމެނޭ ކަންތައްތައް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅުގެން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ އެ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫން ކަމަށެވެ. އެ ކަންކަން ކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރި ކަންތައްތައް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަން ހިނގިއިރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވީ އަލީ ވަހީދެވެ.

ޓްއަރިޒަމް މިނިސްޓްރީ އަކީ އަބަދުވެސް އެންމެ ގިނައިން ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެއް މިނިސްޓްރީއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހޮޅިފެން

  މޮޅެތި ވާހަކަ ދެއްކޭތޯ ބަލާ އަދިވެސް... ތިކަހަލަ އަނގަ ތެޅި އަދީބު ވެސް އަލީ ވަހީދު ވެސް...

  14
  4
 2. ހުސޭނުބޭ

  ޔަޤީން! ދައުލަތުގެ ޚާޒާނާ ކެއުމުން ޑިސްދިންކްޝަން ލިބޭނެ! އަދި އޭސީސީގެ ރުހުމާއެކު އެކަން ކޮށްފައި އޮންނާނީ އުސޫލުތަކާ އެއްގޮތަށް!

 3. ...

  އޮޑިޓުން ލިބެނީ އެންމެ ރަނގަޅުވިޔަސް ރީޒަނަބަލް އެށޫރަންސެއް، ޑިސްޓިންގްޝަނެއް ނޫން..ނޭގޭ މީހުން އޮޅުން އަރާ ޒާތުގެ ވާހަކަ ދެއްކުމަކީ ވަރަށްވެސް ޒިއްމާދާރުކަން ކުޑަ އަމަލެއް

 4. އިންސާފު

  ތިހެން ބުނެފައި ވެއްޓިގަންނާނީ ވިޔަފާރި ވެރިންގެ އުގުމަށްޗަށް

 5. ހަޔަރ ޑިސްޓިންކްޝަން

  މާނަ އަކީ ހަޔާ ޑިސްޓިންކްޝަން އެއް ބޭނުމެއް ނޫން. ދެއްތޯ؟ އޭރުންތާ ޑިސްޓިންކްޝަން އަށްވުރެ މަތިން އޮޑިޓުން ފާހަގަ ވާވަރަށް ކާލެވޭނީ. ދޮތަ؟
  - މި މީސް މީހުން ކްރިޓިކަލް ތިންކިން ކިޔާ ސަބްޖެކްޓެއް ކިޔެވިބާ އޭ ހިތަށް އަރާ. މިކަލަ މޮޅެތި ބަސްތައް ބުނާއިރު.

 6. ބޯގޯސް

  ކާކު ޑިޝްޓިންކުޝަން ބޭނުންނުވާނީ..؟.. ބޯގޯސް ވާހަކަ ނުދަ އްކާ މުޅިގަ އުމާ އި ރައްޔަތުންގެ ހަ އްގާއި ލާބަޔަށް ، ވަކިމީހަކު ރުއްސަން ނޫޅެ މަސައްކަތް ކޮށްބަލަ.

 7. ޢަދުރޭ

  އަލީ ވަޙީދު . ބުނީ ..ނިކަން . ރަނގަޅަށ ް..ޑިސްޓިންކްޝަން..ދޭނަމޯ.. ތީ ..ތިމަންނަގެ ..މަޤާމެކޯ

 8. ޣިސަ

  ތަންކޮޅެއް ކުރިން މާލޭގަ އުޅުނު " ބޭ ހޮއްކޮ " ކިޔާ މީހެއް. އޭނަވެސް ބުނި ކަމަށްވޭ ބަނޑު ހަނޑޫ ދިނަސް ބޭނުމެއް ނޫނޭ. އެކަމަކު ބަނޑު ހަނޑޫ ހޯދަން އެންމެ ފުރަތަމަ ހަކުރާ ގެއަށް ބޮޑު ސިޓީ ލިޔުނު މީހަކަށް ވީވެސް އޭނަ.