އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ހާލަތުން ނަގައި އާރާސްތު ކުރެވޭނެ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނުގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމްއަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެޑްވައިޒަރުގެ މަގާމު ހަވާލުކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންނާއި މިހާރުގެ ސަރުކާރުގެ ލީޑަރުންގެ އަމަލުތަކުގެ ސަބަބުން ގައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގަވާފައިވާ އުމްރާނީ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވަމުން ޝަހީމް ވިދާޅުވީ ޔާމީން ވެރިކަމުގައި ހުންނެވި ފަސް އަހަރަށް ވުރެ ވެސް ބޮޑަށް ރައީސް ޔާމީންގެ ހިދުމަތް ގައުމަށް މިއަދު މާ ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.

"އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އިސްލާމް ދީނަށް ކުރިމަތިވަަމުން އަންނަ ގޮންޖެހުންތަކުން އަރައިގަތުމަށް ވަރުގަދަ ޝަހްސިއްޔަތެއް އެބަ ބޭނުންވޭ. ސިޔާސީ ވުޖޫދުން ދެވަނަ އެހެން ޝަހްސިއްޔަތެއް ނުފެނޭ. ރައީސް ޔާމީން ފިޔަވައި." ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރު ކަން ކުރެއްވި ޝަހީމް އެމަނިކުފާނަށް ތައުރީފް ކުރައްވައި ވަރަށް ގިނަ ވާހަކަ ދެއްކެވިއެވެ. ޝަހީމްގެ މުޅި ވާހަކަފުޅު ގާތްގަނޑަކަށް ބިނާ ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި ހާސިލް ކުރެއްވި ނަތިޖާތަކުގެ މައްޗަށެވެ.

"ރައީސް ޔާމީނަކީ ދިވެހި ރައްޔިތުން ދެކެ، ދިވެހި ގައުމު ދެކެ ވަރަށް ލޯބިފުޅުވާ ބޭފުޅެއް، ދިވެހި ގައުމު ބޭނުންވާ ވަތަނީ ފިކުރުގައި ދެ ގޮތެއް ނުވެ އަބަދުވެސް ސާބިތުވެ ހުންނެވި ބޭފުޅެއްް،" ރައީސް ޔާމީންއަށް ތައުރީފް ކުރައްވަމުން ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމަށް ވެސް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމު ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހުމަދު އަލީ

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު، ފުރަތަމަ ފަހަރަށް ސިޔާސީ ޕޯޑިއަމްއެއްގައި ހުންނަވާ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިއަދުގެ އެ މާހައުލުގައި ކުރެވެނީ އުފަލާއި ހިތާމަ ވެސް އެކުލެވޭ ގޮތަށް ވަރަށް ތަފާތު އިހްސާސްތަކެއް ކަމަށެވެ.

އުފާވެ ހުންނެވި ސަބަބެއްގެ ގޮތުގައި ޝަހީމް ވިދާޅުވީ ދެ އަހަރުގެ މުއްދަތަކަށް ފަހު އަލުން ޕީޕީއެމް ޕީއެންސީގެ އާންމު މެންބަރުންނާ ބައްދަލުވެ މުހާތަބް ކުރެވޭ ކަމަށެވެ. ހިތާމަ ކުރައްވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރައީސް ޔާމީން ޖަލު ބަންދުގައި ހުންނެވުމެވެ.

ޝަހީމްގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމާ ހަވާޅުވެވަޑައިގެން އޭނާ އެންމެ ބޮޑަށް ކުރައްވާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކަމަށެވެ.

އަދި ދެން ބޭއްވޭ ރިޔާސީ އިންތިހާބު އެ ކޯލިޝަނަށް ކާމިޔާބު ކޮށްދެއްވުމަށް ކުރެވެން ހުރި މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީން ކަން ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނަށް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ތިރިބެ

    ވައްކައްކޮއްގެއްތަ

    17
    55
    • ރަކިވެގެ

      އާނ .. ކީތްވީ؟ ވައްކަންކޮށްގެން...... . ރ ޔާމީން އެކުރެއްވިގޮތައް ކުރާވައްކަން އަހަރެމެންނައް މާސަޅިމިހާރު މިކުރާއަދި ކުރަމުންދާވައްކަމައްތުރެ. އެމަނިކުފާނު ކުރެއްވީ ގައުމައް ރައްޔިތުންނައް އަންނަން އޮތްޖީލުތަކަށް އެއިން ތާއަބަދައް ފައިދާކުރާނެވައްކަމެއް. އެކަހަލަ ވައްކަމަެއް ހަތަރެސްކެއްވެސް މިއަދުގެ ސަރުކާރައް ނުކުރެވުނު. އަދިވެސް ޖެހިލުންވާވަރުން އޮބިނޯވެގެން ވައްކަމޭ ފޭރުމޭ ކިޔާގެން ރ ޔާމީން އަބުރުކަތިލަން އުލޭއިރު މިއަދު މިއޮތް ސަރުކާރުގެ މަތިފަޑިއެއްކޮށް އޮތީ ތިކިޔާ ވައްކަންތައްކޮށް ކޮށް މުޅިގައުމައްބޭޒާރުވެސޯޓުބޭލިފަ.ފޭހުނުއިލޮށިގަނޑުލޮލައްހެރިފަ .ދެންތިކިޔާ އެތިޕްރޮމޯޓެއްނުކުރެވޭނެ.

  2. ހަނި

    ދިވިހި ގިނަ ރައިތުން މިޔަދުބޭނުން ވަނީ ޔާމީން ޔާމިނު ދޫކޮލާ ދޫކޮލާ ދުކޮލާ ޛޫކޮޅާ ދުކޮލަ

    59
    15
  3. Happy

    ޥަގަށް ލާރިކެޔުންނޫން ކަމެއް ނުވާނެ ތި ޔާމީންގެ ބައިގަންޑަށް..ފާއިސާ ފައިސާ.. ޑޮލަރު ޑޮލަރު😡🤭

    15
    55
    • ސޯފާ ވަގު

      މިސަރުކާރުން ވެންޓިލޭޓަރުން ވައްކަންކުރި
      މިސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީ ވައްކަން ކުރި
      މިސަރުކާރުގެ ހެލްތް މިނިސްޓްރީއިން ވައްކަން ކުރި
      މިސަރުކާރުގެ ފައިނޭންސް މިނިސްޓްރީއިން ވައްކަން ކުރި
      ފޮރިން މިނިސްޓްރީއިން އެދަނީ ފާޅުގައި ނުފޫޒުގެ ބޭނުން ކުރަމުން ވައްކަން ކުރަމުން
      ރައްޔިތުންގެ މަޖްލީހުން އެދަނީ އެތަކެއް ބޭކާރު ކޮމިޝަންތަކެއް އުފައްދަމުން ވައްކަން ކުރަމުން
      ޔޫތު މިނިސްޓްރީއަކީ އެމްއެންޕީއާރުސީ ވަގެއް. މަޖްލީހުގައިވެސް އެބައުޅޭ މިފަދަ ވަގުން.
      އެމްއެންޕީއާރުސީގެ ބޮޑުން ގެބަންދަށް ބަދަލުކޮށް އެކަކު އިންޑިޔާއަށް ފިއްލަވަން އުޅުނީވެސް މިސަރުކާރުން.
      އެމްސީ ހަމީދަކީ އެމްޑީއެންގެ ފައުންޑަރ. އިސްލާމްދީނާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާތައް އޭނަ އެދަނީ ނުފޫޒުގެ ބޭނުންކޮށް ހިމާޔަތްކުރަމުން
      މާރިޔާ އެދަނީ އިންޑިޔާގެ ސިފައިންގެ ބާރުގެދަށަށް ރާއްޖެ ލަމުން.
      އިމްރާން އެދަނީ ފާޅުކަން ބޮޑުގޮތެއްގައި ރިޝްވަތުގައި ހިފައި މަގާމުގެ ދަހިވެތިކަމުގައި އިސްލާމްދީނުގެ ދިފާއުގައި ނިކުންނަ ރައްޔިތުންނަކީ ހަރުކަށި ބައެއްކަމަށް ކަޑައަޅަމުން.
      މިސަރުކާރުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އެދަނީ ދޫކޮށްލަމުން
      މިސަރުކާރުން ސަފާރީ ރޭޕް ކޭސްވެސް ހިންދާލީ.
      އަދިވެސް ކުށްވެރިމިވަނީ ޔާމީން. ޔާމީން އެވަރަށް ތިމަންނަ އަތުގައި އެހުރި ޑޮލަރުތައް އެހުރިއްޔޭ ބޭނުން ނުކުރަމޭ ނަގާށޭ ތިމަންނަ ނުބުނަމޭ އެއްޗެއް ދޭށޭ އެވަރަށް ބުނީމަވެސް އެހުރީ ފްރޭމްކޮށް ޖަލަށްލާފައި.

  4. ގލ

    އިދިކޮޅު ޕާޓީ ސަސްޕެންޑްކުރރުމަކީ ވަރަށް ދަށުދަރޖައިގެ ހުތު ރު
    އަމަލެކެވެ އިލެކްޝަންސް ކޮމިސަން އުވާލަން ޖެހެއެވެ.

    49
    10
  5. އޮޅުވާލި ވޯޓު

    ގަުމައްބޭނުންވަނީ ށަހީމުކަހަލަ ކެރޭތައުލީމީ ދަރިން ށުކުރިއްޔާ ށަހީމު ތިޔަދައްކަވާސާބިތުކަމައް މިއަނިޔާވެރިންގެ ކުރިމަތީގާ

    19
    3
  6. ކާކު

    އެއްވެސް ރައްޔިތަކު ނޭދޭ ރައްޔިތުންގެ ބައިތުލްމާލަށް ވަންނަންޖެހޭ ފައިސާ އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ވަންނާކަށް! ހުދު ޝަމީހުވެސް ނޭދޭނެއެވެ. މުޅި އުމުރުގައިވެސް އެކައުންޓަށް ނުވަންނަ ވަރަށް ރައީސް ކަމުގައި 5 އަހަރު އެކައުންޓަށް ފައިސާ ވަނުމަކީ ކޮން ރައްޔިތަކު އެދޭނެ ކަމެއްތޯއެވެ.

    10
    6
  7. ސަޓޯ

    ސަހީމުއެވެޔާމީ ނުވަ އްކަ ނުކުރޭތޯ

    2
    10
  8. އަނަސް

    ފުރަތަމަ އެޑްވައިޒަރުކަން ދިނީ ޑރ. ވަހީދުއަށް. ވަހީދު ވަނީ ރާއްޖެއާ ވާދަކޮށް، ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށްވުރެ ކުރިހޯދަން، ސައޫދީ އިން ހިންގާ ޓޫރިޒަމް ޕްރޮޖެކްޓް ގެ އެޑްވައިޒަރަކަށް ހަމަޖައްސާފައި، ދެން އެޑްވައިޒަރުކަން މިދިނީ ސައޫދީގެ ޕަޕެޓް ޝަހީމް އަށް. ސިޔާސީ ގޮތުން ވިސްނާއިރު، މީގައި އަޑި ނޭންގޭ ކަމެއް އެބައުޅޭ. ބައެއް އެނަލިސްޓުން ބުނަނީ ރާއްޖެއިން އިޒްރޭލާ ގުޅުން ގާއިމުކުރަން އެއްބަސް ނުވުމުން ބޮޑު ރާޅެއް ބިންދާލަނީ ކަމަށް

    2
    9
  9. ޝަނީފް

    ކަލޭ ކިޔަވައިގެން ހުރި ދީނުގައި ތިޔަފަދަ ބަސްތައް ބޭނުން ކުރުން ހުއްދަތަ.؟ ޕީއެޗްޑީ އިން ޑޮކްޓަރިޒަމް ތިއޮތީ ހެދިފާ..

    6
    13
  10. އަންބަރީ

    އިންޑިޔާއާއެކު ތިލަފުށީ ބްރިޖް ޕްރޮޖެކްޓްއަށް ފަންޑުކުރަން އޯކޭ ކުރުމަށްފަހު، ކުއްލިއަކަށް ސައޫދީ އަރަބިޔާ އާއި ޔޫއޭއީން ވަކިވި. ބުނެވޭ ގޮތުގައި އެއީ އިޒްރޭލާ ގުޅުން ގާއިމު ކުރަން އިބޫގެ ސަރުކާރުން އެއްބަސް ނުވުމުން. ދެން މިފެނުނީ ސައޫދީގެ ދެ ޕަޕެޓުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުންނަށް ހަމަޖެއްސި ތަން. ދިރާސާ ކުރާމީހުންނަށް މިވާނުވާ އެނގޭނެ.

    3
    7
  11. ބުރޯ

    ދެން ނައިބު ރައީސަކަށް ކަލޭ ހުރެގެން ދޯ؟

    3
    10
  12. Thank

    ޢިންޝާﷲ ތިޔާމީނު މިދިވެހި ފަސްގަނޑުގެ ވެރިކަމަށް ނާންނާނެ....އާމީން

    1
    4
  13. ައަހުމަދު

    ތިވަރުގެ މީހަކު ދީނުގެ ވާހަކަ ނުދެއްކިއްޔާ ރަނަގަޅީ

    2
    4
  14. ކެލާ އާރިފް

    ތިވިދާޅުވަނީ ރައްޔިތުންގެ ފައިސާ އަދިވެސް ކުރިއަށްވުރެއް ގިނައިން އަމިއްލަފުޅު އެކަަަައުންޓަަަަށް ޖަމާކޮށްގެންތޯ؟

    2
    3
  15. ދިވެހިކޮރަކަލި

    ދިވެހި ގައުމު އަޅުވެތިވަމުންދާހިނދު ހަނު ހުރުމަކީ ޣައްދާރު ވުން އަލުގަނޑު ގެ ފިރިފުރާވަރު އުމުރުގައި ދިވެހިން ދެއްކި ނަމޫނާ އަކިީީ ދިވެހިންނަކީ ވަރަށް ގަޓް ބައެއްކަން މިސާލެއްގެ ގޮތުން ބުނާނަމަ އިނގިރޭސި މަނަވަރު ވައިޓް ޕޫލް ގެ ކުރިމަތީ ގޯނިން މަނަވަރެއް ތައްޔާރު ކޮށް''ވައިޓް ފޫލް'' ގެނަމުގައި ފަޅު ތެރޭގައި ތިބި ތިބުން ރަމްޒު ކޮށްދެނީ ދިވެހިންނަކީ ވަރަށް ގަޓް ބައެއްކަން ހަމައެގޮތައް ރާއްޖޭގައި އިގިރޭސިންގެ ފަރާތުން ހަންފަތުރަން ހުރި ޑޭވީ ރަށުންބާލާ ބައްސާލުމަށް ނިކުތީ ދިވެހި ފިސާރި ކަބަލުން އެ ވަތަނިއްޔަތު އެގައުމުވަންތަ ކަން ނެތަތީ ބޭބޭ ގެ މި މުސްކުޅި އުމުރުގައިވެސް ހިތާމަ ކޮށް މި ކަރުނަ އޮއްސަނީ ކިޔެކޭދޯ ބުނާނީ

  16. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ،

    ރަނގަޅު އެއްޗެއް ބުނާ މީހަކާއި މިދިމާވަނީ މަދުފަހަރަކުއެވެ. ރަނގަޅު އެއްޗެއް ކަމަށް ބެލޭނީ ދީނާއި ޤާނޫނާއި ޚިލާވުނުވެ، އިޖުތިމާޢީ ނަޒަރަކުން ބަލައި ގައުމުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ދެކެވޭ ރަނގަޅު ވާހަކަތަކެވެ. އެކަމަކު، ޕާޓީގެ މައްޗަށް އޮންނަ އިތުބާރެއްގެ ސަބަބުން ޕާޓީއަށް ތާއީދުކޮށް ދައްކާ ވާހަކަތަކަކީ، ކަނޑައެޅިގެން ވަކިބަޔަކަށް އަމާޒުކޮށް ސީދާ ރައްޔިތުންނަށް އަމާޒުނުކޮށް ދައްކާ ވާހަކަތަކަކަށް ވެއްޖެނަމަ، އެފަދަ އެއްވެސް ވާހަކައެއްގެ އަސަރު ހިނދު ކޮޅެއްގެ ތެރޭގައި ފިލައިދާނެއެވެ.

  17. ކީލި

    ތީ ދެވަގުން ކުރެވޭނެ ކަމެއް ނެތް.

  18. Anonymous

    ޑރ.ޝަހީމްތިހެންވިދާޅުވީމަހަޖަމެއްނުވާނެ. ރައީސްޔާމީންއަށް ރާއްޖޭގެހުރިހާނޫހެއްގަވަގަށްގޮވާކޮމެންޓްކުރިއަސްޤަބޫލެއްނުކުރެވޭނެ. 5 އަހަރުތެރޭގަމާލެއާއަތޮޅުތަކަށްހިތަށްވެސްނުގެނެޭވަރުގެ ތަރައްޤީއެއްގެނެސް ދެއްވާ ބޮޑުމާސިންގާބުރިޖަކާ 25 ބުރީގެ ހޮސްޕިޓަލް އަކާ އެތައް ހާސް ފްލެޓްއެއްދިވެހިންނަށް ލިބޭނެ މަގުފަހިކޮށްދެއްވާހަމައަގުގައިކާބޯތަކެތި ލިބިހިތަކަށް ޑޮލަރު ބޭންކްރޭޓް ގައިލިބިލިބިތިއްބާބައެއްގެވާހަކަތަކަކަށް ހެއްލުމުން މިއަދުމިތިބީ