ނ. މާފަރު ކޯޓުގައި ކުރިއަށްދިޔަ ކައިވެނީގެ މަޖިލީހުގެ ތެރޭގައި ކައިވެނި ކުރަން ބޭނުން ނުވެގެން، އެ ކައިވެންޏަށް "ނޫނެކޭ"ބުނެ އަންހެން މީހާ އެ މަޖިލިސް ދޫކޮށް ހިނގައްޖެއެވެ.
މި ކައިވެނި ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް އޮތީ ފުރިހަމަކޮށްފައެވެ. އެގޮތުން ރަން ކިޔާ ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިޒާމްތަކެއްވެސް އޮތީ ހަމަޖައްސާފައެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނީ، މިއަދު ކުރަން އޮތް އެ ކައިވެންޏަށް ފިރިހެން މީހާ ވަރަށް ބޮޑަށް ތައްޔަރުވެފައިވާ ކަަމަށެވެ. އަދި ފައިސާވެސް ވަރަށް ބޮޑަށް ހަރަދުކޮށްފައިވާ ކަމަށާއި، އެ އަންހެން މީހާ ކައިވެނި ކުރަން ބޭނުން ނުވެގެން ގޮސްފައި ވަނީ ކީއްވެގެން ކަން ނޭނގޭ ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
"ފިރިހެން މީހާ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި އެ ކައިވެންޏަށް، އޭނާ ވަނީ، ވަކިން އުޅެވޭނެ ގޮތް ހަދާފަ، ވަކިން ކައްކާ ކެވޭނެ ގޮތްވެސް ހަމަ ޖައްސާފައި". "ވަގުތު"އަށް މައުލޫމާތު ދިން އެރަށު މީހަކު ބުންޏެވެ.
ކައިވެނީގެ މަޖިލިސް ދޫކޮށް ދިޔަ އަންހެން މީހާއަކީ 50 އަހަރުން މަތީގެ އަންހެނެކެވެ. އޭނާ އޭނާ ކައިވެނި ކުރަން އުޅުނީ 70 އަހަރުގެ މީހަކާއެވެ. އެއީ އެ އަންހެން މީހާ ފުރަތަމަ ކައިވެނި ކުރި މީހާ ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
"ދެ ހެކިން ފޮނުވައިގެން ރުއްސި އިރުވެސް ކައިވެނި ކުރަން ބޭނުން ނުވާ ވާހަކަ އެއް ބުނެފައެއް ނެތް. ނަމަވެސް ކައިވެނީގެ މަޖިލީހަށް މިއަދު އޭނާ ދިޔައީ، ރަސްމީކޮށް އެހެން ބުނަން". އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ޤާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި، މިއީ ފިރިހެން މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި މައްސަލައެއްގެ ގޮތުގައި ކޯޓުގައި ދަޢުވާ ކުރެވިދާނެ މައްސަލަ އެކެވެ.
އެ ކައިވެންޏަށް ފިރިހެން މީހާ އެ ޙަރަދުތައް ކޮށްފައި އެ ވަނީ، އަންހެން މީހާ އާއި އެކު އަނގަބަހުން ވެފައިވާ އެއްބަސް ވުމެއްގެ މައްޗަށް ބިނާކޮށެވެ.
މައުލޫމާތުދިން މީހާ ބުނީ، އެ ކައިވެނި ކުރުން އަންހެން މީހާގެ އާއިލާއިން ނުގަބޫލެވެ. އަދި އެކަން އެގޮތަށް އޮތް ނަމަވެސް، އަންހެން މީހާ ވަނީ ކައިވެނި ކުރާނެ ކަމަށް އެއިރު ބުނެފައެވެ.
މީހެއްގެ ނުޤަބޫލުގަ ވަކި މީހަކާއި ކައިވެނި ކޮށްދިނުމަކީ ކޯޓުގެ އިހްތިޞާސްގެ ތެރޭގައި އޮންނަ ކަމެއް ކަމެއް ނޫނެވެ. އެހެންކަމުން ޤާޟީ ވަނީ އެ މަޖިލިސް އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލާފައެވެ.
އެނގިފައިވާގޮތުން، މި ދެ މީހުންވެސް ކުރިން ކައިވެނިކޮށްފައި ވެއެވެ.
އަންހެންމީހާ ރަނގަޅަށް ބަދަލު ހިފާލީކަމަށް ބެލެވެނީ ،
އެއީ އަންހެން މީހާޔަށް އޭނަގެ ފަރާތުން ކޮންމެވެސް ގޯހެއް ފެނުނީ. އެހެންވީމަ އެދިޔައީ.
އާއިލާ މީހުން ނުގަބޫލު ވީމަ ކަންނޭނގެ
ކަލޭ ހުރިހާ ތާކަށް ބޯކޮއްޕަންދޯ.
والله أعلم
ނޫނެކޭ ބުނުމަކީ ލޯބީގެ ފެށުން ކަމުގައި ބުނާ ފަދައިން ތިޔައީ ޅަފަތުގެ ލޯބީގެ ފެށުން..
އިންޑިއާ ގެ ސަގާފަތައް ފެތެނީ....
މާމީ އާއި އެއްބަސް. މާގިނައިން ހިންދީ ޑްރާމާ ބަލާ ފަންސާހުން މަތީގެ މަންޖެ އަކަށް ވާނީ.
އަހަރޭ 70
ހާދަ ކާފަރު ބޭބެއެކޭދޯ.
ކައިވެނިކުރުމަކީހަމައެކަނިކާފަރުންކުރާކަމެއްތޯ؟
ތިވާނީ މިހާރު އިންޑިޔާއިން ( ސޫތުކުޅިން، ޓުޓިކޮރިން ،ކޮއްޗޭއިން) ރާއްޖެއައުމަށް ފުރާފައިވާ އާނގުބޯޓުން އަންނަ އިންޑިޔާ މީހަކާ ކައިވެނިކުރަން ބޭނުންބެގެން ކުރިކަމަކަށް. ދިވެހި އަންހެނުން ބޭނުންވަނީ އިންޑިޔާ މީހުނާ އިންނަންކަމަށް އިންޑިޔާ މީހުންދެކެނީ. އަހަރެމެން ފިލިޕީންއަށް ކަނޑާލަނީ މިދެން، އެހެންގޮތެއްނެތެންނުން މިތާކު އަހަރެމެންނަކަށް.
ބާރަށު ސުޖާ އާއި އިންނަން ވެގެން ނޫންތަ އުޅެނީ
ފިރިހެންމީހާ މައްސަލަ ޖައްސަންވާނެ.
މާފަރުގަ ކުދިންނާ ބެހޭ މައްސަލަ ކީއްވެ ތަ ނުލިޔަނީ؟؟ މިޔައް ވުރެ ރާއްޖޭގެ ރައްޔިތުންްނައް އެކަން އަންގަދިނިއްޔާ ރަނގަޅުވާނެ!
އެހެން ކަނބަލުން ވެސް އިނުމުގެ ކުރިން ފަހު ވަގުތުގައި ވެސް ވިސްނަވާތި! އެއިރުން މި ރާއްޖޭގައި ވަރި ކާވެނި މަދުވާނީ
ފިރިހެންމީހާ އަށް 70 އަހަރުދޯ، ދެން ނޭނގެ ތީގަ ބުނާނެ އެއްޗެއް...
ތިހިރީ ސޫފިޔާނާ ޕްޔާރް މެރާ ގެ ތަންކޮޅެއް ކުޅެލާފަ . އަދި އޭނަގެ ޑްރާމާ ގެ އިޝްތިހާރު ކުރަން ފެނޭ. މާ މޮޅު ކަމެއް ވިއްޔާ ތި ކުރެވުނީ.އަންހެން ވެރިންނަށް މި ނޫން ކަމެއް ނޯވޭ. ދެން ކޮން ބައެއް ބާ ކުޅޭނީ.
އަންހެންމީހާގެ ކިބައިން ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤެއް ފިރިހެން މީހާއަށް ލިބިގެން ނުވޭ. އީޖާބާއި ޤަބޫލު ފުރިހަމަ ނުވެ އޮތް ކޮންޓްރެކްޓަކަށް، ވެދާނެކަމަކަށް ބަލާފައި ފިރިހެން މީހާ ކުރިހާވެސް ޚަރަދަކީ ރުއްސުމުގެ ބޭނުމުގައި، ކޮންޓްރެކްޓް ފުރިހަމަކުރުމަށްޓަކައި ކުރި ކަންކަން. އެހެންގޮތަކަށް ބުނާނަމަ ބޭނުންކުރި ނުފޫޒު. މިހާލަތުގައި ޚަރަދު އެއީ ނުރަގަޅު ނުފޫޒު.
އެންޑް ދޭއި ލިވްޑް ހެޕިލީ އެވާ އާފްޓާ ... ދަ އެންޑް..
އެންމެ ފަހު ވަގުތުގާ
ކަމަަނަ ހުރެފާ ބުނީ
ތަކުރު އިންނަން މަށާ
ހިތް ހަލާލެެއް ނެތޭ 🎶🎶