އިއްޔެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ހއ.ހިރަމަރަދޫ ފެނަކަ ބްރާންޗް ސްޕަވައިޒަރު އައްސަދު މުޖުތަބާ އަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ހިރިމަރަދޫ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓެއް ކަމަށް އެރަށުން މައުލޫމާތު ދީފިއެވެ.

އައްސަދު ހައްޔަރުކޮށްފައި ވަނީ، ކުޅުދުއްފުށި ބަނދަރު ސަރަހައްދުން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސް އާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނެކެވެ.

އައްސަދު އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރު ކޮށްފައިވާ މީހެކެވެ. އޭނާ އަކީ އާއްމު ގޮތެއްގައި މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ހިރިމަރަދޫން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ހިރިމަރަދޫގެ ފެނަކައިގެ ސުޕަވައިޒަރު ކަމަށް އައްސަދު ހަމަޖައްސާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބް ފަސްކުރި ފަހުންނެވެ. އޭނާ އެ މަގާމަށް ހަމަޖައްސާފައި ވަނީ ސިޔާސީ މަގާމެއްގެ ގޮތުގައި ކަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުނެއެވެ.

ހިރިމަރަދޫ ކައުންސިލްގެ މެމްބަރު ހުސައިން ފިރާގު "ވަގުތު" އަށް ވިދާޅުވީ، އިއްޔެ ހަވީރު 15:15 ގައި އެރަށުން ކުޅުދުއްފުއްޓަށް ދިޔަ ލޯންޗެއްގައި ކުޅުދުއްފުއްޓަށް ދިޔަ ފެނަކަ ބްރާންޗުގެ ސުޕަވައިޒަރު ކުޅުދުއްފުށިން ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތު އޭނާ އަށް ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަޓޯ

    އަންނި ރުޅިއަންނާނެ

  2. އެގަންޖާ-19

    ތީއާ ކަމެއްތަ؟

    4
    2
  3. ސަނާ

    ނުބުންޏަސް އެނގޭނެ ކަހަލަ ވާހަކަ ތިޔަ ހުންނަނީ

  4. ހަނި

    އެމްޑީޕީގާގި ނަވާ ނީ އެކަހަލަ މީހު ން އެކަލަމީހު ންނނނނނ ނާ ޕާޓީ ހަޥާލުކޮށްފާ ރަގަޅަށް ތިބިމީހު ން ޕާޓީ ންކެ ން އަވަހަށްކެޑެ ން ގޮވާލަށް

    5
    1
  5. ޕީ.ޕީ.އެމް ހިރިމަރަދޫ ގޮފީގެ ރައީސް

    އަހަރުން ވެރިކަމުގަ ތި ކުދިން ކޮޅު ގެންގުޅުނީ ވަރަށް އަޅާލައިގެން. ތި ހަމަ އެމް.ޑީ.ޕީ މީހުން އަޅާނުލާތީ ވާ ގޮތް. އެތްޗެހި ދީގެން އުޅުނީމަ ދޯ އެ މީހުން ވެސް ހަމައިގަ ތިބޭނީ