ވެރިކަންކުރާ އެމްޑީޕީގެ މެމްބަރުން މިއަހަރު މަދުވެ، އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ އަދަދު އިތުރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މެމްބަޝިޕް ފޯމުތައް ޕްރޮސެސް ކުރުމަށްފަހު، ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލުތައް އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ ހާމަކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު މަދުވި ނަމަވެސް އެންމެ މެންބަރުން ގިނަ ޕާޓީ އަކީ އެމްޑީޕީ އެވެ. އެމްޑީޕީގައި މިވަގުތު ތިބީ 52،952 މެމްބަރުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގައި 53748 މެމްބަރުން ތިއްބެވެ. ތަފާސް ހިސާބަށް ބަލާއިރު މި އަހަރު އެމްޑީޕީން 796 މެމްބަރުން ވަނީ މަދުވެފައެވެ.

އިދިކޮޅު ޕީޕީއެމްގައި 37،144 މެމްބަރުން މިހާރު އެބަތިއްބެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 36،054 މެމްބަރުންނެވެ. އެހެންކަމުން މި އަހަރު އެ ޕާޓީއަށް 1090 މެމްބަރުން ވަނީ އިތުރުވެފައެވެ. ޕީޕީއެމްގެ ލީޑާޝިޕުން ހިންގަމުން އަންނަ ޕީއެންސީގައި މިވަގުތު 4004 މެންބަރުން އެބަތިއްބެވެ.

ތިން ވަނަ އަށް އެންމެ މެންބަރުން ގިނައީ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގައެވެ. ޖުމްހޫރީ ޕާޓީގައި މިދިޔަ އަހަރުގެ ނިޔަލަށް 12،128 މެންބަރުން ތިއްބެވެ. މިހާރު އެ ޕާޓީގައި 13،825 މީހުން އެބަތިއްބެވެ. ޖޭޕީއަށް މި އަހަރު 1697 މީހުން ވަނީ އިތުރުވެފައެވެ. ސަންޓްރެވަލް ސިޔާމްގެ އެމްޑީއޭގައި 8178 މެމްބަރުން އެބަތިއްބެވެ. ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގައި ތިބީ 3023 މެމްބަރުންނެވެ. އަދާލަތު ޕާޓީގައި 6640 މެމްބަރުން ތިބިއިރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެމްޓީޑީގައި މިހާރު ތިބީ 3171 މެމްބަރުންނެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރްޕީގައި 2902 މެމްބަރުން އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގައި 2881 މެމްބަރުން އެބަތިއްބެވެ.

އެމްޑީޕީގެ މެންބަރުންގެ އަދަދު މިއަހަރު މަދުވެފައި ވާއިރު ފަހަކަށް އައިސް އެމްޑީޕީގެ ބައެއް މެންބަރުން ގެންދަނީ ވަރަށް ފާޅުގައި ޕާޓީގެ ސިޔާސަތުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ކައުންސިލް އިންތިޚާބުގައި ވާދަކުރަން ނިންމި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ނަން އަނބުރާ ގެންދިޔަ ގިނަ ކެންޑިޑޭޓުން ވެސް ނިސްބަތްވަނީ އެމްޑީޕީ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ޑޮކްޓަރު

  50 ހާސް މެންބަރުންނާއި އެ ކު ވަ ކި އިތުރަށް އެޅޭނެ ފޮޅި އެއް ނެތް. ސޯ، އިތުރު ފޮޅިއަޅަން އެދޭނަމަ، އެލެ ކްސް އައުޓް.

  17
  1
 2. ގޮހޮރޭ

  އެމްޑީޕީ ނައްތާލާފަ އާ އެއްޗެއް އުފައްދަަނަވެއްޖެ. ދެތިންމީހަކު ވެގެން އެމްޑީޕީ ގެ އަސާސްތައްދުއްވާލައި އިސްލާމްދީނާދެކޮޅު ގައުމުގެ މިނިވަންކަން ގެއްލުވާލަންމަސައްކުރާ އަދި ބޭރު ގައުމެއްގެ އަޅުވެތިކަމުގެ ދަށައް ގެންދާ ޒާތުކަންތައްތައް މިހާރު ކުރަމުންދަނީ.

  22
  1
 3. ބަބުޅާ

  ސާބަހޭ ޕީޕީއެމް އަދިޕީއެންސީ މިގައުމުދުއް ތަރަށްގީގެ ބާނީ ވަރަށް އަވަހަށް މިނިވަންކުރާނެ އިންޝާ ﷲ އެދުވަހުން ރާއްޖެ އިންޑިއާއަށް ވޯޓަށް ވިއްކާލި ހާއިނުން ހައްޔަރުކުރާނެ އަދި އިންޑިއާގެ ސިފައިން މިގައުމުން ފޮނުވާލެވޭނެ އަޅުގަނޑުމެންގެ ޕާޓީއަށް މިކަންވާނެ ޖީއެމް އާރުވެސް ބޭރުކުރީ މިގޮތަށް އިންޝާ ﷲ.

  21
  2
 4. ކައްބެ

  އެމްޑީޕީ އަކުތިހާވަރަކަށް މީހުންނެއް ނުތިބޭނެ ތިބިނަނަ ތިބޭނީ ގަވައިދާހިލާފަށް ގަދަކަމުން ވަޒިފާގެބިރުދަށްކައިގެން ވައްދާފަތިބިމީހުން އެހެންނޫނީ ބޯގިނަކުރަން އިންޑިއާސިފައިންވެސް މިމީހުން ވަށްދަފާނެ އީސީސަރީފު އޯކޭވާނެ ލާރިހުރީ އެޑުވާންސަށް ލިބިފަތާ.

  21
  2
 5. ފޭދޫ ހަޗާ

  ޝުކުރިއްޔާ! ރ ޔާމީން

  17
  1
 6. ނަައީމް

  މި ލޮބުވެތި ދިވެހި ގައުމު ސަލާމަތްކަމުގެ އައސޭރިއަށް ގެންދިއުމަށް ޓަކާ ކުރިހާދިވެހިން އަތުގުޅާލައިގެން ޕީޕީއެމް ޕީއެންސީއާއި އެކު ކުރިޔަށް......... މިގައުމު މިވަގުތު އެދިގޮވަނީ ރައީސްޔާމީން.....

  22
  2
 7. ބީއެމްޑަބުލިއު ބޮނޑި ބަތޭ

  ޕީޕީ އާއި ޕީއެމްސީ ގައި ތިބި ކޮރަޕްޓް މީހުން ބޭރުވެ ޕާޓީ ތަމްސީލު ކުރުމަށް ރަނގަޅު އާ މީހުން ނެރެފިނަމަ ވަރަށް ވަރުގަދަ ކަމަށް ބެލެވޭ! މިހާރު ބަރަވެލި ދުވެލީގައި ތަމްސީލުވަނީ

  4
  8
 8. ފުލެޓު ދޮންބޭ

  މަދުވީ ކަރަޕްޓް މީހުން އެކަހެރި ކުރުމުން! އެކަމަކު އެކަހެރިވި އެކަކުގެ ވެސް ފިކުރު ނުފުހޭ ކަމަށާއި ފިކުރުގައި ދެމިތިބޭނީ މި ޕާޓީ ގެ ފިކުރުގައި

  5
  3
 9. މާމީ

  ތިމަރަ އަޅާހާ ހިނދަކު ޕީޕީއެމް އެއްވެސް ކަމެއް ނުވާނެ...

  4
  2
 10. އެމްޑީޕީ އައުޓް

  އެމްޑީޕީގެ 53ހާސް މެމްބަރުންނަކީ އިސްލާމްދީނުގެ ޝަރީއަތްތައް އުވާލައި ރާއްޖެއަށް ސެކިޔުލަރިޒަމް ގެންނަން ބޭނުންވާ ބައެއް. އެމީހުންނަށް މިނިވަންކަމަކީ އިސްލާމްދީނުގެ ކިބައިން މިނިވަންވުން. އެމްޑީޕީގެ އެއްވެސް ސަރުކާރެއްގައި ރާއްޖެއަށް ތަރައްގީއެއް ލިބިފައެއް ނެތް. ޕީޕީއެމްގެ ވެރިކަމުގައިވެސް އެމްޑީޕީއާހެދި ގިނަ ޕްލޭންތައް ނުކުރުވުނީވެސް. އެކަމަކު އެމްޑީޕީ މެޖޮރިޓީ މަޖްލީހަކާއި ޖުޑީޝަރީއަކާއި ރައީސް އޮފީހަކާއެކުވެސް ކޮރޯނާގެ ކުރިން އޮތް އަހަރު ބަޖެޓް ހުސްވެ ކޮރޯނާ އައުމާއެކު 5 އަހަރުގެ ބަޖެޓް މިވަނީ އެއްކޮށް ހުސްވެ އަތްނުފޯރާ ވަރަށް ކަންތައް ގޮސްފަ. އެމްޑީޕީގެ 53ހާސް މެމްބަރުންނާއި މިސަރުކާރަށް ތާއިދުކުރާ ހުރިހާ ރައްޔިތުންނެއް މިކަމަށް ޒިންމާވާން ޖެހޭނެ. އެމްޑީޕީއިން ރާއްޖެއަށް ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެ.

 11. އުތުރުން

  ދާދި އަވަހަށް ގުންޑާއިން ރޫޅި، ރާއްޖޭގެ ވެރިކަމާ ޕޕމ
  ހަވާލްވެ ރާއްޖެ ވެއްޓި ފަ ފައިވާ ފުންވަޅުގަނޑުން އަރައި ގަނެވޭނެ އެވެ ރައްޔިތުންނަށް ހަމަނޭވާ ލުމުގެ ފުރުސަތުވެސް
  ލިބޭނެއެވެ. އަދި މުޖުރިމުން ހި ފ ފާ ހައްރުކޮށް އިންސާ ފ ފުގެ
  ކުރިމައްޗަށް ގެނެވޭއެވެ.

 12. ކަމަނަ

  އިންޑިއާ އައުޓްކޮށްގެން އެމްޑީޕީއަށް މީހުންގިނަވަން އޮތީ ނޫނީ ރ. ޔާމީނު ސަލާމަތްކުރޭ

 13. ގެއްލޭނެއޭ

  ތަމެންގެ ސަރުކާރުން ކޮވިޑޭ ކިޔާ ވެންޓިލޭޓަރުން ވެސް ވައްކަން ހަކުރު ކޮޅުން ވެސް ވައްކަން ވަޅޯ މަސްކިބަ އިން ވެސް ވައްކަން އަދި އަމިއްލަ މީހެއްގެ ގޯތީގައި ހުޅުމާލޭގައި ކޮވިޑް ފެސިލިޓީ އެއް 100 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްގެން ބިނާ ކުރުން މީދެން ބޮޑުވަރު ނޫންތޭ ވައްކަން ކުރާވަގުން ވެސް ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރުމުގައި ހައްދެއް ވެސް އޮވެއޭ ތަމެން ތިޔާ ތިބީ އެކަމުގައި ވެސް ހައްދު ފަހަަނައަޅާ ގޮސްފައޭ ދެން ތަމެންގެ ތާއީދު ގެއްލޭނެއޭ ގެއްލޭނެއޭ...

 14. ގ

  ޕާޓީ ގެ މެމްބަރެއް ނޫން، އެމްޑީޕީ އާ އިދިކޮޅު ވެވެނީ ލާދީނީ ވާހަކަ ދައްކާތީ 😔....

 15. ކިއެއްވެތޭ

  އެމްޑީޕީ އަކީ އެއީ ވެރިކަން ކުރާ ޕާރޓީ އަށް ވެފައި އެޕާރޓީގެ މެމްބަރުންގެ އަދަދު ދަށަށަް ދިއުން އެއިން އެގިގެންދާ އެއްޗަކީ އެއީ އެމްޑީޕީގެ ވެރިކަމަކީ ދިވެހިރައްޔިތުންނަށް ލާބަ އާއި މަންފާ އަށް ކަންކަން ކުރާ ޕާރޓީ އެއް ނޫން ކަން އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ބޮޑަށް ރައްޔިތުންނަށް އިހްސާސް ކުރެވެނީ އެމެން ރާއްޖެ އަކީ އެއީ އިންޑިއާގެ އަވަށް ގަނޑަކަށް ނެހެދިގެން ތެޅި ބާލާ ތަނޭ ވިސާ ކެންސަލް ކޮށްފައި ތިބި ހެލިކޮޕްޓަރު ދުއްވާ އިންޑިއާ ސިފައިން ނަށް ވިސާ އާކޮށްދިނީ އެއީ ކިއެއްވެތޭ...

 16. ތަމެންދޯ

  އެމްޑީޕީގެ މެމްބަރުންގެ އަދަދު ދަށަށް ދިޔާ އެއީ ރައީސް އޮފީހާއި ރައްޔިތުންނާއި އެއްވެސް ގުޅުމެއް ނެތީމައޭ ރައްޔިތުންގެ ވޯޓަކުން ހޮވާފައިވާ ރައީސަކު ރާއްޖޭގައި ހުންނަވާއިރު ސަރުކާރު ހިނގާ ކަމެއް ވެސް ރައްޔިތުންނަށް ނޭގެއޭ މިހާރު އަޑު އެބައިވޭ ގުޅިފަޅު އިންޑިއާގެ ޖީއެމްއާރަށް އެމެންގެ ނަން އެހެން ނަމަކަށް ބަދަލުކޮށްގެން އައުމުން ވިއްކާލަން ވެގެން އުޅޭ ކަމަށް އެފަދަ ކަންކަން ޖެހޭނެއޭ ރައީސް އިބޫ ވަރަށް ސާފުކޮށް ރައްޔިތުންނަށް ކިޔާދޭން އެނޫން ނަމަ އަދިވެސް ދާނީ ދަށަށޭ...

 17. އިންޑިއާ އައިޓް

  އަޅުގަނޑު ބުނެލަން އޮތީ އެންމެހާ ރައްޔިތުންނޭ ހޭ އަރާށޭ! މި ރާއްޖެ އަޅުވެތި ކަމަށް ދިއުމާއި ދެކޮޅުވީމަ އެމް.ޑީ.ޕީ ވިޔަސް އެން ބައެއްވިޔަސް ދޫކޮށްލަން ޖެހޭނީ. ދީނާ ގައުމުގެ ދިފާއުގައި.

 18. ވީމަސްޓް

  އެމްޑީޕީގެ ވެރިކަމަށް އެންމެ ދެ އަހަރު ދުވަސް ނުވަނީސް ރާއްޖޭގެ އިގްތިސާދު ފުނޑާލައިފިއޭ ވެރިކަން ފަށާ ވަގުތުން ސްކޫލް ތަކުގައި ހެދުނުގެ ނާސްތާ ހިލޭ ނަމުގައި ދިނީ އެއީ އެމްޑީޕީގެ ތެރޭގައި ތިބި ކޮރަޕްޓް ބަޔަކަށް ފައިސާ ފީންނެއް ދޭން ވެގެންނޭ އެންމެ އަހަރު ދުވަސް ތެރޭގައި ސްކޫލް ތަކުގައި ހެދުނުގެ ނާސްތާ އަށް ދުއްވާލިއޭ ދައުލަތުގެ ބަޖެޓުން 1 ބިލިއަން ރުފިޔާ މީ ގުޅިފަޅު ހިއްކާލާ ގޯތި ދެވޭނެ ފައިސާ ވީ މަސްޓް ރިއަލީ ތިންކް އޮފް ދީސް ޑަލް ލީޑަރޝިޕް ދޯ

 19. ވަހީދު

  40 ހާސް ހަމަނުވޭ އެމްޑީޕީގައި. ހުސްދޮގު

 20. އޯއްއޯއްއޯއް

  އެމްޑީޕީ މެމްބަރުން މަދުވުން މީ އެމްޑީޕީގެ ކުރިމަގު އުޖާލާ ނޫން ކަން އަންގާދޭ ދަލީލު ތަކޭ ވަޓްސް ދިސް ވޮޗިންގް ދަ ސަން ގޯ ޑައުން އެމްޑީޕީ ކުދިންނޭ އޯއް އޯއް އޯއް އޯއް ވަގުތޭ މިއޮތީ ޖެހިފައި ކޮވިޑް ވަގުން ހޯދަން ޖެހޭ ވަގުތު އައި ނީޑް ޓު ފައިންޑް ކޮވިޑް ވަގުން ދޯ ކުދިންނޭ އޯއް އޯއް އޯއް މިސްޓްރީއަސް ކޮވިޑް ވަގުން ކޮބާތޭ އެއޮތް ދަނީ މިއޮތް ދަނީ ލޯ ބޮޑު ކަޅު އައިނު އަޅައިގެން ދޯ އޯއް އޯއް އޯއް ކޮވިޑް ވަގުންނޭ މިއޮތް ދަނީ އޯއް އޯއް އޯއް ކޮވިޑް ވަގުންނޭ މިއޮތް ގެންދަނީ އޯއް އޯއް އޯއް ކޮވިޑް ވަގު ސަރުކާރު ދޯ..

 21. އޯއްއޯއްއޯއް

  ސަރުކާރުގެ ކުންފުނި ތަކުގައި ކޮރަޕްޝަން އޮތީ ދުނިޔޭގެ ފެންވަރުގައޭ އެގޮތުން ފާހަގަ ކުރެވެއޭ ފެނަކަ އަދި ސްޓެލްކޯ އަދި އެމްޕީއެލް އަދި އެމްއޭސީއެލް ހޯދާ ނުފެންނާނެއޭ އެންމެ ކުރީގައި އުޅެނީ އެޗްޑީސީއޭ އެމެން ކަޓް ޖައްސަނީ ކްރައިޓީރިއާ އެއް ހަދައިގެންނޭ އެމެން ވަނީ ކަޓް ކާން ވެގެން އެޕެއް ވެސް ތައްޔާރު ކޮށްފައޭ އެ އެޕް އިން ކަމަކަށް އެދޭއިރު މަދުވެގެން އެއް މިލިއަން ޑޮލަރު ޖެހެއޭ ބާސްކެޓަށް އަޅަން ހުޅުމާލޭން ބިމެއް ބޭނުން ނަމަ މިސަރުކާރުގެ ކުންފުނި ތައް ލޫޓުވާ ހުސްކޮށްލަނީއޭ އެތަންތަނުގެ ބޯރޑް މެމްބަރުންނަށް ބޮޑެތި ވަގުން ލައިގެން ދޯ...

 22. އޮޅާލާ

  ތަމެން ޖެހެނީ ޕީސީބީ ޒިންމާ އަދާ ކުރާތާ ތޯ ބަލަންތޭ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނި ތަކުގެ އެމްޑީން ނަށް ކޮރަޕްޓް ކާރޓެލްސް އިން ލާ އަދި ބޯރޑް މެމްބަރުންނަށް ދަ ކިއްލި ތަޅާ މީހުން ލުމުން ދެން ވާނެ އެތި މިއޮށް ގެން ވަނީއޭ އިހަށް ދުވަހު ފަރަށް އެރި ކޮޅު ވެއްޓީގައި ހުރި ހުރިހާ ތަކެތި ހުރީ ހަލާކު ވެ ފުނޑު ފުނޑުވެފައޭ އެކަމަކު އެކުންފުނީގެ އެމްޑީ ބުނީ އެއްވެސް ގެއްލުމެއް ނުލިބެއޭ އަދި އެމެން ބުނެއޭ ދޯ ފެނަކަ އަކީ އައިއެސްއޯ ސްޓޭންޑަރޑް އަށް ފެތެއޭ ދޯ އައިއެސްއޯ ސްޓޭންޑަރޑް އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ޖަހާ ރަންރީނދޫ ޓްވިޓަރޭ ބެކަށް ޖަހާ ޖަހާ ޖަހާ ޖަހާ

 23. ދަނީއޭ

  ރާއްޖޭގެ ތާރީޚް ދުށް އެންމެ ކަމެއް ނުވާ އެންމެ ދެރަވަރު އެންމެ ނޮން ޕާރފޯމިންގް ސަރުކާރަކީ އެއީ ރައީސް އިބޫގެ ސަރުކާރޭ އޯއް އޯއް އޯއް ތަމެންގެ ސަރުކާރަކީ އެއީ ދެން ވަރަށް މިސްޓީރިއަސް ވެރިކަމެކޭ ދޯ އޯއް އޯއް އޯއް އެމްޑީޕީގެ ވެރިކަމަކީ އެއީ ވަރަށް މިސްޓީރިއަސް ވެރިކަމެކޭ ދޯ އޯއް އޯއް އޯއް ތަމެންގެ ހަނދު އޮއްސެނީއޭ ތަމެން އެކަމަށް ކޮންސެންޓްރޭޓް ކުރާށޭ ނޯ ޑައުޓް ތަމެންގެ ވެރިކަން ދަނީ ނާކާމިޔާބާއި އަދި ފެއިލިއަރގެ މަގުން ޝައިތާނާ ދައްކާ މަގުންނޭ

 24. ތަމެންދޯ

  ކޮރަޕްޝަން ނުހުއްޓުވާކަމަށް ތުހުމަތުކޮށް ޕީސީބީގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި ތިޔާއީ ދެން ވަރަށް ހެއްވާ ކަމެކޭ ޕީސީބީ ކީއްތޯ ކުރާނީ ސަރުކާރުގެ މުޅި ބޯރޑާއި އެތަނުގެ އެމްޑީ ގުޅިގެން ބޮޑެތި ނެޓްވާރކް އަޅައިގެން އެމެން ކޮރަޕްޝަންގެ ދަށުން ފަސްމާމުލު ފަސްވަގުންނަށް ވުރެން ބޮޑެތި ކުޅަދާނަ ވައްކަން ކުރަމުން ދާނަމަ ރަށްރަށުގެ ފެން ޕްލާންޓަށް މައްސަލަ ޖެހުމުން އެރަނގަޅު ނުކޮށް ހިންގާ ހަލާކު ކޮށްލާ އާރޖެންޓް ކޮށް އާއެއްޗެއް ބޮޑު އަގުގައި ނަގަނީ އެއީ ބޮޑެތި ވަގުންނޫންތޭ...