އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެޑްވައިޒަރުގެ މަގާމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރެއްވުމާ ގުޅިގެން އެކަމަށް މަރުހަބާ ދަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ރޭ ވިދާޅުވެއްޖެއެވެ.

ޝަހީމް، އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ހަމަޖެއްސި ހަބަރެއްގެ ލިންކާ އެކު، ޝިފާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް މިވަގުތު ވަރުގަދަ އިދިކޮޅު ފަރާތެއް ބޭނުންވާ ކަމަށެވެ. އަދި ގައުމަށް ކުރިއެރުން ހޯދައި ދިނުމަށް ޝަހީމް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ޝިފާއު، ޝަހީމަށް މަރުހަބާ ދަންނަވައި ޓުވީޓު ކުރެއްވީ އޭނާ ޓެގް ކުރައްވައެވެ.

"އުންމީދު ކުރަނީ ޖަލުގައި ތިބި ކުށްވެރިން މިނިވަން ކުރުމުގެ ބަދަލުގައި ގައުމަށް ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށް،" މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ޝިފާއު ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓު، ޝަހީމްއާ އެކު، ތިން ބޭފުޅުން އެޑްވައިޒަރުންނަށް އެބަތިއްބެވިއެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ.

ޑރ. ޝަހީމް ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އެ ކޯލިޝަނުން ދަނީ މުޅި ރާއްޖޭގައި ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ފަތުރާލަން މަސައްކަތް ކުރަމުންނެވެ. އެ ކޯލިޝަންގެ ހަރަކާތްތައް ފުޅާކުރަނީ، ކޯލިޝަނުން ބުނާ ގޮތުގައި، ސަރުކާރު ފެއިލްވެ ގައުމުގެ މިނިވަންކަމަށް ނުރައްކާވާ ގޮތަށް ހާރިިޖީ ގުޅުންތައް ބަދަހި ކުރަމުން ދާތީއެވެ.

ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއާ އެކު، ޝަހީމް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވީ ސައުދީ އަރަބިއްޔާގައެވެ. އެއީ ޖިއްދާގައި ހުންނަވާ ހުންނަ އޯގައިނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުގެ މަގާމު ފުރުއްވުމަށެވެ. މަގާމުގެެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު، އޭނާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހު ފަހުކޮޅުގައެވެ.

ޝަހީމް ރޭ ވިދާޅުވީ ރާއްޖެ އަށް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ހާލަތުން ނަގައި އާރާސްތު ކުރެވޭނެ ހަމައެކަނި ލީޑަރަކީ ޔާމީން ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންނާއި މިހާރުގެ ސަރުކާރުގެ ލީޑަރުންގެ އަމަލުތަކުގެ ސަބަބުން ގައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހަސަންކޮއި

    ކވޑ ޝިފާ އު ކަލެ އަކީތަނެ އްދޮރެ އް
    އއ އެނގޭމީހެ އ އް ނޫން

    43
    1
  2. ހަނި

    ސި ފާއުކަލޭމެން ކީވެހޭ އެރުގާތިބިބޮޑެތިކުއްވެންދޫކޮށްލީ

    46
  3. ހިތްރުހޭ

    އަދުރޭ ގެ ފަހަތުން ދަކްތޫރު ޝަހީމް ހުންނަވާތަން ބަލާކަށް ބޭނުމެއްނޫން! ޕީޕީ ކުދިން ޝަހީމް ކުރިއަށް ނެރުއްވާ! އަދުރޭގޯހީއެއްނޫން މުޅިއަކުން އެކަމަކު މަސައްކަތް ކުރަންޖެހޭ ފެންވަރަކަށް މަސައްކަތެއްނުކުރެވޭ! ރ.ޔާމީނު އަށް ދެރަ ލިބޭތަން ބަލާކަށް މަގޭ ހިތެއް ނުރުހޭ!

    1
    3
  4. ޙހހހ

    ކަލޭމެން ހިތް އެދޭބަޔަކު ވައްކަމާއި ރޭޕްކުރުމާއި ޤައުމުގައި އަނިޔާވެރިވެ ހުޅުޖެހުމަށް ހިތްވަރު ދިނަސް އެމީހުން ޖަލަށްލާކަށް ނޭދޭ ، ދެން ކޮންވާހަކައެއް ދައްކާކަށް ، އިދިކޮޅު ލީޑަރަކު ނެތީމަ ރޯޔަލް ރޭޕާއި ޤައުމު ހަޒާނާ ދަވާލުން ހުއްޖަތަކަށް ވޭތަ ، މިވެސް ހަމަ ހަމަ މީހެއްބާއޭ ހިތަށްއަރާ

    3
    1
  5. ކިނބޫ

    ޕްރޮފެސަރު މީ ވިސްނޭ ގޮލައެޖޭ. ކޮވިޑް އެކަންޏެއް ނޫން މީނައަށް އެނގެނީޖީ.

  6. ވަގާވަގާވަގާ

    ރާއްޖޭގެ ވެރިކަން ވެސް އެމްޑީޕީ އަށް ރާއްޖޭގެ މަޖްލީސް ވެސް އެމްޑީޕީ އަށް ދީގެން މެނުވީ ވެރިކަން ނުކުރެވޭނެ ކަމަށް ރައީސް އިބޫ ވިދާޅުވުމުން ރައްޔިތުން އެ ދެކަން ވެސް ވަނީ ހެޔޮ ހިތުން ކޮށްދީފައޭ އެކަމަކު އެއިންވާ އެއްވެސް ފައިދާ އެއް ނެތޭ ރައްޔިތުންނަށް ރައީސް އިބޫ ކުރައްވާ ކަމަކީ ކުރީ ސަރުކާރު ކުރީ ސަރުކާރު އަދި ހިޔާ މަޝްރޫއުގެ ފްލެޓްސް ތަކުގެ ޖާގަ ކުޑައޭ ބުނެ މިނިސްޓަރުންގެ ތެރޭގައި އީގޯ ބަލި ޖެހިފައި ތިބި ކަންޓްރީސައިޑް ކަނޑުކޮހުން ދައްކާ ވާހަކަ ތަކޭ އަޑުއަހަނީ އެމްޑީޕީގެ ސަޕޯރޓް މިހާރު ވަރަށް ކުޑަވާނެއޭ އެބޮޑު ކަމަށް ދައްކަނީ އެއީ ވޯޓް ގުނުމުގައި އާއި އަދި ވޯޓް ނަތީޖާ އިއުލާން ކުރުމުގައި މަކަރާއި ހީލަތް ހަދައިގެންނޭ މީއޭ މީގެ އަސްލަކީ އެމްޑީޕީ އަކީ އެއް އިރެެއްގައި ވެސް ރާއްޖޭގައި ތިޔާ ބުނާ ބޮޑު ތާއީދެއް އޮތް ބައެއް ނޫނޭ އެއީ އައްޑޫ ގައި ތިބި ބޮޑެތި ވަގުން ތަކެއް އެކުވެގެން ކެނެރީގެ ނަޝީދާއި އެކު އުފައްދައިގެން އުޅޭ ވައްކަން ކުރާ ޕާރޓީ އެކޭ ކޮވިޑް ވަގު ވެންޓިލޭޓަރު ވަގު ކޮމިއުނިކޭޝަން ވަގު ދޯ

    3
    1
  7. އަލިފު!

    ކަލޭމެންގެ އިދިކޮޅުފަރާތް މާގަދަފަދަ ވާނެ! އެކަމަކު އެއީ އެންމެ އޯގާތެރި ފަރާތްވެސްމެ!

  8. ކަމަނަ

    ސިފާޢުމެން ވެރިކަމަށް އައުމާއެކު ޖަލުގައިތިބި ގާޒީން ވަގަށްނެގި ބޮޑެތިކުއްވެރިންނާ ރިޝްވަތާ ކުޑަކުދިންނަ ބެހުނު މީހުންނަށް ދާންދެއް ދޫކޮށްލީ ރަނގަޅުތަ އެގޮތް މިއަދުވާހަކަނުދައްކަ

  9. ބަރުމާ

    ބަލަކަލޭމެންވެސް ކަލޭމެންގެ ލީޑަރު ޖަލަށްލީމަ މިނިވަން ކުރާކަށް ނޫޅެމުތަ؟

  10. ޅަވިޔަނި

    ޔާންޓޭދެކި ހާދަބިރެއްގަންނަނީ އެމްޑީޕީ ގުންޑާއިން

    ނަޝީދަކީ ޒީރޯޓޮލަރެންސް
    ޞޯލިހު ސަންގޯރެއް

    ޝިފާއު ކޮހެއް

    މިޤައުމު ދެންވެސް އަރާނީ ޔާންޓެއާއިއެކު ބަލަންތިބެ

  11. އެޑިޓް

    ކަނޑުކޮސް ހުންނަ ގޮތްވެސްނޭގޭ އިރު ސައިޒުވެބަލަ..

  12. ގ

    ޑރ ޝަހީމް ރާއްޖެއަކު ވެސް ނެތް

  13. މޫސަ

    ރެކްޓަރ މިންގަނޑުން ކިހާވަރެއްގެ ބާރުމިނެއްގައި ޝިފާއުގެ މޭގަނޑަށް އެރި ލޮޅުމެއްބާ!

  14. ސސސ

    ކަލޭމެން އިދިކޮޅުގަ ތިބެގެން ޖަލުގަ ތިބި ކްރިމިނަލްސް ދޫކުރަން ނުގޮވަމުތަ؟ ކޮންމެވެސް ވަރަކަށް ދެކިޅުޖެހޭ ވާހަކަ ދައްކަބަލަ. ތަނެއް ދޮރެއް ނޭނގި ފުންމައިން އަރާ ގޮނޑީގަ އިށީނަކަސް އަދި ނުވާނެ ކަލޯ.