އައްޑޫޫ ސިޓީގައި ވަކި ތަރުތީބެއް ނެތި ކޮވިޑް-19 އަށް ސުންކު ނަގަން މާދަމާ ފަށަން ނިންމާފައިވާ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ކޮވިޑް ސަވައިލެންސް ސުންކު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ މަސައްކަތުގެ ތެރެއިން އައްޑޫގައި މާދަމާ އާއި އޭގެ އަނެއް ދުވަހު އެކި ސަރަހައްދުތަކުގައި ކޮވިޑް-19 އަށް ސުންކު ނެގުން ކުރިއަށް ދާނެ ކަަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އަދި އެކަމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދޭން އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ މަދުވެފައެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 9939 އަށް ވަނީ އަރާފައެވެ.

އަދި މި ބަލީގައި މިހާތަނަށް 34 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހ

    މާލޭގަ ސުންކް ވެސް ތިގޮތަށް ނަގާނަމަ، އެޗްޕީއޭ ބޭފުޅުން ނަގަނީ ނަގާނެއް މީހެއްގެ....