ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު މަސައްކަތް ފެއްޓެވުމުން އިތުރު ގިނަ އިލްމުވެރިންތަކެއް އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ޑރ، ޝަހީމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެޑްވައިޒަރެއްގެ މަގާމު ދިނުމާއި ގުޅިގެން މިއަދު ކުރި ޓްވީޓެއްގައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. ޝަހީމް އިދިކޮޅާއި ގުޅިވަޑައިގަތުމުން، މިއަދު އާދަމް ޝަރީފް ކުރެއްވި އެ ޓްވީޓުގައި ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރި ކުރުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުންސާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ހަރުކަި ފިކުރާއި ލާދީނީ ފިކުރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްވެސް ވަރުގަދަ ކުރާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުންގެ ގޮތުގައި މިހާރު ތިއްބެވީ ޝަހީމްގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ.

ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއާ އެކު، ޝަހީމް ވަނީ ސައުދީ އަރަބިއްޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ. ޑރ. ޝަހީމް ޖިއްދާގައި ހުންނަވާ ހުންނަ އޯގައިނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުގެ މަގާމު ފުރުއްވުމަށެވެ.

މަގާމުގެެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު، އޭނާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހު ފަހުކޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ހަނި

  އއއއއ؟ އުމީދުކުރަނީ މިހާރުސަރުކާރާ އެދިކޮޅަށް ގިނަބަ އެކުގުޅިގެން މިވަގު ސަރުކާރު ބަދަލްކުރަން އަޅުވެތިކަމުންސަލާމަތްކުރަން އަނިޔާވެރިކަމުންސަލާމަތްކުރަން ދަރަނި ވެރި ކަމުން ސަލާ މަތް ކުރަން އާ އިލީ ވެރިކަމުން ސަލާމަތް ކުރަން

  40
  2
 2. ދަރުމަ

  ބޭނުމީ ހަމަމިހާރުވެރިކަން ބަދަލުކުރަން މިކަންތަށްތަށް ވަރަށްރަނގަޅަށް އިދިކޮޅުން ދުރާލާ ރާވައިގެން ކޮށްފިނަމަ ކާމިޔާބުވާނެ މިގައުމެއްނެތް މިގައުމަށް އިންޑިއާގެ ބަސްވިކޭހިސާބަށް ކަންކަން ވަނީ ގޮސްފަ ހީވަނީ ވެރިކަން ހޯއްދަވައިދެއްވުމުގެ ބަދަލެއް ހެން.

  36
  1
 3. ވީމަސްޓް

  އެމްޑީޕީ މެމްބަރުން މަދުވެ، ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމަށް މެމްބަރުން އިތުރުވެއްޖެ ނަމަ މިކަމަކީ އެއީ ކެނެރީގެ ނަޝީދު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކޭ އެމްޑީޕީ އަށް އަޑިގަނޑު އަންނަން އުޅޭ ކަމުގެ ނިޝާން ތަކޭ މިހާރު މިފެނިގެން ދަނީ މީގައި ވަރަށް ބޮޑެތި މައްސަލަ ތައް އެބަހުއްޓޭ އެންމެ ބޮޑެތި ގޯސް ތައް ހަދާފައިވަނީ ކެނެރީގެ ނަޝީދޭ އެއީ ޗައިނާ އާއި ނެކް ޓު ނެކް ޖެހޭ ގޮތަށް ތާކުން ތާކު ނުޖެހޭ ރޯ ބުހުތާނު ދޮގު ހިމެނޭ ވާހަކަ ދައްކައިގެން އެކަން އަތަށް ނުގޮވާނެ ކަމަށް ހީކުރުމުން އެންމެ ފަހުން އެކަން ގޮވީ ތަމެން އަތަށޭ ވީމަސްޓް ރިއަލީ ނޯ އިޓް ދޯ...

  23
  2
 4. Anonymous

  ޢިލްމުވެރިން އެކަންޏެއް ނޫން. މުޅި ދިވެހި ރައްޔިތުން ވެސް ގުޅެންވީ. ހެޔޮވެރިކަން ކުރަން ދުޢާދެއްވައިގެން އައި ސަރުކާރުން ދިވެހިންނަށް ލިބެމުން މިދަނީ ހިތްދަތިކަން. އިންޑިޔާ ގެ އަތްމައްޗަށް ޤައުމުގެ މައިދޮރުއަށިވެސް ޙަވާލުކޮށް ގެން ކިތައްހާސް ޑޮލަރުތޯ މަހަކު އެމީހާގެ މުސާރައަށް. މިކަހަލަ ކިތައް ކަންތައްތޯ. އެންމެ ނުބައިކަން ދީނާއި ޚިލާފް ރިޕޯޓްތައް ނެރެ ފިޔަވަޅު ނޭޅުން. ދީނަށް ކަމޭ ނުހިތާބަޔަކު ޤައުމަށް ވަފާތެރިވެ އަމާނާތްތެރި ވާނެކަމަށް ޤަބޫލުނުކުރެވޭ. އިސްތިއުފާ ދެއްވާ

  35
  4
 5. ބޫ ގަލް ކުޑޭ

  ކަލޯ ހުރިހާ މީހުން އެއްކޮށްގެން ރުގުޔާ ކިޔަވަންތަ ތި އުޅެނީ؟

  4
  13
 6. ޝަިން

  ވެރިކަން ބަދަލު ކުރަން މިހާތަނައް ނިކުތް އެއްވެސް ބަޔަކު ހަގީގަތުގައި ތިއިންކަމެއް ބަދަލެއް ނުކުރޭ.. ޝަހީމަކީވެސް ދިވެހި ރައްޔިތުން ކަމުނުގޮސްގެން ވޯޓުން ބޭރުކުރި ޔާމީން ސަރުކާރުގަ އުޅުނު މީހެއް.. ވެރިކަން އިސްލާހު ކުރަންޏާ މިހާރު މިތިބަ މީހުންނޫން ބަޔަކު ގެނައުން ބުއްދިވެރި. މިއީ ހަމަ އެކައްޗަކުން އަރުވާ އެކި ވައްތަރުގެ ދަޅަ.

  4
  8
 7. ނޮޅާލީއޭ

  ކޮބާ ކޮވިޑް ވަގުންނޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ކޮބާ ފެން ޕްލާންޓް ވަގުންނޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ކޮބާ ވަޅޯ މަސްކިބަ ވަގޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ކޮބާ ވެންޓިލޭޓަރު ވަގޭ ތަމެންނަށް ފެނޭތޭ ފެނޭދޯ އިޓްސް ޓައިމް ޓު ގޯ ޖެއިލް ދޯ އައި ނީޑް ޓު ބީ ވިދް ޔޫ އޯއް އޯއް އޯއް ކޮވިޑް ތެރޭގައި ސަރުކާރުގެ ކުންފުނި ތަކާއި ހުރިހާ މިނިސްޓްރީ ތައް ވެގެން އެއް އަންބާ އެއް ކިޔާ ސަރުކާރުގެ ޚަޒާނާ ބަނޑުއަޅާލައިފިއޭ ކުދިންނޭ ސްޓޭޓް ފަންޑް ލޫޓެޑް ނޭކެޑް ރޭޕްޑް ދޯ

  11
 8. މެކުނު

  ޖަމާއަތްތެރިން ނުގުޅޭތަ

  1
  14
 9. އަޙްމަދް

  މުސްލިމު ވެރިޔާ އާއިދެކޮޅަށް ނުތުމަކީ ތިއީ ޙަޤީޤި
  ހަރުކަށި ފިކުރަކީއެވެ.
  މިޒަމާނުގައި ކިތައްމެ ރީތިނަމެއްކިޔަސް ކިތައްމެ ގިނަ އިލްމުވެރިންނާއި އެކުގައި ވިނަމަވެސް މުސްލިމުވެރިޔާ އާއި ދެކޮޅަށް ނުކުތުމަކީ ތިއީ ހަމަ އެއްމެ ހަރުކަށި ފިކުރެވެ
  މި އުއްމަތުގެ 3 ވަނަ ޙަލީފާعثمان رضى الله عنه އާއި ދެކޮޅަށްނުކުމެ އެކަލޭގެފާނު ޝަހީދުކޮއްލާ ލޭއޮހޮރުވާލި ޤަދީމީ ހަރުކަށި ފިކުރެކެވެ.

  4
  15
  • ބަހީރާ

   މިތާކު މިހާރު ނެތް މުސްލިމު ވެރިއެއް

 10. އަޙްމަދް

  މުސްލިމު ވެރިންނަށް ކިޔަމަން ގަތުމުން ބޭރުވެ އެ ވެރިންނާއި ދެކޮޅަށް ނުކުތުން ހުއްދައެއް ނުވާނެވެއެވެ.
  މިކަމުގެ ދަލީލަކީ
  ‎يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ

  O you who believe! Obey Allah and obey the Messenger (Muhammad SAW), and those of you (Muslims) who are in authority.

 11. ސަހީމް

  ޝަރީކު ކުރަން އަމުރުނުކުރާ ހިނދެއްގައި ވެރިންނަށް ކިޔަމަންވާ އާދަމް ސަރީފް ކިޔެވި ފޮތުގަ ނެތްތަ؟

 12. ޚާލިމް

  މުސްލިމް ވެރިޔަކާ ދެކޮޅައްވެސް ނުކުންނައް ޖެހިއްޖެނަމަ އެކަން ނުކޮއްދޫކޮއްލާނީވެސް އެންމެ ހަރުކަށިފިކުރުގެ މީހުން އަދި އެވާނީ ދެފުއްދެގޮތް މުނާފިޤުންނައް އެހެންވީމާ އެއްވެސް މުސްލިމަކު ބޭނުމެއްނުވާނެ އަނެއްމުސްލިމަކާދިމާލައްތީ މުނާފިޤެކޭ ބުނާކައް އެކަމަކު މިޤައުމުގަވެސް މުނާފިޤުން އެބައުޅޭ

 13. ޖަވާދު

  ޢިލްމުވެރިޔަކު ނުދާނެ! ސޭލް އަޅުވައިގެން ދުނިޔެ ހޯދަން ޢިލްމު ވެރިން ކަމަށް ހެދިގެން އުޅޭމީހަކު ހިގައިދާނެ!

  1
  1
 14. ައަހުމަދު

  ތިހެން ތިކަންވެއްޖެއްޔާމުން ތީ ދީނީއިލްމުވެރިންނަށް ހެދިގެން އެހެންއެޖެންޑައެއް ގެންގުޅޭބައެއް ދީނީ އިލްމުވެރިންނެއް ނުޖެހޭ ކޮންމެހެން ޝަހީމުޖަހާ ސަކަރާތުގެތރެއަށް ވަންނަން.

 15. Anonymous

  އިލްމުވެރިން ގުލެނީރަގަލުކޮލާ އާންމުގޮތެއްގައި