އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާ ކަވަރު ކުރުމުގެ ނަމުގައި ބައެއް މީޑިއާތަކުގެ ބައެއް ނޫސްވެރިން ކުޅުނީ ފިލްމެއްގެ މަންޒަރުތަކެއް ކަމަށް ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނާއިބު ރައީސް ވިދާޅުވީ އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރޭގެ މުޒާހަރާގައި ބައެއް މީޑިއާތަކުގެ ބައެއް ނޫސްވެރިން އުޅުނީ ފިލްމީ މަންޒަރުތަކެއް ކުޅެން ކަމަށާއި އެހެންކަމުން ފިލްމު ކުޅެން މާ ރަނގަޅުވާނެ ކަމަށެވެ. އަދި މިހާރު އެ ފަރާތްތަކުން ކުރައްވާ ސިޔާސީ މަސައްކަތްތަކަށްވުރެ ފިލްމީ ދާއިރާއިން ކުރިއެރުން ލިބޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ރާއްޖެ ޓީވީ ފެންނަނީ އިދިކޮޅު ފަރާތްތަކުން ހިންގާ ޖަރީމާތައް ފޮރުވަން އޮންނަ ޓީވީއެއްގެ ގޮތުގައި ކަމަށާއި، ވީޓީވީ މި ފެންނަނީ ވަކި މީހެއްގެ ވިޔަފާރި ހިމާޔަތް ކުރުމަށްޓަކައި މަސައްކަތް ކުރާ ޓީވީއެއްގެ ގޮތުގައި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. މީގެ އިތުރުން ބައެއް ނޫސްވެރިން ކުރިއަށް އޮތް ރައްޔިތުންގެ މަޖީލީހަށް ވޯމްއަޕް ކުރާތަން ފެންނަ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"ބައެއް ނޫސްވެރިން އެބަފެނޭ ރައްޔިތުންގެ މަޖީލީހަށް ވޯމްއަޕް ކުރާތަން. މީގެ ތެރެއިންވެސް މަޝްހޫރުކަން ހޯދައިގެން ދެން އަންނަ އިންތިހާބެއްގައި ވާދަކުރަން މަސައްކަތްކުރޭ، ހާއްޞަ ގޮތެއްގައި ރާއްޖެ ޓީވީގެ ނޫސްވެރިން މި މަސައްކަތް ކުރާތަން ފެނޭ" އަދުރޭ ވިދާޅުވިއެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވާއިރު، ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރޭގެ މުޒާހަރާގައި ނޫސްވެރިންގެ އަމަލުތައް ހުރީ އެއްވުމުގެ ބައިވެރިންނާ އެއް ހަމައެއްގައި ކަމަށާއި ބައެއް މީޑިއާތަކުން ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ މީގެ ކުރިން ހިނގާފައި ހުރި ހާދިސާތަކުގެ ފޮޓޯތައް، ރޭ ހިނގި މަންޒަރެއް ކަމަށް ބުނެ މީޑިއާގައި ދައުރުކުރަމުންދާ ކަމަށާއި ބައެއް ޓީވީ ސްޓޭޝަންތަކުން ވެސް އެގޮތަށް ގެނެސްފައިވާތީ ހިތާމަކުރައްވާ ކަމަށެވެ.

އަދި އެއްވެސް މީހަކު ނެތް ގޯޅި ކަންމައްޗެއް ދައްކައި އެ ސަރަހައްދަށް އެއްވުމަށް ގޮވާލާ ހިސާބަށް ކަންކަން ގޮސްފައި އެބަހުރި ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

މުޒާހަރާގެ ފްރަންޓް ލައިނަށް ނޫސްވެރިން ވަދެ ފުލުހުންނާއި ޖަދަލުކުރާތަން ރޭގެ މުޒާހަރާ އިން ފެނިފައިވާ ކަމަށާއި، އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ނޫސްވެރިން ކަން ކުރާ އުސޫލު ނޫންކަމަށް ޕީޕީއެމްގެ ތަރުޖަމާނު ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފް ވިދާޅުވިއެވެ.

އިއްޔެ ހަވީރުން ފެށިގެން މާލޭގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވެ އުޅުމުގެ ހައްޤު ހިފަހައްޓާފައިވާ ދަނޑަވަޅަކަށްވާތީ އާއި ފުލުހުންގެ އިންޓެލިޖެންސް އަށް ލިބިފައިހުރި މައުލޫމާތުގެ އަލީގައި ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ސަލާމަތީ ބާރުތަކާ ކުރިމަތިލުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީ ހުކުރު ދުވަހު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ބަޔަކަށް މުޒާހަރާ ނުކުރެވޭނެކަން ސަލާމަތީ ބާރުތަކުން ތަކުރާރުކޮށް އަންގާފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެވްރީ

    ދެ ފަނޑިޔާރުން ބައްލަވައިގަތް މުދަލުގެ ތަފުސީލު އެ ގައުމުތަކުން ހާމަކޮށްދޭންޖެހޭއޭ ނުދީ ކޮންތާކަށްތޭ ދާނީ މަމެން ޕިންކީން ބުނީމާ އެނޫންނަމަ ނުދޭ ގައުމެއްގެ މައްޗަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ދެން ތަމެންނަށް ހުންނާނެއޭ ރަނގަޅަށް ރާކަނި މަސްކެވިފައިއޭ. ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ މަމެން ޕިންކީން ކަން މީ މިރާއްޖޭގެ ހާކިމާ އަކީ. އެވްރީ ލޯ ޔޫ ބްރޭކް އެވްރީ ރޫލް އެވްރީ މަކަރު ޔޫ މޭކް އެވްރީ ހީލަތް ޔޫ މޭކް ވީ ވިލް ބީ ވޮޗިންގް ޔޫ ވޮޗިންގް ޔޫ ވޮޗިންގް ޔޫ އައި ކީޕް ލުކިންގް އެޓް ޔޫ ބޭބީ ބޭބީ ބޭބީ ޕްލީޒް ގިވް މީ ދަ އިންފޯ އައި ނީޑެޑް އޯއް ޕްލޭ ދަ ބޭސް ގިޓަރ އޮން ދަ ސްޓޭޖް އެން ޑާންސް ޑާންސް ޑާްންސް ޑާންސް ޑާންސް އޯއް ކާންޓް ޔޫ ސީ އިޓް ބޭބީ....

  2. އަބޫ

    ފިލްމު ކުޅެނީ ކޮމްބަޔެއްކަން އެނގޭނީ އެމް.އެމް.ޕީ.އާރުސީގެ ލާރިގަނޑު ކާލިމީހުންނަށް

  3. ޗޭންޖް

    ނޫސްވެރިން ނަށް ނޫނޭ އިނގޭނީ މިގައުމުގައި ޕަބްލިކް އޮޕަރޭޓެޑް ލޯ އޮންނާނެ ގޮތެއް އެގޮތް އިނގޭނީ އެއިރެއް ގައި ވެރިކަން ކުރާ ފަރާތަކަށް. އެއީ އޭ ހާކިމާ އަކީ. ތަމެން ޖެހޭނީ ހާކިމާ އަންގާ ގޮތަށް ބޯލަނބާ ކިޔަމަންވާން އޭ ކޯއްޗެއް ހަދާނަމޭ ހިތާތޭ ތިޔާ އުޅެނީ ނޫސްވެރިން. ފުލުހުން ކިތައް ފަހަރު އިންޒާރު ދިނުމުން ވެސް ނޫސްވެރިންނަށް ސްޕެޝަލީ ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހީވަނީ ދެންމެ ދެންމެ ވެރިކަން ވެއްޓިދާނެ ހެންނޭ މިޒާތުގެ އަމިއްލަ އެދުމާއި ހަސަަދަ ވެރިކަން ރަށްފުށުގައި ގެންގުޅޭ ގޮތަށް މާލޭގައި އެކަން ކަން ކުރިއަށް ނުގެން ދެވޭނެއޭ ހާކިމާ އަންގާ ގޮތަށް ޖެހޭނެއޭ ހުރިހާ ރައްޔިތުން ވެސް ބޯލަނބާ ކިޔަމަންވާން. ދަ ފިއުޗަރ އިޒް އިން ދި އެއާރ ކޭން ފީލް އިޓް އެވްރީ ވެއަރ އައި އޭމް ބްލޯވިންގް އިޓް ވިދް ދަ ވިންޑް އިޓްސް އަ ވިންޑް އޮފް ޗޭންޖް. ޗޭންޖް މީ ޗޭންޖް މީ ޗޭންޖް މީ ޓު ދަ ލެޓިންގް އޮފް ދަ މޯމެންޓް އޮން އަ ގްލޯރީ ނައިޓް ވެއަރ ދަ ޗިލްޑްރެން އޮފް ޓު މޯރޯ ޑްރީމް އަވޭ އިޓްސް އަ ވިންޑް އޮފް ޗޭންޖް.

  4. ނުވާނެއޭ

    ރާއްޖެ ޓީވީން ކުރަނީ އެއީ ނޫސްވެރިކަމެއް ނޫނޭ އެކަން ނެތޭ ފެންނާން އެމެންގެ ޕްރޮފައިލް އިން. ރާއްޖެ ޓީވީގެ މަގްސަދަކީ ހަގީގަތާއި ޚިލާފު ވާހަކަ ދައްކައިގެން ޕްރޮޕެގެންޑާ ފަތުރައިގެން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައިގެން ދިވެހިންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރެއް ގާނޫނުގެ ބޭރުން ވައްޓާލެވޭތޯއެވެ. އެކަން އެމެންނަށް ނުވާނެއޭ. އަދި ވަކިން ޚާއްސަ ކޮށް އެމެންނަށް ހީވަނީ އަންހެންވެރިން ކުރިއަށް ލައިގެން މުޒާހަރާ ކުރުމުން އެމެންނަށް އެކަން ކާމިޔާބު ވާނެ ކަމަށޭ. ނުވާނެ އެކަމެއް މިދުނިޔޭގެ އެއްވެސް ކަމެއް ގައި ސިޔާސީ ޗޭންޖް އެއް ގައުމަކަށް ގަައުމެއްގެ ގަވަރނިންގް ސިސްޓަމް އަށް ބަދަލު ނުގެނެވޭނެ އަންހެން ވެރިން ކުރިއަށް ނެރެގެން އެއީ ވާނެ ކަމެއް ނޫނޭ ތަބީއީ ގޮތުން ވެސް އަންހެނުން ނަކީ ވަކި މިންގަޑަކަށް ދިއުމުން ހަސަދަވެރިކަމާއި ފިތުނައިގެ އަލިފާން ގަނޑެކޭ އެއީ ހިސްޓްރީ އިން ބުނެދޭ އެއްޗަކީ.