އިންޑިއާ އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީ ފެށުމަކީ ބޮޑުތިލަދުންމަތި ދިއްލުމުގެ މަސައްކަތުގެ ފެށުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި އިންޑިއާއާ މެދު ކާގޯ ފެރި ފެށުމުގެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ރާއްޖެ އާއި ކޮޗިންއާ ދެމެދު ކާގޯ ފެރީ ފެށުމަކީ ރާއްޖެއަށް އާ ދިރުމެއް ލިބުނު ކަމެއް ކަމަށެވެ. އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ ވައުދުވެ، އެ ވައުދު ފުއްދާ ސަރުކާރެއް ކަން މި މަޝްރޫއުގެ ސަބަބުން ހާމަވަގެންދާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"މިއަދަކީ ކުޅުދުއްފުށި އަލުން އާރާސްތުކޮށް، ކުޅުދުއްފުށީ ބޮޑު މުހައްމަދު ތަކުރުފާނުގެ ޒިކުރާ ފާހަގަކޮށް، އެ މައްޗަށް އާ ބިނާކުރަން ފެށުމުގެ ދުވަސް. މިއަދަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަކީ ވައުދުވެވަޑައިގަންނަވާ ވައުދު ފުއްދަވާ ބޭފުޅެއްކަން ތާރީޚުގައި އަނެއްކާވެސް ލިޔެވޭ ދުވަހެއް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރާނެ ކަމުގެ ވައުދާ އެކުގައި ކަމަށާއި މިހާރު އެ ވައުދުގައި ކުލަ ޖެހެމުންދާ ކަމަށެވެ.

އިންޑިއާގެ ކާގޯ ފެރީ ކުޅުދުއްފުށި ކައިރީގައި. --- ފޮޓޯ: ޕީއެސްއެމް

އަދި ލާމަރުކަޒީ ކުރުމަކީ ހަމައެކަނި ގާނޫނަކުން ކުރެވޭނެ ކަމެއް ނޫން ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، މަޝްރޫއުތަކުން ސީދާ ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތަށް ސަރުކާރުން ނިންމާ ނިންމުންތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމް ހަރުދަނާވެގެންދާ ކަމަށެވެ.

ރާއްޖެއިން ހުޅުވާލާ ކޮންމެ ދޮރަކާއެކު އިގްތިސާދަށް ދިރުން ލިބިގެންދާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި އެއްތަނުގައި ހުންނަ މުދާ އަނެއްތަނަށް ގެންދިއުމަކީ އެގޮތުން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: ފޮރިން މިނިސްޓްރީ

"ލާމަރުކަޒީ ކުރުމަކީ ދަތްދޮޅީގެ ހުރިހާ އޮޕަރޭޝަނެއް މާލޭގަ ކުރުމެއް ނޫން. އިއްޔެ އައްޑު އަތޮޅުގައި ވެސް ދަތްދޮޅީގެ އޮޕަރޭޝަން ކުރެވިގެން އެދިޔައީ. އަޅުގަނޑުމެން މިއަދު މި ފަށާ ފެށުމަކީ އުތުރަށް ގެންނަ ތަރައްގީގެ އާ ފެށުން. " ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއަށް އިންޑިއާއިން ސީދާކޮށް، ކާގޯ ގެންނަން ފެށުމުގެ ފައިދާ ކުރިއަށް ހުރި އަހަރުތަކުގައި ފެންނާނެ ކަމަށެވެ.

އަދި އުތުރުގެ ތަރައްގީއަށް މި ސަރުކާރުން ގެންގުޅޭނީ ވަރަށް ބޮޑު އުންމީދީ ޕްރޮޖެކްޓްތަކެއް ކަމަށާއި ހދ. ހަނިމާދޫ އެއާޕޯޓާއި ހއ. ހޯރަފުށީ އެއާޕޯޓް ފަދަ ޕްރޮޖެކްޓްތައް އޭގެ ތެރޭގައި ހިމެނޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް އަންނަ އަހަރު ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ތަނެއްގައި އޮތް ރަންވޭ އެއްގެ ކޮޅުގާ ބައިނަލްއަގުވާމީއޭ ޖަހާލުމަކުން މި ސަރުކާރަކަށް ނުފުދޭ. މި ސަރުކާރުން ބޭނުންވަނީ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް އެ އެއާޕޯޓަށް ބޮޑެތި މަތިންދާ ބޯޑު އައިސް މުޅި އުތުރު ބޮޑު ތިލަދުންމަތި ފަތުރުވެރިކަމުގެ މުއްސަނދިކަމުން ފުރާލުން. އަޅުގަނޑުމެން މިފަދަ ކޮންމެ މަސައްކަތެއް ފަށާއިރު އަޅުގަނޑުމެންގެ ތެރޭގައި ފިތުނައިގެ ކޮންމެވެސް ވަރެއްގެ ވާހަކަކޮޅެއް ފެތުރެމުންދާނެ. އެކަމަކަށް އަޅުގަނޑުމެން އަޅާލާނެ ކަމެއް ނެތް." ޝާހިދު ވިދާޅުވިއެވެ.

އިންޑިއާގެ ކޮޗިން އިން ފުރަިއގެން ރާއްޖެ އައި ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ ހެނދުނު 6:30 ހާއިރެވެ. އެ ކާގޯ ފެރީއަކީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.

ދިގު މިނުގައި 117 މީޓަރު ހުންނަ އެ ފެރީ އެންމެ ފުރަތަމަ ފުރައިގެން ދިޔައީ ޓުޓިކޮރަންއަށެވެ. އޭގެ ފަހުން ކޮޗިންގައި ބަނދަރު ކުރުމަށް ފަހު، ކުޅުދުއްފުއްޓަށް އައިއިރު، ދެ ދުވަހެއްގެ ތެރޭގައި ފެރީ މާލެ ދާނެއެވެ.

މި ފެރީ، މަހަކު ދެ ފަހަރު ރާއްޖެ އަށް ދަތުރު ކުރާނެއެވެ. އަދި ކާގޯ ފެރީގެ ހިދުމަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ ތިން މިލިއަން ޑޮލަރު ހަރަދު ކުރަން ވަނީ ނިންމާފައެވެ.

"އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ ފެރީގައި ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އުފުލޭނެ ކަމަށް އަންދާޒާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އިންޑިއާ އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    63
    2
  2. ސާއްލަ

    ބޮޑުތިލަދުންމަށްޗަކާ ނުކުޅެވޭނެ މިގައުމުހަލާކުކުރުމުގެ ވޮށްކޮޅު ދިއްލައިފި މިދިއްލުމުގެ އަލިގަދަވެގެން ޝާހދގެ ތަލައިންވެސް އަލިފާޅުވާން ފަށައިފި މިއީނުރަށްކާތެރި ބިރުވެރި އަށްޔެއް.

    39
  3. ޙދ ގެ ޒުވާނެއް

    ކަލޯ މީގެ ކުރިންވެސް ހދ.ގަ ބައްތި ހުރެޔޭ. ކުޅުދުއްފުއްޓާ ހަނިމާދުއާ ހުވަރަފުށީ ތރައްގީވީމަ ކޮބާ ބާކީ ތިބި ރަށްރަށް. ޓިކަމުން ކޮންފައިދާއެއް ކުރާނީ.....އެއްވެސް ފައިދާއެއް ނިކަމެއްޗަކަށް ނުކުރާނެ.ތ. ތިއިންފައިދާނަގާނީ މާލޭގަ ތިބި ރީދޫ ވިޔަފާރިވެރިން......

    73
    1
  4. މެކް

    ތިފެށުނީ އަޅުވެތިކަން އެމްޑީޕީ ނޫން އެހެން ބަޔަކު މިގައުމުގާ ވެރުކަންކުރާނަމަ އިންޑިއާ ދަތިކުރެވޭނެ މަގެއް

    76
    2
  5. މަސީހު

    އަމިއްލަ އެޖެންޑާއެއް ކުރިއައްބުރެ ތިޔަކުރާކަންތަކުގެ ހިތިރަހަކަރުބުޑުގަލާދުވަސް މާދޔރަކުނޫންއޮތީކީ

    69
    1
  6. ބަސް

    ދިވެހި ބަހުންތޯ ވާހަކަ ދައްކާލީ

    34
  7. ބޯބުރާންތި

    އިންޑިޔާ އައިސްގެން ކޮންދިއްލުމެއްދިއްލޭނީ .....އިންޑިޔާގެ ބޮޑުބައި އަދިވެސް ވަނީ ނުދިއްލި، އެތަންތަނައް ކިމެއްކޮއްދެވޭތޯ އެމީހުންއުޅުން މާރަނގަޅޫވާނެ މިތަން ފަސާދަ ކުރަންއުޅުމައްވުރެ.

  8. ޝަމާ

    ކާގޯ ފެރީއާއެކު ތިލަދުންމައްޗައް އެއޮތީ ކޮވިޑު އައިސް.

    36
  9. ހަނި

    ތިލަދުން،މަތި އެތް ނޫ ދި އް ލޭނީ ސާހިދުގެބޯދި އްލޭނީ އއ؟ އަލިގަދަކުރަންބޭނުމިޔާބޮލުގާތިޔޮލާ އަވިގާހުރޭ

  10. ތަމެންދޯ

    މިއީ ބޮޑުތިލަދުންމަތި ބޮޑުކޮށް ތަރައްގީ ކުރުމުގެ ފެށުން ކަމަށް ރާއްޖޭގެ ފޮރިންގް މިނިސްޓަރު ވިދާޅުވާއިރު މިހާރު މިރާއްޖޭގެ އިކޮނޮމިކް މިނިސްޓަރަކީ އެއީ ފޮރިންގް މިނިސްޓަރުތޭ އެއީ ވެސް ސުވާލު އުފެދޭ ކަމެކޭ ތިޔާ ކޮޗިންގް ފެރީން ބޮޑު ތިލަދުން މައްޗަށް ކުރާނީ ކޮން ފައިދާ އެއްތޭ ތިޔާއީ އިންޑިއާ މީހުންނޭ އެމީހުން މިއަދު ގެންނަ ފިޔާ ކިލޯއެއް 10 ރުފިޔާ އަށް ވިއްކިނަމަ ދެން އަންނަ ދަތުރުގައި އެމެން ވިއްކާނީ 20 ރުފިޔާ އަށް ދެން އަންނަ ދަތުރުގައި 30 ރުފިޔާ އަށް މީ އެންމެން ދަންނަ ކަމެކޭ...

    36
    1
  11. އައުޓް

    ކޮޗިން ފެރީ އައުޓް ކޮޗިން ފެރީ އައުޓް ކޮޗިން ފެރީ އައުޓް ކޮޗިން ފެރީ އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް

    36
  12. ނެތްތަ ބާ ކާޕެޓްގަނޑެއް؟؟

    ތިފެރީގެ ކޮންޓެއިނަރތަކަށް އަށް އަޅައިގެން ގެންނާނީ ހުސް ކާޕެޓް އިނގޭ!

    40
  13. ނާރު

    ޠާ ﷲ މި ވެރިކަން އަޅަމެންގެ އަތުން ނިގުޅައިގަންނަވާށި އަދި ދިވެހިންނަށް ވިސްނާ ދެއްވާދޭވެ އާމީން

    45
  14. ކާޕެޓު

    ކަލޭގެ ބޮލުގެ ހަރުކޮއްފަ ހުރި ސޯލާއިންތަ އަލިކުރަނީ

    43
  15. ތާކިހާ

    މިނިސްޓަރ ޝާހިދު ، އާދޭސްކޮށްފައިމިދަންނަވަނީ ތިޔަ އަނގަފުޅު މައިތިރިކުރައްވާފައި، ޔާމީނުސަރުކާރަށްވުރެ ގިނަ ހިލޭއެއީ ހޯއްދަވަން ވަޑައިގަންނަވާ. ކެންޕެއިނުގައި ވިދާޅުވިގޮތަށް ހިބަރު ވަދުގައި ހިލޭއެހީ ހޯއްދަވަން ފައްޓަވާ. ހިންދު ކަނޑުން ހިބަރުވަދުގައި ހިލޭ އެހީ ހޯއްދަވާ. # އިސްތިއުފާ

    33
    1
  16. ސަރީ

    އަބަދު އިންޑިޔާއަށް ތައުރީފުކުރުން!ރީނދޫ ކުދިންގެ ކަލާންގެއަކަށް ވީ ދޯ މޯދީ

    38
  17. ތުރާކުނު

    ކާގޯ ފެރީއާއެކު ބޮޑު ތިލަދުންމަތި އަލި ކުރެވޭނެ ކަމަށް ފެންނީ މަސްތުވާ ތަކެތިން އިންޑިޔާ އައުޓް

    30
  18. ވަދު

    ތީ އިންޑިއާގެ އުނގު ވިޔަފާރި ވެރިންނަށް ހޯދައިދިން އިތުރު ފަސޭހައެއް ކަމަށްވެދާނެ. ދިވެހިންނަށް ތިއިން އެއްވެސް ރާހަތެއް ނުކުރާނެ. އެ ސަރަޙައްދުގަ ދައުރުވާ ލާރި ކޮޅު އިންޑިއާއަށް ކަހާލައިގެން ގެންދިއުން ތީގެ އަޑީގަ އޮތީ. މާ ގިނަ ލާރިއެއް ދައުރުވަނީވެސް ނޫން.

  19. ޒާ

    ކަމަކުން ކަމަކަށް ނުވާކަހަލަ ކަންކަން ވެސް ވަރަށް ބޮޑުކޮށްގެން މެގަޕްރޮޖެކްޓެއްގެ ގޮތަށް ދައްކަން އުޅުމަކީ ވަރަށް ލަދުވެތިކަމެއްދޯ؟

  20. ތިރައްޔިޔުންގެ ކިބައިން އާދޭހާއެކު އެދެމެވެ.

    ޑުރަގް ފެރީ އިންޑި އާ އަ އުޓް ޒުވާނުންގެ ހަލާކު ރަ އްޔިތުން ބިކަވެ ނިކަމެތިވުން އަޅުވެތިވުން ޙާލުގަ އިޖެހުން! ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއންމެހަ އި ރަ އްޔިތުން ވިސްނާލުން އެދެން އަހަރެމެން
    ޖަވާރު އެޗެހި އޮޅުކުރުމަށްޓަކަ އި އޮޅުކުރުމަށްކާންދެނީނޫންތޯ ރަ އްޔިތުން ވިސްނާލުން ވަރަށްމުހި އްމު ވަގުތުފާ އިތުނުވަނީސް ރަ އްޔިތުން ގޮތެ އް ނިންމުން ވަރަށް މުހި އްމު ނޫނީ އަހަރެމެންގެ ދަރީންގެ މުަސްތަޤުބަލް ކަނު އަދިރި ގަނޑަކަށް ވެގެންގޮސްދާނެ އަންނަން އޮތް ޖިލުގެ މުސްތަޤުބަލް ހަލާކުކޮށްނުލަމާ ދިވެހީން ނިކުމެ ދިވެހިރާ އްޖެ ހިމާޔަތްކުރަމާ!

  21. އިންޑިއާ އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  22. ޑައެލޯގް

    ހޫން ދިއްލޭނެ. ކުރިން ހެލިކޮޕްޓަރެއް ދުއްވަންގެނައި އިންޑިއާ ސިފައިން ނުވެއްދިޔައެވެ. އެމީހުންތިބޭ މުއްދަތު ހަމަވެގެން ޔާމީނު އެމީހުން ދާށޭބުނީމަވެސް ނުދިޔަ ދެން ތިލަދުންމަތި ދިއްލޭނެ

  23. ޒަލް

    މި ސޮރު މިނިސްޓަރުކަން ލިބުނުފަހުން އަދި ކިރިޔާ މިޤައުމުގަ ހުއްޓާ މިފެނުނީ. މުޅިންވެސް އުޅުނީ ހިލޭ އެހީ ހޯދަން މުޅިދުނިޔެ ވަށާ ބުރު ޖެހުމުގަ. ހިލޭ އެހީގެ ގޮތުގައި ދަވްލަތަށް ލިބުނު އަދަދަށްވުރެން މިސޮރު ދަތުރުތަކަށް ދަވްލަތުން ކުރި ހަރަދު އެތަށް ގުނައެއް ބޮޑު.

  24. ރޯދަ މުބާރިކް

    ޢދ. ގެ ސިކުޔުރިޓީ ކައުންސިލް ގޮނޑިއެއް ތި ކަރަޔަށް ނުދެވޭނެ، ނުވެސްލިބޭނެ! މި ގައުމުން ފައިބާންވެސްޖެހޭނެ! ތިކަރަ މި ގައުމުގެ ރައްޓެއްސެކޭކިޔައިގެން ޢުޅޭތާ އެތައްޒަމާނެއްވެއްޖެ! މި ކުދި ކުދި މީހުން ތި ބޮޑުކަރައިގެ ޓްރިވެންޑްރަމް ތަނަކަށް ހަދައިދީފި، ތި ކަރައިން މި ގައުމަށް ކުރިއްޔާ ކުރި ކަމެއް ކޮށްދިނީ އަމިއްލަ އެދުމާގެން! މި ގައުމުން ފައިބާ، ފައިބާ!

  25. ވައްކަންދޯކުރަނީ

    އިންޑިއާ ކޮޗިންގް އާއި ރާއްޖެ އާއި ދެމެދު ދަތުރު ކުރާ ފެރީގައި އެބައުޅޭ ވަރަށް ބޮޑެތި އޮޅުވާލުން ތަކާއި މަކަރާއި ހީލަތް ތަކެއް ސަބަބަކީ އެސްޓީއޯގެ ސްޓޭޓް ޝިޕިންގް ގެ ސްޕޮންސަރ ދަށުން ތިޔާ 3000 ޓަނުގެ ކާރގޯ ބޯޓެއް ހުސް ކޮށްނަމަ ވެސް ރާއްޖެ އަށް އައުން އެއީ އިންޑިއާގެ ސްޓޭޓް ޝިޕިންގް ކޮމްޕެނީ އަށް އެއްވެސް ގެއްލުމެއް ވާނެ ކަމެއް ނޫނޭ ސަބަބަކީ އިންޑިއާގެ ސްޓޭޓް ޝިޕިންގް ކުންފުންނަށް ފައިސާ މިދެނީ އެސްޓީއޯގެ ސްޓޭޓް ޝިޕިންގް ކުންފުނިންނޭ އެއީއޭ މިވައްކަން މިފަހަރު ކުރަން ރާވާފައިވާ ގޮތަކީ...

  26. ފައްޔާޒު

    ކަލޭމެން ކައިފަ ބާކީ ވާއެއްޗަކުން ހިޔެއްނުވޭ އެއްޗެއް ދިއްލޭނެ ހެނެއް.

  27. އިންޑިޔާ އައުޓް

    ﷲ ގެ ކުޅަދުން ވަންތަކަން ކަލޯ ޝާހިދަށް ނުވިސްނޭދޯ. ކޮވިޑް ޖެހިގެން ކުޅުދުއްފުއްޓަށް ނޭރޭނެ ގޮތް މެދުވރިވީ ފެރީ އައުން ސެލެބެރޭޓްވެސް ނުކުރެވުނު. އަންޝާﷲ ތިޔަފެރީ ފަހުދަތުރު ތިއީ. ހިތުން ރައީސް ޔާމީން ގެ އައިހެވަން ޕްރޮޖެކްޓް ކުރިޔަށް ގެންދިޔަނުދޭން އުޅުނުބައެއްމީ. ބޮޑުތިލަދުންމައްޗަށްވެސް ހުތުރު. އިންޑިޔާ އައުޓް.